Skip to content
އެސްފިޔަ

މީ ޅެމެއް ނޫން…..

ރަންކަމާ…..

އެކަނިވެރި ޙަޔާތުގާ

މަށާ ދިމާވި ކުއްޖަކާ

ވެވިއްޖެ ލޯބި ގަސްތަކާ

ނުލާ މަ ހުއްޓަ މަސްތުގާ

 

ހީތަކަށް މަ ހެއްލިފާ

ލަދު އޮތީމަ ހިތްފުރާ

ވީމެ މަންމަނެއް ފަދައިން

ދުރުވެފާ މަ ބަސްތަކާ

 

ވީމަ ކަން މިހެންވެފާ

ކުރިމަތީގަ ވީ ތުރާ

ހިއްސުތައް މަގޭ ބުނާ

ނުވާނެޔޭ މަށަށް ގިރާ

 

ދުވަސްތަކެއް އެތައް ހިނގާ

ކުރިއެރުން މަށަށް ނުވާ

ކުރި އެކީ ބެދެން ފަށާ

ވެއްޖެ ގޮތް މަ ހުސްވެފާ

 

އޮއްވަ ކަން މިހެންވެފާ

ހިތް މަގޭ ގޮވަން ފަށާ

ވަގުތު ނެތް މަ ލަސްކުރާން

ހިތުގަވާ އެދުން ބުނާން

 

ފިނިވެފައިވި އަތްތިލާ

ތުރުއަޅާ މަ ދަތްތަކާ

ގަނބުވެފައިވި ހަށިގަނޑާ

އެކު ހިނގައިގަތީން ބުނާން

 

ގޮސްފަ މަންޖެ ގާތުގައި

ހުއްޓިފައި ބުނަން ފެށީ

ވާށެ ގާތުގައި މަށާ

ބާއްވަ ދޭށެ ދާނުގައި

 

ސިހިފަ ހުރެފަ ރަންކަމާ

ދަންނަވައިފި ލަސްމަމާ

ހަޔާތް ޒަވާޖަކުން ފަށާން

މަގޭ ކަމާ ފަށައިފިތާ

  • – ނިމުނީ –

 

Comments (13)

  1. SCARLET❤

    Ooohh.. vvvvv reethi.. unique vvv ingey…salhi.. I luv it..❤❤❤???

    1. Dhonaa
      SCARLET❤

      Thanks❤️..Means a lot to me ?.. IA many more on its way

  2. Kitty

    Its admirable.. Very unique hama scarlet bunifadhain… Varah reethi ??❤️❤️❤️

    1. Dhonaa
      Kitty

      Thanks❤️❤️❤️

  3. ކަލާ 123

    އާ ޅެމުމުގެ އަގުމާތް ނާދިރު މުތެއް. ޅެންވެރިޔާއަށް އައްސަރިބަހާއި ސާބަސް!

    1. Dhonaa
      ކަލާ 123

      ޝުކުރިއްޔާ ❤️❤️❤️ ???

  4. lallu

    nice hyvy rep kohlevun hen ………

    1. Dhonaa
      lallu

      Shukuriyyaa ❤️. Aan e rap kohlan salhi e mi

  5. Insha

    Rap kollan salhivaane. …but lhen ves varah salhi..

    1. Dhonaa
      Insha

      aan e thikamaa eba visnan… Shukuriyya (heart)

  6. Rana

    Rap liyan feneyy

    1. Dhonaa
      Rana

      aaan e thimakaaves eba visnan

  7. NAKO

    THIe rapeh

Comments are closed.