Skip to content
އެސްފިޔަ

އަލަތު ލޯބި

ބަހަށް އެރީންސުރެ، ޖެހިގެން ހުރި ސީޓުގައި ފޯނާ ކުޅެން އިން މަންޖެގެ ހަރަކާތްތަކަށް ގެއްލިފައި އިނީމެވެ. ބޮޑުވައި އިނގިލީގެ މަޑު ހަރަކާތުން ފޯނުގެ ސްކްރީން ކަހަމުން ދިޔައެވެ. އޭނާ ބަލަމުން ދިޔައީ ފޭސްބުކު ނިޔުސްފީޑެވެ. އަހަންނަށް މާވަރަކުން އޭނާގެ ފޯން ސްކްރީނަށް މިބެލެނީ ކީއްވެބާއެވެ؟ ތިޔަ ހީވީ ރަނގަޅަށެވެ. އަހަރެން ބެލީ އޭނަގެ ފޭސްބުކް ޕްރޮފައިލްގެ ނަން ފެނޭތޯއެވެ. ނަސީބު ރަނގަޅު ކަމުން އެކަން މާއުނދަގޫ ކަމަކަށް ނުވިއެވެ. ޕްރޮފައިލްގެ ނަމަކީ “އީނާޝް ޢަލީ”އެވެ. ބަލާބެލުމުން އީނާޝްއަކީ އަހަންނާ ދާދި އެއް އުމުރުގެ ޒުވާނެކެވެ. އަހަންނަށް މިހާރު ވިހި އަހަރެވެ.

ބަސް ޓާމިނަލް ތެރެއިން އަހަންނަށް އީނާޝް ފުރަތަމަ ފެނުނު ވަޤުތުވެސް ބަޔާންކުރަން ދަތި އިޙުސާސްތަކެއް ހިތަށް ވެރިވިއެވެ. ހީވީ ކީސްކުނޑިތަކެއް ހިތުތެރެއަށް އެޅުނުހެންނެވެ. ވާނީވެސް އެހެންތާއެވެ. ފެނުނު ވަގުތު ވެސް ހުރީ ފަސްތަރީގެ ހިނިތުންވުމެއްގައެވެ. ދެލޮލުގެ ކަޅި ވިދުންވަރުހެން އައްޔެވެ. އެސްފިޔަޖަހާލާ ފުރިހަމަވެފައި ސިހުރެއް ފަދަ ދެލޯ މަރާލާއިރު އެހާމެ ގަޔާވާ ގޮތެއް ހުރެއެވެ. މޫނުގެ އަލިކަން ތަރިހަނދުގެ އަލިކަމަށްވުރެ ގަދަހެން ހީވެއެވެ. ބުރުގާ އަޅާފައިވަނީ އަހަންނަށް އެއްމެ ކަމުދާ ގޮތަށެވެ. ޓިކެޓް ނެގުމަށް ކައުންޓަރަށް ދިޔަ ވަޤުތު ހިނގާލާފައި އެދިޔަ ޝާހީ ހިނގުމެވެ. ސަހަރޯއޭ ހިވާ ކަހަލައެވެ. އޭނާއަށް ތަޢުރީފު ކުރުމުގައި އަޅުގަނޑުގެ ޤަލަމުގެ ދެލިވެސް ހުސްވެދާނެއެވެ. އެހެންކަމުން ތަޢުރީފުކުރުން މަޑުޖައްސާލާފައި، ދެން ވީގޮތެއް ވެސް ކިޔާލަދޭނަމެވެ.

ދާން ބޭނުންވި މަންޒިލަށް ބަސްގޮސް ހުއްޓުމުން، އަހަރެން ބަހުން ފޭބީމެވެ. ހުޅުމާލޭ “ފެހުރިސް ޕާރކް” ކުރިމަތީ ހުރި ބަސް ހުއްޓިއަށެވެ. އަހަރެން ހުޅުމާލެ ދިޔައީ ވަކި ބޭނުމަކު ނޫނެވެ. ހުކުރު ދުވަސްދުވަހު އަހަރެން އާއްމުކޮށް ހިތްހަމަޖައްސާލަން ހުޅުމާލެ ނޫނީ ވިލިމާލެއަށް ގޮސްއުޅެމެވެ. ވަކި މިސްރާބެއް ނެތި ހިނގައިގެންފީމެވެ. ނަމަވެސް ކުއްލިއަކަށް ފަހަތުން އައި މީހަކު އަހަރެންގެ އަތުގައި  ހިފުމުން، ހުއްޓުން އަރައި ފިނިވިއެވެ. އެއީ އަންހެން ކުއްޖެގެ އަތެވެ. އަހަރެން މަޑުމަޑުން ފަހަތަށް އެނބުރުނީމެވެ.

ކުރިމަތިން ފެެންނަން އެހުރި މޫނު ފެނިފައި އަހަރެންނަށް ވީގޮތެއް ނޭނގުނެވެ. ދުނިޔެ ރަންވި ކަހަލައެވެ. މުޅި މީހާ ފިނިވެ ހުރިތަނަށް ގަނޑުވެއްޖެއެވެ. އިސާހިތަކު އޭނާ “އީނާޝް ބިންތު ޢަލީ އާމިރު، ހާދާލު ވައިކަރަދޫ، އައިއެމް ނައިންޓީން.”އޭ ބުނެ، ގަނޑުވެފައިވާ އަހަރެންނަށް ކުރު ތަޢާރަފެއް ވެދުމަށް އެރުވިއެވެ. ބުނާނެ އެއްޗެއް ނޭނގިފަައި ހުރި އަހަރެން ވެސް، ހިތްވަރުކޮށްފައި ތަޢާރަފު ވެލީމެވެ. “މުޙައްމަދު އިދާން، މާލެ، 20 އިނގޭ” އަހަރެން ބުނެލީމެވެ. އަދި ހިނިތުންވުމެއް ހަދިޔާކުރީމެވެ.

އެއަށްފަހު ކީއްތޯ ކުރަނީ ޢިނާޝް އަހާލުމުން ޖަވާބުގައި އަހަރެން ހަމަ ޖައްސާލީކަމަށް ބުނީމެވެ. އަދި ހަމަ އެއާއެކު އަހަރެން ގާތު ވަގުތު އޮތިއްޔާ ކޮފީއެއް ބޯލަން ދެވިދާނެތޯ އީނާޝް އެހިއެވެ. އަހަރެން ދެވަނަ ވިސްނުމަކަށް ނުގޮސް އެއްބަސްވީމެވެ. ކޮފީއަށް ގޮސް، ދެމީހުންގެ ދެމެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. އެކަކު އަނެކަކަށް ކަމުދާ ވާހަކައާ، ލޯބީގެ ގޮތުން ގުޅެން ބޭނުންވާހަކަ ވެސް ނުބުނެ ނުތިބެވުނެވެ. އިއްތިފާޤަކުން ކަމެއް ނޭނގެއެވެ. އީނާޝްއަށް ވެސް އަހަރެން ކަމުދިޔައީއެވެ. ކޮފީ ނިންމާލާފައި އީނާޝްއަށް އަހަރެންގެ ނަމްބަރު ދިނުމަށްފަހު އެރެޔަށް އަލްވަދާއުކިޔާ މިސްރާބުޖެހީ މާލެއައުމަށެވެ. އައި ގޮތަށް ގެއަށްވަދެ އަހަރެންގެ ރަހްމަތްތެރިން ތިބޭ ވައިބާ ގްރޫޕްގައި “ގާއިސް އައިއޭމް އިން އަ ރިލޭޝަންޝިޕް” ޖަހާލީމެވެ.

އިސާހިތަކު މަރުހަބާއާއި ވަގަށް ގޮވުމުގެ މެސެޖުތަކުން މުޅި ވައިބަރ ގުރޫޕް ފުރާލައިފިއެވެ. އެރޭ އަހަރެން ނިދުމުގެ ކުރިން އިނާޝްއަށް މެސެޖުކުރީމެވެ. ލޯބީގެ ކުޑަވަރެއްގެ މެސެޖެކެވެ. އެމެސެޖަށްފަހު ދެމީހުންގެ ދެމެދުގައި މެސެޖުކުރުން ފެށުނީއެވެ. އަދި އަހަރެމެންގެ މެސެޖްތައް ފޯނުކޯލްތަކަށް ބަދަލްވެގެންދިޔައެވެ. ދެމީހުންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. އެކުގައި ބައްދަލުކޮށް ވަޤުތު ހޭދަކުރުން ގިނަވެއްޖެއެވެ. އީނާޝްގެ އަލަތު ލޯބީގެ ފޮނިރަހަތަށް އަހަންނަށް އަބަދުވެސް އޭނާގެ ފަރާތުން ލިބެއެވެ. މިގޮތުގަައި ދުވަސްތަައް މަސްތަކަށް ބަދަލުވެ، މަސްތައް އަހަރަކަށް ބަދަޅުވެއްޖެއެވެ.

މިގޮތުގައި އަހަރެއް ފާއިތުވެއްޖެއެވެ. އަހަރެމެން ދެމީހުންގެ ގުޅުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަދި ކިއެއްތަ؟ ދެމީހުންނަށް ވެސް ވަނީ އެކަކު އަނެކަކާ ނުލާ ނޫޅެވޭވަރަށް ލޯބިވެވިފައެވެ. އަހަރެމެން ދެމީހުންގެ ގުޅުމަކީ ދެފަރާތުގެ އާއިލާއިންވެސް ރުހި ޤަބޫލް ގުޅުމެކެވެ. އެހެންކަމުން އަހަރެމެން ނިންމީ ކައިވެނީގެ ގޮށް ޖަހާލައި އުމުރުގެ ބާކީ ބައިވެސް މިގޮތުގައި ހޭދަކޮށްލާށެވެ.

ނަމަވެސް، ކަންތައްވީ އެއްވެސް މީހަކު އުއްމީދު ނުކުރާނޭފަދަ ހިތާމަވެރި ގޮތަކަށެވެ. ކައިވެނީގެ ހުރިހާ ކަމެއް އިންތިޒާމް ވެވިފައި ވަނިކޮށް އެއްރެޔެއްގެ ދަންވަރު އަހަރެންގެ އަލަތު ލޯބިވެރިޔާ އަހަރެންނާާއި މުޅި އާއިލާއާ ވަކިވެ ހިނގައްޖެއެވެ. އާއެކެވެ. ކުއްލި މަރަކުން އީނާޝް މަރުވެގެން ދިޔަައީއެވެ. މުޅި އުމުރަށް އަހަރެމެންނާ ވަކިވީއެވެ.

ކުރާނީ ކީއްހެއްޔެވެ؟ ހިތާމައިގެ ކޮޅެއް ނެތެވެ. ކުރެވޭނެ ޝަކުވާއެއް ވެސް ނެތެވެ. މިއީ ތަޤުދީރުގައި ލިޔެވިފައިވާ ގޮތެވެ. ތަދުބީރު ކުރެވޭ ޕްލޭނަކުން ހަމަ އެއްކަމެވެސް ނުހިނގާނެއެވެ. އީނާޝް އެވެ. އުފާކުރާށެވެ. އިންޝާ ﷲ ކަލާއާ އަހަރެން ދެން ބައްދަލުކުރާނީ ސުވަރުގޭންނެވެ. ތާއަބަދު ކަލާއާއެކު ވުމަށެވެ. އަހަރެން މަސަައްކަތް ކުރާނަމެވެ. ދުޢާވެސް ކުރާނަމެވެ.

Comments (30)

  1. Daisy girl

    Hehe
    V. Salhiyey
    Yuh ah roadha mubaarik!!

    1. Z I D H A N
      Daisy girl

      Labba Shukuriyyaa

  2. zu?

    hey zidhaan its me…story hama v rythi…sifakurun vex…n v gina dhuvas vehje zidhaan ge story eh feneytho ulheytha…?

    1. Z I D H A N
      zu?

      who?

  3. ???

    V rythi vhk eh zidhaan mifaharu thi genes dhiny…
    Ihsaas kurevey egothah v ma vaane dhera… ekahala kameh thajuribaa kuran jehunyma..
    Sifaa kurumaa hurihaa ehchen vx v rythi..?

    1. Z I D H A N
      ???

      Shukuriyyaa

  4. Zoe

    ????but still ?????

    1. Z I D H A N
      Zoe

      Shukuriyyaa

  5. jiji

    It’s really beautiful story zidhu ..I just luv it..hope to c more n more stories like this from u soon…?????????????????..gud wrk brw

    1. Z I D H A N
      jiji

      Thank you so much

  6. ib@

    Maashaa allah.vvvvvvvvvvv reethi.I’m curiously waiting for the next part.luv u stry.its really beautiful.when next part.i am still waiting for the next part.

    1. jiji
      ib@

      Heii mi nimunynu mi story darla

    2. Z I D H A N
      ib@

      Hehe labba nimuny.

  7. baby

    I love to read your stories
    I’m addicted to your stories
    Your a super writer

    1. Z I D H A N
      baby

      awwwn. thank you. so sweet of you!

  8. Azlee

    Meegen koba biruverithan kolakee biruveri jahaafa ineema

    1. Z I D H A N
      Azlee

      Hehe. E olhigen. Maaf.

  9. girly❤

    maasha allah story hama best n vrh nice
    waiting for another one
    zeck dhn baa varu story liyebaaa
    ur storys ar very nice ey

    1. Z I D H A N
      girly❤

      Ok Thanks

  10. No more 12

    Zidhan ge vaahaka thah varah kick…. And this was one of my favourite story of you!!!

    1. Z I D H A N
      No more 12

      Thanks

  11. Ixna?

    Hoan reehchey ..dhaan ekamaku thihaa hithaamaveri nimmumakun nimmaakah nuvaanehnu ..ekamakuves dhn vrh loves ??

  12. Shamukko

    Zidhan koba next part….i’m so curious to read….waiting…eha las nukuracchey❤❤btwMasha Allah varah varah reethi..??❤

  13. Shamukko

    When next part?

    1. Z I D H A N
      Shamukko

      Nimuny

  14. Shamukko

    Aalhey….sham hykury adhi nunimey kamah….varah curious vefa iny mi vaahakaige next part kiyan…hehe…dhn kon iraku tha xidhan ge ehn vaahaka eh fennany….i love ur storys❤?

  15. Lie

    Fesigothun hyvi gaburuves araafaanehen?

  16. san

    ???? i am sorry to say this vaahaka v hadhi …. heevanee vaki hisaabakun vaahaka liyan foohi vegen gadha kamun vaahaka ninmaalihen ….

  17. ???

    Vhk v v v reethi???

  18. nahulaa

    aslu maruveekee eh noon. breakup vee 😛

Comments are closed.