Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…42

މުތާ/ ސ.ހިތަދޫ Level 210 Stories
August 17, 2014 6 Mins Read
6 Comments

”ޔޫ ސްކެއާރޑް މީ….” އަވަސް ވެފައިވާ ހިތަކާއެކު ރޫޔާ ބުންޏެވެ. ނަޒްޔަކް އެހާ ކައިރީން ފެނުމުން ރޫޔާގެ ހިތުގެ ތެޅުން ކުރިއަށްވުރެ ބާރުވެގެން ދިޔައެވެ. އެއާއެކު އޭނަގެ ނަޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލަމުން ރޫޔާ ހަށިފުރާ ނޭވާއެއް ލިޔެވެ. ނަޒްޔަކް އެހާ ކައިރީގައި ހުރުމުން އޭނައަށް އުނދަގޫވެސް ވިއެވެ.

”މިރޭ މިތާންގަތަ ހުންނަނީ؟ ޖިންނި ލޯބިވެރިއެއް ހުންނަނީތަ އަނެއްކާ؟…” ނަޒްޔަކް ރޫޔާގެ މޫނަށް ފުންނަޒަރެއް ހިންގާލަމުން ބުންޏެވެ. ކޮންމެވެސް ކަމަކާ ހިތާމަކުރާކަން އެ ރީތި ދެލޮލުން ހެކި ދެއެވެ. ”އަހަރެން ވަރަށް ބިރުގަނޭ ޖިންނިން ދެކެ، ދެން ކިހިނެއް ޖިންނި ލޯބި ވެރިޔަކު ހުންނާނީ އެހެންނޫނަސް ދެޓް ޑަޒަންޓް ހެޕެން އިން ރިއަލް ލައިފް، ކޮބާތަ އިނޫމެން؟….” ރޫޔާ މުޅި ތަން ހޯދާލިއިރު ވެސް އަލްޔަސްއާއި އީނާ ނުފެނުމުން އަހާލެވުނެވެ. އެފަދަ ވަގުތެއްގައި ނަޒްޔަކް ޖިންނި ވާހަކަ ދެއްކުމުން އޭނަ ހުރީ ބިރުގަންނަ ގޮތް ވެފައެވެ.

”ދެންމެ ތިބި މިތާންގަ، ޔަޤީން ދެމީހުން މާފޮޅުވަން ދިޔައީ….” ރޫޔާގެ ސުވާލުން ނަޒްޔަކް ވެސް ފަސްއެނބުރި ބަލާލިއެވެ. ”އަޅޭ، ގުޅާބަލަ އެމީހުންނަށް….” ރޫޔާ ނުތަނަވަސް ވެފައިވާ އަޑަކުން ބުންޏެވެ. މާ އަވަސް އަރުވާލައިގެން އަންނަން ހަދައިގެން އާދެވުނީ ގޭގައި ފޯނު ބާއްވާފައެވެ.

ނަޒްޔަކް އޭނަގެ ފޯނު ނަގަމުން ގުޅާލާއިރަށް އަލްޔަސް ފޯނު ނަގައިފިއެވެ.

”މިތިބީ ފެރީ ޓާރމިނަލްއަށް ދާ މަގުމަތީގަ….” ނަޒްޔަކް ސުވާލުކޮށްލުމާއެކު އަލްޔަސް ޖަވާބުދިނެވެ. ”އެންމެ މިނެޓަކަށް ވެސް އަރުމެންނަށް މަޑެއް ނުކުރެވުނު ދޯ؟ ފުރަތަމަ ވެސް ބުނި ނަމަ ތިމަންނަމެން ރޮމޭންޓިކް ވޯކްއަކަށް ދާށޭ މިއުޅޭނީ، ރޫޔާ މިހުރީ އީނޫ ގެއްލުނީ ކަމަށް ހީކޮށް ހާސްވެފަ….” ނަޒްޔަކް ސަމާސާ ރާގަކަށް ބުންޏެވެ.

”ދެން ތި ދެމީހުން ވެސް އަވަހަށް އަންނަން ވީ އިނގޭ…” އަލްޔަސް ފޯނު ކޯލް ކުރުކޮށްލަމުން ބުންޏެވެ. ފޯނުން ދެއްކި ވާހަކަތައް ސާފު ނުވެފައި ހުރި ރޫޔާ ނަޒްޔަކްއާއި ސުވާލުކުރިއެވެ.

”ފެރީ ޓާރމިނަލް ގަ ޔޯ….” ނަޒްޔަކް ޖަވާބު ދިނެވެ. ”ވަރެއްގެ ދެމީހުން…” ރޫޔާ ދެފަރާތަށް ބޯހޫރާލިއެވެ. ނަޒްޔަކް އާއެކު ދާން ޖެހުމުން ރޫޔާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. އޭނައަކީ ކޮންމެ ކޮންމެ މީހަކަށް އިތުބާރު ކުރާ މީހެއް ނޫނެވެ. އެހެންނޫނަސް ޒަލަފްގެ ސަބަބުން އޭނަ ފިރިހެނުންނަށް އިތުބާރުކުރުން ހުއްޓާލައިފިއެވެ.

”ލެޓްސް މޫވް….” ނަޒްޔަކް ބުންޏެވެ.

ނަޒްޔަކްގެ ފަހަތުން ރޫޔާ ހިނގައިގަތް އިރު އޭނަ ހުރީ ހިމޭންވެފައެވެ. މަގުގެ ދެފަރާތަށް ނަޒަރު ހިންގަމުން ދިޔައިރު ދޭތެރެއަކުން ނަޒްޔަކް ކޮށްލާ ސުވާލުތަކަށް އޭނަ ޖަވާބު ދެއެވެ. މިއީ ދެމީހުން އެކަނި ބައްދަލު ވި ފުރަތަމަ ފަހަރުކަމުން ދައްކާނެ ވާހަކައެއް ވެސް ނެތުމުން ގިނަ ފަހަރަށް އެދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ރޫޔާގެ ހިނގުން އެހާމެ އަވަހެވެ. ހީވަނީ ވީހާވެސް އަވަހަކަށް ނަޒްޔަކްގެ ފަރާތުން ސަލާމަތްވާން އުޅޭހެންނެވެ. ނަޒްޔަކްއަށް މިކަން ފާހަގަ ކުރެވުނެވެ.

”ހާދަ ބާރަކަށް ތި ހިނގަނީ، އަހަރެން ނޫޅެން އިނގޭ ރޫޔާ ކިޑްނޭޕްކުރާކަށް…” ރޫޔާއާއި އެއްހަމައެއްގައި ހިނގަން މަސައްކަތް ކުރަމުން ނަޒްޔަކް ވާހަކަދެއްކިއެވެ. ނަޒްޔަކްގެ އަޑުގައި ވި ޔަޤީންކަމުން ރޫޔާގެ ހިތުގެ ތެޅުން ހަމައަކަށް އެޅުނެވެ. ނަޒްޔަކްއަށް އިތުބާރުކުރަން އޭނަގެ ޒަމީރު ބާރުއެޅިއެވެ.

ފަނޑު އަލީގެ ތެރޭން ރޫޔާ ނަޒްޔަކްއަށް ބަލާލިއެވެ. އޭރު ނަޒްޔަކް ހުރީވެސް ރޫޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. ”ވަރަށް ގިނަ ކުދިން އަހަރެން ފެނުނީމަ އާޝޯހުވާނެ…” ރޫޔާ ބަލަހައްޓައިގެން ހުރި ގޮތުން ނަޒްޔަކް ހިނިތުންވެލިއެވެ. އެޖުމްލައިން ނުހޭން ހުރެފައި ވެސް ރޫޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަޒްޔަކް އާއެކު ހޭދަކުރާ ކޮންމެ މިނެޓަކުން ފާހަގަ ވެގެން ދަނީ ހިތް ހެޔޮކަމެވެ. މިފަދަ ޒުވާނަކު ލިބޭނީ ނަސީބު ގަދަ މީހަކަށެވެ.

އެވަގުތު ދާދި ކައިރިން ބުޅާ ކޯޅިގަތް އަޑު އިވި ރޫޔާއަށް ހަޅޭއްލަވައިގަނެވުނެވެ. ރޫޔާ ނަޒްޔަކް ގާތަށް ޖެހިލިއިރު ބިރުން ގޮސް ހަލާކުވާވަރުވިއެވެ. ދަންވަރު ގަޑީގައި ފަތެއް ހެލިލިޔަސް ހީވާނީ ޖިންނިއެއްގެ ހިލަންވާ ހެންނެވެ. އެފަދަ ގަޑިއެއްގައި ހަމަހިމޭންކަމުގެ ތެރޭން ބުޅާ ކޯޅޭއަޑު އިވުމުން ވާނީ ކިހިނެއް ހެއްޔެވެ؟

”ހިނގާ އަވަހަށް ދާން، އައިމް ސްކެއާރޑް….” ރޫޔާ ފުންނޭވާއެއްލަމުން ޒަލަފްގެ އަތުގައި ހިފާލިއެވެ. ރޫޔާގެ ފިނި އަތްތިލަ ބީހިލުމުން ނަޒްޔަކްގެ ހަނދާނަށް އައީ ޒެލީންއެވެ. ރޫޔާގެ އަތް ފޮޅުވާލެވުނީ ވެސް އެހެންވީމައެވެ. އޭނަގެ އުފާވެރި މޫޑުވެސް ހަރާބުވެގެން ދިޔައެވެ.

”ހާދަ ފިނި އަތެކޭ….” ނަޒްޔަކް ޖިންސްގެ ޖީބަށް އަތްކޮށްޕާލަމުން ރޫޔާއާއި ތަންކޮޅެއް ދުރަށް ޖެހިލަމުން ބުނެލިއެވެ. އޭރުވެސް ރޫޔާގެ މޫނުމަތިން ފެންނަ ބިރުވެރިކަން ފިލައިގެން ނުދެއެވެ. ނަޒްޔަކް ނޫން ފިރިހެނަކު ނަމަ އެފަދަ ނާޒުކު ދަނޑިވަޅެއްގައި ނާޖާއިޒް ފައިދާ ނަގާނެ ކަމާމެދު ވިސްނާލެވުމުން ރޫޔާގެ ހިތުން ނަޒްޔަކްއަށް ދެވުނު ޤަދަރު އުފުލިގެން ދިޔައެވެ. އިތުބާރު ކުރެވުނެވެ.

ދެޒުވާނުންނަށް ފެރީ ޓާރމިނަލްއަށް ދެވުނުއިރު ދެޒުވާނުންގެ އިންތިޒާރުގައި އީނާ އާއި އަލްޔަސް ތިއްބެވެ.

”ކޮންއިރެއް އަހަރުމެން އިންތިޒާރު ކުރާތާ….” އަލްޔަސް ދިމާކުރާ ރާގެއްގައި ބުނެލިއެވެ. އެސުވާލަށް އެކަކުވެސް ޖަވާބު ނުދިނެވެ.

****

ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެވެ. ދުނިޔެ މަތި އޮތީ ހިސާބަކަށް ވާރޭ ވިލާތަކުން ބައްދާލާފައެވެ. ރޫޔާ ބެލްކަންޏަށް ނިކުމެލީ އޭނަގެ ފޯނު ރިންގްވާން ފެށީމައެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނުނަގަން ހުރެފައި ވެސް އޭނަ ފޯނަށް ޖަވާބު ދިނީ ހުއްޓާލުމެއް ނެތި އެނަންބަރުން ގުޅަން ފެށުމުންނެވެ.

”ކަލޭ ހީކުރީތަ ކަލޭގެ މަންމަ ސަލާމަތްވާނެކަމަށް، މާތް ﷲ ގެ އިރާދަފުޅާއެކު އަހަރެންގެ ދަރިފުޅު ހޭއަރައިފި، އޭނަ ބަޔާން ވެސް ދީނި، ދެން ކަލޭގެ މަންމައަށް ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނުލިބޭނެ، އަހަންނަށް އިނގެޔޭ މިކަމުގަ ކަލޭގެ އަތެއް ވެސް ވާނެކަން……” ވީނާއަށް އެހާ ހިސާބަށް ބުނެވޭއިރަށް ރޫޔާ ފޯނު ކަނޑާލިއެވެ. ރުޅިއަޔަސް ރޫޔާ އެކަމަކަށް މާކަ ބޮޑު ސަމާލުކަމެއް ނުދިނެވެ. މަންމަ ކުރި ނުބައި ކަންތަކަށް އަދިވެސް ރޫޔާ މާފެއް ނުދެއެވެ. އަނެއްކޮޅުން ވީނާގެ އުނދަގޫވެސް ރޫޔާއަށް ވަނީ ބޮޑުވެފައެވެ. އޭނައޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަތައް މުޅި މާލެ ތެރެއަށް ފަތުރާލާފައި އޭނަ ބަދުނާމުކުރަން ފައިވިއްދާލާފައި ވާ ކަހަލައެވެ. ވީނާ ކުރާ ކަންތައްތަކަށް ރޫޔާ ސަމާލުކަމެއް ނުދެއެވެ. އޭނަ އެފަދަކަ ކަމަކަށް ރައްދު ދީފިއްޔާ ވީނާގެ އުނދަގޫ ހައްތާހާ ވެސް ބޮޑުވާނެކަން އިނގޭތީއެވެ. އަނެއްކޮޅުން އޭނަގެ ސަމާލުކަން އަތުލައި ނުގަނެވުމުން ނާކާމިޔާބީއާއެކު ވީނާ އެކަމެއް ހުއްޓާލާނެއެވެ.

އެދުވަހު މުޅި މީޑިޔާގައި އޮތީ އެވާހަކައެވެ. ނޫރާލް މަރަން އުޅުނު ކަމުގެ ކުށުގައި މައިމޫނާއާއި އުމެއިރާ މީގެ ހަފްތާއެއް ކުރިން ހައްޔަރު ކުރެވިއްޖެކަމާއި ތަހުޤީޤު ނިމި ތިން ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ. ދެމީހުންގެ މައްޗަށް ހުކުމެއް އައުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ލިޔެފައި އޮތެވެ. އެއާއެކު މައިމޫނާގެ މި ކުށުގެ ފަހަތުގައި އޭނަގެ ޢާއިލާގެ އަތަށް ވާކަމަށް ނޫރާލްގެ މަންމަ ތުހުމަތުކޮށްފައިވާ ކަމަށް ވެސް އޮތެވެ.

ހަވީރުގެ ވަގުތެވެ. އީނާ އާއި ރޫޔާ ބާޒާރުކޮށްލައިގެން ފިހާރައިން ނިކުންނަން އުޅެނިކޮށް ވީނާ އައިސް އެރީ ދެމީހުންގެ ކުރިމައްޗަށެވެ. ވީނާ މޫނު ކުނިކޮށްލަމުން ރޫޔާއާއި ދިމާއަށް ކަޅިއަޅާލިއެވެ. ރޫޔާ އީނާގެ އަތުގައި ހިފައިގެން ބެލީ ވީހާވެސް އަވަހަކަށް ފިހާރައިން ނިކުމެވޭތޯއެވެ. ވީނާ ފަދަ ވިހަ ދުލެއް ލިބިފައިވާ މީހަކާ ވާހަކަ ދައްކަން ވެސް އޭނަ ބޭނުމެއް ނޫނެވެ.

އީނާ އާއި ރޫޔާ ފިހާރައިން ނިކުތް ވަގުތު ސައިކަލު މަތީ މަޑުކޮށްލައިގެން އިން ޒަލަފް ފެނުމާއެކު ރޫޔާގެ ރުޅިގަނޑު ފަޅައިގެންދާ ވަރުވިއެވެ. މިހުރިހާ ދުވަހު އެތެރެހަށީގެ ތެރެއަށް އޮއްބާލައިގެން ހުރި ރުޅިގަނޑު ބޭރުކޮށްލަން އޭނަ ބޭނުންވިއެވެ. އޭނަ ޒަލަފްދެކެ ނަފްރަތު ކުރާވަރު ވެސް ހާމަކުރަން ބޭނުންވިއެވެ.

”ކިހާ ދެރަކަމެއްތަ ޒަލަފްގެ ޢާއިލާ މީހުންނަކާ ހެދި…. މުޅި މާލެއަށް އަހަރެން ބަދުނާމުކޮށްފަ ހިތް ހަމަ ނުޖެހުނީމަ އަހަރެންގެ ޢާއިލާ މީހުންތަ ބަދުނާމުކުރަން ނިންމީ؟، މަންމަ ކުރި ކުށުގެ ފަހަތުގައި ބައިވެރިވީ ހަމަ އެކަނި އުމެއިރާ، ދެން ކީއްވެ ދޮގު ޚަބަރު ތި ފަތުރަނީ، ވީނާ އެހުރިހާ ގަނޑެއް ގަންނައިރު ވެސް ތި މީހުންނަކަށް އެކަން ނުހުއްޓުވޭ؟…. ގައިމު ކޮންމެވެސް ބަޔެއްގެ އެއްބާރުލުން ލިބިގެން މިކަމެއް ވާނީ، އަހަރެން މި ދުނިޔެ މަތިން ވެސް އެންމެ ބޮޑަށް ނަފުރަތު ކުރާ މީހަކީ ތީ!….” ރޫޔާ އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔާލިއިރު ޒަލަފްއަށް އިނދެވުނީ ބުނާނެއެއްޗެއް ނޭގި ބަލަހައްޓައިގެންނެވެ. ރޫޔާ ހާދަ ވަރަކަށް ބަދަލުވެއްޖެއެވެ. ވޭނަކީ މުޅި މީހާ ބަދަލުކޮށްލާ އެއްޗެއްކަމެއް ޒަލަފްއަށް ނޭގުނެވެ.

ރޫޔާ ބާރުބާރަށް ހިނގައިގަތެވެ. ޒަލަފްއާ ދިމާއަށް އެއްޗެހި ކިޔާލެވުމުން އޭނަގެ ހިތަށް ފިނިކަމެއް ވެސް ލިބިއްޖެއެވެ.

ބާޒާރުކޮށްލައިގެން ދެކުދިން ގެއަށް އައިއިރު ކުލްޘޫމް އާއި ފަޒްލާ ތިބީ ކައިވެނީގެ ހަފްލާއާ ބެހޭގޮތުން މަޝްވަރާ ކުރާށެވެ. އެމާހައުލުގެ ސަބަބުން ރޫޔާގެ ސިކުނޑި ނުހަނު އަވަހަށް ހަމައަކަށް އެޅިގެން ދިޔައެވެ. އީނާ ކޮތަޅުތައް ގެންގޮސް ބަދިގެއަށް ލުމަށްފަހު އައިސް ރޫޔާ ގާތު ސޯފާގައި އިށީންދެލިއެވެ. އެންމެނަށް ފަސޭހަވާނެހެން އަންނަ ހަފްތާގެ ހުކުރު ދުވަހަށް ކައިވެނީގެ ތާރީޚް ހަމަޖެހުނެވެ. ކައިވެނި ޕާޓީ ބާއްވަން ހަމަޖެހުނީ ރިސޯޓެއްގައެވެ. އެމަޝްވަރާ ތަކުގެ ތެރޭން ވަގުތު ދިޔަ ގޮތެއް ނޭގުނެވެ.

****

ޝަރީއަތް ނިމި މައިމޫނާއާއި އުމެއިރާގެ މައްޗަށް ހުކުމް އިއްވުނެވެ. ހުކުމް އިއްވި ވަގުތު މައިމޫނާ ހުރީ ގަބުވެފައެވެ. އުމެއިރާ އަޑުން އަޑު ނަގާފައި ރޮއި އެނަ ނުކުރާ ކުށެއްގައި ބައްދަނީ ކަމަށް ބުނެ ރޮއި ހެދިއެވެ. މައިމޫނާގެ ލޮލުން ކަރުނަ ވެއްޓުނީ ރޫޔާ މަތިން ހަނދާންވުމުންނެވެ. ރޫޔާގެ މާފް ދުވަހަކުވެސް އޭނައަށް ނުލިބޭނީ ހެއްޔެވެ؟ އޭނަ ކުރި ކުށްތަކާ މެދު ވިސްނައި މައިމޫނާގެ ހިތްހަލާކުވާވަރުވިއެވެ. މިވަގުތީ ގޯތީގެ އުފަލާއި ހިތްހަމަ ޖެހުން ހާސިލުކުރަން އޭނައަށް ހިނގުނީ ނުބައި މަގުތަކުންނެވެ. މިއަދު އޭނައަށް އެކަމުގެ ހިތިރަހަ ލިބިއްޖެއެވެ. މިއީ އޭނަ ކުރި ކުށްތަކަށް ތައުބާވާން މާތް ﷲ ދެއްވެވި ފަހުގެ ފުރުސަތުކަމަށް ވެސް ވެދާނެއެވެ. ތައުބާވެ ފާފަފުއްސެވުން އެދި ގިނަގިނައިން މާތް ﷲ އަށް ދުޢާ ކުރަންވީއެވެ. އެކަލާނގެއި ގިނަގިނައިން ފާފަފުއްސަވާ ރަހްމާނުވަންތަ ރަސްކަލާނގެ އެވެ.

ތިން ދުވަސް ފާއިތުވެގެން ދިޔައިރު މައިމޫނާ އޭނަގެ ދުވަސްތައް މުޅިން ހެން ހޭދަކުރީ ނަމާދު ކުރުމުގައެވެ. ދުނިޔޭގެ އުފަލަށް ހެއްލުމުގެ ސަބަބުން ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ނަމާދު ނުކުރެވުމުން އެކާމާ ވެސް ހިތާމަކުރިއެވެ. މަރުއައިސް ކުރިމަތިލުމުގެ ކުރިން އޭނައަށް ހެޔޮ ވިސްނުން ލިބުމުން އެކަމާއި އޭނަ ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ. ތައުބާވެ ފާފަ ފުއްސެވުމަށް އެދި ރޮމުން ދުޢާކުރިއެވެ. ހުރި ހަމައެކަނި ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ދެއްވުމަށް އެދިވެސް މައިމޫނާ ދުޢާ ކުރިއެވެ.

ޤައިދީންތައް މާފުށީ ޖަލަށް ބަދަލު ކުރެވުނު ދުވަހެވެ. ފަހު ވަގުތާ ޖެހެންދެން ވެސް މައިމޫނާ އިންތިޒާރު ކުރީ ރޫޔާ އަށެވެ. ނަމަވެސް ރޫޔާއެއް ނައެވެ. އުއްމީދުތައް ފެނަށް ވުމުން މައިމޫނާ ހުރީ މާޔޫސްވެފައެވެ. އެދުވަހަކީ ވިއްސާރަ އަދި ކަނޑުމަތި ގަދަ ދުވަހެކެވެ. އެދުވަހު ދެ ފެރީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މައިމޫނާގެ އިތުރުން އުމެއިރާއާއި އިތުރު ދިހަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އެމަރޖެންސީގައި ޒަހަމްވި މީހުންތައް މާލެ ގެނެވުނު އިރު ހޮސްޕިޓަލް އޮތީ މީހުންތަކުން ފުރާލާފައެވެ. ޒަހަމްވި މީހުންތަކުގެ ތެރޭގައި މައިމޫނާ ވިކަން އިނގުނީ ޓީވީން ދެއްކި ޚަބަރާއެކުގަ އެވެ. އެއާއެކު ރޫޔާއަށް ޝޮކެއް ލިބުނެވެ. މަންމަ ދެކެ އައިސްފައި ހުރި ރުޅިގަނޑު ވަނީ ކޮންތަނަކަށް ކަމެއް ވެސް ނޭގެއެވެ. އޭނައަށް ރޮވުނީ އިހްތިޔާރަކާ ނުލައެވެ. ރުޅިގަނޑު ފިނިވެ އޭނަގެ ހިތް ވަށާލީ ބިރުވެރިކަމުންނެވެ.

ރޫޔާގެ އިތުރުން ޢާއިލާގެ ހުރިހާ މެންބަރުން ހޮސްޕިޓަލަށް ދިޔައެވެ. ޝިޔާޢުގެ އިތުރުން ފަޒްލާގެ މޫނުމަތިން ވެސް ފެނުނީ ހާސްކަމެވެ. ކަމުގެ ސީރިޔަސް ކަމުން އެންމެން ތިބީ ހިމޭންވެ ޑޮކްޓަރުގެ ބަހެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.

އުމެއިރާއަށް ސީރިޔަސް އަނިޔާތަކެއް ނުވުމުން އޭނަ ވޯޑަށް ބަދަލު ކުރެވުނެވެ. ނަމަވެސް ލިބުނު ސީރިޔަސް އަނިޔާ ތަކާއެކު މައިމޫނާ ބަދަލު ކުރެވުނީ އައި.ސީ.ޔޫ އަށެވެ. އެހާދިސާއަށް ފަހު މައިމޫނާ ކޯމާއަކަށް ދިޔަ ޚަބަރު ލިބުމުން ރޫޔާއަށް ހުރެވުނު ތަނެއް ވެސް ނޭގުނެވެ. މަންމަގެ ހަޤީޤަތް އެނގުނު ދުވަހުން ފެށިގެން އެހިތުގައި ވިންދުޖަހަމުން ދިޔަ ނަފްރަތަށް ނިމުމެއް އައިސްފިއެވެ. އޭރު ކަންބަލަން އައިސް ހުރި ވީނާގެ ބަހުގެ ހަމަލާއެއް އަމަޒުވިއެވެ.

”ރަގަޅަށް ވީ، އެހެންވާނީ އެހެން މީހުންނަށް ލަނޑުދީފަ ތިމާއަށް އުފަލުގައި އުޅެވޭނެކަމަށް ހީކުރަންޏާ، ހާދަ އަވަހަކަށް އޭނައަށް މާފުކޮށްފަ މުޅި ޢާއިލާ އޭނައަށް ޒިޔާރަތްކުރަން ތިއައީ؟ އޭނަގެ ސަބަބުން ދިމާވި ކަންކަން އެހާ އެވަހަށް ހައްލުވީ…..”  ވީނާގެ ޖުމްލަ ނުނިމެނީސް އޭނަގެ ކޯތާފަތްމައްޗަށް އަރައިގެން ދިޔައީ ރޫޔާގެ އަތުގެ ހޫނު އެތިފަހަރެކެވެ. އެއާއެކު އޭނަ އަރިއަޅާލާފައި ނުވެއްޓުނީވެސް ކިރިޔާއެވެ. ވީނާގެ ބޮލަށް އަރައިގެން ދިޔަ އެނބުރުމާއެކު އޭނަ ރޫޔާގެ މޫނަށް ބަލާލީ ބިރެއް ފެނުމުން ބަލާލެވޭފަދަ ގޮތަކަށެވެ. ކަރުނަތައް ވިދަމުން ދިޔަ ދެލޮލުގައި ވި އާދަޔާ ހިލާފް ވިދުން ފެނި ވީނާއަށް ފަހަތަށް ޖެހިލެވުނެވެ.

”ހުއްޓާލާ، ތިދުލުން ދެން އެންމެ ލަފްޒެއް ވެސް ބޭރުނުކުރާތި!….” ރޫޔާގެ އަޑު ރޫރޫއަޅައެވެ.

އީނާ ރޫޔާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލައިގެން ހުރިއިރު އޭނަވެސް ހުރީ ވީނާ ދެކެ ފޫހިވެފައެވެ. މީހަކަށް އެހާ ބޮޑު އަނިޔާއެއް ލިބިފައިވާއިރު އެ ހިތުގައި އިންސާނިއްޔަތުވަންތަކަން ވެސް ނެތީ ހެއްޔެވެ؟

”ޔޫ…….” ވީނާ ދަތްކުނޑި ވިކައިގަތެވެ.

”މިތަނަށް އައިސްގެން ތިއުޅެނީ ކީއްކުރަން؟…. ހަމަ މިހާރު މިތަނުން ދޭ….” ރޫޔާ ހަޅޭއްލަވައިގަތެވެ. އަވްޝަން އައިސް ނުހިފެހެއްޓިނަމަ ރޫޔާ ވީނާ ހަމަބިމަށް ތިރިކުރީސްކަން ކަށަވަރެވެ. އެވަރުންވެސް ވީނާ އެތަނުން ދާކަށް ނޫޅުނެވެ. މަތިން ބައިޖެހިގެން އައިސް ކަންކަމުގެ ތެރެއަށް ބޯކޮއްޕުމަކީ ވީނާގެ އާދައެކެވެ. ދޮގު ހެދުމާއި ތަންތަން ފަސާދަ ކުރުމަކީ އަބަދުވެސް އޭނަގެ އާދެއެކެވެ. އުޅެބޮޑުވި މާހައުލުން ދަސްވެފައިވާ ނުބައި އާދަތަކެވެ. އެނުބައި ކަންތައް އިސްލާހުކުރާކަށް ވެސް އޭނަ ނޫޅޭނެއެވެ. މީހުންގެ ހިތާމަތައް އިތުރަށް ފުންކުރުމުން އޭނައަށް ހާއްސަ އުފަލެއް ލިބެނީކަންނޭގެއެވެ.

”ބުނެފީމެއްނު ދާށޭ!….” ރޫޔާ ބާރަށް ބުނެލިއެވެ.

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އުޅެން އުމުރަށް ލޯބިން އެކީ…4

Next

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..7

Next
August 18, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..7

Previews
August 16, 2014

އުޅެން އުމުރަށް ލޯބިން އެކީ…4

6 Comments!

  1. naj says:
    August 17, 2014 at 7:00 pm

    wow .. heevany varah kuruhen … tuesday ga dhw dhn next part …. v v v nice … veena dhke haadha foohseh veyey … hithah araa hama anga bandhu kohla faanamey …mainoona maraaa nulah chey .. maimoona mihaaru islaahu vyynu … v nice ingey mutha …

  2. Saajidh Abdulla says:
    August 17, 2014 at 8:04 pm

    Kaakuge vaahakaehbaa?

    1. zalfaa says:
      August 18, 2014 at 10:33 am

      muthaa seenu hithadhoo

  3. mikko says:
    August 17, 2014 at 9:03 pm

    maimoonaa ah elibuny hahgu adhabu….bt heyo visnun libunukamahtakaa shukurukuran……bt story is best….bring the next part soon…..cant wait fr a long time…

  4. mikko says:
    August 17, 2014 at 9:15 pm

    nice mi part vx…dhn nazyak n rooya dhw….nd Saajidha this is mutha’s story

  5. fan says:
    August 18, 2014 at 1:19 am

    Mutha its awsme pls thi vins fonuvaalaba so annoying nd ru nd nik avahah gulhuvaba

Comments are closed.

Next Episodeއޯގާވީ ހިތަކުން…43←


All Right Reserved!