Skip to content
އެސްފިޔަ

ޒަވާ – 1

މި ވާހަކަ އަކީ ހަޤީޤީގަތުގައިވެސް ހިނގާފައި އޮތްކަމެކެވެ.

އަހަރެންނަކީ އާއިލާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. އަހަރެންގެ ކުޑަޔަށް އަދި ފިރިހެން ކުއްޖެއް ހުރެއެވެ. ބައްޕަގެ ވިޔާފާރިގެ ހުރިހާ ކަމެއްވެސް ބަލަހައްޓަނީ އަހަރެންނެވެ. ނ. ހޮޅުދޫގައި މިސްކިތެއް އެޅުމަކީ ބައްޕަ ކުރަން ބޭނުންކަމެކެވެ. އެގޮތުން މިސްކިތް އެޅުމަށް ހޮޅުދޫގެ ލޭންޑް ޕްލޭން ހެދުމަށް އަހަރެން ހޮޅުދޫއަށް ދިއުމަށް ބައްޕަ އެދުނެވެ. އެދަތުރުގައި އަހަރެން ކޮއްކޮ އުބައިދުވެސް ދާން ބޭނުންވިއެވެ. އެކަމަކު ބައްޕަ އެކަމަށް އިންކާރު ކުރެއްވުމުން އުބައިދު އެދަތުރުގައި ގެންދާގޮތަކަށް ހަމައެއް ނުޖެހުނެވެ.

ދުވަހަކީ ބޮޑުޢީދު ދުވަހުގެ ފަސްވަނަ ދުވަހެވެ. މުޅި ހޮޅުދޫ ކުދި ބޮޑު ހުރިހާ އެންމެންވެސް ތިބީ ފެންކުޅި ކުޅޭށެވެ. އަހަރުމެންނަށް ހޮޅުދޫއަށް ދެވުނީ ހޮޅުދޫގައި ފެންކުޅި ކުޅެނިކޮށެވެ. އަހަރުމެން ސާރވޭ ޓީމް މަގުމަތީ ހިނގާފައި ދަނިކޮށް ތިން ކުއްޖާކު އައިސްސަ އަހަރެން ގަޔަށް ފެން ޖަހާފިއެވެ.

“ހުއްޓާލާ! ތިކަހަލަ ސަކަރާތް ޖަހާއިރު އަނެކާއަކީ ދަންނަ މީހެއްތޯ ބަލާލަންވާނެ؟” އަހަރެން ވަރަށް ބާރަށް ބުނީމެވެ.

“ކަލޭމެންނަށް އިނގޭތަ މަ ލާއިގެން މިހުރި ގަމީހުގެ އަގު؟ ބަލާބަލަ މި ފޯނައްވެފަ އޮތްވަރު، މި ހާދަ ބަލާގެން ގެންގުޅޭ އެއްޗެއްސެ، ދެންވެސް ކަމެއް ކުރާއިރު ވިސްނާލާގެން ކުރައްޗޭ!” ފަތިވަރެއް ހެން އަހަރެން ރުޅިއައިސްސަ އެއްޗެހީކީމެވެ.

“މާލެ މީހެއް ދޯ؟ މާލޭގައި މިހާރު ފެންކުޅިއެއް ނުކުޅޭނެ. މިއަދަކީ މިރަށުގައި ފެންކުޅި ކުޅޭ ދުވަސް، ފެން ޖަހާއިރު ވަކި ފެންވަރަކަށް ވަކި އިއްޒަތަކަށް ނުބަލާނެ. އެކަމަކު ފެންޖެހުނީތީ މާއަފަށް އެދެން” އެތަނުގައި ހުރި އަހަންނަށް އެންމެ ކަމުދާ ކުއްޖާ ބުންޏެވެ.

އަހަރެން ހިނގައިގަތީ އަހަރުމެން ހުންނަން ހަމަޖެހިފައިވާ ގެޔާދިމައަށެވެ. އޭރުވެސް ފަހަތުން އެކުދިން އަހަރެން ގަޔަށް ފެންޖަހަމުން ގެންދިޔައެވެ.

“މުުއްސަންޖެއް، ފޮނިމީހެއް. އެހެން ހުއްޓަ ހަމަ ބިމަށް ވެއްޓޭ ދުވަހުން ކިހާވަރެށްވާނެބާ؟” ޖަޒްވާ ދިޔައީ އަހަންނާ ދިމައަށް މަލާމަތް ކުރަމުންނެވެ.

ޖަޒްވާގެ ހިތުން އަހަރެން ކައިރި ބަލާލުމަށް އެދުނެވެ. ހަމަ އެވަގުތު އަހަންނަށް ޒަވާޔާ ދިމަ ބަލާލެވުނެވެ.

“އޭނަ އަހަންނާ ގަޔާވެއްޖެ ކަންނޭގެ” ސަމާސާ ރާގަކަށް ޖަޒްވާ ބުންޏެވެ.

“މީމާ ފޮނި މީހެއް އަދި، ދެންމެ ހުއްޓެންނުން ފުކަކަށްވެފަ” ހަސްނާވެސް ޖަޒްވާ އަށް ދިމާކޮއްލިއެވެ.

“އައްޗި އެހެން ކިތައްމެ ބެވުމެއް ބެވިޔަސް މި ޒަވާއެއް ނުސިހޭނެ” ޒަވާ ވެސް އޭނަގެ ގޮތުގައި ބުންޏެވެ.

ބައްޕަ ބޭނުންވާ ގޮތަށް ހޮޅުދޫގައި މިސްކިތް އެޅުމަށް ބިން ބަލަން އަނެއްދުވަހު އަހަރެން އަދި ސާރވޭ ޓީމް ދިޔައީ މިސްކިތް އަޅަން ބޭނުންވާ ސަރަޙައްދަށެވެ. އަހަރެން ސާރވޭ ޓީމާ ވާހަކަދައްކަން ހުއްޓަ ކުއްލިއަކަށް އަހަރެން ގައިގައި އައިސް ޖެހުނީ ފާ އަހިވަކަކުންނެވެ.
“އައްޗީޑި” އަހަންނަށް ދުވި ނުބާވަހުން ބުނެވުނެވެ.

އަހަރެން ޓީޝާޓު ބޭލުމަށް ފަހު އެތާ ބާއްވާފައި ދިޔައި ގެޔަށެވެ.

މާޒިންމެން ގެއިން ސައިބޮއެގެން ގެޔަށް އައި މަގުމަތީ އަހަންނަށް ފެނުނީ އަހަރެން ޓީޝާޓް ލައިގެން އަހަރެން ގަޔަށް ފެންޖެހި ކުއްޖާ ދާތަނެވެ.

“އަހަރެން އަންނަންތަ އެކުއްޖާޔާ ވާހަކަ ދައްކާލާފަ”

“ދޭ.. އެކަމު މަ ބުނަންތަ ވާހަކައެއް. ޖަޒްވާ އެއް ސެޓެއް ނުވާނެ” މާޒިން ހިނިއައިސްސަ އަހަރެންނާ ސަމާސަ ކޮއްލިއެވެ.

” ޖަޒްވާ އޭ… ލޯބިނަމެއް” އަހަރެން މަޒިންގެ ސަމާސާގައި ބައިވެރި ވެލީމެވެ.

އަހަރެން ކަޅި ޖަހާވެސް ނުލާ ޖަޒްވާގެ ހަރަކާތަށް ބަލަން ހުރީމެވެ. އެ ފެނިލުމުން ވެސް ބުނަން ނޭނގޭ ދެތިން ގޮތެއްވާހެން އަހަންނަށް ހީވެއެވެ. ޖަޒްވާ ވެސް އަހަންނާ ދިމައަށް ބަލާލިއެވެ. އަދި ލޮލުން ދުނިދަނޑިއެއް ފޮނުވާލީ ސީދާ އަހަރެންގެ ހިތަށެވެ. އެތީރު ނައްޓުވާލަން އަހަރެން ވަރަށް މަސަކަތް ކުރީމެވެ…….(ނުނިމޭ)

Comments (18)

  1. jiji

    Kiyaafa comment eh kohlaanan..Me first dhw darla

  2. SCARLET❤

    I dhekunin mi stry ehn site akunn… Is it this stry??? Ahaaly ingey.. nice vvvv

    1. jiji
      SCARLET❤

      Heii inaa sis…jiji first o…?????

    2. Huxam Ibrahim
      SCARLET❤

      Yeah mi story ge baakee bai mi site in dhen fennaane

  3. SCARLET❤

    Hiii… I’m second????

    1. jiji
      SCARLET❤

      ALHEYY

  4. Inaan

    Mii film eh copy khfa hn hiivey .. ravi ulhey film ehga hama mihn vanii ??? anyways v rythi gud luck

  5. Afoo

    Hii miaky dhivehi film hurymey inthixaaruge storytha

    1. Huxam Ibrahim
      Afoo

      Noon. ehvahtharu vun eii ihthifaageh 2 vana bayah inthizaaru kohlahvaa

  6. Reet

    Ahivakun jahaafaane kamah v gabool nukureve biss v jahaane holhudhoo meehun

  7. ??

    Adhi hama mivany “hurymey inthizaar gaa” film ga vaa gothah…
    Salhi ekm

  8. Eiimerr

    OMG! aslah v kameh tha mii… if so thiinage real name buneba… pls… im half holhudhoo… alhe pls… ehnooniii… u ge email dhybala… ehn nuuniii i ge email dhyfaanan…

    1. Chechu
      Eiimerr

      What mail?

    2. Chechu
      Eiimerr

      If you need contact me ” [email protected] “

  9. jiji

    Story hama salhi..habbu hama..curiously waiting for the next❤❤????

    1. Chechu
      jiji

      Next will coming soon. inthizaaru kohlavaa

  10. Anaa

    mi part ga hama thee hureemey inthizaaruga mi film. e film ga dilog tha ves huri gotha hama thi hurryy. story liyunas copy koh gen liyumakyy v dhah fenvaru ge kameh. adhi vakin hassakoh hageegee haadhisaa ekey kiyaafa. umeedhu kuran dhn efadha kameh nukuraane kamah. vahaka liyaa hiyvaanama. aslu higi haadhisaa ekey bunnyma mashaky vs holhudhoo meeheh. adi agifa eh neyge ti vahaka eh

    1. Chechu
      Anaa

      Ehntha. faadu kiyumakee libey kuri erumeh. dhevana bayah inthizaaru kohlavaa. Holhudhoo gai hingaafa oii kameh kan eyrun ingivadaigannavaane

Comments are closed.