އަތް ދަބަހެއްގެ ހަޔާތް
އަހަރެންނަކީ ޔޫރަޕުގެ މަޝްހޫރު ކުންފުންޏެއްގެ ތެރެއިން މި ހަލަބޮލި ދުނިޔެއަށް ނޭވާލީ އަތްދަބަހަކީމެވެ. އަހަރެންގެ ހަށިގަނޑުގައި އެތަށް ކުރެހުމެއް އަޅާ އެތަށް ޖަވާހިރުތަކެއް ތަތްކޮށް ޖަރީކޮށްގެން ބާޒާރަށް ނެރުނުއިރު އަހަރެންވެސް ވަރަށް ފޮނި އުންމީދުތަކެއް ކުރީމެވެ. ދުނިޔެ ތެރެއަށް ލެވުނު ނޭވާއާއިއެކު އަހަރެންގެ ފުރަތަމަ މަންޒިލަކަށްވީ ބޮޑު ޝޮޕިން މޯލްއެކެވެ. އެތާގެ ދަބަސްތަކަށް ހާއްސަކުރެވިފައިވީ ބައިގެ ތެރޭގައި ހުރި ބިއްލޫރި ޝޯކޭހަކަށް އަހަރެން ލީ ވަގުތު ކިތަންމެ ވަރަކަށްވެސް އަމިއްލަ ނަފްސާއިމެދު ފަހުރުވެރިވެވުނެވެ. އަހަރެންނަށް ލިބުނު އެކުވެރިންނާއިއެކު އަހަރެންގެ އުފާވެރިކަން ދެގުނަވެގެންދިޔައެވެ. ހިތްހެޔޮ ރައްޓެހިންނާއި ވާހަކަދެއްކުމުގައި އަހަރެން ދުވަސްތައް ވޭތުކުރަމުން ދިޔައީމެވެ. ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު އައިސް އަހަރެންނާއި އެކުވެރިންގެ ގައިގައި އަތްހާކަމުންދިޔައެވެ. އެއްބައި މީހުން ވަރަށް ލޯބިންނެވެ. އަނެއްބައި މީހުން ރޮވޭހާ އިހާނެތިކޮށެވެ.
ފާއިތުވެގެންދާ ކޮންމެ ދުވަހަކު އަހަރެންގެ ތެރެއިން ކޮންމެވެސް އެއް އެކުވެރިޔަކު މަދުވަމުންދިޔައެވެ. ކޮންމެ ދުވަހަކު އެކުވެރިއެއް ވަކިވެގެންދާއިރު އަހަރެން ވަރަށް ރޮމެވެ. އެކުވެރިޔާއާއިއެކު އަހަރެންވެސް ގެންދޭތޯ އެދި އާދޭސްކުރެވެއެވެ. އެއްދުވަހަކު މޯލްއަށް އައި އަންހެންކުއްޖަކު އަހަރެން ގަތެވެ. އާ މަންޒިލަކަށް ދާންއުޅޭކަން އިނގިފައި އަހަންނަށް ނޭނގޭފަދަ އުފަލެއް ލިބުނެވެ. އިންސާނުންގެ ރަހުމަތްތެރިއަކަށް ވަނީކަން އިނގިފައި ރަހުމަތްތެރިކަން ތަޖުރިބާ ހިތުން ކެތްތެރިކަން ކުޑަވާގޮތްވިއެވެ. އިންސާނުންވެސް އަހަންނާއި އެހާ އަޅާލާނެއޭ ކިތަށް އެރިއެވެ.
ނަމަވެސް ކަންތައް ވީ އަހަރެން ހީކުރިގޮތާއި ހިލާފަށެވެ. ގެޔަށް ވަދެވުމާއިއެކު އެ އަންހެންކުއްޖާ އަހަރެން ސޯފާމައްޗަށް ހޫރާލީއެވެ. ވީތަދަކުން ގުނޑިވެސް ނުލާ އެތަށް އިރަކު އަހަންނަށް އޮވެވުނެވެ. އިރުކޮޅެއްފަހުން އެކުއްޖާ އައިސް އަހަރެންގެ އަތުގައި ހިފާ ކޮއްޅަށް ނެގިއެވެ. އެއާއިއެކު އެކި އެކި މޭކަޕް ސާމާނުތަށް އަޅާ އަހަރެން ފުރާލިއެވެ. އޭނަގެ ކޮނޑުގައި އަތްއަޅުވާއިގެން އަހަރެން އޮތްއިރު އަމިއްލަ ބަރުދަން އުފަލަން ނުކުޅަދާނަވާވަރުވިއެވެ. އެވަރުންވެސް އަޑެއް ލައްވާނުލާ އަހަރެންގެ ކެތްކުރީމެވެ. އަހަރެން ހަށިގަނޑަށް ކުރަމުންދިޔަ ބާރެއްގެ ސަބަބުން ކޮނޑުހުޅުން އަތް ވަކިވެދާނެހެން ހީވިއެވެ. އެވަރުންވެސް ނެތް ހިތްވަރެއް ދައްކައިގެން އަހަރެން ކެތްކުރީ އިންތިހާއަށެވެ. އެގޮތުގައި ދުވަސްކޮޅެއް ފާއިތުވެގެންދިޔުމަށްފަހު އަހަރެން އަތް ހަށިގަނޑާއި ވަކިވެގެންދިޔައެވެ. އެކަކަށް ނޭނގުނަސް އަހަރެން އެދުވަހު އެ ވޭނަށް ކެތްނުކުރެވިގެން އަޑު ވީއްލާ ކިތަންމެ ވަރަކަށްވެސް ރުއީމެވެ.
މިއަދު އަހަންނަކީ އަތްވަކިވެފައިވާ އެއްވެސް ބޭނުމެއްނެތް ބޭކާރު އަތްދަބަހަކީމެވެ. އިއްޔެ މީހުންގެ ކޮނޑުތަކުގައި ރަނިކަންކުރި އަހަރެން މަގާމަކީ މިއަދު އަލަމާރީގެ އެއްކަނެވެ. އަހަރެންގެ މަތިމައްޗަށް އެއްޗެހި އެޅެމުންގޮސް ނޭވާ ހާސްވަމުންދާއިރު އަހަންނަށް ބުނެވޭނެ އެއްޗެއް ކުރެވޭނެ ކަމެއް މިއަދަކު އަހަންނަކަށް ނެތެވެ. އަހަރެން އަމިއްލަ ނަފްސާއިމެދު ފަހުރުވެރިވި ދުވަސް މާޒީގެ ތެރެއަށް ގޮސް ގެއްލި ނިމިއްޖެއެވެ.
17 Comments!
Comments are closed.






school ga ulhe iru enme ginain liyan jehey kahala storiea mee
hehehe yeah
V v v maja plus nice liyumeh…. Firt author eh nunbalaalevunu…. Fahun inguny Dhiroo kan liyuniy…. Class indhegn vx mi liyun mathin hadhaanviyma hama heveniy… Hehey….konme akas v thedhuvaahakaeh… Kyp up the gud wrk…. ???? dhiroo ulheni rashugatha I mean Amihla rashugatha…
heheheh thnks.. yeah amihla rashuga
Y dhiroo comment dhaaleh lahy..
i dnt knw
By the way…. First neygunu dhiroo kameh author akiy…. Kiyaafa balaalevuni…. Class ga indhegen vx mi article mathin miss viyma v hini aiy… V thedhuvaahakaeh miy… Kyp up the gud work dhirooo…. Bst wishes frm me.. ???❤️❤️❤️????????????????????????
Right zaaraa fenunuthanaa furathamavx hadhaaniy dhivehi sir mathin hey
hhehehhe
BTW Best of luck dhirooo… N v nice article eh…. Bst wishes frm me allways….. V try kuran dhiroo ge story thah kiyeythw… N Ofcose Im reading it… Kuriah ioy thaa mikahala article thah up kuraane kamah ummydhu kuran????❤️?
thenks
BTW Best of luck dhirooo… N v nice article eh…. Bst wishes frm me allways….. V try kuran dhiroo ge story thah kiyeythw… N Ofcose Im reading it… Kuriah ioy thaa mikahala article thah up kuraane kamah ummydhu kuran????❤️?
thnkx
Kihvetha comment nudhahkaniy… ?
i dnt knw
U knw I ge teacher vec gengulheyne mikahala aiy dhabaheh..vrh salhi liyumeh..keep it up dhiraa?????????????
hehe thnks