Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ………..! (11 ވަނަ ބައި)

Ishaaa Level 210 Stories
March 8, 2019 3 Mins Read
9 Comments

ބަންގީގެ މަތިވެރި ކަލިމަތަކުގެ  އަޑާއެކު އެންމެން އަވަސްވެގަތީ ނަމާދާށް އެރުމަށެވެ. ތިން ފިރިހެނުން މިސްކިތާއި ދިމާލަށް މިސްރާބު ޖެހިއިރު އަންހެންވެރިން އެއްވީ އަލީޒާގެ ކޮޓަރިއަށެވެ. ހުރިހާ ނަމާދެއްވެސް އޭގެ ވަގުތަށް ޖަމާޢަތުގައި ކުރުމަކީ އެގޭ އެންމެންގެ ކަށީގައިވެސް ހިފައިފައިވާ ވަރަށްް މަތިވެރި އާދާއެކެވެ. ނަމާދުން ފައިބާ އަވަދިވެގެން އަންހެންވެރިން ނުކުތްއިރު ފިރިހެންވެރިން އައިސް ސޯފާގައި އޮލަ ވާހާކައިގައި ތިއްބެވެ. އެންމެން އެކުގައި ކާގެއާއި ދިމާލަށް މިސްރާބު ޖެހިއިރު ދުވި މީރު ވަހުންވެސް ބަނޑުފުރިދާހާވިއެވެ. އެއްފަހަރާ 8 މީހުނަށް އިށީނދެވޭ ދިގު މޭޒުގައި ކޮޅުން ކޮޅަށް އަތުރާލާފައިވާ ކާތަކެތި ފެނި ކޮންމެ މީހަކުވެސް އަވަހަަށް ގޮސް މޭޒު ކައިރީ ހަމަޖެހިލީ ރަނގަޅަށް ކާއެއްޗިއްސަށް އިންސާފުކުރުމުގެ ނިޔަތުގައެވެ. ކެއުމުގެ ތެރެއިން މުޅިންވެސް ދެކެވުނީ އިޝިރް ބޭރުގައި ކިޔަވަން ހުރި ދުވަސްތަކުގެ ވާހާކައެވެ. ވާހާކައިގައި ޖެހިގެން ދިޔައިރު ކެއުން ކުރިއަށް ދިޔަ ގޮތްވެސް އެއްބަޔަކަށް ނޭނގުނެވެ. ކައިނިމުމުން 5 ޒުވާނުން އެކީ މައްޗަށް އަރައިގެން ދިޔައީ ޕްރެކްޓިސްތައް ފެއްޓުމަށެވެ.

ހުރިހާ ކަމެއް ތައްޔާރުކޮށްފައި އޭރު ދިއުމުގެ ސަބަބުން ލަސްތަކެއްނުވެ ޕްރެކްޓިސް ފެއްޓުނެވެ. އެ ހުރިހާ އެންމެނަކީވެސް އާންމުކޮށް ލަވަކިޔައި އުޅޭ ބަޔަކަށް ވުމުން މާބޮޑު މައްސަލަތަކެއް ނުޖެހި ޕްރެކްޓިސްގެ އެންމެހާ ކަންތައްތައް ވަރަށް ފުރިހަމަ ކަމާއެކީ ނިންމައިލެވުމުން އެންމެންވެސް ތިބީ ނުހަނު ހިތްހަމަޖެހިފައެވެ. ރަނގަޅަށް ޕްރެކްޓިސް ނިންމައިލެވުމުން އެންމެންވެސް ނިންމީ ހަވީރު ހިތްހަމަޖައްސައިލުމަށްޓަކައި ކޮންމެވެސް ކަމެއް ކޮށްލާށެވެ. ރަނގަޅު ހުށަހެޅުމެއް މިރޭ ގެނެސްދެވޭނީ އޭރުންނޭ ކިޔާފައެވެ. ނަމަވެސް ވަރުބަލިވެފައި ހުރުމުން ނަމާދުކޮށްލައިގެން އިޝިރް ދިޔައީ އަރާމުކޮށްލާށެވެ. އައިހަމް އާއި ލިބާން ފޯރިގަދަ ފީފާ މެޗެއް ކުޅެން ތިބުމުން ލުބްނާއާއި އިޝްރާ ނިކުތީ ހިނގާލާށެވެ. ހަވީރުގެ ވަގުތުކަމުން އޯގާވެރިކަމާއެކު ވިހުރެމުން ދިޔަ ފިނި ވައިރޯޅިތައް ގައިގައި ބީހިލާފައި ދަނީ ހިތްތައް މަސްތުކުރުވަމުންނެވެ. އާދައިގެމަތިން އަތިރިމަތީގައި ރާޅުބީހޭ ހިސާބުގައި އެމީހުން ހިނގަމުން ދިޔައީ ކަށީގައި ހިފާފައިވާ އާދައެއް ނައްތާލަން ބޭނުންނުވާތީއެވެ.ހިނގަމުން ހިނގަމުން ގޮސްގޮސް ހުރެފައި އިޝްރާ ކުއްލިއަކަށް ހުއްޓެލީ ކަމެއް ހަނދާން ވެގެނެވެ.

“އޭތް ލުބޫ! އަދި ހަނދާން ވެސް ނެތިފައި މިހުރީ! އަހަރުން މިރޭ ލާ ހެދުންތައް ބަލަން ދާން ހިނގާބަލަ! އެ ދައްތަ ބުންޏެއްނު ހަވީރަށް ނިންމާލަދޭނަމޭ! އިޝާއަށް ހީވަނީ ދެން ކިރިޔާ ކަންނޭނގޭ އެ ހެދުން ލައިގެން ދެވޭވަރުވާނީ މި ވީގޮތުން! ދެންވެސް އަވަހަށް ހިނގާބަލަ މަރްޔަމް ލުބްނާ ލައިލް!!!!!” ލުބްނާގެ އަތުގައި ހިފައި ތަޅުވައިގަންނަމުން އިޝްރާ ބުނެލީ ލުބްނާ ހުއްޓިގެން ހުރީމަ އެވެ. ނަމަވެސް ހަގީގަތަކީ ލުބްނާ އޭރު ހުރީ އިޝްރާ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން މަޑުކޮށްގެން ކަމެވެ.

“ހޫން ދެން ސާބަހޭ އައިޝަތު އިޝްރާ އިޒްހަރް! މަ މިހުރީ ކަމަނާ ފާނު ދައްކަަވަންހުރި ވާހަކަފުޅެއް ދައްކަވާ ނިންމަވަންދެން ކަނުލައި އަޑުއަހަންށޭ. ހިނގާދާން އަވަހަށް. އަސްލުގައި ލުބޫވެސް މިހުރީ އެއްގޮތަކަށްވެސް ހަނދާން ނެތިފައި. ހިނގާ އަވަހަށް.” ލުބްނާވެސް ވާހަކަ ދެެއްކީ އިޝްރާ ވާހަކަ ދެއްކިގޮތަށް ރާގެއް އަަޅުވައިލަމުންނެވެ. އެއަށްފަހު ދެކުދީން އެކުގައި އެއްގަމާއި ދިމާލަށް މިސްރާބު ޖެހީ މިރެއަށް ޚާއްޞަކޮށް ފަހަން ދީފައިވާ ހެދުންތައް ބަލައި ދިއުމަށެވެ.

އިރު އޮއްސެނީ ދިޔަ ވަގުތު މުޅި ދުނިޔެއަށް ވެރިިވާ ޗާލުކަމުން ހިތަށް ހަމަޖެހުން ހޯދާލަން ކުޑައިރުކޮޅަކު މަޑުކުރުމަށްފަހު އިޝްރާއާއި ލުބްނާ ގެއާއި ދިމާލަށް ހިނގައިގަތީ ޝޯ ފެށުމުގެ ކުރިން ބައިވެރިން ސްކޫލަށް ހާޒިރުވާން ޖެހޭތީ ގަޑިޖެހުމުގެ ކުރިން ތައްޔާރުވެ ސްކޫލަށް ދިއުމަށެވެ.

ގެއަށް އައިސް ވަތް އިރަށް ސޯފާގައި ޕީއެސް ކުޅެން އިން އައިހަމްއާއި ލިބާން އެމީހުނާއި ދިމާލަށް ބަލާލާފައި ދެލޯ ބޮޑުކޮށްލި ގޮތާ ފެނިފައި އިޝްރާއާއި ލުބްނާއާއި ދެމީހުންނަށްވެސް ހެވުނެވެ. ހިނިއައި ނަމަވެސް އެމީހުން ދެ ކާށިކިބަހެން ދެލޯ ބޮޑުކޮށްލި ސަބަބު އެމީހުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހަވީރު ފިންޏަށް ހިނގާލަން ނުކުތް ބަޔަކު ދެއަތް ފުރާ ކޮތަޅު އަޅައިގެން އައުމުން ކޮންމެ މީހެއްގެ ދެލޯ ވެސް ބޮޑުވާނެކަން ގައިމެވެ.

“އޭ ކިހިނެއް ވީތަ ދެމީހުން ދެލޯ މުދުނަށް އަރުވައިގެން ތި ތިބީ؟ އާނ މިހާރު ހީވަނީ ވަގަށް ކަމެއް ކުރަން އުޅެނިކޮށް ފަޅާއަރައިގެން އުޅޭހެން ވިއްޔާ! އަނެއްކާ ރަނގަޅަށްތަ މި ބުނެވުނީ؟” ލިބާންއާއި އައިހަމްގެ މޫނުމަތީގައި އަތް ހޫރުވާލާފައި އިޝްރާ އެހެން ބުނެލުމުން ދެމީހުން އެކުގައި ބޯހޫރާލިތަން ފެނިފައި ލުބްނާގެ ގާތަށްވެސް އަދި އަަމަށަކު ހިންޏެއް ނޫނެވެ. ނަމަވެސް އޭނާ ހިނިގަނޑު އެތެރެއަށް ހިންދާލަމުން ހަމަޖެހިލީ އިޝްރާ އެކަންތައް ނިންމާލާނެ ގޮތެއްގައި ބަލަން ހުންނާށެވެ. އިޝްރާ ފައްޓައިފި ކަމެއްް އެހާފަސޭހައިން ދޫކޮށްނުލާނެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

“ކޮބާތަ ވަގު؟ ނިކަން ދޮންތަބެއަށް ދައްކަބަލަ! ހުރިވަރު ދައްކާނަން މިފަހަރު؟ ކޮބާތަ އިޝްކޮ! ދައްކަބަލަ ނިކަން! އެހެންނޫނީ ފުލުހުންނަށް ރިޕޯޓް ކުރަން ޖެހޭނީ އިނގޭ!” ޑިއުޓީ ނިންމާލާފައި އައިސް ގެއަށް ވަތް އިޒާންގެ އަޑު ފަހަތުން އިވިމުން އިޝްރާގެ ތުންފަތްމަތީ ދުވެލީ ލާނެތް ހިނިތުންވުމެކެވެ.

“ޔަަގީނެއްނޫން ވަގެއްކަމެއް! އެކަމަކު ޝައްކުކުރެވޭ ދެމީހުން މިތިބި!” އައިހަމް އާއި ލިބާން އާއި ދިމާލަށް އިޝާރާތް ކޮށްލަމުން އިޝްރާ އެހެން ބުނެލުމުން ދެމީހުން އެކުގައި ލޯބޮޑުކޮށްލިއެވެ. ފަހަރުގައި ވެސް އިޒާންގެ ގާތުގައި މަޖަލަކަށް ހަދާފައިވެސް އިޝްރާ އެހެން ބުނެފާނެ ކަމަކަށް އެމީހުން ހީވެސް ކޮށްފައެއް ނެތެވެ.

” އާނ! އެހެންވީމައި މިހާރު ވާންވީ ގޮތަކީ މިވަގުތު މިތާނގައި ތިބި އެންމެންވެސް އައިސް މިތާ އިންނަންވީ! ކަން ހިނގިގޮތަކަށް ހިނގިއިރު ސީންގައި ތިބި އެންމެންވެސް މައްސަލަ ހައްލުކުރަން މިތާ ތިބެން ޖެހޭނެ! ސޯ ކަމް އެންޑް ސިޓް އެވްރީވަން!” ކަރުގައި އޮތް ޓައީއަށް ދަމާލާފައި އައިސް ސޯފާގައި އިށީންނަމުން އިޒާން ދެންތިބި މީހުނަށްވެސް ޢިޝާރާތްކޮށްލީ ސޯފާގައި އިށީނުމަށެވެ.

ހަމަޖެހިލައިގެން ހުރެ އިޝްރާއާއި ލުބްނާ އައިސް ސޯފާގައި އިށީނދެ ހަމަޖެހިލީ ނަމަވެސް ނުތަނަވަސް ވެފައި ހުރި އައިހަމްއާއި ލިބާން ކުޑަކޮށް ފަސްޖެހި ހުރެފައި ވެސް އައިސް އިޝްރާމެނާއި ދެފޫޓު ދުރުގައި ސޯފާގައި އިިށީންނަމުން އިިިިިިިިިޝްރާއާއި ދިމާލަށް ލޯ އަޅާލިއެވެ. އެ މަންޒަރު ފެނިފައި ލުބްނާގެ ގާތަށް ހިނިއައެވެ. އިޝްރާގެ ހުރި ބޯހަރުކަމޭ އޭނާގެ ހިތަށް އެރިއެވެ.

” މިހާރު ނިކަން ހަމަޖެހިލައިގެން ތިބެގެން ދޮންތަބެ ބުނީމައި ފަހަރަކު މީހަކު ވީގޮތް ކިޔައިދޭނީ! އެނގޭ! ދެން އެކަކުވެސް ނުވާނެ އަނެކަކު ވާހަކަ ދައްކާއިރު އެއްވެސް ވާހަކައެއް އޭގެ ތެރެއިން ފައްޓައިގެނެއް! އެންމެނަށްވެސް ވާހަކަދައްކަން ފުރުސަތު ލިބޭނެ! އެހެންވީމައި އެންމެ ފުރަތަމަ އިޝްކޮ ކިޔައިދީ ކަން ހިނގިގޮތެއް! މިތިބަ ދެ ފިރިހެނުންނާއިމެދު ތި ކުރެވޭ ޝައްކެއް ކުރެވޭ ސަބަބަކާއި ވެސް އެކު!” އިޒާން ހަގީގަތުގައި އިނީ މާ ސީރިއަސް ވެގެނެއް ނޫނެވެ. އޭނާ އައިސް ގެއަށް ވަނީ އިޝްރާމެން ފަހަތުންނެވެ. އެމީހުން ގެއަށް ވަންތަނާ އައިހަމްމެންގެ މޫނުމައްޗަށް އެރި ކުލަވަރުން ހިނިއައިސްފައި ބަލަން ހުރެވުނީ އެވެ. އެވަގުތު އިޝްރާ ވާހަކަދައްކަން ފެއްޓުމުން އިޝްރާ އެކަން ކުރިއަށް ގެންދާނެ ގޮތެއް ބަލަން ހުރެފައި ވަނީ އެއްބައި އަޑުއިވުނު ކަމަށް ހަދައިގެންނެވެ. ނަމަވެސް ހަގީގަތުގައި އޭނާ ބޭނުންވީ އެކުދިން ޝޯއަށް ދާންވާއިރަށް އެކުދިންގެ މޫޑު ރަނގަޅުކޮށް ހުރިހާ ހާސްކަމެއް ސިކުނޑި ފިލުވައިލަދޭށެވެ.  އިޒާން އެހާ ސީރިއަސްވެފައި ނެތްކަން އިޝްރާއާއި ލުބްނާއަށް ފާހަގަވި ނަމަވެސް ގަނެފައިހުރި ބިރެއްގެ ބޮޑުކަމުން ދެ ފިރިހެނުންނަށް އެކަމެއް ނޭނގުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ishaaa

Level 210 Stories

Never loose hope. Dream high and think outside the box. Look for ways you can achieve your targets and dreams. When there is a will, there is a way. Where there is life, there is hope. So dream high and think creatively till the last breath of your life as you will lways have a chance to achieve them. You'll never know what you can do, unless you give a try. So go and try what you want. There will always be some haters being hateful. Ignore them and hold on to what will help you shine bright. Trust yourself forever and keep shining brightly. -Ishaaa-

Other Articles

Previous

ލީޝް….. ފަހުބައި

Next

ޝީން….

Next
March 8, 2019

ޝީން….

Previews
March 8, 2019

ލީޝް….. ފަހުބައި

9 Comments!

  1. jiji says:
    March 8, 2019 at 6:47 pm

    Me first dhw?❤???????????..kiyaalaafa comment eh kohlaanan ingey..bt haadha lahun thi up kohly..bxy right?

  2. jiji says:
    March 8, 2019 at 10:10 pm

    Masha Allah…stry vrh rythi..nxt prt thankolheh dhigu kohlahchey..kyp up the gud wrk???????????????????..kon irakun nxt prt upkohladheyny..curiously waiting

  3. Rifu says:
    March 9, 2019 at 10:14 am

    Vrh reethi mi part vx. Ekm thankolheh kuri ingey. Dhen part eh Thankolheh dhigu kollahchey ingey.

  4. Cute Lips says:
    March 9, 2019 at 10:47 am

    hahaaha.. rangalhah thalhuvaalaathi e 2 firihenun.. hahaha… keep it up ishh.. v habeys hama..

    1. jiji says:
      March 9, 2019 at 11:16 am

      Dhn aryyyyy kanneyge thalhuvaalan v police station ah gengos…lol ???

  5. Laalu says:
    March 9, 2019 at 5:05 pm

    Laalu bunaaniy hama bestey… Gud luck ingey ishh…. ????

  6. Kitty says:
    March 14, 2019 at 1:54 pm

    Masha allah varah reethi mi part ves… Keep up the good work ???????❤️❤️???❤️?

  7. Ishaaa says:
    March 15, 2019 at 4:21 pm

    Dear readers,
    Vaahaka upkurun lasvythy adhi Ishaaa ah comment kurevun lasvythy vvvv bodah sorry. Aslu Ishaaa ge tab akah WiFi eh nulibey. And mihaaru mi use kurany dhonthabeyge comp. mi comp ah WiFi libey but I dont know the password. Mihaaru mi ulheny dhonthabey gaathu bunegen comp hulhuvaigen. Comp nuhulhuvunas Ishaaa innaane Ishaaa ge tab ge google docs gs mi vaahakaige kuriyah oiy 5 bai liyefai. Sunday gai school ah gossa ebaithah upkuran fashaanan. Eh bai upvyhaa avahakah anehbai Ishaaa upkuran fonuvaanan. Dhen eygai onnaanee Esfiya team in upkohdhinun avaskuri vareh. Mee hahthahaaves WiFi nulibeythy vaahaa kanthah. Don’t worry and keep on waiting ingey! I won’t disappoint you. LY all my dearest readers.

  8. Ishaaa says:
    March 17, 2019 at 10:23 am

    Hi everyone! Ishaaa mihaaru 12 vana bai upkuran fonuvaifin. Varah baivaru faharu mihaaru submit ves kurevijje. Ekamaku adhi esfiya team in up nukoddhey. Dhen let’s just hope that they will upload it soon. Hurihaa kiyuntherin ves keiytherikamaaeku vaahaka upvaane vagthakah inthizaaarukuraanekan Ishaaa ah engey. Ehenve hama hurihaa kiyuntherinnah samaalukamah mikan faahagakolly.

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (12 ވަނަ ބައި)←


All Right Reserved!