އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ސަފްޙާއެއްގައި ލިޔެވިފައި ވަނީހިތާމައެވެރ. އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ސަފްޙާއެއްމަތިން ހަދާންކޮށް މިދެލޮލުން ކަރުނަ ނަޅާއެންމެ ރެއެއްވެސް ދުވަހެއްވެސް ނުދެއެވެ. މިބަންދުވެފައިވާ ޖަލުގައި އަހަރެންގެ ދިރިއުޅުން މިހޭދަކުރަނީ އެކަނިވެރިކަމުގައެވެ. މިތާގައި އެހެން މިހުންތިއްބެއް ކަމަކު އެއި އަހަންނަށް ނެއްބައެކެވެ. އަހަން ނަށް ކުރެވުނުކަން ތަކާމެދު އަހަރެނަް ދެރަވެ ހިތަމައެއްނުކުރަމެވެ. އަހަރެން ހިތަމަކުރަނީ އަހަރެންގެ ތަޤުދީރު އަހަންނާ ކޮށް ފައިވާސަމާސާއާމެދު ވިސްނިފައެވެ. އެހެންމިހުން ނެކޭއެއްފަދައިން އަހަރެންވެސް އުފާވެރި ދިރިއުޅުމެއް އުޅުމަށް ފޮނި ފޮނި އުންމިދުތަކެއް ކުރިމެވެ. ދިރިއުޅުމުގައި އެތަކެއް ހުވަފެން ތަކެއް ދެކުނީމެވެ. އެތަކެއް ވާހަކަތަކެއް އަހަރެންގެ ހިތާ އަހަރެން ހިތޮސާކުރީމެވެ. އަބަދުވެސް އަހަރެން ބިރުގަންނަ އެއްކަމެއް އޮވެއެވެ. އެއި ލޯބީގެ މަންޒިލެއްގައި އުދުއްސް=ައިގަންނާށެވެ. އަހަށްނަށް އެގިފައިވާގޮތުގައި ލޯތްބަކީ ގިނަފަހަރު އޭގައި ވޭންއެކުލެވިފައިވާ އެއްޗެކެވެ. […]