އުޑުމަތި ބަނަ ވިއްސާރަ ދުވަހެކެވެ.ޖަހާލާ ބާރުގަދަ ގުގުރީގެ އަޑުން ހިތްތަކައް ބިރުވެރިކަން ވަންނާނެކަން ގައިމެވެ.ދޫނި ސޫފާސޫތްޕާއި އިންސާނުންވެސް އެބައިމީހުންގެ ހާލިތަކުގައި ދުވަހުގެ ނާާމާންކަމުން ހިމާޔަތް ހޯދަނީއެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނުވާ މާހައުލެކެވެ.ޖެހިލާ ބާރުގަދަ ވައިރޯޅިތަކުން ގަސްގަހުގެ ގޮފިތައް ހޫރެމުންދަނީ ތޫފާން ބޯމަތިވާކަން އިއުލާން ކުރަމުންނެވެ. ބަނަ ވިލާ ތަކަށްވެސް ކުޅަދާނަނުވެ އިސާހިތަކު ވާރޭ އޮއްސާލީ ނުކިޔަމަންތެރިކަން އިސްކުރަމުންނެވެ. މ.ރޯށަންވިލާ ތެރޭގައި ރަސްކަންކުރަމުންދާ ހަމަހިމޭންކަން ފޫއަޅުވާލެވިފައިވަނީ ވޭނީ ގިސްލުމުގެ އަޑުންނެވެ.ކުޑަދޮރުގެ ދާރާއިގައި އަތްވިއްދާލައިގެން ތޫފާނުގެ ތެރެއަށް ނަޒަރުހުއްޓާލަިގެންހުރި […]