ސިއްކަ
މިއަދަކީ ޚާއްސަ ދުވަހަކެވެ. އަހުރެންނަށް އައު އަހަރެއް ފުރުުުނު ދުވަހެކެވެ. ސައުވީހެވެ. އުފަައުވެރިކަމަކާ އެކު ގެނުވަނީ ނުތަނަވަސް ކަމެކެވެ. ހަޔާތުގެ ރާސްތާއާ މެދު އެވެ. މަގެއް ކަށަވަރުވެފައި ނުވާތީ އެވެ. އަހަރެންނަކީ ފޭރޭ މީހަކުފަދަ އެވެ. އިތުބާރެއް ނެތް މީހެކެވެ. މަގުމަތިތަކުގައި ހިނގަމުންދާ އިރު ހައިރާންކަން ދެއްކުވުންތަކުގަ އެވެ. ނުކުޅެދޭ ދުށުންވެރިކަމެކެވެ. ލޯތަކުގައި ބީރައްޓެހިކަމެވެ. ބަސްތަކެއް ލޮލުގެ ވައްކަޅިތަކުން ބޭރުވެތެވެ. އަޑެއް ނުނިކުމެވެއެވެ. ނަމަވެސް ކަންފަތުގެ ތޫރިގަައި އެ ހިއްސުތައް ފަރިކުރުވަ އެވެ. އިޝާރާތްތައް ވާހަކަދައްކުވައެވެ. އަދި ޣައިބުގެ އެ މޮށުންތެރިކަމަކުން ކަންފަތުގާ އަމުނާލެވޭ ބަސްފަށަލައެވެ.
‘ނިޝާ, ހެޕީ ބީ ޑޭ!’ އަހަރެންގެ އެންމެ ކުޑައިރުގެ ވެސް އެކުވެރިޔާ ލުމާގެ އަޑެވެ. ކޮޓަރީގެ ދޮރުބުޑުގައި ޕާރުސަލެއް ހިފައިގެން އައިހެވެ.
‘ޝުކުރިއްޔާ.. ‘ ދިއްކޮށްލާފައިވި ޕާރުސަލުގައި ހިފަމުން ހިނތުންވުމެއްގައި އަހުރެން ޖަވާބުދިނީމެވެ. އުންމީދުގައި ވީ އަގުބޮޑު ހަދިޔާއަކަށެވެ. ކެމެރާ އެއް ފަދަ އެއްޗަކަށެވެ. މަންޒަރުތައް ޤައިދުކުރުމަށް ލޯބިކުރާތީ އެވެ. އަދި އެކަން އެންމެ ބޮޑަށް ދެނެހުންނާނީ ލުމާ އަށް ކަމަށް ވާތީ އެވެ.
‘މިއޮއްފަދަ ދުވަހުވެސް ނިދުމުގަތަ.. ނިދާހެދުން ވެސް ބަދަލުނުކުރެވި ތި އުޅެނީ.. މިހާރު ދިހައެއް ޖެހީ އެ..’ ނުރުހުންވެރިކަމެއްގައި އެތެރެއަށް ވަދެގަންނަމުން ލުމާ ބޭރުކުރި އެވެ. އަހުރެންނަށް އާފުރާލެވުނެވެ.
‘އާން, ދެންމެ މިހޭލީ.. ލޫ, ނިޝާ ހޭލައްވަން މިއަދު އަންނާނެކަން އެނގޭތީ ހަމަ އޮތީ’ ޕާރުސަލުގައި އަތްކޭތެވެން ފެށުނެވެ.
‘މިއީ ކޯއްޗެއްތަ.. ހާދަ ބަރުހެން ހީވެޔޭ.’
‘ބަރުވީމައެއްނު ބަރުހެން ހީވާނީ.. ހުޅުވަބަލަ..’ ލުމާ ހުރީ އަހުރެންގެ އިޝާރާތްވެރިކަމަށް ސަމާލުވެވި އެވެ. މޫނުގެ އަސަރުތަކުގެ ޝައުޤުވެރިކަމެއްގައެވެ.
‘އައްދޭ.. މީ ކޯއްޗެއް? ޓޯސްޓަރެއްތަ?’ އެއީ ޓޯސްޓަރެކެވެ. ސުވާލުކުރުމެއް ނެތެވެ. ނަމަވެސް ކުރެވިއްޖެ އެވެ. ފައުޅުކުރެވުނު ހައިރާންކަން ރަނގަޅެއް ނޫނެވެ. ނޫނެކެވެ. ހައިރާންކަމެއް ނޫނެވެ. ނާއުންމީދުވެރި ކަމެވެ.
‘އޫނހޫމް.. ކަމުދޭ ދޯ! ނިޝާ އަށް ވަރަށް ޓޯސްޓު ކަމުދެއެއްނު.’ ދެ ލޯބޮޑުކޮށް ހުރެ ހެއުމެއްގައި ބުންޏެވެ. އަހަންނަށް ފުން ނޭވާ އެއް ދަމާލެވުނެވެ. އެއީ ތެދެކެވެ. ކުރަންވެފައި އޮތް ކަމަކީ އަހުރެން އެ އެއްޗެއް ހަދަން ދަސްކުރުމެވެ. ނޫނީ މި ހަދިޔާ ބިކަ ކުރެވިދާނެ އެވެ.
………
އިރު އޮއްސިއްޖެ އެވެ. އެކުވެރިޔާއާ އެކު ބޭރަށް ގޮސް ވަގުތުތަކެއް ހޭދަކުރެވުނެވެ. ރެސްޓޯރެންޓަކުން ގަދައަށް ކާލެވުނެވެ. މަޖާކޮށް އަޑުތަކެއް ބޭރުކުރެވުނެވެ. ބޭރުފުށުގެ ޒީނަތްވެރިކަމެވެ. މާހައުލު ފިނިވެފައި ތާޒާ އެވެ. ނަމަވެސް ހަށިތޯ އެވެ. އަރާމެއް ނުދެވުނެވެ. އެދުންތައް މާ މަތީ ހަރުފަތެއްގައި ވަޅުޖެހިފަ އެވެ. އަދި ރާސްތާއަކަށް ވާސިލެއް ނުވެވުނެވެ. އެކަމަކު މިއީ އަައު ކަމެއް ނޫނެވެ. ހިތްދެރެވެފައި އަދު މިވަނީ ކީއްވެ ހެއްޔެވެ. އިއްޔެ ތަފާތުވީ ގޮންގޮތަކުން ހެއްޔެވެ. ނުވިސްނުނެވެ. ރޮވެނީ އެވެ. އާނއެކެވެ. އެއްކަމެއް ވެސްމެ ތަފާތެއް ނޫނެވެ. ހަމައެކަނި ނަފުސިއްޔަތެވެ.
ފާއިތުވި އަހަރުގައި ހުރެވުނީ ދަރިވަރެއްގެ ފަންތީގައެވެ. އެހެންކަމުން ވިންދުގައިވީ ބަލައިގަނެވިފައިވި ކަމުގެ އިހުސާސްވެެރިކަމެކެވެ. ރާސްތާ އޮތީ ދައްކުވަދެވިފަ އެވެ. މިއަދު ނުކުރެވުނު ކަމަކީ, އެ އުނގަންނައިދިނުން ތަކުގައި ފަައިތިލަ ހަރު ނުކުރެވުމެވެ. މިސްރާބުން ކައްސާލެވުމެވެ. އަދި އެކަމަކުން ނަޒަރުތައް ދުރުކުރެވުނު ހަނގުރާމަ އެވެ. އަމަލުތަކުގައި އެއްހަމަ އެކެވެ. އަސަރު ފޯރުވީ ލެއަށެވެ. އެ ދިރުންތަކުން ނަފުސު މަތަ ކުރުވި ދުވެއްޔެވެ. މިއަދު އެ ނިޒާމު ގަޑުބަޑުކޮށްފި އެވެ. އަދި ކުރެހުންތައް ތަބުދީލުކުރެވުމެއް ނެތެވެ. ތަނަވަސްކަމުގައި ދާއިމީ ސިއްކަ އެއް ޖެހެވިއްޖެ އެވެ.
(ނިމުނީ)
4 Comments!
Comments are closed.


Allura
This story is less abstract than the
previous piece and,therefore probably more to liking of the general readership of this site.
Abstract or concrete I’ve come to
love your stories, a rare find in Maldives.
Thank u ?
story ehaa reecheh nun:[
Thanks still. ?
Appreciate u commenting..