Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޝާ

Yaas4 Level 110 Stories
February 23, 2019 6 Mins Read
8 Comments

ވެހޭމުންދާ ބޯ ވާރެއާއެކު ސްކޫލްގެ ގޭޓްކައިރީގައި އަހަރެން މަޑުކޮށްލައިގެން ހުރީމެވެ. ބެލެނިވެރިން ކުޑަނަގައިގެންނާއި, ކޯޓުލައިގެން ކުދިން ބަލާ ސްކޫލްދޮށަށް އައިސްތިއްބެވެ. ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑުވެސް އެހާގަދައެވެ. މީންއިރަކު ވާރޭހުއްޓާކަށް ނެތްކަހަލައެވެ. އަހަރެން އެހެންހުންނަތާ ފަނަރަ ވަރަކަށް މިނެޓް ވެއްޖެއެވެ. އަޅެ ކޮންމެވެސް މީހަކު އަހަރެން ބަލާ އަންނާނޭނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.

ކިތަންމެ އިރަކު އެހެން ހުއްޓަސް އަހަރެންބަލާ އަންނާނެ މީހަކު އަހަރެންގެއަކު ނުހުންނާނެކަން އަހަރެންނަށް ކުއްލިޔަކަށް ހަނދާންވީދެނެވެ. ކުޑައިރުކޮޅެއް ފަހުން ވެހޭބޯވާރޭ ތުނިކޮށްލުމުން، އަހަރެން ގެއަށްދާން ހިނގައިގަތީމެވެ. ގަޑިން އިރުއޮއްސި ހަގަޑި ސާޅީސްވަރު ވެދާނެއެވެ. ވިއްސާރަވުމުގެ ސަބަބުން ދުނިޔެމަތިވަނީ އަނދިރިވެފައެވެ. އަހަރެން އެކަނިގެއަށްދާން ވަރަށްޖެހިލުންވެހުރެ ހަލުވި ހިނގުމެއްގައި ކުރިއަށް ހިނގައިގަތީމެވެެ. މަޑުމަޑުން ވާރޭ ބޯކުރަމުންދިޔައެވެ. ހުދުޔުނީފޯމާއެކީ ތެމިދާނެތީއާއި، ހީކަރުވާފައިހުރިވަރުން، އިތުރަށްކުރިއަށް ދެވޭހާހިތްވަރުނެތިގެން އެންމެއަވަހަށް ޖެހުނު އަސްކަންޏެއްގެ ދަށަށް އަހަރެންވަނީމެވެ. ވާރެއިން ހިޔާވުމުގެ ބޭނުމުގައެވެ. އަސްކަނިދަށުގައި ހުއްޓިހުރިއިރުވެސް ކޮންމެވެސް ވަރަކަށް އަހަރެންގެ ފަޔަށް ވާރޭކަނިބުރަމުންދެއެވެ.

އިތުރަށް އަހަރެންގެ ހީކެރުވުން ބޮޑުވެ ހަދާނެގޮތެއްނޭނގިފައިހުއްޓާ ސިއްސައިގެންދިޔައީ ކުއްލިއަކަށް ފުރަގަހުން މީހަކު ދޮރެއް ހުޅުވާލި އަޑަށެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދޮރުހުޅުވި މީހާވެސް ސިއްސައިގެން ދިޔަކަން އަހަރެންނަށް އެނގުނެވެ.

“އަނހާ! ތިޔޮށް ތެމެނީނު..އެތެރެއަށް ވަދެލަންވީނު ވާރޭ ތުނިކޮށްލަންދެން..؟!”

އެ އަޑުގައި ހުރީ އޯގާތެރިކަމެވެ. އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ.

“ތިހިރީ ވަރަށް ހީކަރުވާފައެންނު..ކުޑައެއް ދެންތަ އެހެންވީރު؟”

މިހިންބުނުމަށްފަހު އޭނާގެ އަތުގައި އޮތް ކުޑަ އަހަރެންނަށް ދިށްކޮށްލިއެވެ. އެއީ އަހަރެން އެއްވެސް ވަރަކަށް ދަންނަމީހެެއްނޫނެވެ. ބީރައްޓެހި މޫނެކެވެ. ކޮންމެއަކަަސް އަހަރެންނަކަށް އެ ކުޑައިގައި ހިފާކަށް ނުކެރުނެވެ.

“ކިހާހިސާބެއްގައި ގެ ހުންނަނީ؟.. މިތާ ކައިރީގައިތަ އުޅެނީ..؟” އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. އަހަރެން އެތަނުން ހިނގައިގަންނަންވެސް ހިތަށް އެރިއެވެ. އެހެނަސް ހުއްޓުމެއްނެތި ވެހެމުންދިޔަ ވާރޭގެ ސަބަބުން ހީކަރުވާފައި ހުރުމުން އަހަރެންނަށް ހުރީ ގުޑިލަންވެސް އުނދަގޫވެފައެވެ.

“އެކަނިތަ ސްކޫލުން ގެއަށްދަނީ..؟ މިއޮތް ވިއްސާރަރޭ ބަލައެއްނާދޭތަ މީހަކު؟”

އޭނާގެ އެސުވާލުން އަހަރެންގެ ހިތަށް ވަރަށްފުން އަސަރެއް ކުރިއެވެ. އަހަރެންނަށް ބޭހިޚްތިޔާރުގައި އޭނާއާއިދިމާލަށް ބަލާލެވުނެވެ. އޭނާވެސް ވަރަށް ޙައިރާންވެފައި އަހަރެންގެ މޫނަށް ބަލަންހުއްޓެވެ. ހިތްހެޔޮ ވައްތަރުޖަހާމޫނެކެވެ. ލޮލުގައިވަނީ އޯގާތެރިކަމެވެ. ބޯކުރުކޮށްކޮށާފައި, ކުރިމަތިން ކުޑަކޮށްސްޕައިކް ޖައްސާލައިފައި ހުއްޓެވެ. ދިގު އިސްކޮޅެކެވެ. ހަމުގެ ކުލަ އެހާދޮނެއްނޫނެވެ. ޓްރިމް ކޮށްލާފައި ހުރި ކުރު މަތިމަހާއި ތުނބުޅި އަހަރެންނަށް ވަރަށް ހިތްގައިމުވިއެެވެ. އަހަރެންނަށް ރީތި ހުރިހާސިފައެއް އޭނާގައިގައި ފެންނަން އެބަހުއްޓެވެ.

“ގެއަށްލާދޭން އަހަރެން ދަންތަ؟”

އަހަރެންނަށް ޚިޔާލީ ދުނިޔެއިންނިކުމެވުނީ ދެނެވެ. އަހަރެން އެހިސާބުން ނިންމީ ކިތަންމެ ބޯކޮށް ވާރޭވެހުނަސް ހިނގައިގަންނާށެވެ. އަހަރެން ވަރަށް ހިތްވަރާއެކު ކުއްލިއަކަށް ހިނގައިގަތީމެވެ. ތެމުނަސްހެޔޮކަމަށެވެ. އަހަރެން ހިނގައި ގަތުމުން އަހަރެންގެ ފަހަތުން ކުޑަނަގައިގެން ހިނގަމުން އައިސް އޭނާ އަހަރެންނާއި އަރާހަމަކުރިއެވެ. އެވަގުތު އަހަރެންނަށް އޭނާޖަހާފައި ހުރި ސެންޓުގެ މީރުވަސް ދުވަމުންް ދިޔައެވެ. އެގޮތަށް އޭނާއާއި އެކު ވަކި މަންޒިލެއްނެތި މުޅިރޭ ހިނގާފައި ދާން އަހަރެންގެ ހިތް ބޭނުންވިއެވެ. އެ ނުދަންނަ މީހާ އަހަރެންނާއިއެކު ގެއާއިހަމައަށް ދިޔައެވެ. އަދި އަހަރެން ގެއަށް ވަނުމުން އޭނާ އެނބުރި ހިނގައިގަތެވެ. އެވީ އަށްވަރަކަށް މިނެޓްގެ ތެރޭގައި އޭނާ އެއްވެސް ވާހަކައެއް އަހަރެންނަކާ ނުދައްކައެވެ. ކުޑަމިނުން އަހަރެންގެ ނަމެއްވެސް ނާހައެވެ. އޭނާގެ ނަމެއްވެސް ނުބުނެއެވެ.

އޭގެފަހުން ދެހަފްތާއެއްހާ ދުވަސްފާއިރުވެެެެއްޖެއެވެ. އޭނާގެ ހަނދާންތަން އަަހަރެންނަށް އުނދަގޫކުރާތާވެސް ދެ ހަފްތާވީއެވެ. އޭނާއާއި ދިމާވީ ސްކޫލަށް އަބަދުދާމަގުގައި ހުންނަ ފިލްމުއަޅާދޭ ކުޑަފިހާރައެއްގެ އަސްކަނި ދަށުންނެވެ. އެފިހާރަ ހުންނަނީ ކޮންމެ ދުވަހަކު އަހަރެން ސްކޫލަށް އައިސްގޮސް ހަދާ މަގުގައެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާ އެތަނުން އަހަރެންނަކަށް ފެނިފައެއް ނުވެއެވެ.

އެދުވަހުގެ ފަހުން އަހަރެންސްކޫލަށްދާ ކޮންމެ ދުވަހަކު އެ އަސްކަންޏާއި ދިމާލަށް ބޭއިޚްތިޔާރުގައި ނަޒަރު ހިންގާލެވެއެވެ. ނަމަވެސް އޭނާގެ ހިލަމެއްނުވެއެވެ. އަހަރެންގެ ޢުމުރުން 15 އަހަރުވީއިރުވެސް އަހަރެންނާއި ފިރިހެންކުއްޖަކު އެހާ އޯގާތެރިކޮށް ވާހަކަ ދައްކާފައެއްނުވެއެވެ. އަހަރެންނަށް މީގެ ކުރިން ދުވަހަކުވެސް ނުވާގޮތްތަކެއް ވާންފަށައިފިއެވެ. އަލަށް މީހަކަށް އިންތިޒާރު ކުރެވެންފަށައިފިއެވެ. އޭނާއާއި ބައްދަލުވާން ހިތްއެދި ގޮވަންފަށައިފިއެވެ. އަހަރެންގެ އަތުގައި ފޯނެއްނޯންނާތީ އެމީހެއްގެ މަޢުލޫމާތު ހޯދުމަށްވެސް އަހަރެންނަކަށް ފަސޭހައެއް ނުވިއެވެ. އޭނާއާއި ބައްދަލުވި އެކުޑަވަގުތުކޮޅު އަހަރެންގެ ޙަޔާތުގެ އެންމެ އުފާވެރި، ހިތްގައިމު ވަގުތުކޮޅަށް ވެގެން ހިނގައްޖެއެވެ.

ގޭތެރޭގައި އުޅޭއިރު އަހަރެންނަށް ހުރެވެނީ ޚިޔާލެއްގެ ތެރޭގައިކަން އަހަރެންނަށް އަމިއްލައަށްވެސް ފާހަގަވާން ފަށައިފިއެވެ. އަހަރެން އުޅެނީ މަންމައާއި ކޮއްކޮއާއި އަދި ދޮންބައްޕައާއިއެކު ކުއްޔަށެވެ. އަހަރެންގެ މަންމަ އަހަރެންދެކެ ލޯތްބެއްނުވެއެވެ. ގޭގައި ކައްކާ، ދޮވެ އިސްތިރިކޮށް އަދި ޢުމުރުން 6 އަހަރުގެ ކޮއްކޮ ބަލާ، ކޮއްކޮއަށް ކާންދީ،ފެންވަރުވަރުވަނީވެސް އަހަރެންނެވެ. އެކަމަކު ދުވަހަކުވެސް މަންމައަކަށް ކަމުދާގޮތަށް އަހަރެންނަކަށް އެއްވެސް ކަމެއް ކޮށްދެވޭކަމަކަށް ނުވެެއެވެ. މަންމަގޭގައި އުޅޭވަގުތަށްވުރެ ގިނަވާނީ ބޭރުގައި އުޅޭވަގުތެވެ. އަހަރެން ކޭތޯ، ކިޔެވިތޯ ބަލާލާނެ ވަގުތެއް މަންމައަކަށްނުވެއެވެ. އެކަމަކު ކޮއްކޮގެ ހުރިހާކަމެއް މަންމަ ބޭރުން ގެއަށް އައިސް އަހާއޮޅުން ފިލުވައެެވެ.

އަހަރެންގެ މޫނު ލޯގަނޑުން ފެންނަ ކޮންމެފަހަރަކު އަހަރެންގެ ސިފައަށް އަހަރެން ނަފްރަތުކުރަމެވެ. އަހަރެން ހަމަ ހުތުރީއެވެ. ޔަޤީނެވެ. ކުޑަވެސް ރީތިކަމެއް ހުރިނަމަ، ހަމަގައިމުވެސް އަހަރެންގެ މަންމަ އަހަރެން ދެެކެ ނަފްރަތެއްނުކުރީހެވެ. ލޯބިވީސްކަން އަހަރެންނަށް ޔަޤީނެވެ. އަހަރެންގެ ޢުމުރުގެ އެހެންކުދިން އުޅޭނީ އަހަރެން އުޅޭ ގޮތަކަށްނޫނެވެ. އަހަރެންގެ އެންމެގާތް އެކުވެރިޔަކީ ދީމާއެވެ. ދީމާގެ މަންމައާއި ބައްޕަ އަދި އާއިލާގެ މީހުން ދީމާދެކެ ލޯބިވާވަރު އަހަރެންނަށް އެނގެއެވެ. ދީމާ އަބަދުވެސް ހުންނާނީ އުފާވެފައެވެ. ހެވިފައެވެ. އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް އައިދުވަހެއް އަހަރެން ހަނދާނަކަށް ނާދެއެވެ. އަހަރެންގެ މަންމަ އަހަރެންނާއި ލޯބިން ވާހަކަ ދައްކާލި ދުވަހެއްވެސް އަހަރެން ހަނދާނަކަށް ނާދެއެވެ. މަންމަ އަހަރެންނަށް ‘ދަރިފުޅާ’ އޭ ކިޔާފައި ގޮވާލި ދުވަހެއް ހަނދާންކުރަން އުޅެ އުޅެ ހަނދާނަކަށް އަމުދުން ނާދެއެވެ.

ހަފްތާބަންދުގައި އަހަރެން އެންމެ ދެރަވަނި ސްކޫލު ނޯންނާތީއެވެ. އެއީ އަހަރެން އެ ދެދުވަހުވެސް ގޭގައި ހުންނަން ބޭނުންނުވާތީއެވެ. އަހަރެން ކޮއްކޮދެކެ ލޯބިނުވާތީއެއް ނޫނެވެ. އަހަރެން ގޭގައި ހުންނަށް ދެރަވަނީއެވެ. މަންމަ ގެއަށް އައިސްވަނުމުން އަހަރެން ގިނައިރު ހޭދަކުރަނީ އަހަރެންގެ ކޮޓަރީގައެވެ. އަހަރެންގެ އެކަނިވެރިކަން ފިލުވައިދެނީ އަހަރެންގެ ކޮޓަރީގައި ހުންނަ މޭޒުމަތީގައި ހުންނަ ކުޑަ ރޭޑިއޯއެެކެވެ. އަދި އަހަރެންގެ ކުރާ ހިތާމައެންމެ ކައިރިން ހެކިވާނީ އަހަރެންގެ ބާލީސްތަކެވެ.

އަހަރެންގެ ބައްޕަ އަހަރެންވަރަށް ކުޑައިރު މަންމައާއި އަހަރެން ދޫކޮށްލާފައިދިޔަވާހަކަ އަހަރެންގާތު މަންމަ އަހަރެންގެ ޢުމުރުން 8 އަހަރުގައި ބުންޏެވެ. މަންމަ ދޮންބައްޕައާއި އިނީ އަހަރެންގެ ޢުމުރުން 10 އަހަރުގައެވެ. މަންމަ އަހަރެންގާތު ދޮންބައްޕައަށް ބައްޕަކިޔުމަށް އެދުނެވެ. ނަމަވެސް އަަަހަރެންނަކަށް އެކަމެއް އެހާފަސޭހައެއް ނުވިއެވެ. އަހަރެން ކިޔަނީ ދޮންބައްޕައަށް ބޭބެެއެވެ. ބޭބެއަކީ އަމިއްލަ މަސައްކަތްކުރާ މިހެއްކަމުން މަހުގެ ގިނަދުވަސްތަކުގައި އަުޅޭނީ ރަށުންބޭރުގައެވެ. އަހަރެންނާއި ކޮއްކޮއަށް ބޭނުންވާ ހުރިހާކަމެއް ބޭބެ ކޮށްދެއެެވެ. ބޭބެ އަހަރެންނަކަށް ގޯހެއްނޫނެވެ. ބޭބެ މާލޭގައި ހުންނައިރު މަންމަ އަހަރެންނަށް މާރނަގަޅުކަމަށް ހެދިގެން އުޅޭނެއެވެ. ބޭބެ ފުރާއިރަށް މަންމަ ކުރީގެ މަންމައަށް ބަދަލުވެއެވެ. އަހަރެންމިކަމާ ވަރަށް ޙައިރާންވެއެވެ. އަހަރެންގެ މަންމަ އަހަރެންނާއި ދޭތެރޭ އެހެންކަންތައްކުރާތީއެވެ. ސަބަބެއްނޭނގޭތީއެވެ.

މިހާރު އަހަރެން އޯލެވެލްވެސް ހަދާނިމުނީއެވެ. އަހަރެންގޭގައި ހުންނާކަން ބޭނުމެއްނޫނެެވެ. ކޮންމެވެސް ގޮތަކުން ގެއިން ނިކުމެގެން ދެވޭނެ ގޮތެއް އަހަރެން ވިިސްނީމެވެ. އަހަރެން ބޭބެއާއި ވާހަކަ ދެއްކީމެވެ. އަހަރެން ރިސޯޓަކަށް ވަޒީފާއަަަކަށް ދާން ބޭނުންވާހަަކަ ބުނީމެވެ. އެކަމަކު އަހަރެންނަށް އަދި 18 އަހަރު ނުވާތީ، ބޭބެގެ ރައްޓެއްސެއްގެ ގެސްޓްހައުސްއަކުން އަހަރެންނަށް ވަގުތީގޮތުން ވަޒީފާއެއް ހަމަޖައްސާ ދިނެވެ. ބޭބެއަހަރެންނަށް ފޯނެއްވެސްގަނެދީ އަހަރެންގެ ދަތުރަށް ބޭނުންވާ ތަކެތިގަތުމަށް ދެހާސްރުފިޔާވެސް ދިނެވެ. އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.

ކޮންމެއަކަސް އަހަރެންފުރައިގެން އަރިއަތޮޅު ރަސްދޫއަށް ދިޔައީމެވެ. ރަސްދޫގައި އަހަރެންނާއި އެކު ގެސްޓްހައުސްގައި އުޅޭއެންމެންވެސް އަހަރެންނަށްވަރަށް ރަނގަޅެވެ. މަޑުމަޑުން ރަސްދޫގެ މާޙައުލަށް އަހަރެން ހޭނިއްޖެއެވެ. ރެއަކީ ހުކުރުވިލޭރޭއެވެ. އަހަރެން އެކަނިމާއެކަނި ގެސްޓްހައުސްގެ ބީޗާއި ދިމާލުގައި އިން މޭޒެއްގައި އިށީގެނގެން އިނީމެވެ. އިސްދަށަށް ޖަހައިގެން އިނދެ ދީމާއާއި އަހަރެން ވައިބަރއިން ވާހަކަ ދަންކަމުން ގެންދިޔައީމެވެ. ދީމާ އޭލެވެލްއަށްކިޔަވަން ފެށިވާހަކަ ބުންޏެވެ. އަހަރެން އޭލެވެލް ހަދަންބޭނުންނުވަނީތޯ އެހިއެވެ. އަހަރެން އިންތިހާއަށް ކިޔަވަން ބޭނުމެވެ. އެކަމަކު އަހަރެން މިހާބޮޑު ނިންމުމެއް ނިންމަންޖެހުނީ ކީއްވެކަން އަހަރެން ދީމާއަށް ކިޔާދެމުން ދިޔައީމެވެ.

‘ހާދަ ބިޒީއޭދޯ…”

އަހަރެންނަށް ކުއްލި ސިހުމެއް ލިބުނެވެ. އެއީ އެ އަޑެވެ. ޔަަޤީނެވެ. އަހަރެން ސިހިފައި އޭނާގެ މޫނަށް ބަލާލީމެވެ. އާއެެކެވެ. އެއީ އޭނާއެވެ. އަހަރެން އެމީހަކާ ބައްދަލުވާން ކެތްމަދުވެފައިވާ ޒުވާނާއެވެ.

“އެކަނިތަ؟ އެންމެ ރަނގަޅުތަ މިތާ އިށީދެލިޔަސް؟”

އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. އޭނާ އަހަރެންގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނެވެ. ހަނދުވަރުދޭ ރީތިރެއެކެވެ. ފިރާޒް(ފިރާ) އޭނާގެ ޙަޔާތުގެ ގިނަ ވާހަކަ ތަކެއް އަހަރެންނަށް ކިޔާދިނެވެ. އެރޭވީ އަހަރެންނާއި ފިރާ އާއި ދެމެދު ގާތްގުޅުމެއް އުފެދުނު ރެއަކަަށެވެ. ފިރާ މަސައްކަތްކުރަނީ ރިސޯޓެއްގައި ކަމާއި ޗުއްޓީ ހޭދަކޮށްލަން ރަސްދޫއަށް އައީކަމަށް ފިރާ ބުންޏެވެ. ރަސްދޫއަކީ ފިރާގެ މަންމަގެ ރަށްކަންވެސް އެރޭ އަހަރެންނަށް އިނގުނެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވެއްޖެއެވެ. އަހަރެންނާއި ފިރާ އާއި ދެމެދުގައިވާ ގުޅުން އެހެން ހަރުފަތަށްގޮސްފިއެވެ. އަހަރެންގެ ޙަޔާތް މުޅިން ބަދަލުކޮށްލީ ފިރާއެވެ. ދިރިއުޅުމަށް ލޯބި އެއީ ކިހާ މުހިންމު އެއްޗެއްކަން އަހަރެންނަށް އުނގަންނާދިނީ ފިރާއެވެ. އިރު އަރާ އޮއްސޭ ކޮންމެ ދުވަހަކީވެސް ފިރާގެ ލޯބީގައި އަހަރެން ފިޔަޖަހަމުންދާ ދުވަހެކެވެ.

ފިރާއާއި ރައްޓެހިވެގެން އުޅޭތާ މިއަދަށް އަހަރެއް ވީއެވެ. ފިރާ އަހަރެންނަށް މާބޮނޑިއަކާއި ސެންޓުފުޅިއެއް ހަދިދާޔަކަށް ދިނެވެ. އަހަރެންނަށް މީގެ ކުރިން ފިރިހެންކުއްޖަކު ދުވަހަކުވެސް ހަދިޔާއެއް ދީފައެއް ނުވެއެވެ. ހުރިހާ ގޮތަކުންވެސް ފިރާ އަހަރެންނަށް ޚާއްސަވީއެވެ. ފިރާ އެދުވަހު އަހަރެންނާއި އިންނަން ބޭނުންވާ ވާހަކަ ބުންޏެވެ. އަހަރެން ބޭބެ ގާތުއެހީމެވެ. ‘ހަޝާ އަދި މީހަކާ އިންނަށް މާއަވަހެންނު.. އަދި 18 އަހަރު ކިރިޔާ ތިވީނު.. ބޭބެއަށް އަދި ހަޝާ މީހަކާ އިންނަވަރަށްވުރެ މާ ހަގު..އެކަމަކު ހަޝާ ކޮންމެހެން އިންނަން ބޭނުންވަންޏާ ބޭބެބުނާނެ މާ ބޮޑު އެއްޗެއްނެތް…’ ބޭބެގެ މާބޮޑު މައްސަަލައެއް ނެތްކަން އެނގުމުން އަހަރެން ވަރަށް އުފާވިއެވެ.

ރަސްދޫއަކީ ފިރާގެ މަންމަގެ ރަށްކަމުން ފިރާ ބޭނުންވީ އަހަރެން ރަސްދޫގައި ފިރާ މަންމަ ގާތު ދިރިއުޅޭށެވެ. ދުވަސްތައް މާޒީވެ އަހަރެންނާއި ފިރާގެ ކައިވެންޏަށް ފަސްމަސްވީއިއު އަަހަރެން އިނީ ފިރާއާއި އަހަރެންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. ވޭތުވެދިޔަ ފަސްމަހަކީ އަހަރެންގެ ޙަޔާތުގެ އެންމެ އުފާވެރި ފަސް މަހެވެ. ފިރާގެ ދަރިއެއް އަހަރެންގެ ބަނޑުގައި އޮތުން އެއީ އަހަރެން އެންމެ އުފާވާ އެއްކަންތަކެވެ. ތުއްތުދަރިފުޅާއެކު އަހަރެންނާއި ފިރާ އުޅޭނެ އުފާވެރި ދިރިއުޅުން އަހަރެންނަށް ފެންނަފަދައެވެ. ފިރާ އެންމެ ބޭނުންވަނީ ފިރިހެންކުއްޖެއްކަމަށް ފިރާބުންޏެވެ. ބަލިވެއިންކަން އެނގޭއިރަށް ފިރިހެން ނަމެއްވެސް ފިރާ ހޯދިއެވެ.

އުފާވެރި ދުވަސްތައް މާޒީއާއި އެކު ގޮސް، ފިރާ ރިސޯޓުން އޮފް ޑޭ އަށް ރަށަށް އައުން މަދުވާން ފަށައިފިއެވެ. ފޯނުން ވާހަކަ ދައްކާ އިރުވެސް ކުރިއާއި ތަފާތުކަން އަހަރެންނަށް ފާހަގަވާންފެށިއެވެ.

އަހަރެންގެ ބަނޑަށް 7 މަސްވީއެވެ. ފިރާ ރަށަށް ނާންނަތާ ދޮޅުމަސްފަހުން ރަށަށް އައިސްފިއެވެ. ފިރާ ވަރަށް ތަފާތެެވެ. ރުޅިވެސް ވަރަށް ގަދައެވެ. ކުޑަކަމެއްވިޔަސް އަހަރެންނާއި ދިމާލަށް ހަޅޭއްލަވާ ގަނެއެވެ. ފިރާ ކާންއަރާފައި ރިހައިގައި ލޮނުރަހައެއް ނުލައޭކިޔާފައި އަހަރެންނާއި ދިމާލަށް ހަޅޭއްލަވައިގަނެފައި، ކާމޭޒުކޮށްޕާލާފައި އެއައިގޮތަށް އަައިސްް އަހަރެންގެ ބަނޑުގައި ފައިންޖެހިއެވެ. ހަމައެވަގުތު އަހަރެންނަށް ބާރަށްރޮވިއްޖެއެވެ. ފިރާ މަންމަ ކޮޓަރީގައިހުރެފައި ވަރަށްބާރަށް ނިކުތެވެ. އަހަރެން ބިންމައްޗަށް ވެއްޓިފައި އޮތުމުން އަހަރެން އަތުލަފިކޮށްގެން ކޮޓަރިއަށް ގެންދިޔައެވެ. ފިރާވެސް ހަމައެވަގުތު ގެއިން ނިކުމެގެން ހިނގައްޖެއެވެ.

ފިރާއަށްވެގެން އެއުޅޭ ގޮތް ހޯދުން އަހަރެންނަށް ވަރަށް މުހިންމުވެއްޖެއެވެ. ރަށުގައި ފިރާއާއެކު އުޅޭ ސަމަދު ކައިރީ އަހަރެން އެހީމެވެ. ސަމަދު އަހަރެންގާތު ބުނި ވާހަކައިން އަހަރެންގެ ބިންގަނޑުފައިފަށުން ކެހިގެންދިޔައެވެ. އާއެކެވެ. ފިރާ މަސްތުވާތަކެތި ބޭނުންކުރަންފެށީއެވެ. އަހަރެންގެ ޙަޔާތް ބަރުބާދުވީއެވެ. އަހަރެންނަށް ރޯކަށްވެސް ނޭނގުނެވެ. އަހަރެން ހުރީ ޝޮކެއްގައެެވެ. އަހަރެންގެ ހިތް ކުދިކުދިވިއެވެ.

އަހަރެން ފިރާ މަންމަ އުނގުގައި އޮވެ ބާރަށް ގިސްލާރުއީމެވެ. ފިރާ މަންމަވެސް އަހަރެންނާއެކު ރުއެވެ. މަންމައެއްގެ ހިތުގައި އަޅާނެ ވޭން އަހަރެންނަށް ނޭނގުނަސް ފިރާމަންމަ ރޯތަން ފެނުމުން އަަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަހަރެން ދެކެނީ ފިރާގެ މަންމައަކީ އަހަރެންގެ އުފަން މަންމަކަމުގައެވެ. ފިރާ މަންމަ އަހަރެންދެކެ ވަރަށް ލޯބިވާނެއެވެ. ހަމައެގޮތަށް އަހަރެންވެސް ފިރާ މަންމަ ދެކެ އެހާ ލޯބިވެއެވެ. ފިރާއާއި ވަކިވާން ޖެހުނަސް ފިރާ މަންމައާއި ވަކިވުމަކީ އަހަރެންނަށް ކުޅަދާނަކަމެއް ނޫނެވެ.

އަހަރެންނާއި އަހަރެންގެ ބަނޑުގައިވާ ދަރިފުޅަށް އެންމެ ރަނގަޅުވާނީ ފިރާއާއި ވަކިވުންކަމުގައި ފިރާގެ މަންމަ އަހަރެންގާތު ބުންޏެވެ. ފިރާއާއި ވަކިވުން އެއީ އަހަރެން ދުވަހަކުވެސް ބޭނުންވި ގޮތެއްނޫނެވެ. ފިރާދެކެ އަހަރެން ވާ ލޯބި އަހަރެން ދުވަހަކުވެސް އެހެންމީހަކުދެކެ ނުވާނެއެވެ. އަަހަރެންނަށް ޔަޤީނެވެ.

މިއަދުމިއީ އަހަރެންނާއި ފިރާގެ ދަރިފުޅަށް 2 އަހަރުވީ ދުވަހެވެ. އަހަރެންގެ ބަނޑަށް 8 މަހުންފެށިގެން ފިރާވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ޙުކުމެއްގައި ޖަލުގައި ޙުކުމް ތަންފީޒުކުރަމުންނެެވެ. އަހަރުމެންގެ ދަރިފުޅު ޖަލަފް ވައްތަރި ފިރާއާއެވެ. ޒަލަފް ބައްޕަ ކިޔަނީ އަހަރެންގެ ބޭބެއަށެވެ. ފިރާގެ ހަނދާންތައް އަހަރެންނާއި ވަތްކެތް ނުވެއެވެ. މިއަދު އަހަރެންނަކި ފިރާގެ އަތްބެއް ނޫނެވެ. މިހާރު އަހަރެން ދިރިއުޅެމުން މިދަނީ އަނެއްކާވެސް ބޭބެ އާއި މަންމަގާތު ކުއްޔަށެވެ. އަނެއްކާވެސް ކުރީގެ ހިތްދަތި ދިރިއުޅުމަށް އެނބުރި އައުމަށް އަހަރެންނަށް މަޖްބޫރުވީއެވެ. އަހަރެން އެންމެ ލޯބިވީ ފިރާގެ ސަބަބުންނެވެ. ޒަލަފްއާއި އަހަރެން ބިކަވީއެވެ. ހަމަފިރާގެ ސަބަބުންނެވެ. އަހަރެންގެ އުއްމީދަކީ ފިރާ ޙުކުމްތަންފީޒު ކުރުމަށްފަހު ފަރުވާއަށް ދިޔުމެވެ. އޭގެފަހުން މުޖްތަމަޢުއަށް ބޭނުން ހިފޭމީހެއްގެ ގޮތުގައި އަހަރެންނާއި ޒަލަފްގެ ޙަޔާތަށް ފިރާ އެނބުރި އައުމެވެ. ބޭބެއާއި އަހަރެންގެ ރައްޓެހިން ބުނަމުން ދަނި އެއީ ބޭކާރު ހީޔެއް ކަމަށެވެ. ބޭކާރު އުއްމީދުތަކެއް ކަމުގައެވެ. ހުވަފެނެއްކަމުގައެވެ. އެހެނަސް އަހަރެންނަށް އެވާހަކަތައް ޤަބޫލުކުރަން ފަސޭހައެއް ނޫނެވެ. އަދިވެސް އަހަރެން މިހުރީ ފިރާގެ އިންތިޒާރުގައެވެ.

-ނިމުނީ-

Share Article

Follow Me Written By

Yaas4

Level 110 Stories

Student Abroad | Writing stories out of the hectic schedule to improve Dhivehi writing skills :-D and of-course for the Readers sake!! XoXo

Other Articles

Previous

އިންތިޒާރުގައި ހުންނާނަމޭ ލޯބިން..3

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……..! (ކިޔުންތެރިންގެ ސަމާލުކަމަށް)

Next
February 23, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……..! (ކިޔުންތެރިންގެ ސަމާލުކަމަށް)

Previews
February 23, 2019

އިންތިޒާރުގައި ހުންނާނަމޭ ލޯބިން..3

8 Comments!

  1. jiji says:
    February 23, 2019 at 8:29 pm

    Vvv rythi vaahaka eh ❤❤????..hope mikahala ithuru vaahaka eh Yaas4 ge faraathun kiyaalan libeyne kamah??✌✌??????????..Lym sis

  2. ? says:
    February 23, 2019 at 9:00 pm

    Hadha avas avahah dhuvas thah kuriah dhe ey dhw…

  3. Kitty says:
    February 23, 2019 at 10:19 pm

    Varah reethi mi vaahaka.. Hope to read a new story of urs soon… And yes dhuvasthah dhaa goi avas but vaahaka genes dheefa oigoi varah kamudhey.. Kiyaala hithun kiyaalevey gothah liyefa othy… Masha allah keep up the good work ?❤️❤️??❤️????❤️????gud luck

  4. Anonymous says:
    February 23, 2019 at 10:45 pm

    Azka ah ves heevi mi vaahaka maa avaha nimman ulhunu hin but overall koh v. Salhi..??

  5. Yana says:
    February 24, 2019 at 3:12 pm

    Good job dear ?

  6. Naash❤❤ says:
    February 24, 2019 at 5:35 pm

    maasha allah vvv nice mi stry.. hope to read a new stry of urs sooooonnn… keep up the good work dear insha allah u can do it… nd ur so talented.. may allah protect ur talent frm evil eyes…..❤❤❤❤❤❤???????????????????

  7. Yaas4 says:
    February 27, 2019 at 12:27 pm

    Thank you all who has read my story and all who liked/loved it.
    And thank you for all the comments. Hoping yo write more as time permits. Xoxo ❤️?

  8. maly says:
    March 9, 2019 at 5:33 pm

    vrh reethi……..

Comments are closed.



All Right Reserved!