Skip to content
އެސްފިޔަ

ޖެހުމުން ވަބާ

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ޖެހުމުން ވަބާ މިޔަރު އެންގަޑަށް ދަހިވާހެން ދަހިކޮށްލަނީ

މެދުނުކެނޑި ހިޔަހާ ނަސޭޙަތް ދިނަސް ފުރަގަސްދީ ދުވެދަނީ

ޖެހުމުން ވަބާހިކި ކަށިގަޑަކަށް މީހާ ބަދަލުވެސް ކޮށްލަނީ

މެދުނުކެނޑި ފަރުވާ ކުރިޔަކަސް ދުވަހަކު ރާޙަތެއް ނުކުރަނީ

ޖެހުމުން ވަބާ ދަރިގެއްލިފައިވާ މަކުނެއް ގޮތަށް އުޅެވެނީ

މެދުނުކެނޑި ރޮމުން ގޮވާގޮވުންތަކަށް ބީރުކަންފަތް ދެވެނީ

ޖެހުމުން ވަބާ ހިކިހުއިގަޑެއް ފަދައިން ތިބާ އަނދާހުލިވަނީ

މެދުނުކެނޑި ކުރިހާ މަސައްކަތް ލަހެއް ފަހެއް ނެތި ބީވެދަނީ

ޖެހުމުން ވަބާ މާޔޫސްވެ އޮޔާދާ ބޮތްކެއް ފަދައިން ނެތިދަނީ

މެދުނުކެނޑި ކުރި އުއްމީދުތައް ބަރުބާދުވެ ގެއްލިގެން ދަނީ

ޖެހުމުން ވަބާ މާޔޫސްވެ ހިތްވަރާއި ޖޯޝް ގެއްލިދަނީ

މެދުނުކެނޑި ކައުންސިލިން ދިނަސް ނަފްސުގެ އަގު ނުވިސްނެނީ

ޖެހުމުން ވަބާ ތައުބާވުމުގެ ދުރުނެތްކަމަށް ނިންމާލަނީ

މެދުނުކެނޑި އަޅުކަމުގައި އުޅޭނަމަ ހިތްހަމަޖެހުން ލިބިދެނީ

 

 

 

 

Comments (2)

  1. Sidu

    Varah reethi.miyaa medu vissnaa ne nama dho huri haa mee hun vess

  2. Kitty

    Anehka vx isse ge ehen aa lhemeh.. Varah reethi ingey.. Masha allah… Hama sidu bunifadhain miyaa medhu hama aslugaves meehun visnaa nama…Anyways, varah reethi mi lhen vx.. Hope to see a new story of urs soon

Comments are closed.