Skip to content
އެސްފިޔަ

ބޭވަފާތެރި މަނުވަމޭ

ވަށް، ދޮން މޫނުގައި އެންމެ ލަކުނެއްވެސް ނެތެވެ. ކަޅުކަން ގަދަ ބުޅިއިސްތަށިގަނޑުން އެދޮންމޫނުގެ ރީތިކަން އިތުރުވެގެންދެއެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓު އެ ހިކި ތުނި ހަށިގަނޑަށްވަނީ ހިފާލާފައެވެ. އިސްކޮޅުން މާދިގު ނޫންނަމަވެސް ކުރެއްވެސް ނޫނެވެ. ހިމަހިމަ ތުންފަތުގައިވަނީ ހިތްތައް މޮޔަކޮށްލާފަދަ ހިނިތުންވުމެކެވެ.

” ބިއުޓިފުލް…  އަނޫ ގެއްލި ދާނެތީ އަހަރެން ބިރުގަނޭ.. އަނޫޝީއާއި ކައިރިވެލާ އޭނާގެ ތުނި އުނަގަނޑުގައި އަތް ވަށާލާ ގަޔާ ކައިރިކޮށްލަމުން ޝަމަން ބުންޏެވެ. އެވަގުތު ދުވި ކްރީޑްގެ މީރުވަހުން ޝަމަންގެ ހިތް ފުރިގެން އައި ކަހަލައެވެ.

” މިހާރު ލަހެއްނުވޭދޯ ….” އަނޫޝީއަށް ޝަމަން ދުރުކޮށްލަން ޖެހުނީ ގަދަކަމުންނެވެ. އަނޫޝީގެ ތުންފަތްމަތީގައިވި ރަކި ހިނިތުންވުން ފެނި ޝަމަން ކައިރިއަށް އައީ ލާނެތް ހިންޏެކެވެ.

” އައި ޓޯލްޑް ޔޫ މެރީ ކޮށްގެންނޭ ތިގޮތަށް ކައިރިވެވޭނީ… ދުވަހަކު އަހަރެން ބުނާ ބަހެއް ނާހާނެ…” ޓީޝާޓު ރީތިކުރަމުން އެނދުމަތީގައި އޮތް އަދަބަސް އަޅުވާލުމަށްފަހު ލޮލުގައި އަވިއައިނު އަޅާލިއެވެ.

” ތިހިރީ މެރީ ނުކުރާއިރު ވާވަރު.. ހިތަށް އަރާ މެރީ ކުރީމަ ކިހާވަރެއް ވާނެބާއޭ… އޭރަށް ފެންނާނެ ކަންނޭނގެ މާރީތި މާދޮން ތަންތަން” ލާނެތް ގޮތަކަށް ޝަމަން ބުންޏެވެ.

” ދެން ޝަމަން ގަނޑު… ޝަމަން ހުރޭ މިތާނގަ އަހަރެން ދަނީ” އަނޫޝީ ހުރީ ލަދުންގޮސް ޝަމަންއާއި ދިމާއަށް ބަލާލަންވެސް ނުކެރިފައެވެ. އަވަހަށް ކޮޓަރިން ބޭރަށް ނިކުތީ ޝަމަން ކުރިމަތީގައި ހުންނަން ނުކެރިގެންނެވެ. އަނޫޝީ ފަހަތުން ޝަމަންވެސް ހެމުން ހެމުން ނިކުތެވެ.

އަޅުގަނޑުގެ ފުރަތަމަ ވާހަކަ…..

ވަރަށް އަވަހަށް އަންނަނީ………. އިންޝާﷲ

އިންތިޒާރުކޮށްލައްވާ….

Comments (9)

  1. jiji

    Me first dhw..waitingssss???????????

  2. SCARLET❤

    Nice…. Ekamu mi jiji hurihaa stry eh ga first… Not fare… Btw whn nxt prt… I’m waiting

    1. jiji
      SCARLET❤

      Fare hama fare..inaa sis first ah comment kuryma jiji vec nubunamehnu eheneh..so hama fare..????..haha

  3. Liyoosha

    First part tommorow or day after tomorrow in Sha Allah

  4. Anonymous

    Very nice story

  5. Purple ?Bangtan

    Nice????good luck.. ???Keep it up?????

  6. Laalu

    V nice kiyaahiyvaa kahala feshumeh… Kyp it up…. Waiting 4 nxt prt

  7. jiji

    Reyga kiyaalan…I forgot to comment ekm..hehe..feshun hama fabulous???????❤?????????..v v kiyaa hiyy vey first part.don’t make me waiting for long nge dear..haha

  8. Sunda

    Nice ????

Comments are closed.