އައި ނޯ އައި ކޭން ޓްރީޓް ޔޫ ބެޓަރ، ބެޓަރ ދޭން ހީ ކޭން، ބެޓަރ ދޭން ހީ ކޭން،”
ލިބާން، ލަވަ ކިޔާ ނިންމާލުމުން މުޅި ތަން ހީވީ ކެކި އަރައިގަތް ހެންނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލެއްވުނު އެންމެ ގަދައަކަށް އަޑު ލައްވަމުން ދިޔައިރު އެތަނުގައި އެކަކު ދައްކާ ވާހަކައެއް އަނެކަކަށް އަޑު ނީވޭނެކަން ގައިމެވެ.
” އާދެ! އެތައް ދުވަހަކަށް ފަހު އަނެއްކާވެސް ތަފާތު، ފާހަގަކޮށްލެވޭ ފަދަ ޝޯއެއް ފެށުމުގެ ޝަރަފު، އަނެއްކާވެސް އަޅުގަނޑު، މުހައްމަދު ލިބާން ލައިލް، މި ލިބިގަތީ. މިފުރުޞަތުގައި ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ކަމަކީ، މިރޭގެ މި ޝޯއަކީ ކުރީގައި މި ސްކޫލުގައި ބާއްވާފައިވާ އެހެން ޝޯތަކާއި ވަރަށް ތަފާތު ޝޯއެއްކަން. ސަބަބަކީ މިޝޯއަކީ ކުރީގެ އެހެން ޝޯތަކާއި ޚިލާފަށް މުޅިން އާ ތަރިންތަކެއް ވެގެން ހުށަހަޅައިދޭ ޝޯއަކަށް މި ޝޯ ވެގެންދާނެތީވެ. މި ޝޯގެ ސަބަބުން މުޅިން އާ ފަންނާނުންތަކެއް މިއުޒިކްގެ ދާއިރާއަށް ވަދެގެން ދާނެތީވެ. އަޅުގަނޑުގެ މޫނު ފިޔަވާ ދެން މިރޭ މި ސްޓޭޖުން ފެނިގެންދާނީ ދުވަހަކުވެސް މިފަދަ ސްޓޭޖަކުން ފެނިފައިނުވާ މޫނުތަކެއް! ނަމަވެސް މިއީ ޖާދުވީ އަޑުތަކެއް ލިބިފައިވާ ކުޅަދާނަ ތަރިންތަކެއް! ވަރަށް މަސައްކަތުން މި ފަންނާނުން މި ސްޓޭޖުގައި ހުށަހެޅުމެއް ހުށަހަޅަން އެއްބަސް ކުރުވުނީ! އެހެންކަމުން މިހާރު މި ސްޓޭޖް މި ދޫކޮށްލަނީ އެއިން ފަންނާނަކަށް. އެންމެ ބޭފުޅުންގެ ފަރާތުން ވަރަށް ހޫނު ތަރުޚީބެއް ދެއްވާ!”
” ބީހިލާ، ފިނިރޯޅިން ހިތާމޭ އުފާކުރުވާއޭ،
ހިތުގާ ވިންދު ހޭލައްވައޭ،
ބީހިލާ، ފިނިރޯޅިން ހިތާމޭ އުފާކުރުވާއޭ،
ހިތުގާ ވިންދު ހޭލައްވައޭ،
ޔާރާ ދެން މަޑުން އިވެމުންދަނީއޭ ހިތުގާ ޔަގީނޭ،
ވައިރޯޅިން ޖެހޭ މަސްތީ އަރާމުންނޭ،
ބީހިލާ،
ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ،
ހިނގާތީ ލޯބި ދެން މިހިތުގެ ތެރޭގާ،
ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ،
ހިނގާތީ ލޯބި ދެން މިހިތުގެ ތެރޭގާ،
ނިންޖެއް ނުވޭ ހޭލާ ހުރީމޭ ހުވަފެނެއްގާ،
ހިތުގާ ވިންދެއްނެތޭ އުފަލެއް ނުހޯދާ އަމުދުން މޭގާ،
ހޯދާލަން މިހިތް ބޭނުންވަނީއޭ ދެން، ހާއުފާ،
ވައިރޯޅިން ދޭހާ މަސްތީ އުފާ، ބީހިލާ،
އޮއްސެނީއޭ ޗާލު ފަރިފަރިވީ ހަނދާ،
ތަރިތަކާ ހޯދުނު އަރާމާ،
އޮއްސެނީއޭ ޗާލު ފަރިފަރިވީ ހަނދާ،
ތަރިތަކާ ހޯދުނު އަރާމާ،
އެހެނަސް މިހިތް ލޯތްބަށް އެދޭނޭ، ކެތްނުވާތީ،
ބުނަމޭ ވިޔަކަސް ފަނާ އުފަލުން ހަގީގީ ލޯތްބަށް އެދޭނޭ،
ބޭނުންވޭ ލިބުން ރޫހަށް އަރާމެއް ދޭން،
ބޭނުންވޭ ލިބުން ރޫހަށް އަރާމެއް ދޭން، ދޭހުގާ،
ވައިރޯޅިން ދޭހާ މަސްތީ އުފާ، ބީހިލާ،
ބީހިލާ، ފިނިރޯޅިން ހިތާމޭ އުފާކުރުވާއޭ،
ހިތުގާ ވިންދު ހޭލައްވައޭ،
ޔާރާ ދެން މަޑުން އިވެމުންދަނީއޭ ހިތުގާ ޔަގީނޭ،
ވައިރޯޅިން ޖެހޭ މަސެްތީ އަރާމުންނޭ،
ބީހިލާ،”
އިވިގެން ދިޔައީ ލުބްނާގެ ޖާދުވީ އަޑުން ކިޔާލަދިން ހިތްގައިމު ލަވައިގެ އަޑެވެ. ލިބާންގެ ފަރާތުން ހުށަހަޅައިދިން ލައިވް މިއުޒިކާއިއެކު ލަވައިގެ ފުރިހަމަކަން ވަނީ އެތައް ގުނައެއް އިތުރު ވެގެން ގޮސްފައެވެ. ލަވަ ނިމުމާއެކު އަތްްތިލަބަޑިގެ އަޑުން މުޅިތަން ގުގުމާލިއެވެ. އެންމެހާ ސަޕޯޓަރުންނަށް ޝުކުރުއަދާކުރުމަށްފަހު ލުބްނާ ސްޓޭޖުން ފައިބައިގެން އައިތަނާ އިޝްރާ އައިސް އޭނާގެ ގައިގައި ބައްދައިގަތީ ނޭވާވެސް ނުލެވޭވަރަށެވެ. ލުބްނާއަށް ތެޅިގަނެވުނެވެ. އެވަގުތު އިޝްރާ ދުލެއް ދިނުމުން ލުބްނާ، އިޝްރާގެ އަތުތެރެއިން ވީއްލިގަތެވެ. އޭރު އިޝްރާގެ މޫނުމަތީގައި ތަފާތު ހިނިތުންވުމެއް ވުމުން ލުބްނާގެ ހިތުގައި ސުވާލު އުފެދުނެވެ.
” މިސް އިޝްރާ! ކިހިނެއް ވީތަ ދަތްޕިލަ އަތަށް ލައިގެން ތި ހުރީ؟ ބުނީމައި ދޯ އެނގޭނީ!” އިޝްރާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ލުބްނާ އެހެން ބުނެލުމުން ހީވީ ފަޓާހެއް ޖެހިހެނެވެ.
” ލުބޫ! ދެޓް…ވޯޒް…އޯސަމް! އައި ނެވަރ ނިއު ޔޫ ވާރ ސަޗް އަ ޕްރޯ! ކިހިނެއްދޯ އެނގޭނީވެސް! ތީ ލަވައެއް ކިޔައިދޭށޭ ބުންޏަސް ލަވަ ކިޔާ މީހެއް ނޫންވިއްޔާ! ހެހެ!” ލުބްނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އެހެން މީހަކަށްވެސް ނޭވާއެއް ލާނެ ފުރުސަތެއް ނުދީ ހުރިހާ ވާހަކަތަކެއް އެއްފަހަރާ އޮއްސައިލީމައިވެސް ވާނީ އެކަހަލަ ގޮތެއް ނޫންހެއްޔެވެ؟
” ދެން އެންމެ ރަނގަޅޭ! ރެޑީވެގެން ހުރޭ! އިޝިރްބެ އަރައިފި މިހާރު ސްޓޭޖަށް. ދެން އޮތީ އިޝްއާއި ބާންއާ. އެއްވަނައިގެ މިހަކާއި ޖެހިފައި ތިހިރީ. ދެން އިނގިދާނެތާ ހުރި ވަރެއް. އަނެއްކާ ގޮސް ބާންގެ ޖާދޫގައި ޖެހިފައި ހުންނާނީކީ ނޫން.” ލުބްނާ ދިމާކޮށްލިއެވެ. އެހިނދު އިޝްރާ ދެލޯ ބޮޑުކޮށްލުމުން ލުބްނާ އަވަހަށް އެތެރެއަށް ދުއްވައިގަތެވެ. އިޝްރާވެސް އަވަހަށް އޯޑިއަންސް ފެންނަ ހިސާބަށް ޖެހިލީ ކުޑަކޮށް ހަމަޖެހިލުމުގެ ބޭނުމުގައެވެ.
” ރެޑީތަ؟” ފަހަތުން އިވުނު އަޑާއެކު ސިއްސައިގެންގޮސް އިޝްރާއަށް އަނެއް ފަރާތަށް އެނބުރިލެވުނު އިރަށް ގޮސް ޖެހުނީ ދާދި ކައިރީގައި ހުރި ލިބާންގެ ގައިގައެވެ. ވެއްޓިދާނެކަމުގެ ބިރު ހީވުމުން ދެލޯ މަރާ ބާރުކޮށްލެވުނީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ނަމަވެސް އެތައް އިރެއް ވެގެންދިޔައިރު ވެސް އޭނާގެ ހަށިގަނޑަށް އެއްވެސް ވަރަަކަށް ތަދު އިހްސާސް ނުވުމުން މަޑުމަޑުން ލޯ ހުޅުވައިލެވުނެވެ. އޭރު ލިބާން އޭނާގެ ގައިގައި ހިފަހައްޓާލައިގެން ހުރިތަން ފެނުމުން ހިތައް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ލިބާން ހަމަ އެހުރިގޮތަށް އޭނާއާއި ދިމާލަށް ބަލަން ހުރީ ކީއްވެތޯ ސުވާލު އުފެދުނެވެ. އެ ބެލުމުގައި ތަފާތުކަމެއް އެބަ ހުއްޓެވެ. އެ ރީތި ނޫކުލައިގެ ކަޅި އިޝްރާއާއި ދިމާލަށް އަމާޒުކުރެވިފައިވާއިރު އެ ނަޒަރުން ހިތްތައް ކަތިލާ ފަދަ ތޫނުކަމެއް އެބަވެއެވެ. ބޭއިޚްތިޔާރުގައި ލިބާންގެ އެ ތޫނު ނަޒަރުގައި ޖެހި، އިޝްރާ ހައްޔަރުވިއެވެ. ލިބާންގެ ރީތިކަމަށް ހިތާހިތުން ތަޢުރީފު ކުރެވުނެވެ.
******************************
ސްޓޭޖުން ފައިބައިގެންއައި އިޝިރްއަށް މި މަންޒަރު ފެނުމުން އޭނާގެ ގާތަށް ނުލަފާ ހިންޏެއް ވެރިވިއެވެ. ނަމަވެސް މަޑުމަޑުން ގޮސް އައިހަމް ކައިރީގައި އޭނާގެ ލަވަ ހުށަހަޅައިލަން ސްޓޭޖަށް ދިއުމަށް ބުނެ އިޝްރާމެން ތިބި ފަޅި ނޫން އަނެއް ފަޅިން ލާފައި ގެންގޮސް ސްޓޭޖަށް އެރުވިއެވެ. އެއަށްފަހު ގޮސް އަނެއް ފަޅި ބަލާލިއިރު އަދިވެސް ޖެހި ބުދެއްހެން އެ ދެމީހުން ތިބިތަން ފެނުމުން އޭނާގެ ފޯނުން ރީއްޗަށް ދެމީހުންގެ މޫނު އެނގޭނެހެން ފޮޓޯއެއް ނަގާލިއެވެ. އެއަށްފަހު ވެލިފުކެއްވެސް ގުޑުވައިނުލާ އޭނާ އެތަނުން ނުކުމެގެން ގޮސް ސްޓޭޖް ކައިރީ ބިއްދޮށުގައި މަޑުކޮށްލިއެވެ.
******************************
” އައި ލަވް ޔޫ” އިޝްރާގެ ކަންފަތް ކައިރިއަށް ގުދުވެލާފައި ލިބާން ބުނެލި ވާހަކައިން އިޝްރާގެ ދެލޯ ބޮޑުވިއެވެ. ފަހަރުގައިވެސް ލިބާން އޭނާއާ ގަޔާވެދާނެކަމަކަށް އިޝްރާއަށް ހީވެސް ކުރެވިފައެއް ނެތެވެ. އަދި މިހާ ކުއްލިއަކަށް ކަންތައްތައް ވަމުން ދާތީ އިޝްރާ ހުރީ ވާނުވާއެއް ނޭނގިފައެވެ.
އިޝް! ބާންއަށް އެނގޭ އިޝް ދުވަހަކުވެސް ކުއްޖަކާ ރައްޓެހިވެގެން ނޫޅޭކަން. ކުއްޖަކު ދެކެ ލޯބިވެގެން ވެސް ނޫޅޭކަން. އެކަމަކު ބާންއަށް އިޝްދެކެ ވަރަަށް ބޮޑަށް ލޯބިވެވިއްޖެ. އެކަމަކު ގޮތް ނިންމާނީ އިޝް! އިޝް ކޮންމެ ގޮތަކަށް ނިންމިއަކަސް ބާން އެކަން ހެޔޮހިތުން ޤަބޫލުކުރާނަން. އެނގޭ މިހާ ކުއްލިގޮތަކަށް ކަންތައްތައް ވީމައި ގޮތެއް ނިންމަން އިޝްއަށް އުނދަގޫވާނެކަން. އިޝް ބޭނުންވަރަކަށް ބާން، އިޝްއަށް ޓައިމް ދޭނަން. އިޝް ގޮތެއްް ނިންމާފައި އަންގާލާ. ބާންއެއް އިޝްއަކަށް ދެނެއް ނުގުޅާނަން. މެސެޖެއްވެސް ނުކުރާނަން އިޝް ޖަވާބެއް ނުދެނީހެއް. އެކަމަކު އުންމީދުކުރަން އިޝް، ބާންއާއި ގުޅެން ބޭނުން ނުވިޔަކަސް ދެމީހުންގެ މެދުގައި މިއޮތް ރަހުމަތްތެރިކަމުގެ ގުޅުން ކަނޑާނުލާނެކަމަށް. އިޝް ބޭނުންނޫނިއްޔާ ބާންވެސް މިކަން ހަނދާން ނައްތާލާފައި މޫވްއޮން ކުރާނަން. ގޮތް ނިންމުމުގެ އިޚްތިޔާރު އޮތީ އިޝްގެ އަތުގައި. ބާން ބުނަން އޮތްހާ ވެސް އެއްޗަކީ މިއީ. ދެން 5 މިނިޓް ތެރޭގައި އިޝް ހަމަޖެހިލާ! ބާން ކުޑަ އެޖަސްޓްމެންޓެއް ހަދާލަފައި އިހަށް ޝޯ ހަމަޖައްސާލާނަން. އިޝް ރެޑީވެގެން އައީމައި އަހަރުމެންގެ ލަވަ ހުށަހެޅޭނީ. ދެން އިޝްގެ ދޮންބެމެން އަރުވާނީ! އެކަމަކު އެމީހުން ނިންމާފައި އޮންނާނި އަހަރުމެންގެ ލަވަ. އެހެންވީމައި 5 މިނިޓް ތެރޭގައި ހަމަޖެހިލައިގެން މިތާ ހުންނާތި! ބާން އަންނާން!” ލިބާން އެތަނުން ނިކުންނަމުން ބުނެލިއެވެ. އޭނާ އެދިޔައީ ކުޅިބައި އިޝްރާގެ އަތަށް ދޫކޮށްލާފައެވެ. ކަން ނިންމާނެ ގޮތަކާއި ކުރިއަށް ގެންދާނެ ގޮތެއް ދެން ކަނޑައަޅާނީ އިޝްރާއެވެ. ލިބަާން އެދިޔައީ އިޝްރާއަށް އެބާރު ދީފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.


Me first dhw darla..log out vefa inge comment Mikury…new cover pic eh dhw..❤❤??????..really love it..curiously waiting for the next part..LYSM
how old are u isha
Woooooooow.. Masha allah Haadha reehchey mi part vec.. I loved it.. Mifaharu vec curious kohfa thi ninmaaly.. Alhey avahah aneh bai up kohdhehchey dhoonyaa.. Lysm dear ❤️❤️??
Of course! Ishaa ge loabi loabi kitty bunymai avaskohdheyne ennu Komme gotheh hadhaafaives.??❤️??? Mihaaru up kuran fonuvaafai innaanee. Dhen emyhun upkohdhinhaa avahah onnaanee. Hama gasthuga curious kollaafai nimmaalee. ??Hehe. Ishaaa ah ingey kitty men dhegotheh nuve Ishaaa ge vaahaka upvaane vagthakah inthizaaarukuraanekan. LYSM my dearest kitty.???❤️??
Hehe.. Yageen thr ish ge story ge inthixaar kuraanekan kitty.. Hama ish ge story up nuvgn ulheny.. Curious kohfa knme faharakuves ninmaalany.. Eyrah thaa aneh part in vaagoi neyngigen kehmadhu vaanyvex… And thank you so much ehaa avhah up kohladheyn fonuvythyve… LYM my dearest ishaa… Miss you lots.. Btw how are you my dear??
Alhey story hama v habu ingey.. Hama ocm….. Story vx v v nice…. Waiting 4 nxt part
???????????????
Omg ❤️❤️???vvvvvvvvv.salhi!!
Fonuviytha…. Ishoo❤️ mean up kuran….
Yep
Well kitty, I’m so much fine ?but a bit busy with school stuffs.✍️✍️ Maybe after I upload the next part, there might be a delay in uploading the next parts because I haven’t written the next parts. Now I’m uploading the parts which I’ve written during the mid-term break weeks. Even I’m sad that my dear readers have to wait for sometime until I could upload the story. ?☹️But I’ll try my best to upload the stories as soon aspossible.
Happy to know that you are doing well…. Dear its all fine.. We can wait… Upload the other parts when u are finished writing… We can understand.. Much love girll
Same to you my lovable kitty????????
Hahaha… Kitty hama rangalhah vec kitty akah hadhaifin dhw ish gandu ??… Ehnvex vaane thr ish viyya kitty a nan dhiny vec… Dhn ish ah tlk eh vec nuvaane dhw.. Busy vgn… Varah miss vey ingey dear mathin??.. Ly lots????
No talk kureveyne. Ekamaku thankolheh madhuvedhaane talk kurevey vaguthu. Kitty mathinves vvv miss vey.?
Very happy to hear that from you my dear… Kittyge vec madhuvedhaane tlk kurevey vaguthu.. But still at least even one word will make me happy.. Varah ufaavehje ish ge habreh vma ehaa dhuvas kohfa…
alheyyyy… haadha kuhliyakah shey dw propose kury… so romantic… ish keekey bunany… yes bunelaa…v gulhey thi joadu
Then let’s see what happens. I know it’s varah kulliakahkan. But just imagine how they will be in that situation. So I just thought that it is the perfect timing. That’s why.
Yes ur right.. I love the way you think.. Ish ge visnun hunnany varah kuryga ingey Masha allah..
How cute, Masha Allah. Your friendship is just so not changing like my mind. I really appreciate it.Thanks girls. LY.???❤️??
Ur mind change??.. About what.. And yea our friendship is as strong as before… No change.. Not even with u.. Ur our bestie.. Me and ina.. We both ishge vaahaka dhahkan varah.. We both miss u a lot… Lysm girl.. Saying this on behalf of ina too.. Miss her so much.. I wonder where she is
I meant changing my mind as, while writing my story I sometimes change the way I first decided to write. That was what I meant.
Ohh.. Thats ok… Btw how is your studies going on?
Well, studying according to the new curriculum is not anything easy but yeah, it’s hard but goes on well.
I can understand… But happy to know that your studies are going well ??
Super it interesting