މި ޚިޔާލުތައް އައިސް އޭނާގެ ސިކުނޑި ވަށާލުމުން ލުބްނާއަށް ދުއްވައިގަނެވުނީ އިޝްރާ ހުރި ބެކްސްޓޭޖާއި ދިމާލަށެވެ. 5 މިނިޓް ތެރޭގައި އަންނާނަން ކަމަށް ބުނެފައި ލިބާން ދިޔަފަހުން މިހާރު 5 މިނިޓް ވެފަަިވާތީ، ލިބާން މިހާރު ހުންނާނީ އިޝްރާގެ ގާތުގައިކަން އޭނާއަށް ޔަގީންވެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ވިސްނުން ކުއްލިއަކަށް ބަދަލުވީ ދެން އޮތީ އިޝްރާގެ ފުރަތަމަ ހުށަހެޅުންކަން ހަނދާންވެފައެވެ. އެއްވެސް ހާލެއްގައި އެ ހުށަހެޅުން ކުޑަތަންކޮޅެއް ވެސް ލަސްވާކަށް ލުބްނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ލިބާންއާއި އިޝްރާ، އެމީހުންގެ ހުށަހެޅުން ނިންމާފައި އައުމުން ސުވާލުކުރާނީއޭ ހިތަައި، ސްޓޭޖާއި ކައިރިއަށް ލުބްނާ ޖެހިލީ، އިޝްރާގެ ހުށަހެޅުން ބަލައިލުމަށެވެ.
އިޝްރާ އިތުރުތަނަކަށް ނުގޮސް އޭނާ އެ ހުރި ތަނުގައި މަޑުކޮށްގެން ހުއްޓާ ލިބާން އައިސް އިޝްރާގެ ގާތުގައި ދެން ކަންތައްކުރަންވީ ގޮތް ބުނެލަދިނުމަށްފަހު ސްޓޭޖަށް އެރިއެވެ. ހިތަށް ނޭނގޭ އުނދަގުލެއް ވެފައި ހުރިނަމަވެސް ލިބާންގެ އިރުޝާދާއި އެއްގޮތަށް ކަންތައްކުރަން ނިންމައި، ފުން ނޭވާއެއް ލާފައި އިޝްރާ ސްޓޭޖަށް އެރިއެވެ. ރީތި ހިނިތުންވުމެއް ދައްކާލައިގެން ހުރެ މަޑުމަޑުން ލަވަ ފެށިއެވެ. އިޝްރާ ލަވަ ފެއްޓުމުން ލިބާން ވެސް މަޑުމަޑުން ލަވައިގައި ހިފާލިއެވެ.
“މަލެކޭ، ތިއީއޭ މަލަކީ،
މަލެކޭ، ތިއީއޭ މަލަކީ،
އަސްލު ކިޔާދީ ނަސްލުގެ ކިޔާދީ، އޯއޯއޯ އޯއޯއޯ،
މަލެކޭ އެއްފަދަ ނާޒުކު މުނިޔާ،
އެންގީ މަޤްސަދު ގުޅުމޭ މިކިޔާ،
އަސްލު ކިޔައިދީ ނަސްލު ކިޔައިދީ ރޫހު ދިރުވީ މިރޭ،
އަސްލު ކިޔައިދީ ނަސްލު ކިޔައިދީ ރޫހު ދިރުވީ މިރޭ،
ލޯބިވެވޭތި ދޭތޯ ރަސްތާ އައި މީ ރުހި ދީވާނާވީ،
އެތަކެއް ރޭއިން ކާރްވެލާފާ ނިއުމަތެކޭ އަދު ހޯދޭމީ،
ލޯބިވެވޭތި ދޭތޯ ރަސްތާ އައި މީ ރުހި ދީވާނާވީ،
އެތަކެއް ރޭއިން ކާރްވެލާފާ ނިއުމަތެކޭ އަދު ހޯދޭމީ،
މަލެކޭ އެއްފަދަ ނާޒުކު މުނިޔާ،
އެންގީ މަޤްސަދު ގުޅުމޭ މިކިޔާ،
އަސްލު ކިޔައިދީ ނަސްލު ކިޔައިދީ ރޫހު ދިރުވީ މިރޭ،
އަސްލު ކިޔައިދީ ނަސްލު ކިޔައިދީ ރޫހު ދިރުވީ މިރޭ،
ނެތި އަނިޔާތަކުގައި ޙާލް މަ ވީތީ ފިތި ދުނިޔޭންނޭ އޭ ދިޔައީ،
ރޯނާ ނިންޖާ ފޫހި މަ ފިލުވީ ދިނުމުންތާ ހަންހާރަނިޔާ،
ނެތި އަނިޔާތަކުގައި ޙާލް މަ ވީތީ ފިތި ދުނިޔޭންނޭ އޭ ދިޔައީ،
ރޯނާ ނިންޖާ ފޫހި މަ ފިލުވީ ދިނުމުންތާ ހަންހާރަނިޔާ،
މަލެކޭ އެއްފަދަ ނާޒުކު މުނިޔާ،
އެންގީ މަޤްސަދު ގުޅުމޭ މިކިޔާ،
އަސްލު ކިޔައިދީ ނަސްލު ކިޔައިދީ ރޫހު ދިރުވީ މިރޭ،
އަސްލު ކިޔައިދީ ނަސްލު ކިޔައިދީ ރޫހު ދިރުވީ މިރޭ،
އަސްލު ކިޔައިދީ ނަސްލު ކިޔައިދީ ރޫހު ދިރުވީ މިރޭ،”
ލަވަ ނިމުމާއެކު އަތްްތިލަބަޑިގެ އަޑުން މުޅިތަން ގުގުމާލިއެވެ. އެތާތިބި ގިނަމީހުންގެ ދުލުން ލިބާންއާއި އިޝްރާއަށް ތައުރީފުގެ ބަސްތައް އޮހެމުން ދިޔައިރު އަނެއްބައެއްގެ ހިތުގައި ވަނީ ހަސަދައިގެ އަލިފާން ރޯވެފައެވެ. ލަވަ ނިމުމާއެކު އިޝްރާ، ލިބާން ސްޓޭޖަށް ދޫކޮށްލާފައި ފޭބިއިރު ލުބްނާ ސްޓޭޖް ކައިރީ ހުރުމުން އެންމެ ފުރަތަމަ އިޝްރާ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މީހާ ހަމައަކަށް އެޅިލަމުން ލުބްނާގެ އަތުގައި ހިފައިގެން އިޝްރާ ހިނގައިގަތީ ސްކޫލުގެ އެކްޓިވިޓީ ޕާކަށެވެ. އެތާ ހުރީ އުނދޯލީގައި މަޑުމަޑުން އިށީނދެލައި ފުން ނޭވާއެއް ލެވުނީ އޭނާއަށް ކުއްލިއަކަށް އެ ކުރިމަތިވި އުނދަގޫ ހާލަތުގެ ސަބަބުންނެވެ. ލުބްނާއާއި އެވާހަކަތައް ހިއްސާކުރުމަށް ހިތް ބާރުއަޅަމުން ދިޔައިރުވެސް އިޝްރާގެ ދުލުގައި ތަޅެއް ލެވިފައިވާ ފަދައެވެ. ލުބްނާގެ ގާތުގައި އެވާހަކަތައް ބުނާނެ ގޮތެއް އިޝްރާއަށް ނުވިސްނުނީ ލިބާންއަކީ ލުބްނާގެ ކޮއްކޮއަށް ވެފައި، އެކަމަކީ ލިބާންގެ ފަރާތުން ހިނގި ކަމަކަށް ވާތީއެވެ. ލުބްނާގެ އެހީ އޭނާ މިވަގުތު ކިތަންމެ ބޭނުންވި ނަމަވެސް ލުބްނާ އެކަން ގަބޫލު ކުރާނެކަމެއް ނުވަތަ ނޫންކަމެއް އިޝްރާއަށް ލަފާކޮށްލަންވެސް ދަތިވުމުން އެވަގުތު ލުބްނާއާއި އެވާހަކަތައް ހިއްސާކުރުން ވީ އިޝްރާއަށް ކުރަން ނުކުޅެދުނު ކަމަކަށެވެ. އެހެންކަމުން އުނދޯލީގައި ހަމަޖެހިލައިގެން އޮށޯވެލުމަށްފަހު މަޑުމަޑުން އުނދޯލި ހެއްލަންފެށީ ސިކުނޑީގައި ދައުރުވަމުން ދިޔަ ކަންތައްތަކުން ދުރުވެލެވޭތޯއެވެ.އިޝްރާއަށް ވަމުންދިޔަ އުނދަގޫތައް، މީހަކު ދުލުން ކިޔައި ނުދިން ކަމުގައި ވިޔަސް އިޝްރާގެ ކުރިމަތީގައި އެލުވާފައި ހުރި އުނދޯލީގައި އޮވެ އިޝްރާއަށް ބަލަމުންދިޔަ ލުބްނާއަށް ވަރަށް ސާފުކޮށް އެނގުނެވެ. އެކަމުގައި އިޝްރާއަށް އެހީވެދޭން ލުބްނާ ބޭނުންވިޔަކަސް އެކަމަކީ ލިބާންގެ ސަބަބުން އިޝްރާއަށް ކުރިމަތި ވެގެން އުޅޭ އުނދަގުލަކަށް ވާތީ، އެހާލަތުގައި ލުބްނާގެ ސަބަބުން އިޝްރާއަށް އިތުރު އުނދަގުލެއް ކުރިމަތި ވެދާނެތޯ ހިތުގައި ސުވާލު އުފެދުނެވެ. ކަންތައްތައް ވަމުން ދިޔަ ގޮތުން އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލުބްނާގެ ބޯވެސް ހާސްވާން ފެށިއެވެ. އެހެންކަމުން އަދި އިޝްރާއަށް ވާނެވަރު ލަފާކޮށްލަންވެސް ލުބްނާއަށް ދަތިވިއެވެ. ނަމަވެސް މި ހާލަތުގެ ގޮތުން އިޝްރާއަށް ރަނގަޅު ނިންމުމެއް ނުނިންމޭނެތީ ލުބްނާ އެ ޚިޔާލުތަކުން ދުރުވެލައި އިޝްރާއަށް އެކަމުގައި އެހީތެރިވުމަށް ނިންމިއެވެ. އެގޮތުން ޝޯ ނުނިމުނަސް އިތުރަށް އިޝްރާ އެތާ ބައިންދާކަށް ލުބްނާގެ ހިތެއް ހަމައެއް ނުޖެހުނެވެ. އެހެންކަމުން ލުބްނާ ބޭނުންވީ އިޝްރާ ގޮވައިގެން ގެއަށް ދާށެވެ. އެހެންކަމުން އުނދޯލިން ތެދުވެ، އިޝްރާގެ ގާތުގައި އޭނާއާއެކު ގެއަށް ދިއުމަށް ލުބްނާ އެދުނެވެ.
“ލުބޫ! އަދި ޝޯ ނިމެންވެސް އެހާ ގިނަވަގުތު އެބައޮތެއްނު؟ ކިހިނެއްތަ ވީ؟” އެހާ އަވަހަށް ލުބްނާ ގެއަށް ދާން އުޅޭތީ އިޝްރާ ސުވާލުކުރިއެވެ. ލުބްނާއަށް އެކަން އެނގޭ ކަމެއް އިޝްރާއަކަށް ނޭނގެއެވެ.
“އިޝް! ލުބޫއަށް އެބަ އެނގޭ އިޝްއަށް ކޮންމެވެސް ކަމެއް އެބަ އުނދަގޫ ކުރާކަން. އެހެންޏާ އިޝް ތި ދުވަހަކުވެސް ކަމެއް ވެގެން ތިހެން ނެގިމަޑުވެފައި އިންނަ މީހެއްނޫން. ކިރިޔާ ކަމެއް ވިޔަސް ލުބޫ ގާތުގައި ބުނާނެ. އެކަމަކު މިއަދު އިޝްއަކަށް އެކަން ވާގޮތެއްނުވި. އެހެންވެގެން މި ބުނީ ހިނގާށޭ ގެއަށް ދާން. ލުބޫ ބޭނުމެއްނޫން އެއްވެސް ކަމަކުން އިޝްއަށް އުނދަގޫ ވެފައި ހުންނާކަށް.” ޙަގީގަތް އެނގުނު ނަމަވެސް ލުބްނާ މަސައްކަތްކުރީ އެކަން ނާނގާ އިޝްރާއަށް ވިސްނައިދެވޭތޯއެވެ. ލުބްނާ ދައްކަންފެށި ވާހަކައިގަ ސަބަބުން އިޝްރާ އެވަގުތު ހުރީ ގައިން ހީބިހި ނަގާފައެވެ. އިޝްރާ ހީކުރީ ލިބާންއާއި އޭނާއާއި ދޭތެރޭގައި ހިނގި ކަންތައް އެނގިގެން ލުބްނާ އެވާހަކަ ދައްކަން އުޅެނީ ކަމަށެވެ. ނަމަވެސް ލުބްނާ ދެއްކީ އެވާހަކަ ނޫންކަމުން އިޝްރާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް ލިބާންގެ ސަބަބުން ހިތަށް އުނދަގޫތަކެއް ވިޔަކަސް ޝޯ ދޫކޮށްފައި ދިއުމަށް އިޝްރާ އުޒުރުވެރިވިއެވެ. އެހެންކަމުން އިޝްރާ ޖެހުނީ ދޮގެއްގެ މައްޗަށް ބިނާކޮށް ނަމަވެސް ވާހަކައެއް ހަދާށެވެ. އެނޫން ގޮތަކަށް ލުބްނާ ކުރުނުކުރާނެކަން އޭނާއަށް އެނގެއެވެ.
” ނޫނޭ ލުބޫ! ކަމެއް ނުވެޔޭ! ބުނީމައި ގަބޫލުކޮށްބަލަ! ލަވަ ހުށަހަޅަން ރެޑީވި ގޮތަކަށް ނޫނޭ ހުށަހެޅުނީކީ. އެހެންވެގެން ކުޑަކޮށް އަމިއްލައަށް ހިތްހަމަނުޖެހުނީ. ލުބޫއަށް އެނގެއެއްނު އިޝް ބޭނުންވަނީ އެންމެ ޕާރފެކްޓް ޕާރފޯމަންސް އެއްކަން. އެހެންވެގެން.” އިޝްރާއާއި ލުބްނާގެ އެކުވެރިކަމުގެ ގުޅުމަށް އެތައް އަހަރެއް ވެގެންގޮސްފައި ވީއިރު އެއީ ލުބްނާއަށް އިޝްރާ ދޮގެއްހެދި ފުރަތަމަ ފަހަރެވެ. ކިތަންމެ ބޭނުން ނުވިނަމަވެސް ލުބްނާއާއި އެވާހަކަތައް ހިއްސާކޮށްގެން ލުބްނާ އެވާހަކަތައް ގަބޫލު ނުކުރާނެއޭ ހިތް ބުނަމުން ގެންދިޔައީތީވެ، އެވާހަކަތައް ލުބްނާއާއި ހިއްސާކުރާނެގޮތެއް ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން ލުބްނާގެ ގާތުގައި ދޮގު ހަދަން އިޝްރާއަށް މަޖުބޫރުވީ ކަމަށް އިޝްރާ ގަބޫލުކުރިއެވެ.
(ނުނިމޭ)
19 Comments!
Comments are closed.


Yeyy me first dhw
Yer u first, he hey…. Jiji age kihaa varahtha…… Hama simply asking ingey….
Yeyy me second dhw ❤️❤️❤️❤️❤️
Ishoo long time fahun dhw mi up viy story ekm vx dhn k…. Nice mi prt vx… Laalu story kiyaahithun hama kiyaa nan kithanme late koh up viyx ekm dhn mi viy dhuvahah vure gina dhuvx dhn nunagaane kamah laalu ummydhu kuran bst wishes frm me?????????
Jiji ge age dhw..let’s keep as a secret adhi private koh vhk dhehkun dhn..HEHE..?❤?
Yeah
BTW dear don’t call me sis…. Laalu age in kudavaane jiji sis ah vure… Im 14….bt if u want u cn cll me sis.. ??
Wat???jiji ge age kudavaane ey laalu sis ah vure?..Um dhiraa athuga Eben thr sis ge mail..so we can tlk dhw ??
V v salhi mi part vec ??❤????…hope next part will be uploaded soon..Gud luck
Ehn tha… He he hey…. Dear laalu nugengulheh gmail eh so sad…. Ekm dhiraa ah ingeyne laalu no mihaaru??
Oh ehnvedhw. .ekm jiji beynumy adhi gmail in tlk Kuran…ehnve..plx jiji ah takaa vec gmail use kohba
.scwl tab ah gmail elhe eh noon thr laalu
Dhariyaa ein vadheveniy esfiyaa ah gmail in mail kohfihyaa they know…. Kuraa hurihaa mail eh feney so kurumahvure ragalhu vaany nukurun…. Gmail akiy laalu enme foohivaa ekathi sry dear….. Laalu jiji aa talk nukuraakah noon… V vx beynun jiji aa talk kohlan bt laalu nt using those things 10 nimuniyma laalu ah use kureveyniy….. V v v bodah sry?????
Laalu viber use kuran???
Laalu viber use kuran???
Um ok laalu viber use nukuriyas…nge..cox jiji ah vec heevany it’s better dhw laalu 10 nimendhen madu kuran… ?
Thats the thing my mom allways say?
?Yaa. .me too dhw aslu
He hey hey…..
Haha?