Skip to content
އެސްފިޔަ

ދުރުވާނެބާ 2

ފުރަތަމަ ބަޔާ ގުޅުން ހުރި …

ގެޔާ ހަމަޔަށް އާދެވުމުން ނަތާޝާ މަގުގެ ދެފަރާތް ބަލާލިއެވެ . އެއީ މީހަކު ހިލަމެއް ވޭތޯއެވެ .  އަދި ގޭ ގޯތި ތެރެ ވެސް ބަލާލިއެވެ . އެއީ ނަތާޝާ ގެ މައިންބަފައިން އުޅޭތޯއެވެ .  އެއްވެސް މީހަކު ނޫޅޭކަން ކަށަވަރު ވުމުން ނަތާޝާ ގެޔަށް ވަނެއެވެ

2 ވަނަ ބައި …..

މައި ދޮރުން ވަދެ .. ސިޓިންރޫމް ގެ ދޮރާ ހަމަ ވުމުން ނަތާޝާ ފަހަތުން މީހަކު އައްލިހެން ހީވިއެވެ . އާއެކެވެ . އެއީ ނަތާޝާގެ މަންމަ އެއެވެ .

ނަތާޝާގެ މަންމަ  ( އާބިދާ )  : ކޮން ބޮޑިއެއް ބޮއިގެން ތިޔައީ ؟ އަހަރުމެންނަށް ކުރެވުނު ކަންތައް ތައް ގޯސް ވީ … ކޮބާ ކަލޭ ގެ ފިރިމީހާ ؟ ގޭން ނެރުނީ ދޯ ؟

އެތަކެއް ސުވާލު ތަކެއް ނަތާޝާ އަށް އަމާޒުވެގެން ދިޔައެވެ . އެ ސުވާލު ތަކަށް ޖަވާބު ނަތާޝާ އަށް ދެވެނީ ކިހިނެއް ހެއްޔެވެ .

ނަތާޝާ : މަންމާ . އަހަންނަ މާފް ކުރޭ މަންމަ މެން ބުނި ބަސް ނޭހުމުގެ ސަބަބުން އަހަންނަ ވީ ގޮތް މީ . އަސްލު އަހަރެން ނުލާހިކު ލޯބި ވި ނަމަވެސް އަހަރެންނަކަށް ނޭން ގެއެ އެއީ އެކަހަލަ މީހެއް ކަމެއް . މަންމަ މެން ބުނި ބަސް ނޭހުމުގެ ސަބަބުން އަހަންނަށް މިހެން މި ދިމާވީ

ނަތާޝާ އަށް އެހިސާބަށް ބުނެވުނު ތަނާ ފެން ކަޅި ވެއްޖެއެވެ . އަދި ރޮވެން ފަށާފިއެވެ .  ދުވެފައި ގޮސް ނަތަޝާ ގެ ކޮޓަރި އަށް ވަދެ ތަޅު ލުމަށް ފަހު އެދު މައްޗައް ވެއްޓި ރޯން ފެށިއެވެ . އެހެން ރޮމުން ނަތަޝާ އަށް ނިދި  ލޯ މައްޗައް ސަވާރު ވެއްޖެއެވެ . ނަތާޝާ އަށް ދެއް ހޭލެވުނީ ފަތިހު 4؛30 އައި އިރުއެވެ . އޭރު ނަތާޝާ އަށް އޮވެވުނީ ނަތާޝާ ކުރިން އުޅުނު ކޮޓަރީގައެވެ .

ފާޙާނާ ކޮށް ލުމަށް ފަހު ނަތާޝާ ދިޔައީ ބަދިގެ ފަރާތަށެއެވެ . އޭރު ނަތާޝާ ބައްޕަ އަދި މަންމަ އުޅެމުން ދެއެވެ .

ނަތާޝާގެ ބައްޕަ ( ފިކުރީ ) : ނަތާޝާ ! މިކޮޅަށް އައިސްބަލަ .

ވަރަށް ހަރުކަށި ގޮތަކަށް ނަތަޝާގެ ބައްޕަ ގޮވާލިއެވެ . ފަސް ޖެހުމެއް ނެތި ނަތާޝާގެ ބައްޕަ ކާރިޔަށް ދިޔައެވެ . އަދި މައުސޫމް ކުއްޖެއް ފަދައިން ބައްޕަ ކާރި އިން ގޮޑީގައި އިށީދެއްޖެއެވެ .

ފިކުރީ ( ނަތާޝާ ގެ ބައްޕަ ) ؛ ދަރިފުޅަށް އިގޭ ތަ ؟ ބައްޕަ މެން ހާދާ ދެރައެއް  ވިއޭ ބައްޕަ މެންނާ ދެކޮޅަށް އެ ކައިވެނި ކުރީމާ  .. ބައްޕަ ގެ ހިތާ ދެކޮޅަށް އެކައިވެނި ވެސް ކުރީ . އަދި ރަން ވެސް ދިނީ . އެއީ ދަރިފުޅުގެ ހިތް ހަމަ ޖެހުމަށް . ބައްޕަ އަށް އިގޭ އޭރުވެސް މިކަހަލަ ދުވަހެއް އަންނާނެ ކަން ވެސް

ނަތާޝާ : ބައްޕަ އަށް ވެސް މަންމަ އަށް ވެސް އަހަރެން މާފް ކުރަން ބޭނުން . އަހަރެން އިންތިހާ އަށް ލޯބި ވިން . ނަމަވެސް އެ ލޯބީގައި ކޮޅުފައިން ޖެހި . މިހާރު އެގިއްޖެ މައިންބަފައިން ނުރުހުމުގައި ކަމެއް ކޮއްފިއްޔާ ވާނެ ގޮތް ދެން ދުވަހަކުވެސް މިކަހަލަ ކަމެއް ނުވާނެއެވެ ، އަދި ދެން މީހަކާ އިންނަން ވެއްޖިއްޔާ މުން ބައްޕަ މެން ދައްކާ މީހަކާ އިންނާނީ .. އެކަމަކު އެއީ ވެސް ތަން ކޮޅެއް ފަހުން .

ފިކުޜި : ބައްޕަ ހާދާ އުފާ ވެއްޖޭ .

ވާހަކަ ދެއްކުމަށް ފަހު ފިކުރީ ދިޔައީ ފިކުރީގެ މަސައްކަތަށެވެ . ނަތާޝާ ވެސް ދިޔައީ ނަތާޝާގެ މަސައްކަތް ކުރުމަށެއެވެ . ކުރިން އުޅުނު މަޖަލުގައި އަދި އުފަލުގައި އެ ކުޑަ އާއިލާ އުޅެމުން ދެއެވެ …..

ދުވަސް ކޮޅެއް ގެ ފަސް

2010 ވަނަ އަހަރު ކުރީ ކޮޅެއެވެ . ނަތާޝާގެ ބައްޕަ ވަރަށް ބޮޑު ބައްޔެއްގައި އެދުމަތި ވެއްޖެއެވެ . އަދި އެ ފަރުވާ ކުރުމަށް މާލެ ގެނެވިއްޖެއެވެ .

3 ވަނަ ބަޔަށް އިންތިޒާރު ކޮށް ލައްވާ

 

Comments (5)

  1. jiji

    Correct the mistakes brw..dialogue thah hunnan jeheyny comma koalhieh thereyga…it have no sense..bt if u try I hope it would make better then this???

    1. Koo
      jiji

      Yeah I also agree with you jiji

    2. Gud?
      jiji

      Yeah true

  2. Purple ?Bangtan

    ??Dear venom.. ??Correct the ??mistakes. ??And trying to improve… ??Mi ge huri baeh mistake thahkah visnaa dhn faharaku rangalhu kuraanekamah ummeedhukuran…????? Good luck??

  3. Jsjsns

    Alah liyanyaa ekahala mistakes hedhi drawn dhw.. Try to improve them Goodluck….

Comments are closed.