Skip to content
އެސްފިޔަ

އެ ސިއްރު… 4

ތާތުގެ މޫނަށް ބަލާލެވުނީ ދެލޯ ބޮޑު ކޮށްލަމުން ނެވެ. ދެންމެ ނިކުމެގެން އެ ދިޔައީ ހަމަ އަހަރެންގެ އަސްލު މަންމަ ހެއްޔެވެ. އެކަމަކު އަހަރެންގެ އަސްލު މަންމަ ކައިރިއަށް އަހަރެން ގެނައީ ކާކު ހެއްޔެވެ. މި ފަދަ އެތައް ސުވާލެއް އަހަރެންގެ ހިތު ތެރޭގައި ބުރުޖަހަމުން ދިޔައެވެ. ކިތަންމެ އަނގައިން ބުނާ ހިތް ވިޔަސް އަހަރެންނަކަށް އެންމެ ލަފްޒެއް ވެސް ބޭރުކޮށެއް ނުލެވުނެވެ. އަހަރެންގެ ދުލުގައި މީހަކު ހިފަހައްޓާފައިވާ ފަދަ އެވެ.

އަހަރެންނަށް ވަމުން ދިޔަ ގޮތުން ކައިރީގައި އިން ތާތު އިނީ ހައިރާންވެފަ އެވެ. އޭނާގެ މޫނުމަތިން ހާސްކަން ވެސް ފެނެއެވެ. ވަރަށް ބާރަށް ނިކުމެގެން ގޮސްފައި ދެން އައީ މަންމަ ގޮވައިގެން ނެވެ. އަހަރެންނަށް އެތެރެއަށް ވަތް މަންމަ ފެނުމާ އެކު އެނދުން ތެދުވެ އެ ދިމާލަށް ދުއްވައިގަތީ މެވެ. އަދި ވަރަށް ބާރަށް މަންމަގެ ގައިގައި ބައްދާލީ މެވެ.  އެ ހިސާބުން އަހަރެން މި އޮއް ހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގެން ހިނގައްޖެ އެވެ. ތިއްކަކަށް ފަހު ތިއްކެކެވެ. އަޑުން އަޑުނަގާފައި ރޮވެން ފެށުނީ ހިތަށް ކުރި ފުން އަސަރުން ނެވެ. މަންމަވެސް އަހަރެންގެ ގައިގައި ބައްދާލުމަށްފަހު ރޯން ފެށި އެވެ. މަންޒަރުގެ ހިތްދަތިކަމުން ތޯއްޗެކެވެ. މަންޒަރު ބަލަން ދުރުގައި ހުރި ތާތު ވެސް ހުރީ ފެންކަޅިވެފަ އެވެ.

މަޑު މަޑުން އަހަރެން ދުރުކޮށްލަމުން މަންމަ އެދުނީ އަރާމުކޮށްލަން ދިއުމަށެވެ. އަދި އަހަރެންގެ އަތުގައި ހިފަަހައްޓައިގެން ހުރެ ގެނެސް އެނދުގައި ބާއްވާލި އެވެ. މަންމަ އިށީނީ އަހަރެންގެ މަގަތުގައެވެ. އަދި މަޑު މަޑުން އަހަރެންގެ ބޮލުގައި އޯގާތެރި ކަމާއެކު ފިރުމަމުން ދިޔައެވެ. މަންމަގެ ފުރަތަމަ ބީހިލުމުން ވެސް އަހަރެންގެ ހިތަށް ލިބިދިނީ ހިތްހަމަ ޖެހުމެވެ. އިހްސާސް ކުރެވުނީ ރައްކާތެރި ކަމެވެ. މިއިން ދުވަހަކުވެސް އިހްސާސް ނުކުރެވޭ ވަރަށެވެ. މަންމަ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ ވަރަކަށް އަހަރެންގެ ބޮލަށް ބަރުވެގެން ގޮސް އަހަރެންނަށް ދުވަހަކުވެސް ނުނިދޭހާ އަރާމުކޮށް ނިދިއްޖެ އެވެ.

  • * * * * * * * * * * * * * * *

” ޖާޒިމް… ކޮބާ…؟ ޖަޒްލީ ފެނުނު ތަ..؟ ” ދޮރުން ވަތް ޖާޒިމް ފެނުމާ އެކު ސިޓިންރޫމްގައި އިން ޝަޒިއްޔާ އަށް އަހާލެވުނީ ހާސްކަމާއެކު އެވެ. ޖާޒިމްއަށް ކަރު އެލުވާ ލެވުނީ ޖަޒްލީ އެއް ނުފެނުނޭ ބުނާނެހާ ހިތްވަރު އޭނާގެ ކިބައިގައި ނެތުމުން ނެވެ. ނަމަވެސް ޖާޒިމްގެ މި އަމަލުން ޝަޒިއްޔާއަށް އޭގެ މާނަ ނަގައި ގަނެވުނު ފަދައެވެ. ” ނޫން… ނޫން…” ދެން ފެނުނީ ޝަޒިއްޔާ ހޭނެތިގެން ވެއްޓުނު ތަނެވެ. ޖާޒިމް އަށް ދުއްވައިގަނެވުނީ ޝަޒިއްޔާ އާ ދިމާލަށެވެ. މިއީ ރޭއްސުރެންވެސް އޭނާގެ ހާލަތެވެ.
* * * * * * * * * * * * * *
– ރޭގައި…

ޖާޒިމް އާއި ޝަޒިއްޔާ ކޮޓަރީގައި ތިބީ ޖަޒްލީގެ ޕާޓީ އޮތުމުން ނުނިކުންނާށެވެ. ދެ މީހުން ވާހަކަ ދައްކަން ތިއްބާ މީހަކު ދޮރުގައި ޓަކި ޖެހުމުން ގޮސް ދޮރުހުޅުވީ ޝަޒިއްޔާއެވެ. ” ދައްތާ… ޖަޒްލީ އެބަ އުޅޭތަ…؟ ” އަރީޝާ ވާހަކަ ދެއްކީ ކޮޓަރިތެރެއަށް ބޯ ދިއްކޮށްލަމުން ނެވެ. މޫނު މަތިން ހާސްކަން ފެންނަމުން ދިޔައެވެ. ” ޖަޒްލީ އޭ… ޖަޒްލީއެއް ނާދޭ މި ކޮޓަރިއަކަށް… ” ޝަޒިއްޔާއަށް ލިބުނު ހައިރާންކަމާއި އެކު ބުނެވުނެވެ. ” އެންމެން ވެގެން ޓެރެސް ބަލައިފިން… އެތާކު ނެތް ޖަޒްލީއެއް… ދެން.. ” ” ކޮޓަރި ބެލިންތަ..؟ ” އަރީޝާގެ ޖުމްލަ މެދު ކަނޑާލުމަށް ފަހު ޝަޒިއްޔާ އަހާލިއެވެ. ” އާނނ… ކޮޓަރި ބަލާފަ ނެތިގެން މިތަނަށް މިއައީ… ” އަރީޝާ ފޯނު ނަގާ ޖަޒްލީގެ ނަމްބަރަށް ގުޅަން ފެށި އެވެ. ތިން ހަތަރު ފަހަރު ގުޅި އިރު ވެސް ލިބުނީ ހަމަ އެއް ޖަވާބެކެވެ. ފޯނު އޮތީ ނިއްވާލައިފައި ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގައި ކަމެވެ. އެންމެ ހިނދުކޮޅަކުވެސް މަޑު ނުކޮށް އޭނާ ދުއްވައިގަތީ ސިޑި އާ ދިމާލަށެވެ.
ޝަޒިއްޔާ ހުރީ ލިބުނު ޝޮކުގައި ހުރިތަނުން ހިރިލަންވެސް ނޭނގިފަ އެވެ. އެތެރޭގައި އިން ޖާޒިމް ދެ ތިން ފަހަރު ގޮވާލުމުންވެސް ޖަވާބެއް ނައުމުން އޭނާ ނުކުތް އިރު ޝަޒިއްޔާ ހުރި ގޮތް ފެނި ހައިރާންވި އެވެ. ” ޖާޒިމް… ޖަޒްލީ… ” ޝަޒިއްޔާގެ ކޮނޑުގައި ހިފާ ތަޅުވައިގަތުމާއި ރޮއިގަންނަމުން ބުނެލި އެއްޗަކުން ޖާޒިމްވެސް ހުއްޓުން އެރި އެވެ. ” ޖަޒްލީ ކިހިނެއްވީ… ” ޖާޒިމް އެހެން އަހާލި އިރުވެސް ޝަޒިއްޔާ އަޑުން އަޑު ނަގާފައި ރޮނީ އެވެ. ” ޖަޒްލީ… ޖަޒްލީ… ” ޝަޒިއްޔާ މަސައްކަތް ކުރީ ވީ ގޮތް ޖާޒިމްއަށް ކިޔައި ދެވޭތޯ އެވެ. ނަމަވެސް ގިސް ޖެހޭ ވަރުން ރަނގަޅަށް އެއްޗެއް ބުނެވޭ ވަރެއް ނުވެ އެވެ.
ޝަޒިއްޔާ ހުރިތަނަށް ދޫކޮށްލާފައި ޖާޒިމް ދުއްވައިގަތީ ޖަޒްލީއަށް ވީ ގޮތެއް ބަލާށެވެ. އަރީޝާގެ ފަރާތުން ޖަޒްލީ ގެއްލުނު ވާހަކަ އިވުނު އިރުއްސުރެ މިހާރާ ހަމައަށްވެސް ކެނޑި ނޭޅި ދަނީ ޖަޒްލީ ވީ ތަނެއް ހޯދަމުން ނެވެ. ޕޮލިހުންވެސް ދަނީ ޖަޒްލީ ފެނޭތޯ މުޅި ރަށާއި ކައިރި ރަށް ރަށުގައިވެސް އަތް ފުނާ އަޅަމުން ނެވެ.
އެ ވާހަކަ އިވުނު ފަހުން ޝަޒިއްޔާގެ ހޭ ހުންނަނީ މަދު ފަހަރަކު އެވެ. ހޭ ހުންނަ ފަހަރުވެސް ޖަޒްލީއަށް ނޫން މީހަކަށް ނުގޮވަ އެވެ. ދުނިޔެއިން މޮޔަވެފައި ހުރި މީހެކޭ ތަފާތެއް ނެތެވެ.

* * * * * * * * * * * * * *
” ހޭ… ތޫ… މި ކޮން ތަނެއް… ” އަހަރެންނާ ތާތު ނިކުތީ ރަށުތެރެ ބަލާ ލާށެވެ. އެއީ އަހަރެމެން އުޅޭ ރަށަށް ވުރެ މާ ފުރިހަމަ ރަށެކެވެ. ދުވަސް ވަރަކީ ޚަރީފް މޫސުމުގެ ދުވަސްވަރު ކަމަށް ވުމުން އޮރެންޖް ކުލައާއި ރަތް ކުލައިގެ ފަތްތަކުން މުޅި ބިންމަތި ވަނީ ފޮރުވިފަ އެވެ. މޫސުން ރީތި ދުވަހަކަށް ވުމުން އުޑުމަތިން ވިލާ ރޮއްޖެއް ހާ ހިސާބުވެސް ނުފެނެ އެވެ. ފަތްތަކު މަތިން ހިނގާލާފައި ދާ އިރު އެ ގޮވާ މުރު މުރު އަޑުން މާހައުލުގެ ހަމަހިމޭންކަން ނަގާލާފައި ވެއެވެ. އަހަރެން އިނގިލި ދިއްކޮށްފައި ތާތުއަށް ދައްކާލީ ހިރިގަލުން ހަދާފައި ހުރި ބޮޑު ގަނޑުވަރެއް ކަހަލަ ތަނެކެވެ. ގިނަ ދުވަސްވުމުން ހުރީ ފެހި ޖަހާ ބާވެފަ އެވެ. ” މީ ދޯ… އަހަންނަކަށްވެސް ނޭނގޭނެ މިތާ ހުންނަ ހުރިހާ ތަން ތަނެއް… ” ހިނިގަނޑެއް ޖަހާލަމުން ތާތު ބުންޏެވެ.

މި ތަނުގައި ހަފްތާއެއް ހާ ދުވަސް ހޭދަވެފައި ވީ އިރު އަހަރެންނާ ތާތު އާ ދެ މެދު ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފަ އެވެ. އަރީޝާ ކައިރީގައި ފަސް ނުޖެހި ކޮންމެ އެއްޗެއް ބުނަން ކެރޭ ފަދައިން ތާތު ގާތުގައިވެސް ބުނެލެވެނީ ދެ މީހުންގެ މިޒާޖު އެއް ގޮތް ކަމުން ކަންނޭނގެ އެވެ. ތާތު އާ އެކު ހޭދަ ކުރާ ކޮންމެ ސިކުންތަކު އަހަރެން އަރީޝާ މަތިން ހަނދާން ވެއެވެ. އަރީޝާގެ މަތިން ހަނދާންވާ ކޮންމެ ވަގުތަކު ލޮލުން ކަރުނަ ފާއްދާލަނީ ބޭ އިޚްތިޔާރުގަ އެވެ. އަހަރެންގެ މަންމަ އާއި ބައްޕަ މަތިން ހަނދާންކޮށް ރޯ އިރެއްވެސް މަދެއް ނުވާނެ އެވެ. ކޮންމެ ރެއަކު ނިދޭނީ އެ މީހުންގެ މަތިން ހަނދުމަކޮށް ކަރުނަ އަޅަން އޮއްވަ އެވެ. ބައެއް ފަހަރު އަހަރެންގެ އަސްލު މަންމަ ކައިރީގައި އެ މީހުންގެ ކައިރިއަށް ފޮނުވަން ބުނާ ހިތްވެ އެވެ. ނަމަވެސް އަސްލު މަންމަ އަދި ތާތު ފަދަ ހިތް ހެޔޮ އެކުވެރިއަކު ދޫކޮށްލާފައި ދާކަށްވެސް އަހަރެން ބޭނުމެއް ނުވެއެވެ. މި ދެމެދުގައި އަހަރެން ހުންނަނީ ތާށިވެފަ އެވެ. ދާންވީ މަގެއް ނޭނގި ހިނގަމުން ދާ މުސާފިރެއް ފަދައިން ނެވެ.

” ހަހަހަ… ތާތު އަށް މި ތަނުގައި ހުންނަ ތަން ތަން ނޭނގެންޏާ ދެން އިނގޭނީ ކާކަށް… ” އަހަރެންނަށް އޭތި ނެގުނީ ސަމާސާ އެއް ގޮތަށެވެ. ” އަސްލަށޭ… އަހަރެން މި ކޮޅަށް އައީ ޖޭޒް އައިތާ އެއް ހަފްތާ ކުރިން… އެހެންމަ މާ ބޮޑަކަށް ނޭނގެ މި ތަނާ ބެހޭ ގޮތުންނެއް… ” ސީރިއަސް ރާގެއްގައި ތާތު ބުންޏެވެ.  ‘ ޖޭޒް ‘ އެއީ ތާތު އަހަރެންނަށް ލޯބިން ކިޔާ ނަމެވެ. ” އޯހް… އައި ސީ… ” ދެން އަހަރެން ތާތުއަށް ކިޔައިދޭން ފެށީ އަހަރެންނާއި އަރީޝާ އާ ދެ މީހުން ކޮށްފައި ހުރި މަޖާ ކަންކަމުގެ ވާހަކަ އެވެ. ދެ މީހުން އެކަކު އަނެކަކަށް ލަނޑު ދޭ ވާހަކަ އެވެ. ހިނއައިސްފައި އިނދެ އަހަރެންނާއި އަރީޝާގެ އެކުވެރި ކަމުގެ ފަލްސަފާ ތާތު އާ ހިއްސާކޮށްލީމެވެ. އެ ވާހަކަތައް ކިޔައިދީ ނިމުނު އިރު ތާތު އިނީ ހީހީ ލޮލުން ފެންއައިއްސަ އެވެ. އެ ހާ ވެސް މަޖާ ކަންކަން އަހަރެމެން ދެ މީހުން ކޮށްފައި ހުންނާނެ އެވެ.

” އެއްވެސް މީހެއް ކައިރީ ނުބުނާ މަތިން އެއްޗެއް ދައްކާލަފާނަން…. ” ދެ މީހުން އެއް ވަރަކަށް ހިނގަމުން ވާހަކަ ދައްކަމުން އައިސް ކުއްލިއަކަށް ތާތު އަހަރެންގެ ކުރިމައްޗަށް ފުންމާލުމުން އަހަރެން ދިޔައީ ސިއްސައިގެން ނެވެ. ” ޔާ… ޓްރަސްޓް މީ… ” އަހަރެންގެ ފަރާތުން އިތުރު މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ ކަމުގެ ޔަގީންކަން އަހަރެން ދިނީ މެވެ. ” އަހަރެންނަށް އިނގޭ ޖޭޒް ނުބުނާނެކަން… ” ތާތު މުޅި ހިސާބަށް ލޯ ހިނގާލަމުން ބުނެލި އެވެ.

ކުރިމަތިން ފެނުނު މަންޒަރުން އަހަރެންނަށް ލިބުނު ހައިރާންކަމުގައި ދެލޯ ބޮޑުވެ އަނގަ މަތީގައި އަތް އަޅާލެވުނެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (103)

  1. jiji

    Me first dhw..kiyaalaafa comment eh kohlaanan ingey!!!❤❤❤??

    1. Eiimerr
      jiji

      alhey… jiji loabiii…. hws u…. missed u a lot… yes congrats u r the first… n if u doesn’t get first, that doesn’t matter cox the whole story is dedicated for you… luv you lots n misses much….

  2. Cute Lips

    waaaoooow… v obi.. jazlee beli mom ai dad konms gothakun angaa jeyz ge haal ehn noony e dhemafirin halaak vedhaane…..jeyz mihiry eyy ryshh….dhn nuroe huhtaa oonn onn oonn onn.. avahah huhtaa…

    1. Eiimerr
      Cute Lips

      haha… thanx drama queen…

  3. Kitty

    Wowww. Masha allah varah reethi mi part ves..??❤️?? Ey thaath jinni akah nahadhahhche… Yageen eyna soora badhal v kan.❤️????.. Anyways.. Varah reethi ingey… Its commendable ????❤️???alhey when next part

    1. livy
      Kitty

      hey kitty mee zaa ingey…v miss vi thikudhin mathin..ehnve story ehves up kohlii….plx reply…

    2. Eiimerr
      Kitty

      haha… maybe…. sorry but i couldn’t upload it before friday

  4. Cute Lips

    eyy kitty gmail in on veba

    1. Kitty
      Cute Lips

      I did try many times.. But dhenme msg eh kurin.. U both ah vx

  5. someone

    hey kitty me zaa ingey…aslu eyny nu author eh livy jahaafa thats mee…kurin ves comment eh kurin..but innany awaiting moderation ga ehn ve kitty mennah nufennany…..thikudhin miss vaathy vaahaka eh mi up kurany ves….and mee my sister eh phn in kuri msg eh ingey….plx reply…..

    1. Kitty
      someone

      Zaa.. Really you wrote a story OMG.. so proud of you girl… And me and ina missed u so much girl.. Alhey kyhve tha ehaa dhurun ulhuny.. Varah dheravi ehn hedhyma… Anyways varah happy vejje darla aiima.. Lysm… And Em of course we can understand love.. So no worries

  6. Eiimerr

    hellow guys… the next part will be uploaded on next friday… sorry but i couldn’t upload it before friday… i’ll be really busy on week days… hope u guys will understand…

  7. SCARLET❤

    Inaa nehh gadi ehga annany enmenn… Dhw.. Btw I miss u zaa… N stry v salhi ingey.. maybe I’m last kanneyge dhw..???.. ekmu vec v salhi stry ingey..??

    1. Eiimerr
      SCARLET❤

      Hehe… U got fulun eh vana??? so b proud n thanx sis❤️

    2. Kitty
      SCARLET❤

      Hey darla… U there??

  8. Zum

    Vrh salhi stry eh mii… ??? N WE CAN UNDERSTAND THAT YOU ARE A STUDENT SO TAKE UR TIME… ❤️

    1. Eiimerr
      Zum

      Oh…. Thanx zum…. U r such an understanding person???

  9. Ainth

    Habbu stry eh mii…

    1. Eiimerr
      Ainth

      thanx dear…

  10. Sweetheart

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????? Awesome story

    1. Eiimerr
      Sweetheart

      wow… such a gorgeous comment… owwwnnn

  11. Eiimerr

    hey…. anyone…. where is jiji… long time no c… i want to know how she’s doing…

    1. Kitty
      Eiimerr

      Shes been. Missing

  12. Eiimerr

    yeah…

    1. Kitty
      Eiimerr

      Jiji bunyehnu dhn talk kureveykah netho.. Dhn neynge dhw.. Varah miss vey jiji mathin

    2. jiji
      Eiimerr

      Eiimerr plx I fonuvi cvr pic nxt prt ga stry ah lahchey..❤❤????

  13. Eiimerr

    Me too???

    1. jiji
      Eiimerr

      Dhn alhe thihaa dhera nuvey..admin bungney admin team in approve kuryma comment thah fennaaney?

  14. Miu

    Wowww! I have never read like this story before!

    1. Eiimerr
      Miu

      oh… that’s so much for me… thanx gurl… luv ya

  15. its me

    woow wht a nyc stry… Eiimerr you totally nailed it… maasha allah.. this is my 1st comment for your stryy 🙂 🙂 🙂

    1. Eiimerr
      its me

      oh… thanx…

  16. Miu

    Oh! How nice girl are you!!!!!!

    1. Eiimerr
      Miu

      haha…. u 2… such a sweet one!!!

  17. Miu

    Oh, thanks…. No one has been said a such a kind word before to me thanx a lot

    1. Eiimerr
      Miu

      oh!!! i would b pleased to b a friend of u… will u accept it…

  18. Miu

    Um.. Kon irakunthoa next part up ko leveny?

    1. Eiimerr
      Miu

      ISA… i’ll try to upload it on friday..

  19. Looloo

    Nice …varah reethi masha allah..???????

    1. Eiimerr
      Looloo

      oh thanx… looloo

  20. Kanoo

    Nice… Keep it up …??

    1. Eiimerr
      Kanoo

      thanx dear… thank u for the support

  21. Maain

    ??????Dhivehi vaahaka liyumakee vrah rangalhu kameh ..so ?????

    1. Eiimerr
      Maain

      yeah… it’s really great… wat a luvlii comment… thankx maain

  22. Miu

    Oh, yes of course actually, I don,t have a friend before and after too only they can do is bullying to me and I dont know why?

    1. Eiimerr
      Miu

      oh really… that’s so sad… um happy to have a friend like u… don’t be sad… i’ll always b there for u… ISA

  23. Miu

    Oh,really finally ihave got a friend like u I,m so happy today

    1. Eiimerr
      Miu

      hellow… gurl how r u? whassup?

  24. Reen

    Maasha allah..mi kahala reethi part eh dhen ves neren vaanee….ISA…adhi miyvureh
    Rangalhu kamiyaabeh libeyne…good luck…eiimer…mi vaahaka maafahun kiyunee????………. Ekamaku varahr reethi maasha allah??????

    1. Eiimerr
      Reen

      thanx reen… oh it’s ok… ISA i’ll try my best… thank u for wishing me a luck…

  25. Shi

    Salhi ❤????❤??❤

    1. Eiimerr
      Shi

      thanx… shi

  26. Miu

    I am good how are you

  27. Miu

    Um.. ihave a question! Whars your age?

    1. Cute Lips
      Miu

      Eeiimerr is 12.. what’s your age my dear Miu.. regret the bullies… it will only lose your sweet dreams and motivation.. but we are here with you.. don’t be sad dear… be your self … be the one who you are.. don’t let anyone hurt your feelings..:)

  28. Cute Lips

    i am also a girl who have been a prey of bullies.. But the friends i got from here make much more better.. come on girl don’t be shy… everyone is different … but everyone must be treated same…everyone have their rights…. I am Areesha…i am 14 years..

  29. Cute Lips

    i am also a girl who have been a prey of bullies.. But the friends i got from here make much more better.. come on girl don’t be shy… everyone is different … but everyone must be treated same…everyone have their rights…. I am Areesha…i am 14 years.. i will we happy if you take me as your friend…

  30. Miu

    Ok! So my name is mausoora for joke people say to me miu and im 14 too!

  31. Cute Lips

    i think it’s a cute name…

  32. Eiimerr

    hellow guys… oh reesh long time no c…. miu you’ve got a unique n cute name… reesh is right… just ignore them… we’re here… you’re not alone… don’t b shy… tell us anything u want… we’ll never bully u… trust me…

  33. Miu

    Thank you! Thikahala friends hoadhumaky udhagoo kame!

    1. Eiimerr
      Miu

      haha… don’t mind it gurl…

  34. Miu

    And thank u for commeting my name

    1. Eiimerr
      Miu

      of course….

  35. Miu

    So lovely :-)!

    1. Eiimerr
      Miu

      🙂

  36. Miu

    ! Hi

    1. Eiimerr
      Miu

      hellow… 🙂

  37. Miu

    ! Hi cute lips?

    1. Cute Lips
      Miu

      hey

  38. Miu

    Hello?

  39. Miu

    Hey whats up

    1. Eiimerr
      Miu

      nothing new… what about u???

  40. Miu

    Keep it up

    1. Eiimerr
      Miu

      What???

  41. Eiimerr

    🙂

  42. Miu

    Hey, ididnt reply that comment

  43. Miu

    Im getting afraid now so, thene vaahakae nudhekey ne im sorry bye bye

    1. Eiimerr
      Miu

      anything wrong? don’t b sorry… it’s k

  44. Miu

    Because someone is taking my place!

    1. Eiimerr
      Miu

      oh… don’t worry it’s not a big deal… that comment is not yours so i do knew about it… any one can take your place here but no one could ever take that place of yours in my heart… don’t worry! i thought your mom is disappointed about this… n here maybe there is someone call miu we’ll never know… so don’t worry!

  45. Miu

    And I didnt say keep it up!

    1. Eiimerr
      Miu

      yeah i know my friend, i know!

  46. Miu

    And I didnt say keep it up! Oh,no im getting really scared now .

  47. Miu

    Because I didnt say keep it up thats y

  48. Miu

    It also can be happen. Imean, someone named miu can be happen and thank you for saying im is in yor heart 🙂

    1. Eiimerr
      Miu

      anytime… 🙂

  49. Eiimerr

    the story is uploaded… but it will take time to b publish… 🙂

  50. Miu

    🙂 seriously

    1. Eiimerr
      Miu

      yeah

  51. Cute Lips

    mithaa vs ehn meehun name stole kuran feshytha… bodu kameh dhn…

    1. Eiimerr
      Cute Lips

      yeah… it’s really annoying… actually they want make us seperate…

  52. Cute Lips

    alhe kobaatha emmen… ban’du dhamany dw…

    1. Eiimerr
      Cute Lips

      here i am… maybe others r taking a rest after eating… haha 🙂

    2. jiji
      Cute Lips

      Mihury jiji..maa lahun comment fennaathy log out vefa mi comment kury. …dhn eem vec dhw..

  53. Cute Lips

    totally..

  54. Cute Lips

    Are yo there

  55. Cute Lips

    rysh ah dhenme kiriyaa hodu nulevuny… i am sick.. i eated too much hehe… koshi araagathy faadakah..

    1. Eiimerr
      Cute Lips

      oh… get well soon dear… my blessings r always with u… ISA

  56. Eiimerr

    haha… i was just kidding… jiji dear… i changed that cover pic n put yours there…

  57. ishaan

    eiimerr miadhu hukureyy kobeyy 5 vana partu…. vrh kiyaa hithunnney mihiryy avahah up kohbaleyyy

    1. jiji
      ishaan

      Eyna bungnehnu adhivec pending ga in vhk?

    2. Eiimerr
      ishaan

      yeah… jiji is right! it’s still pending… i can do nothing about it… 🙁

Comments are closed.