Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށޭ ލޯބި ނުވަނީހޭ…..7

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 19, 2019 5 Mins Read
38 Comments

އަންޖަލް މިހާރު ސްކޫލަށް ދަނީ ދާ ހިތަކުން ނޫނެވެ. ހަމްޒާ ޗުއްޓީ ނެގިކަން އެނގުނީންސުރެ ހުންނަނީ ފާޑަކަށް ރުޅި ގަދަވެފައެވެ. އެހެން ގަޑިތަކުގައިވެސް ފިލާވަޅަށް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އަންޖަލްގެ އުޅުން ބަދަލުވިކަން ކުލާސް ހުރިހާ ކުދިންނަށް އެނގުނެވެ. އަދި އަންޖަލްގެ އުޅުން ބަދަލުވާން ދިމާވި ސަބަބަކީ ހަމްޒާ ނައުންކަންވެސް ކުދިންނަށް އެނގިގެން ދިޔައެވެ. އަންޖަލްގެ ހިތުގައި ހަމްޒާއަށް ވީ އިހްސާސްތަށް ހުރިހާ ކުދިންނަށް ފަޅާއެރިއެވެ. އެއްބައި ކުދިން ދިމާކޮށްފައި އުޅުނެވެ. އަނެއްބައި ކުދިން އެއީ ވަރަށް ހުތުރު ކަމެއްގެ ގޮތުގައި ދެކުނެވެ.
ކުލާހުގައި ކުދިންނަށް އެންމެ ގިނައިން އަޅުވާ ކިޔާ މީހަކީ ވިޝާހްއެވެ. ދެކުއްޖަކު ދޭތެރޭ ކިރިޔާ ކަމެއް ވިކަން ވިޝާހްއަށް އެނގިއްޖެނަމަ ދުވަސް ދިޔައީއެވެ. ދިމާ ކޮށް ކޮށް އެކުއްޖަކަށް އުޅެން ދަތިވާނެއެވެ. އެހެނަސް ވިޝާހް އެންމެ ފަހަރަކުވެސް އަންޖަލްއާ ދިމާވެސްކޮށްނުލައެވެ. ވިޝާހްއަށް އަންޖަލްގެ ހިތުގައި ހަމްޒާގެ ނަން ލިޔެވިފައިވީ ކަން އެނގުމުން އެހިތަށް ތަދުވިއެވެ.
ހަމްޒާއަކީ އަންޖަލްގެ ޓިޗަރު ކަމަށާއި އެދެމީހުންގެ އުމުރުގެ ބޮޑު ތަފާތެއް ހުންނާނެކަމަށް ރައިހާނާ އަންޖަލް ގާތު ބުންޏެވެ. ހަމްޒާއާ މެދު އެފަދަ ނަޒަރަކުން ދެކުން އެއީ ރަނގަޅު ގޮތެއް ނޫންކަމަށްވެސް ރައިހާނާ އަންޖަލްއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. “ރައި. ޕްލީޒް މަށަށް ސަޕޯޓްކޮށްބަ. ލޯބިވެވުމަކީ ކިހާ ވަރެއްގެ ކަމެއްކަން ރައިއަށްވެސް އިނގޭނު. އަހަރެން ގަސްތުގައެއް ނޫން ހަމްޒާ ދެކެ ލޯބިވީކީ. ވެވުނީ. ލޯތްބަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އިހްސާސެއް ނޫން. ދޮގެއްތަ މި ބުނީ؟” އަންޖަލް ކުރި ސުވާލަށް ޖަވާބުދޭކަށް ރައިހާނާއަކަށް ނޭންގުނެވެ. ލޯތްބަކީ އަމިއްލަ ބާރުގައި އޮންނަ އިހްސާސެއް ކަމަށްވަނީނަމަ އޭނާ މިއަދު ޒިވާންދެކެ ލޮތްބެއް ނުވީހެވެ.
ވިޝާހް މަސައްކަތް ކުރަމުން ދިޔައީ އަންޖަލް މަތިން ހަނދާން ނައްތާލެވޭތޯއެވެ. އަންޖަލް މަތިން  ހަނދާންކޮށް ކުލަނުޖެހޭނެ ހުވަފެން ބަލާ އަމިއްލަ ހިތަށް އަނިޔާ ދޭކަށް ވިޝާހް ބޭނުމެއްނުވިއެވެ. ވެވުނު ލޯބީގެ ސަބަބުން ވިޝާހްގެ އުޅުން އެކީހެން ބަދަލުވިއެވެ. ވިޝާހްގެ އެންމެ ގާތް އެކުވެރިޔަކަށް ސިނގެރޭޓް ވިއެވެ. މައިން ބަފައިންނަށް ސިއްރުން ދުންފަތުގެ އިސްތިއުމާލު ކުރަމުން ދިޔައެވެ. ކިޔެވުމާ ދުރުވެ މަގުމަތީގައި އުޅޭ ވަގުތު ގިނަވާން ފެށިއެވެ. ކޮންމެ ދުވަހަކު ގަޑިޖެހިގެން ސްކޫލަށް ދިއުމާ ކިޔެވުމަށް ފަރުވާ ކުޑަވާާާާން ފެށިއެވެ.
************
ހަފްތާއެއް ފަހުން ހަމްޒާ ފެނުމުން އަންޖަލްގެ ހިތަށް ބަޔާން ކުރަންދަތި އުފަލެއް ލިބުނެވެ. އެހެނަސް ހަމްޒާގެ މޫނު މަތިން ފެންނަމުން ދިޔަ ހިތްދަތި ކަމުން އަންޖަލްގެ ހިތުގައި ރިއްސާލިއެވެ. ހަމްޒާ މަންމަ ނިޔާވުމުން އަދިވެސް އެކަމުން އަރައިނުގަނެވެނީއޭ އަންޖަލް ހިތަށް އެރިއެވެ.
ހަމްޒާ ފެނުމުން ވިޝާހް ގާތަަށް ސިނގު ރުޅިއެއް އައެވެ. ހަމްޒާ ފެންނަތާވެސް އިންނަން އޭނާ ބުނެމް ނޫނެވެ. ފާޚާނައަށޭ ކިޔާފަ ދިޔަ ކުއްޖާ ގަޑި ނިމުނުއިރުވެސް ކުލާހަކަށް ނައެވެ.
ވިޝާހް ކުލާސް ގަޑި ކެޓުވު އަސްލު ސަބަބު ރައިހާނާއަށް އެނގުނެވެ. ވިޝާހްއާ މެދު ރައިހާނާގެ ހިތް ހަމްދަރުދީން ފުރުނެވެ. ވިޝާހް ތަހައްމަލު ކުރަމުންދާ ވޭން ރައިހާނާއަށް އިހްސާސް ކުރެވެއެވެ.
*******
ހަވީރުގެ ވަގުތުގައި ހަމްޒާ ޝިމާންއާ އެއްކޮށް ފިހާރައަށް ދިޔައީ ޝިމާންގެ ކައިވެންނަށް ގަންނަން ޖެހޭ ބައެއް ސާމާނު ގަންނާށެވެ. ދެތިން ފިހާރައިން އެއްޗިހި ގަނެގެން ދެމީހުން ދިޔައީ ޝިމާންގެ ގެއަށެވެ. “އައި މެޓް ހާ!” ހަމްޒާ އެބުނީ ކާކުގެ ވާހަކައެއް ކަން އެނގުމާއެކު ޝިމާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަތުގައި ހުރި ކޮތަޅުތައް އޭނާގެ އެނދުމައްޗަށް އުކާލަމުން ޝިމާން ގޮސް ހަމްޒާ ގާތު އިށީނެވެ. “ކިހިނެއް ކޮންތާކުން؟” “ރަށުން. ބުނީ ތިމަންނައަށް މާފު ކުރާށޯ!” ދެލޯ މަރާލަމުން ހިތްދަތި ގޮތަކަށް ހަމްޒާ ބުންޏެވެ. “ޑޫޑް. ޔޫ ސްޓިލް ހޭވް ފީލިންގްސް ފޯ ހާ ރައިޓް؟” ހަމްޒާ ޝިމާންއާ ދިމާއަށް ބަލާލުމަށްފަހު ދެފަރާތަށް ބޯހޫރުވާލިއެވެ.
*******
ހަނި ގޯޅިގަނޑެއްގެ ތެރޭ ބޮޑު ގުރޫޕަކާއެކު ސިނގެރޭޓް ބޯން ވިޝާހް ހުއްޓެވެ. ދޭތެރެއަކުން އެއްޗެކޭ ބުނެފައި މުޅި ގްރޫޕް އެކީ ހޭންފަށައެވެ. ކޮންމެ މީހެއްގެ އަނގައިންވެސް ނުކުންނަމުން ދިޔައީ ހުތުރު ބަސްތަކެވެ. ވިޝާހް ވެސް އެމީހުންނާ ބައިވެރިވެގެން ހުތުރު ވާހަކަ ދައްކަމުން ދިޔައެވެ.
ޓިއުޝަން ނިންމާފައި ގެއަށް ދިޔަ މަގު މަތީ ރީހާންއަށް ވިޝާހް ފެނުނެވެ. ރައިހާނާގެ ފަރާތުން އަޑު އިވިފައި އޮތް ގޮތުގައި ވިޝާހްއަކީ ބަސްއަހާ ރިވެތި ޚުލްގެއްގެ ވެރި ކުއްޖެކެވެ. މަދު މަދުން ނަމަވެސް އޭނާއާ ވިޝާހް ބައްދަލުވެއެވެ. އެ ބައްދަލުވުން ތަކުން ވިޝާހްއަކީ ގޯސްކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެނަސް މިއަދު ފެންނަމުން އެ ދަނީ މުޅިން ތަފާތު މަންޒަރެކެވެ. އެ ގުރޫޕަށް ނޭންގޭނެހެން ރީހާން އެމީހުންގެ ފޮޓޯ ނެގިއެވެ.
ގެއަށް ދިޔަ ގޮތަށް އެންމެ ފުރަތަމަވެސް ރީހާން ރައިހާނާއަށް އޭނާ ނެގި ފޮޓޯތައް ދެއްކިއެވެ. ވިޝާހް ސިނގެރޭޓް ބޯތަން ފެނި ރައިހާނާ ހައިރާންވިއެވެ. ވިޝާހްއަކީ އެހާ ގޯސް ކުއްޖެއް ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އަންޖަލްއާ ވިޝާހް ގުޅުވަން މަސައްކަތް ނުކުރެވުނުކަން އެއީ ނަސީބެކޭ ރައިހާނާ ހިތަށް އެރިއެވެ. ވިޝާހް އެ މަގުން ހިނގަން ޖެހުނީ އަންޖަލްދެކެ ވެވުނު ލޯބީގެ ސަބަބުން ކަމެއް ރައިހާނާއަށް އެއްގޮތަކަށްވެސް ރޭކަައެއް ނުލައެވެ.
*****
މިޑްޓާމް ބެރޭކަގެ ކުރިން ޔުނިޓް ޓެސްޓްތައް ނެގިއެވެ. ބާރައިގެ އަހަރުކަމުން ހުރިހާ ކުދިންވެސް ރަނގަޅު ނަތީޖާ ޕޭޕަރުތަކުން ހޯދިއެވެ. އެހެންނަސް ވިޝާހްގެ ނަތީޖާ ވަރަަށްވެސް ދަށްވިއެވެ. ބައެއް ޕޭޕަރުތަކުން ސުމެއް އަނެއްބައި ޕޭޕަރުތަކުން ލިބިފައި ހުރީ ދިހައެކެވެ. ސުމެއް ލިބުނި މާއްދާތައް ތެރޭގައި ހިސްޓްރީވެސް ހިމެނެއެވެ.
ެޭހަމްޒާ ކިޔަވާދޭ ދަރިވަރުންގެ ތެރެއިން އެންމެ ދަށްވީ ވިޝާހްއެވެ. އެހެންކަމުން އޭނާގެ ގަޑި ނިންމާފައި ވިޝާހް ގޮވައިގެން ހަމްޒާ ސްކޫލް ލައިބްރަރީއަށް ދިޔައީ ވިޝާހްއާ ކުޑަކޮށް ވާހަކަ ދައްކާލާށެވެ.
“މަހެންދްރަ ސަރ ބުނުއްްވި ގޮތުގަ ވިޝާހްތީ ހިސްޓްރީއަށް މޮޅު ކުއްޖެއް. ކީއްވެ މިފަހަރު ދައްވީ؟ ސަރއަށް ވަރަށް ފާހަގަވި ފަހަކަށް އައިސް ވިޝާހްގެ އުޅުމަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިއްސިކަން. ލައިފްގަ ކަމެއް ގޯސްވީތަ؟” ލައިބްރަރީގައި ތަންކޮޅެއް އެކަހިރިކޮށް އިން މޭޒެއްގައި އިށީންނުމަށްފަހު ހަމްޒާ ވިޝާހްއާ ވާހަކަ ދެއްކިއެވެ. ހަމްޒާ ކުރި ސުވާލަށް ޖަވާބުދޭކަށް ވިޝާހް ހިތަށްވެސް ނާރައެވެ. އިރުގަނޑަކަށް ފަހު ދެވަނަ ފަހަރަށް ވެސް ހަމްޒާ އޭނާގެ ވާހަކަ ތަކުރާރު ކުރިއެވެ. “އޭ ބްރޯ މައޭ ބުނަންތަ ރަނގަޅު ވާހަކައެއް. ކައޭ ވާހަކަ ދެއްކުމުގެ އެއްވެސް ޝައުޤުވެރިކަމެއް މަގޭ ނެތް. މައޭ ލައިފްގަ ދިމާވި މައްސައަކީ ކައޭ. ކައޭ މި ސްކޫއަށް ވަނުން މައްސައަކީ” ރުޅިވެރިކަމާއެކު ވިޝާހް ހަމްޒާއަށް ޖަވާބުދިން ގޮތުން އޭނާއިނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ޓީޗަރަކާ އެފަދަ ބަހުރުވައަކުން މުޢާމަލާތު ކުރަން ވިޝާހްއަށް ކެރުނީތީވެ ހަމްޒާ ހައިރާންވިއެވެ. ހަމްޒާގެ އިޛުނަ ހޯދުމަކާ ނުލާ ލައިބްރަރީން ނިކުމެގެން ވިޝާހް ދިޔައެވެ.
ހަމްޒާގެ ސަބަބުން ވިޝާހްގެ ރުޅިގަނޑު ވަނީ އަށްޑިހައަށް އަރާފައެވެ. އަތުގެ ނާރުތައް ފުއްޕާ ކަތުރު ކަށިގަނޑު ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ. ދެލޯ ހަނިވެފައި ރަތްކަމެއް ހުއްޓެވެ. އެދިޔަ ގޮތަށް ގޮސް ކުލާހަށްވަދެ ދަބަސް ހިފައިގެން ކުލާހުން ނުކުންނަން ވިޝާހް ދިޔައެވެ. “ކޮންތާކަށް؟ ސްކޫލް ގަޑި ނުނިމެނީސް ދިއުމަކީ މަނާކަމެއް” ރައިހާނާއަކީ ކުލާސް މޮނީޓަރުކަމުން ވިޝާހް ދިއުމަށް އޭނާ ހުރަސް އެޅިއެވެ. “ނުބެހޭ ކަންތަކާ ނުބެހި ހުންނާނީ. މާ ފޮނިނުވެ މަ ނިކުންނަން ތަން ދައްކާ!” ވިޝާހް ރައިހާނާއަށް އަމުރުކޮށްލިއެވެ. ވިޝާހްއަކީ ދުވަހަކުވެސް އެހާ ހަޑިކޮށް އަންހެން ކުދިންނާ ވާހަކަ ދެއްކި ކުއްޖެއް ނޫނެވެ. ވިޝާހްގެ އެއަމަލުގެ ސަބަބުން ހުރިހާ ކުދިންނަށްވެސް ހައިރާންކަން ލިބުނެވެ. ވިޝާހް އެގޮތަށް ވާހަކަ ދެއްކުމުން ރައިހާނާ ގާތަށް ރުޅިއައެވެ. ރުޅިއަންނަން އެނގެނީ ވިޝާހްއަށް އެކަނި ނޫންކަން ވިޝާހްއާ ދިމާއަށް ރައިހާނާ ބުންޏެވެ. އެއާއެކު އައި ރުޅީގައި ރައިހާނާ މޫނުގައި ވިޝާހް އެތިފަހަރެއް ވީއްލާލިއެވެ. އެއަށްފަހު އަތުގައި ހުރި ބާރެއްލައި ރައިހާނާ ކޮށްޕާލިއެވެ.
ވިޝާހް ޖެހިލެއް ބާރުކަމުން ރައިހާނާގެ ނޭފަތުން ލޭއަންނަން ފެށިއެވެ. ހީވީ ބޯމަތީގައި ކޮކާ އެނބުރޭހެންނެވެ. ވިޝާހް ކޮށްޕާލިލެއް ބާރުކަމުން އެތާ ހުރި މޭޒުތަކުގައި ޖެހިފައި ރައިހާނާ ބިންމައްޗަށް ވެއްޓުނެވެ. ވީތަދާއެކު އާހްގެ އަޑެއް އޭނާގެ އަނގައިން ބޭރުވިއެވެ.
ކުރެވުނު ކަންތައް ވިޝާހްއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. އޭރު ކުލާސް ކުދިންގެ ނުރުހުން އޭނާއަަށް އަމާޒުވަމުން ދިޔައެވެ. އެހެނަސް އޭނާގެ ރުޅިގަނޑު ފެނިފައި އެއްވެސް ކުއްޖަކަށް ތިބި ތަނުން ތެދުވާކަށް ނުކެރުނެވެ. އަންޖަލްވެސް އިނީ ބިރުން ހަލާކުވާން ކައިރިވެފައެވެ. ރައިހާނާއަށް އެހީވާން ކިތަންމެ ބޭނުންވިއަސް ތެދުވާކަށް ނުކެރުނެވެ. “ޑޭމް އިޓް” ވިޝާހް ތިރިވުމަށްފަހު ރައިހާނާ ނެގިއެވެ. އޭރު ހޯސްލާފައި ރައިހާނާގެ ނޭފަތުން ލޭއަންނަމުން ދިޔައެވެ. ބޮލަށް އެނބުރުން އަރައިފައި ހުރުމުން ވާނުވާއެއް ރައިހާނާއަކަށް ނޭންގެެއެވެ. ވިޝާހް ރައިހާނާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. “އައި އޭމް ސޯ ސޮރީ ރައި” ކުރެވުނު ކަންތަކާ ވިޝާހް ދެރަވިއެވެ. އޭނާގެ ހުދުކުލައިހެ ޔުނީފޯމްގައި ލޭހޭކުނެވެ. ވިޝާހް އޭނާގެ އަތް ދަނޑި މައްޗަށް ރައިހާނާ ލައިގެން ހެލެތްރޫމަށް ދިޔައެވެ.
ހެލްތް ރޫމަށް ވަންއިރު އެތަނުގައި ހުރީ ޒިވާންއެވެ. ޒިވާންއަށް ރައިހާނާ ފެނުމާއެކު ދެލޯ ބަޮޑުވިއެވެ. “ވަޓް ހެޕްންޑް ޓު ރައި؟” ހެލްތް ރޫމް އެނދުގައި ވިޝާހް ރައިހާނާ ބޭއްވުމާއެކު ދުވެފައި ކަހަލަ ގޮތަކަށް ޒިވާން އައެވެ. ފޯނުނަގައި ހެލްތް މިސްއަށް ނިކަން އަވަހަށް ޒިވާން ގުޅިއެވެ. އޭރު ވިޝާހް އިސްޖަހައިގެން އިން އިރު އޭނާގެ އެސްފިޔަތަށް ވަނީ ތެމިފައެވެ.
***
އަންޖަލް ކްލާހުން ނުކުމެ ޓީޗަރަކު ފެނޭތޯ ހިނގަން ފެށިއެވެ. އޭރު އޭނާއަށް ދިޔައީ ރޮވެމުންނެވެ. “އަންޖަލް. ވަޓް ހެޕަންޑް؟” ފަހަތުން ހަމްޒާގެ އަޑު އިވުމާއެކު އަންޖަލްއަށް ބަލާލެވުނެވެ. ހަމްޒާ ފެނުމާއެކު އަންޖަލްގެ ބަޑި ފަޅައިގެން ދިޔައެވެ. އަންޖަލް ގަދައަށް ރޯތީވެ ހަމްޒާ ކަންބޮޑުވިއެވެ. އަންޖަލްގެ އަތުގައި ހިފައި ގެނަސް އޭނާއާ ކައިރިކޮށްލަމުން ކިހިނެއްވީތޯ އަހާލިއެވެ. ގިސްލެވޭ ހާލު ވެގެން އުޅޭ ގޮތް އަންޖަލް ކިޔާދިނުމާއެކު އަންޖަލް ގޮވައިގެން ހެލްތް ރޫމަށް ހަމްޒާ ދިޔައެވެ. އޭރު ހެލްތް މިސްގެ އިތުރަށް ޕްރިންސިޕަލްއާ ބައެއް ލީޑިން ޓީޗަރުންވެސް ތިއްބެވެ. ވިޝާހް ފެނުމާއެކު އަންޖަލް ބިރުން ހަމްޒާގެ އަތުގައި ހިފެހެއްޓިއެވެ.
ޕްރިންސިޕލް އެންގުމާއެކު އަންޖަލް ގޮވައިގެން ހަމްޒާ ކުލާހަށް ދިޔައެވެ. އޭރު އެއްވެސް ޓީޗަރަކު އެކުލާހުގައި ނެތުމުން ހަމްޒާ މަޑުކުރިއެވެ. އަދި ރައިހާނާއަަށް ވީ ގޮތް އޮޅުންފިލުވިއެވެ. “ވިޝާހް ކުރިންވެސް އުޅެނީ އެހެންތަ؟” ހަމްޒާ އަހާލިއެވެ. ހުރިހާ ކުދިންހެން އެއްފަހަރާ ހަރު އަޑުން ނޫނެކޭ ބުންޏެވެ. ވިޝާހްގެ އުޅުމަށް އައި ބަދަލުގެ އަސްލު ހޯދަން ހަމްޒާ އަޒުމް ކަނޑައެޅިއެވެ.
***
ރައިހާނާއަަށް ފަރުވާދިނުމަށްފަހު ހެލްތް މިސް ދިއުމުން ޒިވާން ރައިހާނާ ގާތު މަޑުކުރިއެވެ. އޭރު ރައިހާނާއަށް އޮތީ ނިދިފައެވެ. ރައިހާނާއަށް އަނިޔާއެއް ވެއްޖެނަމަ އެކަން ތަހައްމަލު ކުރަން ޒިވާން ނުކުޅެދެއެވެ. ހަގީގަތުގައި އޭނާ އަދިވެސް ލޯބިވަނީ ރައިހާނާދެކެކަން އިހްސާސްވިއެވެ. ރައިހާނާ ދޫކޮށްފައި ޔާޝާ ގާތަށް ދިޔައީ ކީއްކުރަންތޯ ޒިވާން އޭނާގެ އަމިއްލަ ނަފްސާ ސުވާލު ކުރިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 29

Next

އަހަރެން….

Next
February 20, 2019

އަހަރެން….

Previews
February 19, 2019

ވިންދޭ ލޯބި ތީ އެދޭ 29

38 Comments!

  1. Kitty says:
    February 20, 2019 at 12:01 am

    ?????????❤️❤️❤️varah reethi mi bai ves Masha allah…. ???????❤️❤️❤️when next part dear waiting ingey

    1. Kiyara says:
      February 21, 2019 at 7:14 pm

      Thanks kitty

  2. jiji says:
    February 20, 2019 at 6:10 am

    Ma Sha Allah???..vrh vrh rythi mi prt vx..kon irakun nxt prt upkohladheyny kiyara dhoonii??????????❤❤❤..eagerly waiting for the next..ly??????

    1. Kiyara says:
      February 21, 2019 at 7:15 pm

      Thanks jiji

  3. Malaa? says:
    February 20, 2019 at 6:24 am

    kiyara.how are you?? I’m perfectly fine.mifaharu ves 2 dhw.story v.reeti♥️♥️♥️♥️ luv this story ????

    1. Kiyara says:
      February 21, 2019 at 7:15 pm

      I am fine alhamdhulillah. Thanks malaa

    2. Laalu says:
      February 21, 2019 at 7:28 pm

      Nt using G. Mail so sad??

  4. Laalu says:
    February 20, 2019 at 6:56 am

    Kiyaa finally up kuriy dhw thankx read kohfa comment eh kohlaanan ingey…. Luv u

  5. Laalu says:
    February 20, 2019 at 7:55 am

    Kiyaa finally up kuriy dhw thankx read kohfa comment eh kohlaanan ingey…. Luv u more n more….. ❤️❤️❤️❤️

  6. Laalu says:
    February 20, 2019 at 7:59 am

    Kiyaa finally I have read the story v v nice whn next part up kurani….. Continously waiting waiting for the story…. Ur a great author.. Kiyaaa luv u luv u more abd more keep up the gud work????????❤️❤️

    1. Kiyara says:
      February 21, 2019 at 7:17 pm

      Thanks laalu

  7. Laalu says:
    February 20, 2019 at 8:13 am

    Kiyaraaa cn u give ur mobile no….. Wanna friend of u…. V beynunvey kiyaa ge hurihaa story eh vx kiyayn bt school ga ulheythiyve busy kamun nuvaniy so cn u…. Plx ?

    1. Malaa? says:
      February 20, 2019 at 9:18 am

      Laalu,if you don’t mind can I know your name??

    2. Kiyara says:
      February 21, 2019 at 7:19 pm

      I can’t give u my number comment section ga dhww. [email protected] ah mail kohllyma i will reply ISA

  8. azka says:
    February 20, 2019 at 3:01 pm

    The story was amazing as usual but i thought at some point some times things were happening so fast…pls don’t..mind…i luv ur stories..????

  9. azka says:
    February 20, 2019 at 3:09 pm

    Mi prt ves ehen prt thah fadhain v…salhi..but i thought the story was happening too fast pls…don’t mind i luv ur stories…????

    1. Kiyara says:
      February 21, 2019 at 7:19 pm

      Thanks azka

  10. Mi vaahaka says:
    February 20, 2019 at 6:58 pm

    Awesome fabulous beautiful nice amazing soooooooo wwwwwwwooooooooowwwwwwwwwww..,????? when next part..can’t wait ????????

    1. Kiyara says:
      February 21, 2019 at 7:20 pm

      Thanks mi vaahaka

  11. Laalu says:
    February 21, 2019 at 7:12 am

    4 wt purpose Malaa….

  12. Laalu says:
    February 21, 2019 at 7:13 am

    4 wt purpose Malaa…. Reason buniyma faharugaa bunedhevidhaane… ??

  13. Laalu says:
    February 21, 2019 at 7:32 am

    I can give u a Hint….. Malaa

  14. Laalu says:
    February 21, 2019 at 7:34 am

    I can give u a Hint….. Malaa…. If u want…

  15. Laalu says:
    February 21, 2019 at 10:11 am

    Malaa I cn only reply inthe morning cox morning ga ekani free vaniy school ga inasvx baeh gadi gadi on veveyni…. Ehenv afternoonga on eh nuveveyni If u want talk me u have to reply inthe morning sad…. ???

    1. Malaa? says:
      February 25, 2019 at 11:20 am

      Cause I think l know you! aren’t your name aishath ula Abdul Rahman???

  16. Laalu says:
    February 21, 2019 at 7:20 pm

    Kiyaa thiy student eh tha… Mihn mibuni school in wifi use kuraathiyve… Just aimply asking ingey… ???

    1. Kiyara says:
      February 22, 2019 at 11:01 am

      I am a student. Ekam skl wifi eh noon use kurany ?

  17. Laalu says:
    February 21, 2019 at 7:26 pm

    Mirey mi on viyvx Malaa ge habareh veythw bt so sad…. Sry maalaa dhn I ah on veveyny Sunday ga… Only week days ga…. ISA sunday ge on vaanan… Plx do reply me Ingey… Fararugaa theythereakun balaalevi dhaane……

    1. Malaa? says:
      February 25, 2019 at 11:25 am

      Sorry laalu!☹️ I was busy studying!!!v.madhun mihaaru on veveniy!but I ah ves on veveeniy morning ga

  18. Leesh says:
    February 22, 2019 at 7:01 pm

    Whn nxt part up kurani????
    Hi laalu guess I Know u…..

  19. Laalu says:
    February 22, 2019 at 7:04 pm

    Bt I don’t no… Can u give me a hint….. ??????

  20. Leesh says:
    February 22, 2019 at 7:07 pm

    Later dhw nt nw can u give ur email Id

  21. Laalu says:
    February 22, 2019 at 7:09 pm

    Nt using sry Leesh migadi miulheni foiy kiyan vegen so…. Bye ISA tmrw on velaanan…. ??

  22. Leesh says:
    February 22, 2019 at 7:11 pm

    Oks c ya layer…..

  23. Anonymous says:
    February 23, 2019 at 10:54 pm

    Nxt prt kn iraku up kurany…i’m still waiting every day for this…sad..???????

  24. Hey says:
    February 24, 2019 at 7:35 pm

    Next part up vaane dhuvahe buneba

  25. mi dhen kihaa dherakameh says:
    February 25, 2019 at 3:02 pm

    alhe fahe kabulo kn irakn thr next part..dhuvaheh bunagaaaaaa..
    avaaaassssss

    1. Nash says:
      February 26, 2019 at 9:45 am

      Ur right

Comments are closed.

Next Episodeބުނާށޭ ލޯބި ނުވަނީހޭ…..8←


All Right Reserved!