Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ލޯބި (ފަހުބައި)

Aimy Level 1
August 18, 2014 3 Mins Read
17 Comments

އެކަމަކު އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއްގެ ދެމެދުގައި އުފެދިފައި އޮންނަ އެކުވެރި ކަމުގެ ގުޅުން ބަދަލު ވުމަށް ލައްކަ ލަހެއް ވާނެ ހެއްޔެވެ؟ ނިލާމްގެ ނަން އެކީ އެކަށް ފުހެވިގެން ނުދިޔަ ނަމަވެސް ޝިޒާނަށްޓަކައި މިހިތުން ޖާގައެއް ޚާއްޞަވިއެވެ. ކުރިން ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ހިތްކިޔާކަން ފާޅު ނުކޮށް އެކުވެރިކަމުގެ ގުޅުމުގައި ދެމިހުރީމެވެ. ޝިޒާންވެސް، އަހަރެންގެ ހިތް ގަދަބާރުން އޭނާއަށް ލަންބުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ކުރިހާވެސް ކަމަކީ މިންވަރެއް ނުވާ ވަރަށް އަހަންނަށް ލޯބި ދިންކަމެވެ. ހިސާބެއް ނުކުރެވޭ ވަރަށް އަޅާލުމާ ސަމާލުކަން ދިންކަމެވެ. އަދި އަހަރެންގެ އިޝާރާތަކަށް ކެތްތެރިކަމާއެކީ ހުރެދިންކަމެވެ.

ޝިޒާންއާމެދު ބަދަލުވަމުން ދިޔަ ޚިޔާލުތަކުގެ ފަރުދާ އަހަރެންގެ ބަހާ ޢަމަލުން ކޮންމެވެސް ވަރަކަށް ޝިޒާންގެ ކުރިމަތީގައި ކެހިގެން ދިޔައީ ކަންނޭނގެއެވެ. އޭނާ އަހަރެން ގާތު ރައްޓެހިވާން އެހިއެވެ. އިތުރު ބަހަނާ ތަކެއް ނުދައްކާ އަހަންނަށް އާނބަސް ބުނެވުނު ކަމީ ޝިޒާނަށްޓަކައި ހިތުގައި އުފެދެމުން ދިޔަ ކުލުނުގެ ރަމްޒެކެވެ. ނިލާމް އެހުމުން އަހަންނަށް އުޅެވުނު ކޫސަނި ގޮތް ރޭކާލީ އަދި ކިރިޔާއެވެ. އެކަމަކު އެއީ އަހަރެން ނިލާމަށް ދިން ކެއްސެކޭ ބުނެވެން އެބައޮތް ހެއްޔެވެ؟ ނިލާމް އާދޭތޯ އަހަރެން ދެންވެސް ހުންނަ ހިތްވިއެވެ. ނަމަވެސް ދިރިއުޅުމައިގެން ކުރިއަށް ދާން މިސްރާބު ބަދަލު ކޮށްލީމެވެ. އާ މަންޒިލަކަށް ޝިޒާންއާ އެކީ ދިއުމުގެ އެއްމީދުގައެވެ.

ޝިޒާންއާ ރައްޓެހި ވުމަށްފަހު އަހަރެމެންގެ ދެމެދުގައިވީ ހުރަސްތައް އެކީގައި ގިރާކުރަން ފެށީމެވެ. އެކަކު އަނެކަކުގެ ދިރިއުޅުމުގައި ވަންހަނާވެފައި ހުރި ކަންތައްތައް ނިއުޅިގެންގޮސް ހާމަވަމުން ދިޔައީ ހަޔާތުގެ އާ ޞަފުހާތަކަށް ތަންދެމުންނެވެ. އެގާތްކަން އިތުރަށް ފުރިހަމަކޮށްދިނީ ދުވާލުގެ ހަލަބޮލިކަމުގެ ތެރޭގައާ، ހަމަހިމޭން ރޭތަކުގައި ދެކެވުނު ވާހަކަތަކުންނެވެ.

އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. އެގޮތުން އަހަރެމެން ދެމީހުންގެވެސް އުނި ކަންތައްތަކެއް ހުއްޓެވެ. އެގޮތުން ޝިޒާންއަކީ (ނިލާމްއެކޭ އެއްގޮތަށް) ރުޅި އިސްކުރާ މީހެކެވެ. ނަމަވެސް ތަފާތަކީ، ރުޅި އައިސްގެން އެވާ ހިނދުކޮޅުގައި އެލިބޭ ދަތިކަމެއް ޖެހިގެން އަންނަ ހިނދުކޮޅުގައި ހިތުން ފިލައިދާ ވަރަށް ލޯބިން މިހިތް ފުރާލަދޭކަމެވެ. ބޭނުން ޖެހިއްޖެ ހާލަތެއްގައި މަޢާފަށް އެދުމަށްވެސް ޝިޒާން ހުންނަނީ ހޭވައްލާ ތައްޔާރަށެވެ.

އަހަރެން މިއީ ޝަކުވާކުރަން ފޫގަޅާލާފައި ހުންނަ މީހެއްކަމުން ޝިޒާންގެ ފަރާތުން ފެންނަމުން ދިޔަ ކުދި ކުދި ކަންތައް އަހަރެން ފާހަގަ ކުރަމުން ދިޔައިމެވެ. ހާލަތުގެ ގޮތުން އިހުނަށްވުރެ ތަންފުކެއް މަދުން ވަގުތު ދެވުނަސް އަހަރެންގެ ޝަކުވާފަތި އަމުނާލަމެވެ. އެކަންވެސް ޝިޒާން ބަލައިގަންނަމުން ދިޔައީ ހިތްބުރަކުރުމަކާ ނުލައެވެ. ވަގުތު ދިނުމަކީ އޭނާގެ ވެސް ޒިންމާއެއްކަން ޣަބޫލުކުރާކަން ދައްކުވައިދެމުންނެވެ.

އެހެން އުޅުމުގެ ތެރޭގައި ޝިޒާންގެ ޝަކުވާއެއް އަހަންނާ ހަމައަށް އުފުލުނެވެ. އޭނާއަކީ އުމުރާ އަޅާބަލާއިރު މާ ހޭޖެހޭ މީހެކެވެ. މާ ހާސަރުތަކެއް ނުދަމާ އޭނާއަށް ފާހަގަވި ކަންތައް ދިމާއަށް ބުންޏެވެ. ނިލާމްގެ ރޯލު އަހަރެންގެ ހަޔާތުގައި ނިމިދިޔައީ ކަމަށް ހީކޮށް ހުއްޓާ ޝިޒާންގެ ފަރާތުން އިވުނީ އަހަރެން ލޯބިވަމުންދިޔައީ ނިލާމްދެކެކަމުގައެވެ. އެވާހަކަ އޭނާ ބުނީ އައި ރުޅިއެއްގެ ސަބަބުންކަމެއް ނުވަތަ ކުރި ފުން އަސަރުތަކެއްގެ ސަބަބުންކަމެއް ނޭނގެއެވެ. އަހަރެންގެ ހައިރާންކަމާ މާޔޫސްކަން އިތުރުކުރުވީ ނިލާމްއާ ވާހަކަ ދެއްކުމަށްފަހު އަހަރެންގެ އަޑުގައި އިތުރު މުރާލިކަމަކާ އުފާވެރިކަމެއް ހުންނަ ކަމަށް ވަރަށް ސާބިތުކަމާއެކީ ޝިޒާން ބުނުމުންނެވެ. އަހަރެން އެކަމާ އެއްބަހެއް ނުވަމެވެ. ސާފުކޮށް އެކަމާ އިންކާރުވެސް ކުރީމެވެ. މާޒީއާ އެމާޒީއާ ގުޅިފައި ހުރިއްޔާ ހުރި މީހެއްގެ ހަނދާންތަކާ މާދުރަށް ގޮސް ޝިޒާންއަށް ވަފާތެރިވެގެން އުޅުމަށްޓަކައި ކުރި މަސައްކަތުގެ އަގަކަށް އެކަހަލަ ޝަކުވާއެއް ވީތީ އަހަރެން ހިތާމަކުރީމެވެ.

އެއީ ހަދަހަދައިގެން ޝިޒާން ދައްކަފާނެ ކަހަލަ ވާހަކައަކަށް ނުވުމުން އަހަރެން އެކަމާ ވަރަށް ވިސްނީމެވެ. އެވާނީ ނިލާމްއާ ވާހަކަ ދެއްކޭތީ އަހަރެން ގެއްލިދާނެ ކަމުގެ ބިރު ހީވީކަމަށެވެ. އެއީ ނިލާމްއާ ދައްކާހާ ވާހަކައެއް ޝިޒާންގާތު ބުނެދޭއިރު ކުޑަކޮށް ހީލެވޭތީ ހީވާ އެއްޗެކޭ އަހަރެން ބުނީމެވެ. އަދި އެހެން ވަނީ ވަކި ލޯތްބަކުން ނޫންކަމަށާ ޝިޒާނަށް މާޒީގެ ކަންތައް ކިޔައިދީފައި ހުއްޓާ އޭނާގެ ވާހަކައެއް ދެއްކުން އެއީ ހިސާބަކަށް ހެއްވާ ކަމަކަށް ވާތީ ވެގެން އުޅޭ ކުށްހީއެއްކަމަށްވެސް ބުނެދިނީމެވެ.

ކޮންމެއަކަސް އަހަންނަށް ޔަގީންވެފައި އޮތީ އެއްކަމެކެވެ. 2މީހުން ދެކެ އެއްފަހަރާ ލޯބި ނުވެވޭނޭ ކަމެވެ. އަހަރެން ޝިޒާންއާއެކީ އުޅޭ ހިތްވެއެވެ. އޭނާ ދޫކުރާކަށް އަހަރެން ހިތުލީއެއް ނޫނެވެ. ނުވިތާކަށް ނިލާމް ގާތަށް ދާހިތްވެސް އޭރު ވީ ކެނޑިފައެވެ. ވީއިރު އެބުނާ ލޯތްބެއް ނިލާމްދެކެ ވެވިފައި ކޮބައި ހެއްޔެވެ؟

ހަގީގަތަކީ އޭރުވެސް ސިއްރުސިއްރުން ނިލާމްއަށް މަރުހަބާ ކިޔެމުން ދިޔަކަމެވެ. ފުރަތަމަ ލޯބީގެ ހަނދާންތައް ހިތާ ވަކިވާން ނޫޅުންކަމެވެ. އެކަން އެނގުމާއެކީ ހުރިހާ ނުފޫޒަކުން އެއްކިބާވެ ހުރެ އަހަރެންގެ ހިތް ޝިޒާނަށް ހިބަކުރީމެވެ. އެހެން އެއްވެސް އަތަކަށް ނުލެނބެން އަޒުމް ކަނޑައަޅައިގެންނެވެ. އެއީ ޝިޒާންގެ ޖަޒުބާތުތަކުގައި ކޮޅުފައިން އެރުމަށް ބޭނުންނުވީތީއެވެ. އެއަށްވުރެވެސް ބޮޑަށް ތެދުވެރިކަމާއެކީ އޭނާގެ ލޯބި ތާއަބަދަށް އެދެވުނީއެވެ.

ދިރިއުޅުމުގެ ބޮޑެތި ނިންމުންތައް ނިންމަން މިއަދު ދަސްވެފައި މިވަނީ އެފަދަ ތަޖުރިބާތަކުންކަން މިއަދު ހަމަ ރަނގަޅަށްވެސް ދޭހަވެއްޖެއެވެ. ހިތުގެ ދަހިވެތިކަމަށްވުރެ ސިނކުޑީގެ ބުއްދިވެރިކަން އިސްކުރެވުނީތީ މިއަދު އަހަރެން އުފާކުރަމެވެ. އެއީ ޝިޒާންގެ ފަރާތުން އައި ޝަކުވާތައް ހުއްޓުވުމަށް އެޅި ފިޔަވަޅެކޭ ހީވިއަސް އަހަރެންގެ އަމިއްލަ އެދުންވެސް އިސްކުރެވިފައި ވެއޭ ބުނުމީ ގޯހެއް ނޫނެވެ. އޭނާއަށް ނިކަމެތިކަމެއް ލިބިގެން ދިޔުން ބޭނުން ނުވީ އަހަންނެވެ. އޭނާއަށް އަހަރެންގެ ފަރާތުން ލޯތްބެއް ދިނީ ބަދަލުގައި ލިބޭނެ އުފާވެރިކަމުގެ ދަހިވެތިކަމުގައެވެ. އެގޮތަށް ކަން ހިނގާފައިވާކަމީ މިއަދު އަހަރެންގެ ހިތަށް ފިނިކަން ލިބިލިބި ހުންނަ ކަމުގެ އަސްލެވެ. އަދި މިއަދު ހިތާ ސިކުނޑި އެއްގަލަކަށް އަރާ، އެކީގައި ކިޔަމުންދާ ރާގަކަށް ޝިޒާންވެފައިވާ ކަމީ އޭނާދެކެ ވާ ލޯބީގެ ދަލީލެކެވެ.

މިހާ ހިސާބަށްވެސް ހަމަޖެހިގެން މިއުޅެވުނީ އެފަދަ މައްސަލަތައް ނުޖެހި، އިމެއްނެތް މިނިވަންކަން ދެވިފައި އޮތީމައެއް ނޫނެވެ. މިކާމިޔާބީގެ ތަޅުދަނޑިއަކީ ޚިޔާލު ތަފާތުވާ ފަހަރުތަކުގައިވެސް އެކަކު އަނެކަކަށް އިހުތިރާމާ އިތުބާރުކޮށް، މަޝްވަރާ ކުރުމާއެކީ ހައްލުތައް ހޯދުމަށް އަތު ގުޅާލީތީއެވެ.

ސިލްސިލާ ކުދިކުދި އަރާރުންވުންތަކާ، ސުލްހަވެފައި އެއަންނަ އުފާވެރިކަމުގެ މޫސުމްތަކުގައި ވަގުތުތައް ހޭދަވާތާ މިހާރު އެތައް ހަފުތާއެއް ވެއްޖެއެވެ. ފޯދިފައިހުރި ލޯބީގެ ގަހުގެ ހިޔަލުގައި، އެގަހުގެ މާތަކާ، ހިތި އަދި އެހާމެ ފޮނި މޭވާތައް ބިންނަމުން ދާތާ އެތައް މަހެއް ވޭތުވެއްޖެއެވެ. މިއުފާވެރި ބަދަހި ގުޅުމުން ބަނދެވިފައިވާ ނަވުގައި ދަތުރު ކުރަމުން ދަނިކޮށް މިއޮއްގެން އަހަރުތައްވެސް ފިރުކެމުން ދަނީއެވެ. ޅަފުރައިގައި ނިލާމްއާ އުފެދުނު ގާތްކަމަކީ ލޯބި ކަމަށް ކުރެވުނީ މޮޔަ ހީއެއްކަން ފަހުމްވެފައިމިވަނީ ހަގީގީ ފުރަތަމަ ލޯތްބައިގެން ޝިޒާން އަހަރެންގެ ހަޔާތަށް އައީތީއެވެ.

އަހަރެންގެ އަތް އަދިވެސް ގުޅިލާމެހިފައި މިވަނީ އެންމެ ބޭނުންވީ ހިނދު އެއަތަކުން އަހަންނަށް ހިމާޔަތާ އޯގާތެރިކަމުގެ ފިރުމުންތައް ލިބުނު ޝިޒާންގެ އަތާއެވެ. މާޒީއާ މާދުރަށް ފުރަގަސްދީ އެމާޒީގޮސް އޮބާލިއަސް ފަހަތް ނުބަލަން ހިތުލައިގެން މިދަނީ ކުރިމަތީގައި ފެންނަން އޮތް މުސްތަގުބަލުގެ އުޖާލާ ގުލްޒާރަށެވެ. އަމާން އައްސޭރިއަކަށް ވާސިލުވުމަށްޓަކައި، މިދަތުރުމަތީގައި ދިމާވާ ކޮންމެ ގޮންޖެހުމަކާވެސް ފަސްޖެހުމެއްނެތި ހުޝިޔާރުކަމާއެކީ ކުރިމަތިލުމުގެ އަޒުމުގައެވެ. ޝިޒާނަށްޓަކައެވެ. އަހަރެންގެ ހަގީގީ ފުރަތަމަ ލޯބީގެ ހައްގުގައެވެ.

(ނިމުނީ)

Share Article

Follow Me Written By

Aimy

Level 1

Other Articles

Previous

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..7

Next

އޯގާވީ ހިތަކުން…43

Next
August 19, 2014

އޯގާވީ ހިތަކުން…43

Previews
August 18, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..7

17 Comments!

  1. Aimy says:
    August 18, 2014 at 11:48 pm

    i hope huriha kiyuntherinnah ves mivaahakain iburaiy thakeh libun kamah, especially girls ah. n i hope u enjoyed reading this.

  2. me says:
    August 19, 2014 at 5:38 am

    kamaku nudhey, kiya hithun kiyaalevey kahala feel eh neyy, just like a haasaru bondi, mee diary eh noonehnun, story akah van ulhey hen ves heevey ekam nuvey, dhn ok, better luck net time 🙂

  3. hana says:
    August 19, 2014 at 12:39 pm

    Mee vv rangalhu vaahakaeh haassakoh aharumen kahala kudhinnah. Vaahaka v reethi

  4. Aimy says:
    August 19, 2014 at 3:39 pm

    tnx hana and me. btw who says its a diary. dhn faharun story akah veytho balaanan. thanks a lot fr motivating 🙂

  5. rifffff says:
    August 19, 2014 at 5:55 pm

    ohhhhh…….. aimy vara vara reethi ingeyyy ….. aslhu mi truth storyei dhw….. aimyge life related stoty ei dhw………..

  6. nahu says:
    August 20, 2014 at 8:55 am

    haaadha funkoh maana nagain liyefaiwaa waahaka ekey. but anyways i liked it. wanuwaavx nasybakun ingunu. thankyou for bringing storys like this.

  7. nahu says:
    August 20, 2014 at 8:56 am

    waiting for a new story 🙂

  8. SAASHA says:
    August 20, 2014 at 12:05 pm

    ONLY THREE PARTS. KURUVAAHAKAEH LIYUNUNAMA VES MAA RANGALHUVAANE.

  9. Khushy says:
    August 20, 2014 at 12:34 pm

    meeethi salhi eyy.. heeveee magey love story liyefa oiyy henn …. come back sooon with another one 🙂

  10. Aimy says:
    August 20, 2014 at 1:17 pm

    i guess its nt only 3 parts..ehn unas vaahaka eh ehkoh liyefa nethiyya kaakah engeyny kuruvaahaka eh haa kuru vaane kameh? dhen faharun saasha gaathu ahaalaanan inge kiha dhigeh vaanetho? 🙂

    1. sen says:
      August 20, 2014 at 5:21 pm

      Mashaa allaah vvvv reethi…..aslu loabi eh ee kohchekan neygey kudhin nah mi stry hama fudhey …mashaa allaah vvvv nic… vv reethi ..bt thankolheh keuree ..dhen faharakun dhigu kollahchey eyrun vv gd vaaney….. umeedhukuran varah avahah nw pt eh liyefa nereynekamah…..ok byi .FI AMAANILLAAH……. 🙂

  11. Aimy says:
    August 20, 2014 at 1:19 pm

    tnx nahu saasha n khushy. if u hav any preferences plx share. eyrun according to ur tastes i can come up with a new story

  12. rifffff says:
    August 20, 2014 at 5:07 pm

    amiyge mi story vara reethi . vara reethi kho sifavey……… adhi basmaguves vara reethi ingey…. ekam story nimumnyma vara kadha

  13. Aimy says:
    August 21, 2014 at 12:18 pm

    thnkx sen.mi last part. aslu eha kurukury avahah nugenesdheveythy u guys might get bored ehnu.so kuru vaahaka thah liyeveytho balaany dhn ves.

  14. Aimy says:
    August 21, 2014 at 12:21 pm

    rifffff… mi e aimy ge frnd eh ge life story ah base kohfa..mihaathanah adhi gossa othy… she is still goig on in her journey

  15. Aimy says:
    August 21, 2014 at 12:22 pm

    going*

  16. rifffff says:
    August 21, 2014 at 1:24 pm

    asluvestha……… aslhu rifffff hykuri gothaa vara hilaaf dhww……… hykuri hyvun mi v kunhy aka dhwwwww………….. asluves vara sali ingey best friend ge lifeah binaakho vahaka liyefa othyma…. amiyge dhen in vahaka ves inthizaaru kuraanan ingeyyyyyy…………

Comments are closed.



All Right Reserved!