” އިޝް! ބާންއަށް އެނގޭ އިޝް ދުވަހަކުވެސް ކުއްޖަކާ ރައްޓެހިވެގެން ނޫޅޭކަން. ކުއްޖަކު ދެކެ ލޯބިވެގެން ވެސް ނޫޅޭކަން. އެކަމަކު ބާންއަށް އިޝްދެކެ ވަރަަށް ބޮޑަށް ލޯބިވެވިއްޖެ. ދެން ގޮތް ނިންމާނީ އިޝް! އިޝް ކޮންމެ ގޮތަކަށް ނިންމިއަކަސް ބާން އެކަން ހެޔޮހިތުން ޤަބޫލުކުރާނަން. އެނގޭ މިހާ ކުއްލިގޮތަކަށް ކަންތައްތައް ވީމައި ގޮތެއް ނިންމަން އިޝްއަށް އުނދަގޫވާނެކަންވެސް. އިޝް ބޭނުންވަރަކަށް ބާން، އިޝްއަށް ޓައިމް ދޭނަން. އިޝް ގޮތެއްް ނިންމާފައި އަންގާލާ. ބާންއެއް އިޝްއަކަށް ދެނެއް ނުގުޅާނަން. މެސެޖެއްވެސް ނުކުރާނަން އިޝް ޖަވާބެއް ނުދެނީހެއް. އެކަމަކު އުންމީދުކުރަން އިޝް، ބާންއާއި ގުޅެން ބޭނުން ނުވިޔަކަސް ދެމީހުންގެ މެދުގައި މިއޮތް ރަހުމަތްތެރިކަމުގެ ގުޅުން ކަނޑާނުލާނެކަމަށް. އިޝް ބޭނުންނޫނިއްޔާ ބާންވެސް މިކަން ހަނދާން ނައްތާލާފައި މޫވްއޮން ކުރާނަން. ގޮތް ނިންމުމުގެ އިޚްތިޔާރު އޮތީ އިޝްގެ އަތުގައި. ބާން ބުނަން އޮތްހާ ވެސް އެއްޗަކީ މިއީ. ދެން 5 މިނިޓް ތެރޭގައި އިޝް ހަމަޖެހިލާ! ބާން ކުޑަ އެޖަސްޓްމެންޓެއް ހަދާލަފައި އިހަށް ޝޯ ހަމަޖައްސާލާނަން. އިޝް ރެޑީވެގެން އައީމައި އަހަރުމެންގެ ލަވަ ހުށަހެޅޭނީ. ދެން އިޝްގެ ދޮންބެމެން އަރުވާނީ! އެކަމަކު އެމީހުން ނިންމާފައި އޮންނާނި އަހަރުމެންގެ ލަވަ. އެހެންވީމައި 5 މިނިޓް ތެރޭގައި ހަމަޖެހިލައިގެން މިތާ ހުންނާތި! ބާން އަންނާން!” ލިބާން އެތަނުން ނިކުންނަމުން ބުނެލިއެވެ. އޭނާ އެދިޔައީ ކުޅިބައި އިޝްރާގެ އަތަށް ދޫކޮށްލާފައެވެ. ކަން ނިންމާނެ ގޮތަކާއި ކުރިއަށް ގެންދާނެ ގޮތެއް ދެން ކަނޑައަޅާނީ އިޝްރާއެވެ. ލިބަާން އެދިޔައީ އިޝްރާއަށް އެބާރު ދީފައެވެ.
******************************
ރާވާފައިވާ ގޮތަށް އިޝްރާމެންގެ ލަވައިގެ ބަދަލުގައި ކުއްލިއަކަށް އައިހަމް ދެން އޮތް ލަވައަށް އެރުވުމުން ވީގޮތް ބަލަން އިޝްރާ ހޯދަމުންދިޔަ ލުބްނާ ހުރީ ހާސްވެފައެވެ. އަނެއްކާ އިޝްރާއަށް ނުވަތަ ލިބާންއަށް ގޮތެއްވީބާއޭ ހިތައްއެރި ފަހަރުވެސް މަދެއް ނޫނެވެ. އިޝިރްގެ ލަވައަށްފަހު ކުރިއަށް އޮތް ލަވަ އެއްވެސް ވަރަކަށް ތައާރަފްކޮށްދިނުމެއްނެތި އައިހަމް އެރުވުމުން އޭނާގެ ހިތުގައި ހިނގަމުންދާ ޝައްކުތައް ވަނީ ވަރުގަދަވެފައެވެ. އެ ހޯލްގެ ބެކެސްޓޭޖް ހަދާފައިވާ ގޮތުން ހޯލް މެދުގައި ހުރެފައި ދެފަރާތުން ހުންނަނީ ދެ ބެކްސްޓޭޖެވެ. އަދި އޭގެ އިތުރުން ކޮންމެ ފަޅިއެއްގައިވެސް މެދުގައި އިތުރު ފަރުދާއެއް ދަމާލެވިފައި ވުމުން މުޅިއެކު ހަތަރު ބެކްސްޓޭޖަށް ބެހިގެންދެއެވެ. ލުބްނާމެން ތިބެން ހަމަޖައްސާފައިވާ ފަޅި ނޫން އަނެއް ފަޅީގައި ސައުންޑްސިސްޓަމް ބަހައްޓާފައިވާކަމަށް ލިބާން ބުނެފައިވާތީ އިޝްރާ އެތަނަށް ނުދާނެކަން އޭނާއަށް ޔަގީންވެއެވެ. ލުބްނާއަށް ނޭނގުނު ހަމައެކަނި ކަމަކީ އޭނާއަށް ތައްޔާރުކުރެވިފައިވާ އެންމެ ބޮޑު ސަޕްރައިޒް ކަމަށްވާ ޒަފާމެން، ލިބާން އެފަޅީގައި ބައިތިއްބާފައިވާކަމެވެ. ކޮންމެއަކަސް ފާހާނާއާއި ފެންބޯ ސަރަހައްދު ބެލުމަށްފަހު ލުބްނާމެން ތިބެންހުންނަ ފަޅީގެ ދެ ބޭކްސްޓޭޖް ވަކިކޮށްލަން ދަމާފައިވާ ފަރުދާގެ އަނެއް ފަރާތުގައި މަޑުކޮށްލައިގެން ލުބްނާ ހުރީ އޭނާ އެތަނަށް އައިސް ހުއްޓުނު ވަގުތު ކޮންމެވެސް މީހަކު ‘އިޝް’ އޭ ބުނި އަޑު އިވުމުންނެވެ. އޭނާއަށް ޔަގީންވެއެވެ. އިޝް އޭ އެމީހަކު އެބުނީ އިޝްރާއަށް ނިސްބަތްކޮށްފައެވެ. އެއާއެކު އެތާ ދެކެވެމުންދިޔަ ވާހަކަތައް އަޑުއަހަން ހިތް މަޖުބޫރުކުރުމުން ލުބްނާ ހިތުރަށް އެ ފަރުދާއާއި ކައިރިވެލިއެވެ.އެހިނދު އިވެމުންދިޔަ އަޑުތަކާއިމެދު ލުބްނާއަށް ހުރެވުނީ ޝައްކު އުފެދިފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. ހަގީގަތުގައިވެސް ލިބާންގެ ހިތުގެ މަލިކާއަކީ އިޝްރާހެއްޔެވެ؟ އެހިނދު ލުބްނާގެ ކުރިމަތީގައި ފިލްމެއްފަދައިން ކުޅެވެންފެށީ ލިބާންއާއި އިޝްރާ އެކުގައި ތިބި ވަގުތުތަކެވެ. ލިބާން އިޝްރާއަށް އަޅާލާ ގޮތެވެ. އިޝްރާއަށް ބަލައިލާ ތަފާތު ނަޒަރެވެ. އެދެމީހުންގެ ކުދިކުދި ކޯޅުންގަނޑުތަކެވެ. ހުރިހާ ކަމެއް ހިތަށް ސިފަވެގެން ދިއުމުން ލުބްނާއަށް ޖަވާބު ލިބުނެވެ. އާނއެކެވެ. ލިބާން ހަގީގަތުގައި ވެސް އިޝްރާދެކެ ލޯބިވެއެވެ. ނޫންނަމަ މިއަދު ލިބާންއަކަށް އެހާ ޔަގީންކަމާއެކު އިޝްރާއެއް ނުހޯދުނީހެވެ. އިޝްރާއާއި ލުބްނާ ލައިގެންހުރި މާރމެއިޑް ހެދުމުގައި ބޭނުންކޮށްފައިވާ ލޭޒްގަނޑުވެސް ހަރުކޮށްފައިވާނީ ދެމީހުންގެ ހެދުމުގައިވެސް އެއްވަރަކަށް، އެއްގޮތަކަށެވެ. ކުޑަވެސް ތަފާތެއް އެއަކު ނުހުންނާނެއެވެ. ދެމީހުން އަރައިގެންހުރި ހީލް ބޫޓާއި އަޅައިގެންހުރި އަޅިކުލައިގެ ޝޯލްވެސް އަޅާފައިވާނީ އެއްގޮތަކަށެވެ. ދެމީހުންގެ ޝޯލްގެ ދެފަށް ދޭތެރެއަށް ލައްވާލައިގެން އަޅާފައިވާ ރިހިކުލައިގެ ތާޖުވެސް ހުންނާނީ އެއްގޮތަކަށެވެ.ދެމިހުންގެ ދެ ތާޖަކީވެސް އެއް ޑިޒައިނެއްނަކަށް ތައްޔާރުކޮށްފައިވާ ދެ ތާޖެވެ. ދެމީހުންގެ ޝޯލް އެޅުވީ ލުބްނާކަމުން އޭނާއަށް އެކަން ޔަޤީން ވެއެވެ. އަދި ދެމީހުންގެ އިސްކޮޅާއި ބައްޓަން އެއްވަރުވެފައި އެއްގޮތްވުމުގެ އިތުރުން ދެމީހުން ކޮށްފައިވާ އެއްވެސް ތަފާތެއްނެތް މޭކަޕްގެ ސަބަބުން ކޮންމެ މީހަކަށް ވެސް އެ ދެމީހުން އޮޅޭނެއެވެ. ނަމަވެސް ލޯބީގެ ބާރު އެއަށްވުރެ މާ ގަދައެވެ. އެ ހުރިހާ އެއްގޮތް ކަންތައްތައް ހުއްޓާ ވެސް ލިބާން އެވަނީ އެ ހުރިހާ ކަންތައްތައް ގިރާކޮށް ޔަގީންކަމާއެކު އޭނާގެ ހިތުގެ މަލިކާ ހޯދާފައެވެ. ލޯބީގެ ބާރުގައެވެ.
******************************
އެއް ބެކްސްޓޭޖުން ފައިބައިގެންގޮސް އަނެއް ބެކްސްޓޭޖަށް ވަދެ ޒަފާ ގެ ގާތުގައި އޭނާގެ ފުރަތަމަ ލަވައަށް ސްޓޭޖަށް އަރަންވީ ވަގުތު ޖެހިއްޖެކަމަށް ބުނެ ތައްޔާރުވެލުމަށް އަންގާފައި ލިބާން އެދިޔަ ބާރުމިނުގައި ގޮސް އިޝިރްގެ ގާތުގައި ސްޓޭޖަށް އަރަން ބުންޏެވެ. އެވަގުތަކީ އައިހަމް ލަވަ ނިންމާލި ވަގުތުކަމުން ސަޕޯޓަރުންގެ ތަރުހީބުގެ އަޑު މެދުނުކެނޑި އިވެމުންދިޔައެވެ. ލިބާން ކުރިއަށް އޮތް ލަވަ ތައާރަފް ކޮށްދިނުމަށްފަހު އައިހަމްގެ ގާތުގައި މިއުޒިކަށް ސްޓޭޖްގައި މަޑުކޮށްލަދިނުމަށް އެދިފައި ފައިބައިގެން ދިޔައީ ޒަފާ އާއި ޒަފަރްގެ ގާތަށެވެ.
******************************
ކަންތައްތައް ހިނގައިދިޔަ ގޮތުން އިޝްރާގެ ގާތަށް ދާން ބޭނުންވިއަސް އިހަށް އިޝްރާގެ ގާތަށް ނުގޮސް ލުބްނާ އަނެއްކާވެސް އައިކޮޅަށް އެނބުރި ހިނގައިގަތީ އިހަށް އިހަށް އިޝްރާއަށް ވަގުތުކޮޅެއް ދޭށެވެ. ފުން ވިސްނުމެއްގެ ތެރޭގައި ހުރެ މަޑުމަޑުން ހިނގަމުން އައިސް ހުރި ލުބްނާއަށް އޭނާގެ ފިޔަވަޅުތައް މަޑުޖައްސައިލަން މަޖުބޫރުވީ އިވުނު އަޑަކާއި ދޭތެރޭގައި ޝައްކެއް އުފެދުމުންނެވެ. އެއީ އޭނާ ވަރަށް ދަންނަ އަޑެކެވެ. ނަމަވެސް އެއީ ކާކުގެ އަޑެއްބާއެވެ؟ ވިސްނާ ވިސްނާވެސް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް ކޮންމެގޮތެއް ހަދާފައި ވިޔަސް އެއީ ކާކުތޯ ބަލަން ހިތް ބާރުއަޅަމުން ގެންދިއުމުގެ ސަބަބުން ސްޓޭޖާއި ކައިރިވެލައި، ކުޑަކުޑަކޮށް ފަރުދާ އެއްކައިރި ކޮށްލާފައި ބަލައިލިއެވެ. އިޝިރްއާއި އެ އަންހެން ކުއްޖާ ލަވަ ހުށަހަޅައިދެމުން ދިޔައިރުވެސް ލުބްނާއަށް ބެލެމުންދިޔައީ އެ އަންހެން ކުއްޖާއަށެވެ. ނޭނގޭ ސަބަބަކާހުރެ އެއީ ކޮން ކުއްޖެއްތޯ ބަލަން ހިތް ބާރުއަޅަމުން ދާތީވެ، އޭނާއަށް ހަމަ ހުރެވުނީއެވެ. ޔަގީނުންވެސް ލުބްނާމެނަށްވުރެ ކުޑަ ތަންކޮޅެއް އިސްކޮޅުން ދިގު، އިސްކޮޅާއި އެއްވަރު ބައްޓަމެއް ލިބިފައިވާ މި އަންހެން ކުއްޖާއަކީ މިރެއަށް ތައްޔާރުވެގެން އައިސް ހުރި ކުއްޖެއްކަން ލުބްނާއަށް އެނގުނީ އެކުއްޖާ ލައިގެން ހުރީ ހެދުމުންނެވެ. ހަމައެކަނި ޝޯ ހުށަހަޅައިދޭ ބައިވެރިން ބޭނުންކުރި ކަނޑުނޫ ކުލައާއި އަޅިކުލަ ބޭނުންކޮށްގެން ހެދުން އަޅާފައިވުމުން އޭނާއަށް އެކަން ކަށަވަރުވީއެވެ. ކުއްލިއަކަށް ލުބްނާ ހަނދާންވީ ލިބާން މަތިންނެވެ. އެހިނދު އޭނާގެ ތުންފަތްމަތީ ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ. އާނއެކެވެ. ލިބާންއަށް އެނގޭނެއެވެ. މި ޝޯގައި އެއްވެސް މީހަކަށް ލަވަ ހުށަހެޅޭނީ ހަމައެކަނި ލިބާން ފުރުސަތު ދިނިއްޔާއެވެ. އެހެންވީމައި ލިބާންއަށް ނޭނގެންވީ އެއްވެސް ސަބަބެއްނެތެވެ.
މި ޚިޔާލުތައް އައިސް އޭނާގެ ސިކުނޑި ވަށާލުމުން ލުބްނާއަށް ދުއްވައިގަނެވުނީ އިޝްރާ ހުރި ބެކްސްޓޭޖާއި ދިމާލަށެވެ. 5 މިނިޓް ތެރޭގައި އަންނާނަން ކަމަށް ބުނެފައި ލިބާން ދިޔަފަހުން މިހާރު 5 މިނިޓް ވެފަަިވާތީ، ލިބާން މިހާރު ހުންނާނީ އިޝްރާގެ ގާތުގައިކަން އޭނާއަށް ޔަގީންވެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ވިސްނުން ކުއްލިއަކަށް ބަދަލުވީ ދެން އޮތީ އިޝްރާގެ ފުރަތަމަ ހުށަހެޅުންކަން ހަނދާންވެފައެވެ. އެއްވެސް ހާލެއްގައި އެ ހުށަހެޅުން ކުޑަތަންކޮޅެއް ވެސް ލަސްވާކަށް ލުބްނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ލިބާންއާއި އިޝްރާ، އެމީހުންގެ ހުށަހެޅުން ނިންމާފައި އައުމުން ސުވާލުކުރާނީއޭ ހިތަައި، ސްޓޭޖާއި ކައިރިއަށް ލުބްނާ ޖެހިލީ، އިޝްރާގެ ހުށަހެޅުން ބަލައިލުމަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.


Me first dhw ❤❤kiyaafa comment eh kohlaanan ingey ???
yeah you first. Congrats my dear jiji.
Wow stry hama habbu. .maa gina stry kiyaafa comment kuran hadhaigen lasvy, ..hehe..mi prt vec vrh awesome nge???❤❤????..sis alhe nxt prt dhigukohladhehche..Curiously waiting for the next…LYSM
Comment kollan thankolheh lasviyas ok vaane ey jiji. I know lahunviyas vaahaka kiyaafai comment kollaanekan. So it’s fine.
story v rythi…mi part ves ekam thankolheh kury……. next part dhigukohla dhehchey ishaa…….waiting for the next part
Thanks AMAAN! Dhen ioy bai dhigukoddheveytho masakkaiy koddheynan varah bodah. Adhi hama nunimigen mi ulheny. I’m trying my best to upload ASAP.
Alhey mi part vec Haadha reehchey.. ❤️❤️?????Masha allah.. Its praiseworthy.??. Masha allah keep up the good work dear.??. Knme faharakuves dear thi ninmaalany curious kohfa.??. Ehnve enme kamudhany ishge story vec kiyan… I always wait for your story to be uploaded.. Ekm haadha furihama ey dhw.. No words.. Im speechless ❤️❤️❤️?????
Awwwn. How cute. Thanks so much my lovely kitty. Varah eba try kuran ingey v enme avahakah upkohdheveytho. ekamaku you have to wait until monday. Emme avahahves upkohdheveyny mondayga. Adhi vaahaka liye hama nunimigen miulheny. LY.
We can wait darla.. Much love ❤️❤️??and thanks a lot for doing so much for us.. I really appreciate it
Manjey noon foari gadha… Comment kuran jeheynykiy hama ekani possitive kosheh noon negetive kohvx eyrun improve annaaniy chakoe thidheni huss possitive comment thiythi work nukurey????????
Its my choice and my decision.. I will only give positive comments to my friends.. And its none of your business.. Whether i give positive or negative comments.. I also know that the writers will improve if we give negative comments.. But the most respective way is by giving positive comments… And writers are doing their job emehunah v varakun… And its us, readers who nedd to give them full support… And yes i can wait for the next part.. Even if it takes ages.. Insha Allah
alhe haadha kiyaa hithun indha eyy thi ninmaaly…neige nimun iru vs
Hehe. Ehentha? ekamaku Ishaaa ah heevany Ishaa ah thirygai ‘nunimey’ mihen jahaalevunuhen. ehenvymai engeyne ennu dho! Don’t worry. Dhen oiy baige massakkaiy hama kuriah mi gendhany. Iraadhakurevviyya mondayga thi kudhinnah vaahaka kiyaalan libeyvaru koddheveytho mi massakkaiy kurany.
Eh manje hard nuvey…. Kithanme rulhi ayas kiyanvaa ehcheh aharumen kiyaanan… ??
Ohh please.. Mr or miss.. Whatever gender you are.. U might say anything.. BUT.. U better remember one thing.. That I and My friends will always be by ishaa’s side and always fight for her.. Insha Allah…AND one more thing you… Kitty hard eh nuvan plus rulhieh vec naadhe… Nuvisney meehun thaa rulhi annaany vec.. And fight kuran vec ulheyny… And ur are among those people
Nash..kitty didn’t say anything wrong..olhigen thiulheny Nash ah..
jiji aky kitty ge friend akah v ma ehkolhakah aranyky noon..bt jiji ah hyvany kitty ebuny rangalhu vhk eh hn..e meehegge aiymathyga oii kamah aee positive or negative comment dhinun..mi site aky jadhalu kuran in Site eh noon hn jiji ah heevany..So shut ur mouth nd ehn meehunge kankamaa nubehun edhen
?(Agreed with laalu nd kitty)?
Thanks jiji my darling..
Any time kitty babe??❤❤????
Eh both of u stp fighting…. Be friends… Mi site aku noolheyne enemys in neh… Ehn noonas kitty goas ehcheh bunefaka nethehnu… NASH ah thiulheni adhi nuvisnigen… KITTY buni hn respect way aki hama possitive comments dhinun…
So be peace? Am I right kitty
Yes your right dear.. And i did not mean to figbt neither did i fight.. I just wanted to tell tht person wht i will do and how i think
Hmmmmm ? if u don’t mind cn I ask a question….. Kitty
Umm.. Ok.. Ask?
R u a student…. Hama haaliy…. ?
Yeah i am… ??.. I bet ur also a student ??.. Anyways, much love dear laalu❤️❤️??
Yaa I’m….. Much love frm me 2 kitty??
Happy to know that ????
He hey…. ??❤️?