Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ލޯތްބައްޓަކާ ހިތް އެދި ރުޔަސް… 02

Xeeesh Level 1
February 20, 2019 4 Mins Read
2 Comments

ގޭގޭ މައި ދޮރު ހުޅުވުމާއި އެކު ނާޒިއާ އޭނާގެ ދަރިފުޅު އައިސް ބައްދާލުމަށްފަހު ވަޒީފާ ލިބުނު ވާހަކަ ބުނެލިއެވެ. ޒީން އަށް މަރުހަބާ ކިޔުމަށްފަހު ނާޒިއާ ބަދިގެއަށް ވަނީ ރޭގަނޑު ކެއުމަށް ތައްޔާރުވާށެވެ.

ޒީން ވަޒީފާއަށް ނިކުތް ފުރަތަމަ ހަފްތާގައި އަބާން ނެތުމުން ތަނަށް ހޭނުމަށާއި ކުރަންޖެހޭ މަސަތްކަތް ދަސްކުރަން މާބޮޑު އުނދަގުލަކަށް ނުވިއެވެ. އޮފީސް މާހައުލް ހަމަހިމޭން ވުމުން ޒީންއަށް ރަހްމަތްތެރިން ހޯދަން ވީ އުނދަގުލަކަށެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނެލުން ނޫނީ އޮފީސްތެރޭ އިތުރު ވާހަކައެއް ނުދެކެވެއެވެ. އޮފީހަށް ފުރަތަމަ ނިކުތް ދުވަހު މާޔާގެ ފަރާތުން އަބާން ވީ ޕާރސަނަލް ލީވްއެއްގައި ރާއްޖެއިން ބޭރަށް ގޮސްފައި ކަން އެނގުނެވެ. އާދައިގެ މަތިން އޮފީސް ނިންމާލުމަށްފަހު ޒީން ގެއަށް ދިއުމަށް ހިނގައިގަތީ ކަންފަތަށް ހެޑްސެޓް ޖަހައިގެން ހުރެއެވެ. ކަފި ހުރަހުން މަގު ހުރަސް ކުރަން މަގުގެ އެއްފަރާތުގައި ޒީން މަޑުކޮށްލީ ދުއްވާއެއްޗެހި އަންނަ ގޮތް ބަލާލުމަށްފަހު ހުރަސްކުރުމުގެ ނިޔަތުގައެވެ. ކަނޭފަރާތުން އައި ސައިކަލުތަކަށް ބަލާލުމަށްފަހު ދެވަނަ ފަހަރަށް އެދިމާލަށް  ބަލާލަން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ. “ބައްޕަ” ހިތާ ހިތުން ކިޔާލެވުނެވެ. ފަހަތުގައި ޒުވާން އަންހެން ކުއްޖެއް އިށީނދެގެން އިންއިރު އޭނާ އިނީ ބައްޕަގައިގައި އޮޅުލައިގެނެގެންނެވެ. ޒީން އަށް މަގު ބައްތިހަރުކޮށްފައިވާ ދަނގަނޑުގައި ހިފަހައްޓާލެވުނީ އޭނާއަށް ފެނުނު މަންޒަރުންނެވެ.

ގޭތެރެއަށް ވަދެގެން އައި ޒީން އަށް ނާޒިއާ ދެފަހަރު ގޮވާލުމުންވެސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އިޝާ ނަމާދުކޮށްލައިގެން ނާޒިއާ ނިކުތް އިރުވެސް ޒީން ދޮރު ނުހުޅުވާކަން ފާހަގަވުމުން ނާޒިއާ ގޮސް ކޮޓަރީގައި ޓަކި ޖަހާލިއެވެ. “ދަރިފުޅާ ޒީން … ބަތްކާން ނިކުމޭ” ނާޒިއާ އެހެން ބުނެލުމަށްފަހު ރޭގަނޑު ކެއުމަށް ސެލެޑް އެއް ހަދަން ތަރުކާރީ ކޮށަން ފެށިއެވެ. ޒީން ކޮޓަރިން ނިކުތަމަށްފަހު ކާ މޭޒު ކައިރީގައި އިށީނދެލިއެވެ. ނާޒިއާ އޭނާގެ ދަރިފުޅުގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ. ” ދަރިފުޅަށް ކިހިނެތްވީ ، ކަމަކާއި ދެރަވީތަ” ނާޒިއާ ކޮށްލި ސުވާލަށް ޒީން އަށް ދޭނޭ ޖަވާބެއް ނޭންގުނެވެ. “މަންމާ ކޮބާ ބައްޕަ ، ރިސޯރޓްއިން މާލެ އައީތަ ؟ ” ޒީން ގެ ސުވާލަށް ނާޒިއާ ޖަވާބު ދިނީ އެއީ އާއމުކޮށްވެސް ޒީން ކޮށް އުޅޭ ސުވާލެއްކަމުން އެއްވެސް ވަރަކަށް ވިސްނާނުލައެވެ. ” ބައްޕަ ވީ ރިސޯރޓްގައި ހީވަނީ މިއަންނަ ހަފްތާގަހެން އަންނާނީ ” ނާޒިއާގެ ޖަވާބުން ޒީން އަށް އިތުރު ތަކުލީފެއް ލިބުނު ކަހަލައެވެ. ޒީން ދުވަހަކުވެސް އޭނާގެ މައިންބަފައިން ދެބަސްވިތަނެއް ނުފެނެއެވެ. އެކަމަކު މަންމަ އޮޅުންގަނޑެއްގެ ތެރޭގައި ހުންނާތީ ޒީންއަށް އޭނާގެ ބައްޕައާއި ދޭތެރޭ ހިތް ބުރަކުރެވުނެވެ. ގޭތެރެއަށް ވަދެގެން އައި ނާޒިމް ފެނުމުން ނާޒިއާއަށްވެސް ހައިރާންކަމެއް ލިބުނެވެ. ޒީން އަށް އޭނާގެ މަންމަގެ މޫނުމަތިން ފެނުނު ކުލަވަރު ނަގައިގަނެވުނެވެ. ނަމަވެސް މުޅި އާއިލާ ކެއުމަށް އިންސާފު ކޮށް ނިމެންދެން އިތުރު އެއްވެސް ވާހަކައެއް ނުދައްކާ މަޑުކޮށްލިއެވެ. ” ޒީން ،ކިހިނެއް އޮފީސް ” ނާޒިމް ކުރި ސުވާލަށް ޒީން އެއްޗެއް ނުބުނެ އިންނަން ފެށުމުން އަނެއްކާވެސް ނާޒިމް އެ ސުވާލު ކޮށްލިއެވެ. މިފަހަރު ޒީން އިންތަނުން ތެދުވެގެން ދިޔައީ އޭނާގެ ބައްޕައާއި ދިމާލަށް ބަލާވެސް ނުލައެވެ. “ޒީން ބައްޕަ ވާހަކަ އެ ދައްކަނީ ޒީން އާ އޭ ” ނާޒިއާ އަޑު ހަރުކޮށް ބުނެލުމުން ޒީން ދޮންނަން ހުރި ތަށި ހަރުގަނޑަށް ޖަހާލުމަށްފަހު އޭނާގެ ބައްޕައާއި ކުރިމަތިލިއެވެ. ” ބައްޕަ މިއަދު ހަވީރު އަޅުގަނޑުމެންވަރުގެ އަނހެން ކުއްޖެއް ގޮވައިގެން ސައިކަލު ދުއްވަމުން ދިޔަތަން ފެނުނެވެ” ޒީން ބުނެލި ވާހަކައިން މުޅި ތަނުގައި ހީވީ ބޮމެއް ގޮވިހެނެވެ. ނާޒިއާ އަށް ހުރިތަނުން ގުޑާލަންވެސް ނޭންގިފައި ހުރީ ޒީންގެ އަނގައިން އޭނާގެ ބައްޕަގެ ވާހަކަ އެގޮތަށް ދައްކަން ޖެހިދާނެ ކަމަށް ނާޒިއާ އެއްފަހަރުވެސް ނުވިސްނާލެވުމުންނެވެ. ޒީން ދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށްވަދެ ދޮރު ޖެހީ އިތުރަށް އޭނާގެ މައިންބަފައިންނަށް އޭނާއަށް ބުނެވޭ ބަހަކުން ތަކްލީފެއް ދޭން ބޭނުން ނުވާތިޢެވެ. ނާޒިމް އަށް ރުޅި އިސްކުރެވުނީ ފާރަށެވެ.

ލައިލެކް ވިއުގެ މައި އޮފީހަށް ޒީން ވަދެގެން ދިޔައިރު އެހެން ދުވަސްތަކާއި ހިލާފަށް އޮފީސްތެރޭގައި އެންމެންވެސް އެކި ކަންކަމުގައި މަސްއޫލްވެގެން އުޅޭކަން ފާހަގަވިއެވެ. ޒީންގެ މޭޒު ހުންނަނީ އަބާން އާއި އެއް ކެބިން އެއްކަމުން ޒީން ދިޔަގޮތަށް ކެބިންއަށްވަނެވެ.  ގޮނޑީގައި އިށީނދެލައިގެން އިން އަބާން ފެނިފައި ޒީން އަށް ކުއްލިއަކަށް ފަހަތަށް ޖެހެވުނެވެ. އަބާން އަށް މި މަންޒަރު ފެނުމުން ޒީން އަށް ހިނިތުންވުމެއް ދިނުމަށްފަހު އޭނާ ކުރަމުން ދިޔަ މަސަތްކަތާއިގެން ކުރިޔަށް ދިޔައެވެ. ޒީން ގޮސް ގޮނޑީގައި ހަމަޖެހިލުމަށްފަހު އަބާން އާއި ދިމާލަށް ބަލާލިއެވެ. ” ހެއި ، ސޯ އައި ހޭވް ބީން ވޯރކިންގް އޮން އަ ރިސޯރޓް ޕްރޮޖެކްޓް އެންޑް ޔޫ ހޭވް ޓު ގޯ ވިތް މީ ޓު ޑިފެރެންޓް ލޮކޭޝަންސް ފޯ މީޓިންގްސް ” އަބާން އެހެން ބުނެލުމަށްފަހު މެއިލް އިން ފޮނުވި ޑޮކިއުމަންޓްސް ހުޅުވަން އެދުނެވެ.ޒީން ގެ ހިތް ބާރަށް ތެޅެން ފެށީ ކީއްވެކަމެއް ނޭނެގެއެވެ. “އައި އޭމް ސޯ ނާރވަސް ވެން ހީ ސްޓާޓްސް ޓޯކިންގް ” ޒީންގެ ހިތައް އެރިއެވެ.  އަބާން ޒީންގެ ގޮނޑިކައިރިއަށް އޭނާގެ ގޮނޑި ހިފައިގެން އައިސް އިށީނދެލީ ފަށަން އުޅޭ ޕްރޮޖެކްޓް އަށް ޒީން ފުރިހަމައަށް ތައްޔާރު ކުރުމަށްޓަކައެވެ. އަބާން ވާހަކަ ދައްކަމުން ދިޔައިރު ޒީން ދިޔައީ ނޯޓް ފޮތުގައި ކުރަންވީ ކަންތައް ލިޔަމުންނެވެ. ކޮމްޕިއުޓަރުން ހުޅުވައިގެން އިން ޑޮކިއުމަންޓް އިން އެކި ތަން ތަން ހައިލައިޓް ކުރުވަމުން ދިޔައިރު ބައެއް ފަހަރު ޒީން އަތުގައި އަތް އަޅުވާލައި މައުސް އިން ހައިލައިޓް ކުރަންވީ ދިމާ ފާހަގަ ކުރަމުން ދިޔައެވެ. ޒީން އަށް އަބާންގެ އެ ހަރަކާތުން ކޮންމެ ފަހަރަކު އޭނާއާއި ދިމާލަށް ބަލާލެވެއެވެ . ނަމަވެސް އަބާން ދައްކަމުންދިޔަ ވާހަކައަކަށް ބަދަލެއް ނާދެއެވެ. އަބާން ހުރިހާ ޑޮކިއުމަންޓްސް އެއް ކިޔައިދީ ނިންމުމަށްފަހު ޒީން އާއި ދިމާލަށް އެނބުރިލުމަށްފަހު އިތުރު ސުވާލެއް އޮތްތޯ އޮޅުން ފިލުވިއެވެ. ޒީން ބޯ ހުރުވާލުމުން އަބާން ގާތަށް ހިނިއައެވެ. “ތިހާ ލަދުން އުޅެގެން މަސަތްކަތެއް ނުކުރެވޭނެ ، ޔޫ ހޭވް ޓު ބީ ވެރީ ކޮންފިޑެންޓް އެންޑ އައުޓް ސްޕޯކަން ، އައިނޯ ޔޫ އާ ނިއު ބަޓް ޖަސްޓ ޓޯކް އިނގޭ އައި ލަވް ޓު ޓޯކް” އަބާން ކޮއްޅައް ތެދުވަމުން ބުނެލި ޖުމްލައިން ޒީން ރަކިވިއެވެ. އަބާން އެއްފަހަރު ޒީން އަށް ބަލާލިއެވެ. އަދި ގޮނޑި ހިފައިގެން އޭނާގެ މޭޒު ކައިރިއަށް ދިއުމަށް ހިނގައިގަތެވެ. ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަން ހަދަމުން ޒީން ދިޔައިރު އިތުރަށް ޕްރޮޖެކްޓާއި ބެހޭ ގޮތުން އޮންލައިން ކޮށް ރިސާޗް ހަދަމުން ދިޔައެވެ. އަބާން އަށް މޭޒު ކައިރީ  އިށީނދެގެން އިން އިރު އިރު އިރުކޮޅާ ބެލެމުން ދިޔައީ ޒީން ގެ ހަރަކާތް ތަކަށެވެ. “ކީއް މިވަނީ ، ފެނިފަ ތި ލޯ ، އިހްސާސެކޭ އާ ، މީ ވިންދުގައިވާ ، ހިތުގައި ހިނގާމީ އިޝްގްހޭ ، ހައިރާންވާހާ ޗާލޭ ތި ލޯ ، ހައިރާންވާހާ ޗާލޭ ތިލޯ ” އަބާން ކަންފަތަށް ޖަހާފައިވާ ހެޑް ސެޓް އިން އަޑު އަހަމުން ދިޔަ ލަވައިން އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. ޒީން އަށް އަބާން އާއި ދިމާލަށް ބަލާލެވުނީ އޭނާއާއި ދިމާލަށް ބަލާކަން ފާހަގަ ކުރެވިގެންނެވެ. އަބާން ޒީން އާއި ނަޒަރު ވަކި ކޮށްލަމުން ބުނެލިއެވެ. ” ވަރަށް ރީތި ލަވައެއް ޖަހަންތަ ” ޒީން ހިނިތުންވުމެއް ދިނުމުން އަބާން އޭނާގެ ލެޕްޓޮޕް އާއި ގުޅާފައިވާ ހެޑްސެޓް ނާއްޓާލުމަށްފަހު އަޑު ބާރު ކޮށްލިއެވެ. ޖަހަމުންދިޔައީ ފާތުމަތް ނަހުލާގެ ޔޫސުފް ގެ ލަވައެކެވެ. ޒީން އަކީ ދިވެހި ފިލްމްތައް ކޮންމެވެސް ވަރަކަށް ބަލާ ކުއްޖެއް ކަމުން އޭނާ އަށް އެ ލަވަ ނަގައިގަންނާކަށް އުނދަގުލެއް ނުވިޔެވެ. “ހީސް ސޯ ވިއާރޑް ” ޒީންއަށް ހިތާ ހިތުން ކިޔާލެވުނެވެ. ފޯނެއް އައުމުން އަބާން ޖަހަމުން ދިޔަ ލަވަ ނިންވާލުމަށްފަހު ނިކުމެގެން ދިޔައީ އިތުރަށް އެއްވެސް އެއްޗެއް ބުނުމެއް ނެތިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Xeeesh

Level 1

Other Articles

Previous

އަހަރެން….

Next

ސީދާ މަގައް ނުދިޔާމަ… ޓުރެއިލަރ….

Next
February 20, 2019

ސީދާ މަގައް ނުދިޔާމަ… ޓުރެއިލަރ….

Previews
February 20, 2019

އަހަރެން….

2 Comments!

  1. Sharu says:
    February 20, 2019 at 12:14 pm

    When is next part. Nice Maasha Allah

    1. Xeeesh says:
      February 20, 2019 at 2:41 pm

      Thanks Sharu 🙂 Next Part Miadhu upkohlaanan … If Admin approves today Insha Allah miadhu kiyaaleveyne

Comments are closed.



All Right Reserved!