ގަޑިން ދަންވަރު 2 ޖެހީއެވެ. ނަމަވެސް ލިބިފައިވާ ހިތާމައެއްގެ ބޮޑުކަމުން އިފާގެ ލޮލަށް ނިދީގެ ހިލަމެއްވެސް ނުވެއެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭނާއަށް ލޯބިވެވުނު ޝިޔަމް އޭނާއަށް ބޭވަފާ ތެރިވީއެވެ. ޝިޔަމްގެ ބޭނުން ފުދުމުން އިފާ އެއްލާލީއެވެ. އިފާ އަކީ ރާއްޖެތެރޭ ރަށެއްގައި ދިރިއުޅެމުން އަންނަ 21 އަހަރުގެ އަންހެން ކުއްޖެކެވެ. މީގެ މަހެއްހާދުވަސް ކުރިން އޭނާ ވަނީ ޝިޔަމް ނަމަކަށްކިޔާ އުމުރުން 25 އަހަރުގެ ފިރިހެން ކުއްޖަކާ ރައްޓެހިވެފައެވެ. އަދި މިއަދު އިފާގެ ހިތް ކުދިކުދިވެފައި އެވަނީ ޝިޔަމްގެ އަސްލު ސިފަ އޭނާއަށް ފެނުމުންނެވެ. ޝިޔަމް އިފާ އާ ރައްޓެހިވީ ލޯތްބަކުން ނޫނެވެ. ޝިޔަމް އިފާ އާއި ރައްޓެހިވުމުގެ ކުރިން ޝިޔަމްވަނީ އިފާގެ ކަޒިން، ފަރީނާ އާއި ރެއްޓެހިވެފައެވެ. އަދި ޝިޔަމްގެ މަގްސަދަކަށްވީ އިފާއާއި ރައްޓެހިވުމަށްފަހު ފަރީނާ ޖެލަސްކުރުމެވެ.
އިފާ އަކީ ރަށުގައި ވަޒީފާ އަދާކުރަމުންދާ ކުއްޖަކަށް ވުމުން، މާލެ ދިއުމަކީ އިފާއަކަށް އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ޝިޔަމް އާއި ރައްޓެހިވުމަށްފަހު، ލިބުނު ޗުއްޓީއެއްގައި އިފާ މާލެދިއައެވެ. ދިޔައީހަމަ އެންމެ މަގުސަދެއްގައެވެ. އެއީ ޝިޔަމްއާއި ބައްދަލު ކުރާށެވެ. ނަމަވެސް އެކަމެއް އިފާގެ އައިލާއަކަށްވެސް އަދި ރައްޓިއްސަކަށްވެސް ނޭންގޭނެއެވެ. އާއިލާ އެންމެން ކައިރީގައި ޝޮޕިންކުރާށޭކިޔާ ދޮގުހެދުމަށްފަހު އިފާ މާލެގޮސް އުޅުނީ ޝިޔަމް އާއި އެކުއެވެ. ދެމީހުން އުޅުނީ އެއްރޫމްއެއް ގައެވެ. އިފާ މާލެއިން ރަށް އައީ ޝިޔަމްގެ ލޯބި އޭނާއަށް އުމުރު ދުވަހު ލިބޭގެ ކަމުގެ ޔަގީން ކަމާއެކުއެވެ. ނަމަވެސް ކަންތައްވީ އެއާ މުޅިން ހިލާފަށެވެ. ޝިޔަމް އިފާއަށް ވަގުތުދޭ މިންވަރު ކުޑަވާން ފެށިއެވެ. ދުވަސް ނިމިގެންދާއިރު އިފާ ހަބަރެއް ވިއްޔާނޫނީ ޝިޔަމްގެ ހަބަރެއް ނުވެއެވެ. ވެގެންއުޅެގޮތެއް އޮޅުންފިލިވަން ކިތަންމެ ފަހަރަކު ސުވާލު ކުރިއެވެ. ނަމަވެސް އެދެވިގެންވާ ޖވާބެއް ނުލިބެއެވެ. ހައްތަހާވެސް ބުނަނީ ކަމެއްނުވާ ކަމަށެވެ. އަދި ވަގުތުނުދެވެނީ ބިޒީކަމުން ކަމަށެވެ.
އިފާއަށް ލިބެމުންދިޔަ ހިތާމައިގެ ސަބަބުން ދިރިއުޅުމުގެ ބާކީ ކަންކަމަށް ފަރުވާކުޑަކުރެވެން ފެށުނެވެ. އަދި ޝިޔަމް އެގޮތަށް ކަންތައް ކުރަނީ ކީއްވެގެތޯ އާއި އެހާބޮޑު ބަދަލެއް އައީ ކީއްވެގެންތޯ ބަލަން ބޭނުންވިއެވެ. އެހެންކަމުން އިފާ ނިންމީ އެހުރިހާ ވާހަކަތަކެއް އީމާން އާއި ހިއްސާކުރުމަށެވެ. އީމާން އަކީ ޝިޔަމްގެ ރައްޓިއްސެކެވެ. އިފާ މާލެ ދިޔައިރު އީމާންއާއި ވަނީ ދިމާވެފައެވެ. އީމާންއަށް ގުޅުމަށްފަހު ވެގެންއުޅޭ ހުރިހާގޮތެއް އިފާ އީމާންއަށް ކިޔައިދިނެވެ. ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު އީމާން ބުނީ ހަމައެންމެ ވާހަކައެކެވެ. ” އަހަންނަށް އިނގޭ މާކުރިންވެސް ތިހެންކަންވާނީ. ޝިޔަމް އިފާއާއި ރައްޓެހިވީ ލޯތްބަކުން ނޫން. ފަރީނާ ޖެލަސް ކުރަން.” އީމާން އެހެން ބުނުމުން އިފާގެ ލޮލުގައި ޖަމާވެފަހުރި ކަރުނަތައް އޮހިގަތެވެ. އަދި ކަންތައް ވީގޮތް ކިޔައިދިނުމަށް އީމާން ކައިރި އިފާ އެދުނެވެ. އީމާންގެ ވާހަކަތަށް އަޑުއެހުމަށްފަހު އިފާއަށް ރޮވުނެވެ. ކުޑަދުވަސްކޮޅެއް ތެރޭގައި ޝިޔަމްދެކެ އޭނާއަށް ލޯބިވެވުނީތީ އޭނާ އަމިއްލަ ނަފްސަށް ނަފަރްތު ކުރެވުނެވެ.
މިރޭ ނިދިން މުހުރޫމްވެފައި އިފާއަށް އޮންނަން އެޖެހެނީ ޝިޔަމް އެނާގެ އިހުސާސްތަކާއި ކުޅެ އޭނާގެ ލޯބީގައި ކޮޅުފައިން ޖެހުމުންނެވެ. އިފާ ބޭނުންވީ އޭނަގެ ހިތުގެ އާދޭސްތައް ޝިޔަމްއަށް ކިޔައިދޭށެވެ. ނަމަވެސް ކިތަންމެ ވަރަށް ގުޅިޔަސް ފޯނެއްނުނަގައެވެ. އަދި ކުރާ މެސެޖަކަށް ޖަވާބެއްވެސް ނުދެއެވެ. މާކަށް ގިނައިރުތަކެއްނުވެ އިފާއަށް ނިދިއްޖެއެވެ.
ސިއްސައިގެންގޮސް އިފާއަށް ހޭލެވުނީ ފޯނު އެލާމްވާން ފެށިއަޑަށެވެ. ރޭގައި އެހާލަހުން ނިދުމުން ރަނގަޅަށް ނިދިހަމައެން ނުވެއެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ތެދުވެ، ތުވާލި ހިފައިގެން ފާހަނައަށް ވަނީ ޑިއުޓީއަށް ދާން ރެޑީވާށެވެ. ފެންވަރާ ރީތިވެލައިގެން ކޮޓަރިން ނުކުމެ ގަޑިބަލައިލިއިރު 06:35 ވެއްޖެއެވެ. އަވަސްކޮއްލައިގެން ބަދިގެއަށްވަދު ކޮފީތައްޓެއް ބޯލައިގެން އިފާ ހިނގައިގަތީ އޮފީހާއި ދިމައަށެވެ.
އޮފީހުގައި ގިނަވަގުތުތަކެއް ހޭދަކުރުމަށްފަހު ސިކުނޑި ހަމަޖައްސާލަން އިފާ ބޭރަށް ނުކުމެލިއެވެ. ނަމަވެސް މިގޮތަށް އެކަނިވެލާ ކޮންމެފަހަރަކުވެސް އިފާގެ ހިތަށް ލިބެނީ ނުތަނަވަސްކަމާއި މޮޅިވެރިކަމެވެ. ޝިޔަމްގެ ހަނދާންތަށް އޭނާ ހިރުގައި އާލާވާމުން ދެއެވެ. ދެއްކި ހުވަފެންތަކާއި ދެއްކި ލޯބީގެ ވާހަކަތަކެވެ. އިފާ ބޭނުންވީ ޝިޔަމްގެ ހަނދާންތަކާއި ދުރަށް ދާށެވެ. ނަމަވެސް އެކަން އެހާފަސެހަ ކަމަކަށް ނުވިއެވެ. ފިހާރައިން މައިލޯ ޕެކެޓެއް ގަތުމަށްފަހު، އޮފީސްކައިރީގައި މައިލޯޕެކެޓް ބޯން މަޑުކޮއްލައިގެން ހުއްޓާ އިފާގެ ފޯނަށް ނޯޓިފިކޭޝަންއެއް އައެވެ. ޝިޔަމް މެސެޖް ކުރީއޭހިތާ އަވަސް އަވަހަށް ޖީބުން ފޯނު ނަގާ ބަލައިލިއެވެ. ނަމަވެސް މެގެޖްކުރީ ޝިޔަމްއެއް ނޫނެވެ. އިފާގެ އޮފީސް މޭޓެކެވެ. މެސެޖް ކިޔާލިއިރު އަވަހަށް އޮފީހައް އައުމަށް ބުނެފައިވުމުން ޕެކެޓް ބޯލައިގެން ހަލުވި ހިނގުމެއްގައި އިފާގޮސް އޮފީހައް ވަނެވެ.
ޑިއުޓީ ނިންމާލުމަށްފަހު އިފާ ގެއަށް އައިސް ސޯފާގައި ޖައްސާލިއެވެ. ވެފައިހުރި ވަރުބަލި ފިލުވާލާށެވެ. އަދި ފޯނުނަގާ މެސެންޖާއަށް ވަދެ އޮންލައިންގައިތިބީ ކޮންބައެއްތޯ ބަލައިލިއެވެ. އެކްޓިވް ލިސްޓުގައި ތިބި މީހުން ބަލަމުން ދިޔަވަގުތު ކުއްލިއަކަށް އިފާގެ ލޮލުގައި އަޅައިގަތީ ސާޖިދުއެވެ.
13 Comments!
Comments are closed.


Me first dhw..kiyaafa comment eh kohlaanan..
Ooh nice feshun.. vvv reethi.. gud luck with the nxt prts..
Vrh reethi Vaanekamah belevey.. Ifaam ge vanhanaa ves Vrh salhi.. Ummeedhu kuran kuriyah oiyythaa mo vaahakaige ithurun e vaahaka ves nimmadheyne kamah.. ?
Ayshath Shaaila Muhammadh
Nadeey Maa
Yas Mine ????
Ayshath Shaaila Muhammadh Yas Mine loabii vin. Ithubaar ves Kurin. Ekam dhen ithurakah thi vaahaka eh nukiyayne ?
Nadeey Maa ?♀️?♀️
Ahahaha….
Feshunyhsure rythi..swry for the delaying comment..adhi kiriya handhaan v ma mi kiyaa ee..kon irakun next part brw❤❤????
Feshun varah salhi Ingey…….. Dhn annan oii part varah kiyaalaa hithun meendhee….. part liyan fashaifintha?
Sorry readers… Haadhisaa dhimaavi fraathun vaahaka ithurah nuliyumah request koffi.. so, mivaahaka ithurah kuriyah gendheveykah nei.. sorry guys ☹️
Alheyy sorry sad???..Um ifaam ge vanhanaa adhi nunimengna dhn e story ge next part genesdheyny kon irakun thw??????
Vanhanaage new episode eh mihaaru midhany liyamun.. iraadh kureviyyaa maadhamaa upload kollaanan.. thanks jiji