Skip to content
އެސްފިޔަ

ބުނެދޭށޭ ރުހެމޭ 2

އެއްއަތުން ސަރައިކައިގައި ހިފަހައްޓައިލައިގެން އިންއިރު ހައިޒަލްގެ ނަޒަރު އިރުއިރުކޮޅާއި ލޯކޮޅުން ފެންނަމުންދިޔަ ނައިނާއަށް ހުއްޓެއެވެ. ދުއްވަމުންދިޔަ މަގަށްވުރެ ގިނަވަގުތު އެ ނުދަންނަ އަންހެންކުއްޖާއަށް ބެލެމުންދިޔައީ ޝައުގުވެރިކަމުގެ ނަޒަރަކުންނެވެ. ހައިޒަލް މިވީހާ ތަނަށް ޝައުގުވެރިކަން ހުރީ މުއްސަނދި ފެޝަން އަންހެންކުދިންނަށެވެ. ނަމަވެސް ފުރަތަމަ ފެނިލުމުންވެސް މި އާދައިގެ އަންހެންކުއްޖާ އޭނާއަށް ހާއްސަވެއްޖެކަން ހައިޒަލްއަށް ފާހަގަކުރެވުނެވެ.

ނުދަންނަ ޒުވާނާގެ ނަޒަރު އޭނާއަށް އިރުއިރުކޮޅުން ސީދާވާތީ އުނދަގޫވީ ނައިނާއަށެވެ. ވާރޭ ތިކިތަކުން ފުސްވެފައިވާ ބިއްލޫރިގަނޑުން ބޭރުބަލަހައްޓައިގެން އިންއިރުވެސް ނައިނާގެ ބުމަ އިރުއިރުކޮޅާއި ގޮށްޖަހާލާގޮތުން އެކަމާއި ހިތްހަމަނުޖެހިފަައިވާވަރު ހާމަވިއެވެ.

ވަޓް އާރޔޫ ލުކިން ސޯ ޑެސްޕްރޭޓްލީ އެޓް… ބޭރުން ފެންނަ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން އިން ނައިނާ ކުއްލިއަކަށް ކުރިއަށް ބަލައިލުމަށްފަހު ރުޅިވެރިގޮތަކަށް ބުނެލިއެވެ. ނައިނާގެ ކެރޭކަމުން ހައިޒަލްއަށް ކުޑަ ޝޮކެއް ލިބުނުއިރު މޫނުމައްޗަށް ވެރިވި ކުލަވަރުތައް ދާދި އަވަހަށް ފޮރުވައިލައިފިއެވެ.

އޮބްވިއަސްލީ އެޓް ޔޫ… ގާރލް ޔޫއަރ ވޭ ޓޫ ޕްރިޓީ… އައި ނެވަރ ފެލް ދިސްވޭ ފޯރ އެނީ އަދަރ ގާރލް… ޔޫ ސީމްސް ސްޕެޝަލް ޓު މީ… ހައިޒަލް ވާހަކަދެއްކީ ފޮނިގޮތަކަށް އިންގްލިސް އެކްސްޓެންޑްއަކުންނެވެ. ނައިނާގެ މޫނަށް ނަޒަރުހުއްޓައިލައިގެން އިނދެ އެހެން ބުނެލުމުން ހިނދުކޮޅަކަށް ނައިނާ ހުއްޓުން އެރިއެވެ. އެ ރީތި މޫނުމަތިން ހައިރާންކަމުގެ އަސަރުތައް ފެނިލިއިރު އެ ބޮޑު ދެލޯ ކުރިއަށްވުރެވެސް ބޮޑުކޮށްލައިފިއެވެ.

ޑޯންޓް ޓެލްމީ… އާރޔޫ އެކްސްޕެކްޓިން މީ ޓު ސޭ ދެޓް… ހެލް ނޯރ… ހައިޒަލްގެ ކޮންމެ  ޖުމްލައެއްގައިވީ މަލާމާތުގެ އަސަރެވެ. ދެވަނަ ސިކުންތުގައި ހައިޒަލް ބާރުބާރަށް ހޭންފެށުމުން ނައިނާގެ މޫނުމަތީ ވީއްލާލި އެތިފަހަރެއްފަދައެވެ. ނައިނާގެ ދަތްތަކަށް ބާރުވެގެން ދިޔައިރު އަތްމުށްކަވާލެވުނުލެއް ބާރުކަމުން އިނގިލިތަކަށްވެސް ތަދުވިއެވެ.

މޯރޮން… ނައިނާ ދެދަތްފިލަ ޖައްސާ ބާރުކޮށްލައިގެން އިނދެ ބުނެލިބަސް ހައިޒަލްއަށް ހަމަ ރަނގަޅަށްވެސް އަޑުއިވުނެވެ. ހައިޒަލް ނައިނާއަށް ރައްދުދިނުމެއްނެތި ރޮކް ލަވައެއް ޕްލޭކޮށްލައިފިއެވެ. ކާރުތެރޭ ގުގުމާލި ރޮކް ލަވަޔާއިއެކު ނައިނާގެ ކަންފަތްވެސް ބަށްވިއެވެ. ދެބުމަގޮށްޖަހާލެވިގެން ދިޔައިރު ނައިނާ ވަގުތުން ދެކަންފަތްމަތީ އަތްއަޅާލިއެވެ. ކާންޓް ޔޫ ޖަސްޓް ޝަޓް އިޓް… ބޮލަށް އުނދަގޫވެޔޭ… ތިމާއަށް ތިމާ ފެނިފައި ހަމަ ރަނގަޅަށް… ފޮނި ފިރިހެނާ… ނައިނާ ހަޅޭލަވައިގަތެވެ. ފަހު ޖުމްލަތައް ކިޔާލެވުނީ ހައިޒަލްއަށް އަޑުނީވޭހާ މަޑުންނެވެ. ވައި… ދިސް ކާރ ބިލޯންގްސް ޓް މީ… ހައިޒަލް ސީރިޔަސްގޮތަކަށް ބުނެލިއިރު ނައިނާ ހޭންފެށިއެވެ.

ޑޫ އައި ސަައުންޑް ފަނީ ޓު ޔޫ… ހައިޒަލް ކުޑަކޮށް ލޯ ހަނިކޮށްލިއިރު އެލޮލުގެ ކުލަ ބަދަލުވީހެން ހީވިއެވެ. ހިނދުކޮޅަކަށް ދެޒުވާނުންގެ ނަޒަރު ސީދާވީ ނައިނާ ޖަވާބެއް ދިނުމެއްނެތި ބޭރަށް ނަޒަރު ހުއްޓާލީ ރިންގްވަމުންދިޔަ ފޯނު ކަންފަތުގައި ޖައްސައިލައިގެން އިނދެއެވެ. އޭރު ބާރު ދުވެލީގައި ކާރު އެލެގެންޓްސް ހޯމްގެ މައި ކުންފުނި ފަހަނައަޅައިދަނީއެވެ. ނައިނާގެ ދެލޯބޮޑުވެގެންދިޔައިރު ރުޅިވެރިގޮތަކަށް ހައިޒަލްއާއި ދިމާލަށް ބަލާލިއެެވެ. ޔޫ… ހަމަ މިހާރު ކާރު ހުއްޓާ… ނައިނާ ހަޅޭލަވައިގަތީ ހައިޒަލްގެ ކަންފަތުގެ ތޫރިވެސް ފަޅައިގެންދާހާ ބާރަށެވެ. އެއާއިއެކު ހައިޒަލްއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ.

ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭނުލެވިޔަސް އަހަންނަށް އަޑުއިވެޔޭ ގާރލް… ހައިޒަލް ނުލަފާގޮތަކަށް އެއްލޯމަރާލުުމުން ކާރުގެ ދުވެލި ހައްތަހާ ބާރުކޮށްލީއެވެ. އެކިމަގުތަކުގައި ކާރު ދުއްވަން ފެށިއިރު ނައިނާ ހުއްޓުމެއްނެތި ހަޅޭލަވަންފެށުމުން ހައިޒަލްއަށްވީ މަޖާކަމަކަށެވެ. ކާރުގައި ގުގުމާލައިފައިވާ ލަވައިގެ އަޑު ހައިޒަލް ބާރުކޮށްލުމުން ނައިނާގެ ހަޅޭކުގެ އަޑު ނުވެސް އިވޭއިރުވެސް ކަނޑަނޭޅި ކުރަމުންދިޔަ މަސައްކަތުން ހައިޒަލް ހިނިއަންނަގޮތްވިއެވެ. ނައިނާގެ މިކެރުންތެރިކަން ފެނި އިތުރަށް ހިތްވަރެއް ލިބި އިތުރަށް އުނދަގޫކޮށްލާ ހިތްވިއެވެ. އިތުރަށް ކާރުގެ ސްޕްޑް ބާރުކޮށްލަމުން އެކި ގޯޅިތަކުން އަޅަމުން ކާރު ދުއްވަންފެށީ ނައިނާއަށް އިތުރަށް ޖެއްސުންކުރަންހެން ހީވެއެވެ. ބާރުދުވެލީގައި ކާރު އައިސް ބްލޫސް އެޓްމޮސްފިއަރ ހޮޓެލްގެ ވޯކްވޭއާއި އަރާހަމަވިވަގުތު ހައިޒަލްގެ ފޯނު ރިންގްވާން ފެށިއެވެ.     ހައިޒަލްގެ ފަރުވާކުޑަ ނަޒަރެއް ދީފައިވެސް ދެވަނަ ފަހަރު ފޯނު ނަގާ ބަލާލުމާއިއެކު ޖަހަމުންދިޔަ ލަވަވެސް ހުއްޓާލައިފިއެވެ. އޭނަ ނައިނާއަށް ބަލާލަމުން އިޔަރފޯން ކަންފަތުގައި އަޅުވާލިއެވެ. މަޑުމަޑުން ދައްކަމުންދިޔަ ވާހަކަ ނައިނާއަށް ސާފުނުވިނަމަވެސް ދޭތެރެއަކުން ހައިޒަލް ބުމަގޮށްޖެހިގެންދާއިރު އަތްމުށްކަވާލާތަން ފެނި ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން ދަނީކަން ނަގައިގަނެވުނެވެ.

ވަޓް… ހައިޒަލްގެ ހަރަކާތްތަކަށް ގެއްލިފައި އިންދާ ހައިޒަލް ރުޅިވެރިގޮތަކަށް ހަޅޭލަވައިގަތުމުން ސިހޭގޮތްވިއެވެ. އޭރު ހައިޒަލް ސަރަކައަށް އަނބުރާލިގޮތަކުން ކާރުގެ ފޮރޮޅުތަށް ކެހިގެންގޮސް ވޯކްވޭގެ  ވަކިހިސާބަކަށް ގޮސް ކާރު މަތަވިއެވެ. ނައިނާވެސް އެއްލިގެންދިޔައިރު ކުރީ ސީޓްގައި ނިއްކުރި ޖެހުނުގޮތުން ތަދުވެގެން އަނގައިން އަޑެއް ލައްވާލެވުނެވެ. ދެވަނަ ސިކުންތުގައި ރުޅިވެރިގޮތަކަށް ހަޅޭލަވައިގަނެވުނުއިރު ހައިޒަލްގެ ރުޅިވެރި ނަޒަރު އޭނައަށް ހުއްޓުނުގޮތުން އަޑުވެސް ކަރުތެރޭ ތާށިވެގެންދިޔައެވެ. ނައިނާ އިރުކޮޅަކަށް ހިމޭންވިއިރު ރުޅިވެރިކަމުގެ އިހުސާސްތައް ހިތުގައި ހިނގާލިއެވެ. ދަތްކުނޑިވިކާލެވުނުއިރު ކާރުގެ ދޮރުފަތް ހުޅުވާލައިފައި ވާރޭތެރެއަށް ނިކުތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. jiji

    Kiyaalaafa comment eh kohlaanan…me first dhw dhiraa wish?❤???????

    1. dhiraa wish
      jiji

      yeah

  2. Rooyaa

    Dhankolheh dhivehi kohlaigen liuneema reethee. Aadheyhaa eku bunelan dialogue thah thankolhe dhivehi kohllan

    1. dhiraa wish
      Rooyaa

      yeah bt plot reyvifa in gothun ehn vanee… lets wait

  3. Roo

    Aadheyhaa eku dhannavaalan dialogue thah thankolhe dhivehi kohllan

    1. dhiraa wish
      Roo

      will try my best

  4. neera

    varah reethi.. looking forward to next part

    1. dhiraa wish
      neera

      thnkx sis

  5. unknown

    vrh reethi mi partves …… gud luck for next part

    1. dhiraa wish
      unknown

      thnkx

    2. dhiraa wish
      unknown

      thnks

  6. Reeennh

    Its too short.bt awesome story.. keep it up…good work and all the best…

    1. dhiraa wish
      Reeennh

      thnks

  7. Laalu

    V nice emi part vx.. Waiting 4 nxt part

    1. dhiraa wish
      Laalu

      thnkx..wait forfew dayss… tomwwrww my exam is strting. after one week will be back insha allah….

  8. Malu

    Masha Allah dhiraa gud job .v reethi .next part v avahah up kohdhehcheyy.plx

    1. dhiraa wish
      Malu

      thnks malu…. yeah insha allah… tc drling

  9. Laalu

    Oh gud luck dear best wishes frm me… ?????????

    1. dhiraa wish
      Laalu

      thnks

  10. Aisha

    V salhi. Dhn kondhuvahakun next part

    1. dhiraa wish
      Aisha

      thnks. insha allah withing a week

Comments are closed.