Skip to content
އެސްފިޔަ

އިންތިހާ ވޭން 1

އުޑުމަތި ބަނަ ވިއްސާރަ ދުވަހެކެވެ.ޖަހާލާ ބާރުގަދަ ގުގުރީގެ އަޑުން ހިތްތަކައް ބިރުވެރިކަން ވަންނާނެކަން ގައިމެވެ.ދޫނި ސޫފާސޫތްޕާއި އިންސާނުންވެސް އެބައިމީހުންގެ ހާލިތަކުގައި ދުވަހުގެ ނާާމާންކަމުން ހިމާޔަތް ހޯދަނީއެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނުވާ މާހައުލެކެވެ.ޖެހިލާ ބާރުގަދަ ވައިރޯޅިތަކުން ގަސްގަހުގެ ގޮފިތައް ހޫރެމުންދަނީ ތޫފާން ބޯމަތިވާކަން އިއުލާން ކުރަމުންނެވެ. ބަނަ ވިލާ ތަކަށްވެސް ކުޅަދާނަނުވެ އިސާހިތަކު ވާރޭ އޮއްސާލީ ނުކިޔަމަންތެރިކަން އިސްކުރަމުންނެވެ.
މ.ރޯށަންވިލާ ތެރޭގައި ރަސްކަންކުރަމުންދާ ހަމަހިމޭންކަން ފޫއަޅުވާލެވިފައިވަނީ ވޭނީ ގިސްލުމުގެ އަޑުންނެވެ.ކުޑަދޮރުގެ ދާރާއިގައި އަތްވިއްދާލައިގެން ތޫފާނުގެ ތެރެއަށް ނަޒަރުހުއްޓާލަިގެންހުރި މިތްޔާގެ ލޮލުން ހުއްޓުމެއްނެތިދަނީ ކަރުނަ އޮހެމުންނެވެ. ކަރުނަތައް އޭގެ މަގާމްދޫކޮށް ތިއްކަކަށްފަހު ތިއްކެއް ކޯތާފަތުގައި ބޮސްދެމުންދާއިރުވެސް އޭގެ އެންމެ ތިއްކެއްވެސް ފޮހެލާކަށް މިތްޔާ ބޭނުމެއްނުވެއެވެ. ހިތުގެ ވޭނީރިހުން ދުލުން ކިޔާދޭނެހާ ހިތްވަރެއް ނެތްތަނުގައި ކަރުނައިގެ ސިފައިގައި ނަމަވެސް މިތްޔާ އެދަނީ ހިތުގައި ވަކިހިތްޕާލެވިފައިވާ ވޭން ބޭރުކުރުމަށް މަސަތްކަތް ކުރަމުންނެވެ. ދެލޯ ދުޅަވެފައިވާއިރު ދޮންދޮން މޫނުގައިވަނީ މަޑުރަތްކަމެކެވެ.ދޭތެރެ ދޭތެރެއިން ތުންފަތުން މަޑު އާހެއްގެ އަޑު ބޭރުވެގެންދަނީ ޖިސްމުގައި އަޅަމުންދާވޭން ބަސްމޮށުންތެރިކަމަކާނުލައި ބަޔާންކޮށްދެމުންނެވެ. މާހައުލުގެ ފިނިން މުޅިކުއްޖާ ރޫރޫއަޅަމުންދާއިރުވެސް ކުޑަދޮރުކައިރިން ދުރަށް ޖެހުމުގެ ހިޔާލެއް މިތްޔާގެ ނެތީއެވެ. ކުރިމަތީގައި ނިއުޅެމުންދާ ކޮޅުގަނޑަށްވުރެ ހަޔާތުގެ ބަނަކަމާމެދު ށަކުވާކުރުންނޫން ގޮތެއް މިތްޔާއައަށް ނުވިސްނެއެވެ.އުފާވެރިކަމުގެ ފަލްސަފާއަށްއައި ބާރުގަދަ ޒަލްޒަލާއަކުން ނިމިދިޔަ ގޮތް ސިކުޑީގައިދައުރުވަނީއެވެ. ތަގުދީރުގެ ނިންމުންބަދަލު ކުރުމުގެ ކުޅަދާނަކަން އިންސާނަކަށް ލިބިގެންވާނަމަ އެބާރުގެ ބޭނުން މިތްޔާކުރީހެވެ.އަމިއްލައަށް މަރުވުމަކީ ކުފުރުގެ އަމަލެއްކަމުގައި ނުވާނަމަ ދުނިޔޭގެ ލޯމައްޗަށް މިތްޔާމަރުވިތާ ކިތަންމެދުވަހެއް ފާއިތުވެ ހިގަނޖެއީހެވެ.
ހިޔާލުތަކުގެ މާސިންގާކަނޑުގައި ފީނަމުންދިޔަ މިތްޔާއަށް ސިއްސައިގެންގޮސް ފަހަތަށްޖެހިލެވުނީ އިސްތަށިގަނޑަށް ވާންވުމުގެ ސަބަބުންނެވެ. ބޮލަށް ކުރަމުންދިޔަ ބާރާއެކުވެސް ހަށިގަނޑަށް ގުޑުމެއްވެސް ގެނުމެއްނެތިހުރީ އައިސްދާނެ ބިރުވެރި އިންޒާރުން ނަފްސު ހިމާޔަތްކުރުމަށެވެ.

(ނުނިމޭ)

Comments (11)

  1. a.ishaa

    Wow nice..

  2. Kitty

    Feshun varah Reethi.. Masha allah keep up the good work dear.. When next part dear waiting ingey ❤️❤️????❤️

  3. Rauu_

    Assalaam alaikum
    Here is my new story on esfiya.❤️ Hope u all will like it! Plz leave a comment?. Story is uploaded on every Friday and Saturday in Sha Allah❤️ keep waiting. Lots of love?

  4. Rosy

    Varah reethi…

  5. jiji

    Feshun vrh salhi …gud job??❤❤????…Rauu_ ge first story aaa balaafa vrh habbu…Ly bodukoh

  6. SCARLET❤

    Nice vvvv… Nxt prt avahah up koh dhehchey… waiting..

  7. Naanu

    Feshun vv reethi.. ??

  8. azker

    ibaarai kurun v. furihama…eagerly waiting for ur story

  9. Twinkle?

    Wow… vvvvv furihama… masha allah… ibaaraaih kurun hama ehvana…

  10. Anonymous

    Kbr vaahaka adhivxx up nuveyy.. waiting

  11. Ishh

    Sheenu ge badhaluga shaviyani beynunkoffa dhw

Comments are closed.