އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ސަފްޙާއެއްގައި ލިޔެވިފައި ވަނީހިތާމައެވެރ. އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ސަފްޙާއެއްމަތިން ހަދާންކޮށް މިދެލޮލުން ކަރުނަ ނަޅާއެންމެ ރެއެއްވެސް ދުވަހެއްވެސް ނުދެއެވެ. މިބަންދުވެފައިވާ ޖަލުގައި އަހަރެންގެ ދިރިއުޅުން މިހޭދަކުރަނީ އެކަނިވެރިކަމުގައެވެ. މިތާގައި އެހެން މިހުންތިއްބެއް ކަމަކު އެއި އަހަންނަށް ނެއްބައެކެވެ. އަހަން ނަށް ކުރެވުނުކަން ތަކާމެދު އަހަރެނަް ދެރަވެ ހިތަމައެއްނުކުރަމެވެ. އަހަރެން ހިތަމަކުރަނީ އަހަރެންގެ ތަޤުދީރު އަހަންނާ ކޮށް ފައިވާސަމާސާއާމެދު ވިސްނިފައެވެ. އެހެންމިހުން ނެކޭއެއްފަދައިން އަހަރެންވެސް އުފާވެރި ދިރިއުޅުމެއް އުޅުމަށް ފޮނި ފޮނި އުންމިދުތަކެއް ކުރިމެވެ. ދިރިއުޅުމުގައި އެތަކެއް ހުވަފެން ތަކެއް ދެކުނީމެވެ. އެތަކެއް ވާހަކަތަކެއް އަހަރެންގެ ހިތާ އަހަރެން ހިތޮސާކުރީމެވެ. އަބަދުވެސް އަހަރެން ބިރުގަންނަ އެއްކަމެއް އޮވެއެވެ. އެއި ލޯބީގެ މަންޒިލެއްގައި އުދުއްސް=ައިގަންނާށެވެ. އަހަށްނަށް އެގިފައިވާގޮތުގައި ލޯތްބަކީ ގިނަފަހަރު އޭގައި ވޭންއެކުލެވިފައިވާ އެއްޗެކެވެ. އޭނަގެ އެތަކެއް އާދޭހަކަށްފަހު އޭނަޔާއެކީ އުޅުމަށް ނިންމީމެވެ. ނަަމަވެސް އޭނަގެ ހިނިތުން ވުމުގެ ފަހަތުގައި ވަނީކިހާވަރެއްގެ ސިއްރެއް ކަމެއް އަހަންނަކަށް ނޭގެއެވެ. އޭނަގެ ނުބައި މަޅީގައި ޖެހެވުންކަން އެއީ އަހަންނަށް ކުރެވުނު އެންމެ ބޮޑުކުށެވެ. އަހަރެން އަމިއްލަޔަސް އަހަރެންގެ ދިރިއުޅުން އަދަވަޅަކަށް ވައްޓާލެވުނީ އެވެ. އެތަކެއް ފޮނިހުވަފެން ތަކަކާއއެކު އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް އަހަރެން ވީ ހިނިތުން ވުމައެކުގައެވެ. ނަމަވެސް އަހަރެން ގެ ހިނިތުން ވުމަކީ ކުޑަދުވަސްކޮޅެއްގެ މެހެމާނަކަށް ވެގެން ދިޔަ އެވެ. އޭނަޔައެކު ލޯބީގެ ދުނިޔެއްއް ގައި ފިޔަޖަހާލަ ޖަހާލަ އަހށް ނަށް އޮވެވުނީ ކުރިޔަށް ރަނގަޅަށް ބަލާނުލައެވެ. ތަރިހަނދު ހެކިކޮށް އެތަކެއް ހުވާތަކެއް އޭނަ އަހަން ނަށް ވިއެވެ. އަހަންނަށް ދުވަހަކުވސް ދެރައެއް ނުދިނުމަށް ހުވާކުރިއެވެ. އޭނަ އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަމުގައި ބުންޏެވެ. ނަމަވެސް އޭންަލޯބިވީ އހަރެން ދެކެ އެއް ނޫނެވެ. އަހަރެންގެ ހަށިގަނޑުދެކެއެވެ. އޭނަބޭނުނވީ ަހަރެންގެ ކިބައިން އޭނަގެ ކަރުހިއްކުން ފިލުވައިލާށެވެ. ނަމަވެސް އަހަރެން އެގޮތެއް ބެނުމެއް ނޫނެވެ. އަހަރެން މީ އެގޮތަށްއޮޅޭކުއް ޖަކަށް ނުވާތީ އެވެ. އަހަރެންގެ ފަރާތުން އަހަރެންގެ މައިންބަފައިން ހިތުގައި ޖެހި އެމިހުންގެ ލޮލުން އެއްވެސް ކަރުނަތިއްކެއް ވެއްޓޭކަށް އަހަރެން ބޭނުމެއްނޫނެވއ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ތަޤުދީރަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. ތަޤުދީރުގެ ކޮންމެ އެދުމަކަށް އިޖާބަދިނުން ނޫންގޮތެއް އަހަރުމެންނަކަށް ނުވެއެވެ. އެމީހެއްގެ ދިރިއުޅުމުގައި ކުރިޔަށް ވާންއުޅެނީ ކީއް ކަމެއް އެކަކަށްވެސް ނޭގޭނެއެވެ. އެތަކެއް ފަހަރެއްގެ މަތިން މިހާރު އަހަރުމެން ދެމެދުގައި ޒުވަބުކުރެވިއްޖެއެވެ. ނަމަވެސް އެނަ އަހަރެންގެ ކިބައިން ނޭނުންވާ ކަންތަށް ކުރުމަށް އަހަރެން ދެކޮޅުހަދަމެވެ. އޭގެބަދަލު އޭނަ އަހަރެންގެ ކިބައިން ހިފާނޭކަމުގައި އަހަރެން އެއްގޮތަކަށް ވެސް އުންމީދެއް ނުކުރަމެވެ. އެއީވިއްސާރަ ރެއެކެވެ. މެންދަމުގެ ވަގުތެވެ. މަގުމަތީގައި ހިގާ ބިގާ އުޅޭމީހުންނާއި ދުއްވާއެއްޗެހިތަށް މަގު އެކަނި ކޮށް ލާފައެމީހުންގެ ގޭގެއަށް ވަދެފިއެވެ. މަދުމީހަކު ނޫނިއްޔާ މަގުމަތިން ނުފެނެއެވެ. އެތަކެއް އިރެއް ވަން ދެން ގެއެއްގެ އަސްކޭނިދަށުގައި މޑުކޮށް ލައިގެން އަހަރެން ހުރީމެވެ. އޭނަގެ އެތަކެއް އާދޭހަކަށްފަހު އަހަރެން އޭނަޔާބައް ދަލުކުރަން ނިކުތީމެވެ. ގަޑިއިރެއް ވެގެން ދިޔައިރުވެސް އެނަގެ ހަބަރެއް ނުވިއެވެ. ގެއަށް ދާން ބޭނުންވިއެއްކަމަކު ވެހެމުންދިޔަ ބޯވާރޭގެ ތެރެއިން ތެމިގެން ގެއަށް ދާކަށް ހިތެއް ނޭދުނެވެ. އެތަކެއް އިރެއް ފަހުން އެނައައެވެ. އަދިމާފަށް އެދުމަށް ފަހު އޭނަޔާއެކު ދިއުމަށް އެދުނެވެ. އޭނަޔާއެކު ދިޔަނަމަވެސް އަހަރެންގެ ހިތްނުތަނަވަސް ވަމުންދިޔަ އެވެ. އަހަރެން ހީކޮށް ގެންހުރީ އޭނަ އަހަރެން އެ ގެންދަނީ އަހަރެންގެ ގެއަށް ކަމަށެވެ. އޭނަ އަހަރެން ގެންދިޔައީގެއަކަށް ނޫނެވެ. ކުއްޔަށް ކޮޓަރީދޫކުރާ ތަނަކަށެވެ. އަހަރެން އެތަނަށް ނުވަންނަން އުޅުމުން ވިއްސާރަހުއްޓީމަ ގެއަށް ދާނޭކަމުގައި ބުންޏެވެ. އަދި އެއީއޭނަގެ ދައްތަޔަކު ހިފާފައިވާ ކޮޓަރިއެއް ކަމުގައި ބުނންޏެވެ. އޭނަ އަހަރެން ކައިރިގައި އެހަދަނީ ދހޮގު ކަމުގައި އަހަރެން އެއްގޮތަކަށްވެސް ހީނުކުރަމެވެ. އެރެޔަކީ ކިހާވަރު ރެއެއްކަން އަހަންނަށް އެގުނީ ދޮރުތަޅުލުމަށް ފަހު އޭނަ އަހަންނާދިމާލަށް ބުނިއެއްޗަކުންނެވެ. އޭނަ އެބުނިބަހުން އޭނަދެން ކުރަން އެއުޅެނީ ކީއްކަން އަހަެންގެ ސިކުނޑި އަހަންނަށް ކިޔަދެމުން ދިޔަ އެވެ. އަހަރެންގެ ހިތްވެސް ހުށިޔާރުވުމަށް އަހަރެން ކާރީބުޔނަމުން ދިޔައެވެ. ނަމަވެސް ……….. އެރޭގެ ވަގުތުތަށް ވޭތުވެގެނަގޮސް އިރުފެނުން ތޮޅިލީ އަހަރެންގެ އެތަކެއް ވޭނާކެކުޅުމުގެ އަޑާއެކު އަހަރެންގެ އަތުގައި އޮތް އެންމެ އަގުބޮޑު ހަދިޔާވެސް އަހަރެންގެ އަތުން ބީވެގެން ނެވެ. އޭނަ އަހަރެން އެތަނަށް އެކަނި ދޫކޮށްލަފައިދިޔައީއެވެ. ގައިގެ އެތަންމިތަނުން އަޅަމުން ދިޔަވޭނާއެކުމަޑު މަޑުން ތެދުވެގެން ގޮސް ފާހާނައަށް ވަދެމާގަނޑު ދޫކޮށްލީމެވެ.ގައިގެ އެތަން މިތަނުގައި ހޭކިފައިވާ ލޭތަށް ފެންތަކާ އެކު ހުދުމުށިތަކުގެ މަތިން ގޮސް ހުސްވަނީ އަހަރެންގެ ލޯކުރިމަތިންނެވެ. ގަބުއަރާގައި އެމަންޒަރު ބަލަން އަހަންނަށް އިދެވުނީ ރޯންވެސް ނޭގިފައެވެ. އަހަންނަށް އެމަންޒަރު ސިފަވަމުން ދިޔީ އަހަރެން ދެކެމުން އައި ފޮނިފޮނި ހުވަފެންތަށް އަހަރެންގެ އަތުން ބީވެގެން ގޮސް އަތްނުފޯރާފަށް ދާމަންޒަރެވެ. އެތަކެއް އިރެއް ފަހުން އަހަރެން ގެއަށް ދިޔައީމެވެ. ހިތުގައި ވި އުދާށް ތަށްއެކުވެރިޔާއާ ހިއްސާކުރަން ބޭނުން ވިއެއްކަމަކު އަހަރެންބިރުގަނެއެވެ. ޖެހިލުން ވެއެވެ. މަންމަ މެންނަށް އެގިއްޖެނަމަ ވެދާނޭގޮތަކާމެދުހިތަށް އަރާ ބިރުން ރޮވެންފެށުނެވެ. އެގޮތުގަ އޮއްވާ ނިދުން އިރެއްވެސް ނޭގުނެވެ. މަޑު މަޑުން ދެލޯހުޅުވާލެވުނީ ގައިގެ ދަށުން އެއޗެއް ތެޅޭހެން ހިވެގެން ނެވެ. އަހަރެންގެ ފޯނެވެ އަހަރެން ފޯނުބަލާލީމެވެ.އެއީ އޭނައެވެ. އަހަރެން ފޯނުކަނޑާލީމެެވެ. ދެވަނަފަހަރަށް ވެސް ގުޅިއެވެ. އަހަރެން ކަނޑާކީމެވެ. އިރުކޮޅަކުން އައީމެސެޖެކެވެ. އަހަރެން މެސެޖްބަލާލީމެވެ. އެއީއޭނަގެ މެސެޖެޮ އެކެވެ. އޭގައިވަނީ އޭނަބޭނުންވީ ކޮންމެތާކަށް އޭނަ އެދުމުން އޭނަޔާއެކު ދަންވާނޭކަމުގައެވެ. ނޫނީ ހުރިހާ ވަހަކައެއް އަހަރެންގެ ރައްޓެހިންނާއި އާއިލާމިހުންނަށް ކިޔާދޭނެ ކަމުގައި ބުނެ އޭނަ އަހަންނަށް ބިރުދެއްކި އެވެ. އެވަގުތހު އަހަންނަށް ހީވީ މީހަކު އަހަރެންގެ ގަޔަށް ފިނިފެންއެއއްޗެއް ޖެހިހެންނެވެ.މުޅިމީހާ ފިނިވިއެވެ. މޭގަނދު ތެޅެންފެށީ ތަނެއް ދޮރެއް ބަލާފައެއްނޫނެވެ. އަހަންނަށް ވަމުންދިޔަގޮތް އަހަންނަކަށް ވެސް ނެގެއެވެ. ކައިރީގައި އޮށޯވެގެން އޮއިހް އެކުވެރިޔާ އަށް ހުރިހަވާހަކައެއް ކިޔައިދޭން ހިތަށް އެރި އެވެ. ނަމަވެސް ގަނެފައިވާ ބިރުގެސަބަބުން ނާވެފައިވާ ހާސްކަމުގެ ސަބަބުން ކިޔާދެންޖެހިލުން ވިއެވެ. އޭގެފަހުން ކޮންމެރެޔަކު އޭނަ އަހަންނަށް ގުޅައެވެ. އޭނަބުނާ ތާކަށް އަހަރެން ދާންޖެހެއެވެ. އޭނަބުނާ ކޮނަްމެކަމެއް ކުރަން އަހަންނަޖެހެއެވެ.އެނަ އަހަންނަށް ހަދަނީ އޭނަހަދާނެ ގޮތެކެވެ. އޭނަ އަހަރެންގެންގުޅެނީ އޭނަގެ ކުޅޭއެއްޗެއް ފަދައިންނެވެ. ކޮންމެރެޔަކު އެތަކެއް އަނިޔާތަކަކާއި ވޭންތަކެއް އަހަންނަށް ލިބެމުން ދެއެވެ. އަހަރެންގެ ގައިގެ އެތަންމިތަނުގައި ލަކުނުތަށް ލެވި ފާރުތަށް ހުއްޓެވެ. އެއީ އޭނަ އަހަންނަށްކޮށް ފައިވާ އަނިޔައެވެ. ގައިގަ ލެވޭ ކޮންމެލަކުނެއް އަހަންނަށް ފޮރުވިދާނެއެވެ.ނަމަވެސް އަހަރެންގެ މޫނުމަތީގައި ލެވޭލަކުނު ތަށް އަހަންނަކަށް ނުފޮރުވެނެ އެވެ. މިޔަދު އަހަރެން މިވަނީ އެތަކެއް ދޮގެއް ހަދަންޖެހިފައެވެ. އޭނަގެ އަނިޔާތަކަށް ކެއްކުރާނެހާ ހިއްވަރެއް މިހާރު އަހަރެންގެ ނެތެވެ. އަހަރެނަ ބެނުން2ވަނި ވީހަވެސް އަވަހަކާ މިއަނިޔ؟ަތަކުން ސަލާމަތް ވާށެވެ. އެތަކެއް ފަހަރަކު އަމިއްލަޔަށް މަރުވާންވީ އޭވެސް ހިތަށް އަރައެވެ. ނަމަވެސް އެއީމޮޔަކަމެކެވެ. އެގޮތަށް ކަންތަށް ކޮށް ފިނަމަ އޭގެ ގެއްލުން ދެދުނިޔޭންވެސް ލިބޭނީ އަހަންނަށެވެ. ބައެއް ފަހަރު އޭނަގެވާހަކަ ތަށް ފުލުހުންނަށް ކިޔައިދޭންވެސް ހިތަށް އަރައެވެ.ފުލުހުންނަށް ކިޔާދީފިނަމަ އެވާހަކަތަށް އާއިލާޔާހިސާ ބަށް ނުދާނޭއެއްގޮތެއްވެސް ނޯންނާނެއެވެ. އަހަރެން މުޅިން ގޮތްހުސް ވެއްޖެއެވެ.އަމިއްލަ ނަފްސު ކުއްވެރި ކުރެވެން ފަށާފިއެވެ.އަހަރެންގެ ދިރިއުޅުން މިހާހިސާބަށް ދާންޖެހުނީ އަހަރެންގެ ސަބަބުން ކަމުގައި އަމިއްލަ ނަފޮސު ބުނާކަހަލަ އެވެ. އެތަކެއް އިރެއްވަންދެން ވިސްނުމަށް ފަހު އަހަރެން ގޮތެއް ނިންމީމެވެ. އަހަންނަށް އޭނަގެ ކިބައިން ސަލާމައިހް ވެވެނީ އެންމެ ގޮތަކުން ކަމުގައި އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ. މިރެޔަކީ އޭނަގެ ފަހުރޭކަމުގައި ހެދުމަށް އަހަރެންގެ ހިތް އަހަންނަށް ނަސޭހަތް ދިނެވެ. އެނަސޢހަތުގެ އަދުވެސް އަހަރެން އެހީމެވެ. މިގޮތުގަ އުޅުމަށް ވުރެންދެންއޮތްގޮއި ވެސް އަހަންނަށް ރަންގަޅުވީމައެވެ. މަގުމަތީގެ ހަލަބޮލިކަމުގެ ތެރެއަށް ގެއްލިފައި އަހަރެން އިނީމެވެ.އޭނަ އަހަންނަށް ގުޅާނޭކަމުގެ ޔަގީންކިން އަހަންނަސް އޮތެވެ. މަގިނަ އިރަކު އެނައަށް އިންތިޒާރުކުރާކަށް އަހަންނަކާ ނުޖެހުނެވެ. އޭނަގެ ފޯންކޯލް އައުމުން އޭނައެދުނުތަކަސް އަހަރެން ދިޔައީމެވެ. ވިލިގިއްޔަށެވެ. ވިލިގިލީގެ ބީޗަށެވެ. އަހަރެން ކުރަންމިއުޅެނީ ކިހާވަރު ކަމެއް ކަންވެސް އަހަރެން ހަދާނުގައި އެބަހުއްޓެވެ.މާކަދުރުނޫން ހިސާބެއްގައި ފުލުސްއޮފީހެއް ހުރިކަންވެސް އަހަންނަށް އެގެއެވެ. ޖެހިލުންވިއެއްކަމަކު އަހަރެން ނިމްމައިގެން ހުރީ އަބަދުގެ އަބަދަށް އޭނަގެ ފަރަތުން މިންޖުވާނެވެ. އަހަރެން ފެނުމާއެކު އޭނަ އަހަންނާ ކައިރިވިއެވެ. އަދި ހީލުމަށްފަހު އަހަރެންގެ ގައިގައި ބައްދާލިއެވެ. މަދުމަދުން ދެލޫމަރާލުމަށްފަހު ދަބަހަށް އަހަރެން އަތްލީ އަޖހަރެން ގެނާއެތި ނެގުމަށެވެ. އަހަރެންގެ އަތުގައި ކަޓަރު ޖެހުމާއެ ހިތްތެޅެންފެށީ ނުހަނު ބާރަށެވެ. ހިތިށް ބިރުވެރިކަން ވަންނަން ފެށިއެވެ.އަހަރެން ކުރަންމިއުޅޭކަމެއް ކުރަން އަހަރެން މިއުޅެނީ ހަމަ ހޭގައި ހުރެގެންނެވެ. ނަމަވެސް އަހަންނަށް މިޔަދު އިތުރުގޮތެއް ނެތީމަ އެވެ. އަހަރެން ބިރުން ތުރުތުރު އަޅަންފެށުމުން އޭނަ ކޮއްޕާލުމަށް ފަހު ފުލުސް އޮފީހާދިމާލުން އަހަރެން ދުއްވައިގަތިމެވެ. އަހަރެން މިދަނީ ކޮނޮތާކަށް ކަން އޭނަޔަށް އެގިއްޖެއެވެ.އަހަރެން ހިފެހެއްޓުމަށް އެތަކެއް މަސައްކަތެއް އޭނަކުރި އެވެ. ެަހަރެން ހަޅޭލަވާ ފަނެތީ އަގަމަީގައި އަތް އަޅަގެން ހުރިގޮތުން އަހަންނަށް ނޭވަލާންވެސް ކުޑަކޮށް އުދަގޫވަމުން ދިޔަ އެވެ. ގަދަހެދުމުގެ ތެރެން އޭނައަންވެސް އަދި އަހަންނަސް ވެސް އެކި އެކި އަނިޔާތަށް ލިބެމުން ދިޔަ އެވެ. އެންމެ ފަހުން އޭނަ އަތް އެޅީ އަހަރެންގެ އަގަޔާ ނޭފަތާ އެކީ ކަމުން އަހަންނަށް ނޭވާލެވޭނެ އެއްވެސް ގޮތެއް ނުވި އެވެ.މާބޮޑަށް ހާސް ވާންފެށުމުން ދަބަހުގައި އޮތްކަތަރުނަގާ އޭނަގެ މުލަހްދަނޑީގައި އެޅީމެވެ. ބާރު ހަޅޭއަކާއެކު އޭނަ އަހަރެން ކޮއްޕާލިއެވެ.ހަމަ ހިމޭންވެފައިވާ އެތަނުގައި އޭނަގެ އަޑު ނުހަނު ބާރަށް ގުގުމާލިއެވެ. އޭނަގާތަށް އިތުރަށް ރުޅި އައެވެ.އަހަރެން މަރާލާނެކަމުގައި ބުނެފައި އަހަންނާ ދހިމާލަން ދުވެފައި އައެވެ.އަހަރެން ބިރުން އަނެއް ކާވެސް ކަތަރުން އޭނަގައިގައި އެޅީމެވެ.އޭނަގެ މޭމަތީގައެވެ. ކަޓަރު ހުޅުވާފައިވަނީ ނުލާހިކުު ބޮޑަށް ކަމުން ވަރަށް ފުންކޮށް އެޅުންކަން އަހަންނަށް އެގުނެވެ.އަމިއް ލަ ނަފސު ސަލާ މައިކުރުމަން ތަކާ އޭނަގެ ގައިގެ އެތަން މިތަނުގައި ކަޓަރުން އަލާ މުލިމީހަ ލެޔަށް ހަދާލީމެވެ. ބިރުން ގޮސް ހަދާނެ ގޮއިހުސް ވެފައިވި އެވަގުތު މިކުރެވުނީ ކިހަވަރެއްގެ ކަމެއް ކަމެއް ވެސް އަހަންނަކަށް ނޭގުނެވެ. އަހަންނަށް ރޮވެން ފެށުނެވެ. އޭނަގެ ކައިރީގައި ކުޑަކަކުލުން ޖެެހިގެން އަހަންނަށް އިނދެވުނެވެ. އެމަން ޒަރުނަލަން މީހަކު ހުރިކަން އަހަންނަށް އެގުނީ އިރުކޮޅެއް ފަހުންނެވެ. އެއީމެދު އުމުރުގެ ފިރިހެނެކެވެ. އޭނަ އަހަންނަ ދިމާލަށް ބަލަން ހުރެފައި ދުއް ވައިގަތެވެ. އޭނަ އެދަނީ ކޮންތާކަށް ކަންވެސް އަހަންށް އެގެ އެވެ. ދެންވާނީ ކީއްކަންވެސް އަހަންނަށް އެގެ އެވެ. މާގިނަ އިރެއްނުވެ ފަހަތުން މައެއްގެ ދުވުމުގެ އަޑު އިވެންފެށި އެވެ. އެއީފުލުހުން ކަން ފަހަތް ނުބެލިޔަސް އަހަން ނަށް އެގެއެވެ. އެމިހުން އަހަންނަ އަރަ ހަމަ ކޮށް ފިއެވެ. އަހަރެންގެ އަތުގަހިފާނެގުމަށް ފަހު ފަހަތަށް އަތްލާބިޑިއަޅުވވައިފިއެވެ. އަހަރެން އެއްވެސް ގަދަކަމެއް ނުދައްްކާ އެމީ ހުންނާއެކުދިޔައީމެވެ. އަހަންނާ އެތަކެއް ސުވާލުތަކެއް ކުރެވުނެވެ. ނަމަވެސް އަހަރެން އެއްވެސް ޖަވަބެއް ނުދެމެވެ. އޭނަމަރާލަން ޖެހުނު ސަބަބެއް ވެސް އެހިޔެވެ. އެސުވާލަށް ވެސް ޖަވާމެއް ނުދެމެވެ. ހަމަ އެކަނި އަހަރެން ބުނިހާވެސް އެއްޗަކީ އަހަރެން އޭނަމަރާލީ އިތުރުގޮތެއް ނެތިގެން ކަމުގައެވެ. އިތުރު ސުވާލެއް ގެޖަވަބު އަހަންނަށް ނޭގޭކަމުގައި އަހަރެން ބުނީމެވެ. އަހަންނަށް ލބޭނެ އަދަބެއް ލިބިގަތުމަށް ތައްޔަރުކަމުގައި އަހަރެން ބުނިމެވެ. ފުލުހުން އަހަރެންގެ އާއިލާ މީހެއްގެ ނަންބަރު ދިނުމަށް އެދުނެވެ. އެމިހުނަށް މިކަން ތއަށް ނޭންގުމަށް އަހަރެން އެދުނީމެވެ. ނަމަވެސް އަހަންނަށް ވިނުވި އެންގުމަކި އެމީހުންގެ ވާޖިބެއް ކަމުގައި އެމިހުންބުންޏެވެ.
އަހަރެންގެ އެކުވެރިޔާގެ ނަންބަރު އަހަރެން ދިނީމެވެ. ގަޑިއެއްހާއިރު އެތާގައި ބޭއްންދުމަށް ފަހު އަހަރެން ވަކިން ހުރިތަކަށް ގެންދިޔައެވެ. އަދިއެތާގައި އަހަރެންގެ ވަގުތުތަށް އަހަރެން ގުނަމުން ގެން ދިޔައީމެވެ. ފަތިސް ވެގެން ދިޔައިރު ވެސް އަހަރެންގެ ލޮލުން ނިދީގެ އަސަރެއްވެސް ފާޅުވެގެންނުދެއެވެ. އެގެބަދަލުގައި އަހަރެންގެ ލޮލުން އޮހޮރިގެން ދަނީ ކަރުނައެވެ. އޮހޮރިގެންދާ ކޮންމެ ކަރުނަތިއްކެއް އަހަރެންގެ ކޯތާފަތްމަތިން ލާފައި ފައިބައިގެން ގޮސް އަހަންނަ އަލްވަދާއުކިޔައެވެ. މިމަން ޒަރުބަލަން ތަންކޮޅެއް ދުރުގައިމީހަކު އިންކަން އަހަން ނަށް އެގެ އެވެ. މަޑުހިގުމެއްގައި އެނަ އައިސް އަހަންނާ ވާހަކަދައްކަން ފެށީ އޯގާތެރިކަމާއެކުގައެވެ. އަހަންނަށް ވެގެން މިއުޅެނީ ކީއްކަން އޭނަޔަން އެގެކަހަލަ އެވެ. އެތަކެއް ފަހަރަކު އާދޭހާ އެކު އެހުމުން އަހަންނަށް ވީ ގޮތް އޭނައަށް އަހަރެން ކިޔަދިނީ މެވެ. އިތުރުމީ ހެއްގާތުގައި މިވަހަކަތަށް ނުދެއް ކުމަށް އެދެމުންނެވެ.އަހަރެން މިކައްތައް ކުރީއިތުރުގޮތެއް ނެތީމަ ކަމުގައި އަހަރެން ބުނީމެވެ.އެހެން މީހުންގެ ނަޒަރުގައި އަހަންނަށް ކުރެވުނީ ގޮަސް ކަމެއް ކަމުގައި ވިޔަސް އަހަރެންގެ ނަޒަރުގައި އަހަންނަށް ކުރެވުނީ ގޮަސކަމެއް ނޫނެވެ. ދުނިޔޭގެ ނަޒަރުގައި އަހަރެން ޖަލެއްގައިބަންދުވިއެއް ކަމަކު އަހަރެންގެ ނަޒަރުގައި އަހަންނަށް ސަލާމަތް ވެވުނީ ޖަލަކުންނެވެ. އެޖަލަކީ އެތަކުން ވޭނާއި ހިތާމަފިޔަވައި އިތުރުއެހެން އެއްޗެއް ލިބިފައިނުވާޖަލެކެވެ. ވާހަކައިގައި މާގިނައިރުނުވަނީސް އހަރެން މާލެގެންދިއުމަށް ބަލާ އައެވެ.ކޯޓުގެ ހުކުމަށް ފަހު އަހަރެން ޖަލަށްލެވުނެވެ. އާއިލާއާ އެއއްފަހަރުވެސް ބައްދަލު ކޮށް ލާނޭހިއްވަރެއް ނެތުމުން އަހަރެން އެމީހުންނާ ބައްދަލެއް ނުކުރަމެވެ. އަހަންނާމެދު ކަންތަށް ވީގޮތް ކިޔާދީގެން އިތުރުހިތާމައެއް އެމީހުންނަށް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. މާޒީއާއެކު ދުވަސް ތަށް ފާއިތުވަމުން ދެއެވެ. ހަޔާތުގައި ލިބިފައިވާ ނާކާމިޔާބީ އާއެކު އާހަޔަތެއް ފަށާކަށް އަހަރެން އުންމީދެއް ނުކުރަމެވެ. އަހަރެންގެ ބަދުނަސީބު ހަޔަތުގެ ކޮންމެ ސަފްޙާ އެއްގައި އަހަރެން މިލިޔެލަނީ އަހަރެންގެ ހިތާމައެވެ.
– ނިމުނީ –
2 Comments!
Comments are closed.

Salhi stry eh..v emotional????
thank u