Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…41

މުތާ/ ސ.ހިތަދޫ Level 210 Stories
August 14, 2014 7 Mins Read
7 Comments

އެއް ހަފްތާ ފަސް….

އެރޭގެ ހާދިސާއަށް ފަހު ދެ ޢާއިލާގެ ގުޅުން ރަގަޅުވެ އުފާވެރިކަމުގެ ދުވަސްތަކަށް އިރުއަރައިގެން އައި ކަހަލައެވެ. މެންދުރުގެ ކެއުމަށް ފަހު ފަޒްލާމެން ތިބީ ވާހަކަ ދައްކާލާށެވެ. ދެކެވެމުން ދިޔަ ވާހަކައަކީ އީނާ އާއި އަލްޔަސްގެ ކައިވެނީގެ ވާހަކަތަކެވެ. ރޫޔާ ވެސް އެންމެންގެ ވާހަކަތަކުގައި ބައިވެރިވެލަން ބޮޑުކޮޓަރިއަށް ނިކުތެވެ. އެންމެންގެ މޫނުމަތިން ރޫޔާއަށް އެވަގުތު ފެނުނީ އުފާވެރިކަމެވެ. ކުރިން ގެއަތް ވެރިވެފައި އޮތް މަޔޫސްކަމަކާއި ފަޅުކަމަށް ނިމުމެއް އަތުވެއްޖެއެވެ. އޭނަގެ މަންމަގެ ސަބަބުން ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔައީ ކިތައް ދިރިއުޅުން ހެއްޔެވެ؟

ރޫޔާ އެންމެ ބޮޑަށް ދެރަވީ އީނާ އާއި އަލްޔަސް ފެނުމުންނެވެ. އަލްޔަސްއަށް ހިނިތުންވެލަމުން ރޫޔާ އައިސް ސޯފާގައި އިށީނެވެ. މައިމޫނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ރޫޔާ ހުންނަނީ ޢާއިލާ މީހުންގެ ތެރެއަށް ނިކުމެލަން ވެސް ލަދުގެންފައެވެ. ބައްޕަ އާއި ދޮން މަންމަ އުޅޭ އެޕާރޓްމެންޓަށް ބަދަލުވާން ތައްޔާރު ވަމުން ދަނިކޮށް އެކަމަކަށް ހުރަސް އެޅީ ފަޒްލާއެވެ. އެއްގޮތަކަށް ވެސް އެތަން ދޫކޮށް ރޫޔާ ދާން ފަޒްލާ އެއްބަހެއް ނުވިއެވެ. މައިމޫނާ ކުރި ކުށްތަކުގެ ސަޒާ ރުޔާއަށް ލިބެން ފަޒްލާ ބޭނުމެއް ނޫނެވެ. އޭނަ ހުދު އަމިއްލައަށް ވެސް ގޯސްވެފައިވާ ޒަލަފްއާއި ރޫޔާގެ ގުޅުން ރަގަޅު ކުރަން ރޮޒެއިނާމެން ގާތަށް ދިޔައެވެ. ނަމަވެސް އުއްމީދުކުރި ފަދަ ކުރިއެރުމެއް ނުލިބުނެވެ. ހުރިހާވެސް މައްސަލައަކީ ވީނާއެވެ. ވީނާ، ވަނީ ރޮޒެއިނާގެ ބޮލަށް ޝައިތާނާ ފަދައިން ސަވާރުވެލާފައެވެ.

”ރޫ، އަހަރުމެން މިއުޅެނީ ބާރބެކިއުއަކަށް ދާން މިރޭ އަށެކަށް….” އަލްޔަސް ލުއި ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ.

”މިރޭ؟… ހިޔެއް ނުވޭ ދެވޭނެހެނެއް، މިރޭ އެބަޖެހޭ ފްރެންޑަކާއެކު ޝޮޕިންގްއަށް ދާން…” ރޫޔާ ނުދާން ބަހަނާއެއް ދައްކާލިއެވެ. މިފަހަކަށް އައިސް ރޫޔާގެ ދުވަސް މުޅިންހެން ފާއިތުވެގެން ދަނީ ކޮޓަރީގެ ހަތަރު ފާރުތެރޭގައެވެ. މީހުންގެ ތެރެއަށް ނިކުންނަށް އޭނަ ބޭނުމެއް ނޫނެވެ.

”ރޫ ބަހަނާ ދައްކާނެ ކަމެއް ނެތް… ހަމަ ދާން ޖެހޭނީ…. އިޓް ވިލް ބީ ފަން….” އީނާ ދާ މީހުންގެ ލިސްޓު ކިޔާލައިފިއެވެ.

”އެންމެ ހަތަރު މީހުން ގޮސްގެން ކޮން މަޖަލެއް ވާނީ؟ ތިއަށް ވުރެ ރަގަޅުވާނެ ޝޮޕިންގްއަށް ދިޔަސް…. ރިނީ ދައްތަމަނެން ނުދަނީތަ؟….” ރޫޔާ އަހާލިއެވެ. ހަޤީޤަތުގައި ވެސް ގެއިން ބޭރަށް ދާން އޭނަގެ މޫޑެއް ނެތެވެ.

”ހޫމްމްމް، އަރުމެންނަކަށް ނުދެވޭނެ މިރޭ އެބަޖެހޭ ޕާޓީއަކަށް ދާން….” ޖަވާބު ދިނީ އަވްޝަން އެވެ.

ރޫޔާ ތަފާތު ބަހަނާތައް ދައްކަމުން ގޮސް އެންމެފަހުން ބާރބެކިއުއަށް ދާން އެއްބަސް ވެއްޖެއެވެ. އަލްޔަސް އާއި އީނާ އެހާވަރަށް ބުނުމުން ނުގޮސް ހުންނަން ވެސް ނުކެރުނީއެވެ.

”ސޯ ކޮން ދުވަހަކުތަ މެރިއޭޖް އޮތީ؟…” ރޫޔާ ސުވާލުކޮށްލުމުން އީނާ ބަލާލީ އަލްޔަސްއަށެވެ. އެސުވާލުން އީނާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އެންމެ ދެކެން ބޭނުންވާ ދުވަސް އައިސް ޖެހެނީއެވެ. އެވެސް ޢާއިލާ މީހުންގެ ރުހުމާއެކުއެވެ. ނަމަވެސް އީނާގެ އުފާތަކަށް ފަނޑުކަމެއް އަންނަން ފެށީ ރޫޔާ މަތިން ވިސްނާލެވުމުންނެވެ. ރޫޔާ ޕްލާސްޓިކް ހިނިތުންވުންތަކުން ހިތާމަތައް ފޮރުވާލައިގެން އުޅުނަސް އޭނައަށް ރީއްޗަށް ރޫޔާގެ މާޔޫސްކަން ފާހަގަ ކުރެވެއެވެ. ރޫޔާގެ އެހިތާމަތަކަށް ނިމުމެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އޭނައާއި އަލްޔަސް ވަކިވިއިރުވެސް އޭނަގެ ހިތަށް ކުރި ފުންއަސަރުތައް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

”އަންނަ ހަފްތާގަ….” ކުލްޘޫމް ޖަވާބު ދިނެވެ.

ކުލްޘޫމްގެ ހިތް ވެސް ރޫޔާގެ މައްޗަށް ސާފެވެ. އޭނަ ރުޅިއަންނަނީ މައިމޫނާ އާއި އުމެއިރާ ދެކެ އެވެ. ހާއްސަކޮށް އުމެއިރާ ދެކެ އޭނަ އަންނަ ރުޅި ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. މައިމޫނާގެ މަކަރުވެރި ރޭވުންތަކަށް ހަޤީޤީ ކުލަ ގެނެސް ދިން މީހަކީ އެއީއެވެ.

****

ކޮޓަރީގެ ދެކޮޅަށް ހިނގާލަހިނގާލާ ހުރި ޒެލީންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ކަންބޮޑުވުމެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނަށް އިރުއިރުކޮޅާ ބަލާލެވެއެވެ. އެންމެފަހުން ރުޅި އައިސްގެން އޭނަ ފޯނު އެނދުމައްޗަށް އެއްލާލައިފިއެވެ. ބެލްކަނިއަށް ނިކުމެލަމުން ބޮސްދޭން ފެށި ތާޒާ ރޯޅިތަކުން ވެސް ޒެލީންގެ ހާސްކަމަށް ނިމުމެއް ނެގެސްދިނުމުގައި ކުރިއެރުމެއް ނުލިބުނެވެ. ރެއިލިންގައި އަތް ވިއްދާލަމުން އޭނަ ބަލާލީ އޮއްސެމުން ދިޔަ އިރަށެވެ. ޤުދުރަތުގެ ރީތި ކުލަތަކުން އުދަރެސް މަތި ބަރާކޮށްލަމުން އިރު އޭގެ ވަދާއީ ސަލާމް ކުރުމުގެ ގޮތުން ކަނޑުގެ ލޮނުގަނޑުގައި ބޮސްދެނީއެވެ. ފާއިތުވެގެން ދިޔަ ކޮންމެ މިނެޓަކާއެކު އިރުގެ އަލިކަން ފަނޑުވަމުން ގޮސް މުޅިން ގެއްލިއްޖެއެވެ. އެއާއެކު ޒެލީންގެ މާޔޫސްކަން ވެސް އިތުރުވެގެން ދިޔައެވެ. ހިތަށް ނުބައި ގޮތެއް ވިއެވެ. ނަޒްޔަކް ވެސް އޭނައަށް ގެއްލިއްޖެކަމުގެ ބިރު ހިތަށް ސަވާރުވެއްޖެއެވެ.

ކުއްލިޔަކަށް ފޯނު ރިންގްވާން ފެށުމުން ޒެލީން އެތެރެއަށް ވަނީ ދުވެލާފައި ކަހަލަ ގޮތަކަށެވެ. އަވަސް ވެފައިވާ ހިތާއެކު އޭނަ ފޯނު ނަގަމުން ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. އެއާއެކު އޭނަގެ އުފާވެރިކަން މިލައިގެން ހިނގައްޖެއެވެ. ގުޅަނީ އޮފީހުންނެވެ. ތުން ފިއްތާލަމުން އޭނަ ފޯނު ނެގިއެވެ.

ހިތާއި ދެކޮޅަށް ވެސް ތައްޔާރުވެލައިގެން ޒެލީން އޮފީހަށް ދިޔައެވެ. އޭނަ އެތެރެއަށް ވަދެގެން ދިޔަ ވަގުތު ކެންޓިންއާ ދިމާލަށް ދިޔަ ތާރާ ފެނި ބާރު ބާރަށް ހިނގާލާފައި ގޮސް ތާރާގެ އަތުގައި ހިފާ އޭނައާ ދިމާއަށް އަނބުރާލައިފިއެވެ. ތާރާ މޫނު ކުނިކޮށްކޮލަމުން ޒެލީންގެ އަތް ފޮޅުވާލައިފިއެވެ.

”ކަލޭ ތިއުޅެނީ ކޯޗެއް ހާސިލު ނުވެގެންތަ؟….” ޒެލީން ރުންކުރުވެފައި ބުނެލިއެވެ. އޭނައަށް ދިމާވަގެން މިއުޅޭ ހިތާމަވެރި ހާދިސާގެ ފަހަތުގައި ވަނީ ތާރާގެ އަތެއް ކަން ޔަޤީނެވެ.

”މަންމަ ޖަލަށް ގެންދިޔައީމަ މޮޔަވީތަ؟….” ތާރާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ ކުލަވަރުތަކެވެ. ޒެލީންގެ އުފާވެރިކަން ނިގުޅައިގަނެވުމުންނެވެ.

”ޝަޓް އަޕް!ކަލޭ ނަޒްޔަކް ގާތު ކީކޭ ކިޔައިގެންތަ ތިއުޅެނީ؟… އަހަންނަށް ނަޒްޔަކް ނުލިބެންޏާ އެހެން އެއްވެސް މީހަކަށް އޭނަ ނުލިބޭނެ! އަޑުއިވިއްޖެތަ؟….” ޒެލީން ދެލޯހަނިކޮށްލިއެވެ.

”އޫޕްސް….” ތާރާ ހީގަތެވެ.

”ބޫނޭ ކީކޭ ނަޒްޔަކް ގާތު ބުނީ….” ޒެލީން އިންޒާރުގެ ރާގެއްގައި ބުނެލިއެވެ. އޭނަ ރުޅިއައިސް ރޫޅިދާނެހެން ހީވެއެވެ.

”އަހަރެން ހާމަކުރީ ކަލޭގެ ހަޤީޤަތް، އަހަރެން ބުނީ ކަލޭތީ ނާސިއެކޭ، އަޅެ މީ ދޮގެއްތަ؟ ލޮލުން ފެންނަ ކޮންމެ މުއްސަނދި ފިރިހެނެއްގެ ފަހަތުން ކަލޭ ހުންނަނީ ޖައްސާލާފަ، މީގެ ކުރިން ކަލޭ ރައްޓެހިވި މީހުންގެ އަދަދުވެސް ބުނިން އަދި ބުނިން އަލްޔަސްއާ އޭނަގެ ގާރލްފްރެންޑް މައްސަލަ ޖެހިގެން އުޅުނު ދުވަސްތަކު ކަލޭ އުޅުނޭ އަލްޔަސް ވެސް މަޅީގައި ޖައްސަން، އަދި ތިމާ ވަރުގެ ރަގަޅު މީހެއް ނެތްކަމުގައި ހެދެން އަހަރުމެން ގާތު ބުނެފިއޭ ތިމަންނައަށް ކުރެވުނީ ކުށެކޭ، މެރީކޮށްގެން ތިބި ދެމީހުންގެ ތެރެއަށް ވަދެވުމަކީ ފާފައެކޭ، ވަގުތު ފާއިތުވުމުގެ ކުރިން ވިސްނުނުކަން އެއީ ނަސީބެކޭ… ކަލޭ އެވާހަކަ ދެއްކީމަ އަހަންނަށް ލިބުނީ ޝޮކެއް، ލޯތްބަށް ޤަދަރުނުކުރާ މީހަކު މިހާރު ކޮން ލޯތްބެކޭ ކިޔާކަށްތަ؟…. ޔޫ އާރ އެ ބިޗް، ލާރި ލިބެންޏާ އޭގެ ފަހަތުން ކަލޭ ދުވާނީ….. ނަޒްޔަކް ނުފެނުނުނަމަ ކަލޭ އަދިވެސް އަލްޔަސް ފަހަތުން ދުވާނެ!… ފުރަތަމަ އަހަރެން ހީކުރީ ނަޒްޔަކް ޤަބޫލު ނުކުރާނެކަމަށް، އެކަމަކު އަހަރެން ހެކި ދެއްކީމަ ޖެހުނީ ޤަބޫލުކުރަން…. އައި ސޭވްޑް ހިމް ފްރޮމް ޔޫ….” ތާރާ ދެބުމަ ކައިރިކޮށްލަމުން އަޑަށް ބާރުލަމުން ބުނެލިއެވެ.

ޒެލީންއަށް ދެދަތްޕިލަ ޖައްސާބާރުކޮށްލެވުނެވެ. މީ ވަރެއްގެ ތާރާ ގަނޑެކެވެ.

”ހީކުރީތަ ތިހާ ފަސޭހައިން ނަޒްޔަކް ހައްލާލެވޭނެ ކަމަށް؟ ކަލޭގެ ދޮގުތައް އޭނަ އަޑެއް ނާހާނެ….”

”ދޮގުތަކޭ؟ އޯހް ޕްލީސް، އަހަރުމެންނަށް ފެނެޔޭ ކަލޭ ގަންނަގަނޑު، އަލްޔަސްއާ ދިމާވުމުގެ ކުރިން އުޅުނީ މިތާންގެ ބޮސް ފަހަތުން، ބޮސް މަޅީގަ ބައްދާނުލެވުނީމަ ދެން ދިމާކޮށްލީ ބޮސްގެ ދަރިފުޅާ، އެކަންވެސް ކާމިޔާބު ނުވީމަ އަޅުވާލީ އަލްޔަސް ފަހަތުން އެންޑް އާފްޓާރ ދެޓް ނަޒްޔަކް… ޔޫ ނޯ ވަޓް؟ ޔޫ އާރ ސިކް!…..” ތާރާގެ އަޑު މަޑެއް ނުވިއެވެ. އޭރު މީހުންތައް ޖަމާވެގެން ދެމީހުންގެ ކޯޅުންގަނޑު ބަލަން ތިއްބެވެ.

”އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް ކަލެއަކާ ނުބެހޭނެ، އައި ލަވް ނަޒްޔަކް އެންޑް އައިވިލް ވިން ހިޒް ހާރޓް، ނަޒްޔަކްއާ މެރީވެސް ކުރާނަން، ބަލަން ހުންނާތި!…” ޒެލީން ބުނެލިއެވެ.

”ވެލް ގުޑް ލަކް!…” ތާރާ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އެއީ ނުވާނެ ކަމެއްކަން އޭނައަށް އިނގެއެވެ. ނަޒްޔަކްއަށް ޒެލީންގެ ހަޤީޤަތް ކިޔައިދިނުމުން އެމޫނުމަތިން ފާޅުވެގެން ދިޔައީ ރުޅީގެ ކުލަވަރުތައް ފެނުނީ އޭނައަށެވެ. ދެން ދުވަހަކުވެސް ޒެލީންއާ ދިމާއަށް ނަޒްޔަކް ބަލާލާނެކަމެއް ވެސް އެނގެނީކީ ނޫނެވެ. ޒެލީންގެ އުފާވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުމުން ތާރާގެ މޫނު އުޖާލާ ވެއްޖެއެވެ. ނުވީތާކަށް އޮފީސް މުވައްޒިފުންގެ ތެރޭގައި ޒެލީން ބަދުނާމުކޮށްލެވުމުން ވެސް އެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. ފަރުދާގެ ނިވަލުގައި ހުރި ޒެލީންގެ އަސްލު ސޫރަ މިހާރު އެންމެނަށް ވެސް ފެންނާނެތާއެވެ. މައުސޫމްކަމުގެ ފަހަތުގައި ފިލާ ހުރީ ބޮޑު އިނބުލީހެކެވެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއޭ ބުނެއުޅެނީ ޒެލީން ފަދަ މީހުންނަށެވެ.

އޮފީސް ނިންމާލާފައި ޒެލީންއަށް ގެއަށް އާދެވުމާއެކު އޭނަ ނަޒްޔަކްއަށް ގުޅަން ފެށިއެވެ. ބާރބެކިއުއަށް ދާން ތައްޔާރުވަމުން ދިޔަ ނަޒްޔަކް ފޯނު ނެގީ ބޮލަށް އުނދަގޫވާ ހިސާބަށް ގޮސްގެންނެވެ. ފޯނު ނަގަމުން ކިހިނެއް ވީހޭ ވެސް އަހާލެވުނީ ރުންކުރު ރާގަކަށެވެ. ޒެލީންގެ ފަތިފުށް ހާމަވީ ފަހުން އޭނަ ޒެލީން ދެކެ ވީ ލޯބި ނަފްރަތަށް ބަދަލުވެއްޖެއެވެ. ފުރަތަމަ ޤަބުލުކުރަން ދެކޮޅު ހެދިޔަސް ތާރާ ދެއްކި ހެކިތަކާއެކު އޭނައަށް ޤަބޫލުކުރަން މަޖުބޫރުވީއެވެ. ނުވީތާކަށް ޒެލީންގެ މަންމަ ކުރި ކަންތައްތަކުން އޭނަ ޒެލީން ދެކެ ވަކިން ބޮޑަށް ރުޅިއައިސް ފޫހިވިއެވެ.

”ނިކް އެ ތާރާ އެއުޅޭނީ އަހަރުމެން ދެމީހުން ދުރުކުރުވަން…..” ޒެލީން ރޮއިގަތެވެ. އޭނަ ހަޤީޤަތުގައި ވެސް ނަޒްޔަކް ދެކެ ލޯބި ވެއެވެ. އޭނަގެ މާޒީގެ ސަބަބުން ލިބުނު އުފަލަށް ހުރަސްއެޅެން އޭނަ ބޭނުމެއް ނޫނެވެ.

”މިހާރު އަހަންނަށް އެނގިއްޖެ ކާކުކަން ދޮގުހަދަނީ، އަހަރެން ސުވާލެއް ކޮށްލަން ތަ؟ ޒެލީންގެ މަންމަގެ ޕްލޭންތަކުގައި ޒެލީން ވެސް ބައިވެރިވިން ދޯ؟ އަހަންނާ ބައްދަލު ވުމުގެ ކުރިން އުޅުނީ އަލްޔަސް ފަހަތުންނެއްނު، އެހެންވެ މި ސުވާލު ކޮށްލީ، ދެމައިން ބައިވެގެން ހޭ އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ބަރުބާދުކުރަން އުޅުނީ؟ އީނާއާ އަލްޔަސް ދުރުނުކުރެވޭނެކަން އެނގުނީމަ ދެން އަހަރެން ފަހަތު ޖައްސާލީ، ނޫންތަ؟….” ނަޒްޔަކް އަހާލިއެވެ. ރީތިކޮށް ވާހަކަ ދައްކަން ނަޒްޔަކް މަސައްކަތް ކުރިއެވެ. އޭނަގެ ހިތުގައި ޒެލީންއަށް ޓަކައި ވި ލޯބި ބަދަލުވެއްޖެއެވެ.

”ނޫން…ނޫން…..” ޒެލީން ބުންޏެވެ. ޒެލީންއަށް ގިސްލެވެން ފެށުމުން އޭނައަށް ވާހަކަ ކުރިއަށް ގެންދެވުނު ކަމަކަށް ނުވިއެވެ. ނަޒްޔަކް ފޯނު ކަނޑާލުމާއެކު ޒެލީންއަށް އަޑުންއަޑު ނަގާފައި ރޮއިގަނެވުނެވެ. އޭނަ އެތައް ފަހަރަކު ނަޒްޔަކްގެ ފޯނަށް ގުޅިއެވެ. ޒެލީންގެ އުނދަގުލާއެކު އެންމެ ފަހުން ނަޒްޔަކް އޭނަގެ ފޯނު ބްލޮކްމޯޑަށް ލިޔެވެ.

ޒެލީންގެ ދެލޯ ރޮމުން ގޮސް ފާރުވާ ހިސާބަށް ދިޔައެވެ. ތާރާ ދެކެ އައި ރުޅި ބޭލުނީ ކޮޓަރީގެ ސާމާނު ތަކަށެވެ. މިއަދު އޭނަގެ ލޯބި ގެއްލިއްޖެއެވެ. އެލޯބި ހާސިލުކުރަން ހަދަންވީ ކިހިނެއް ހެއްޔެވެ؟ ހަމަހިލާ ނަޒްޔަކް އެހެން މީހެއްގެ ހައްޤަކަށް ވިޔަކަ ނުދޭނެއެވެ. ނަޒްޔަކް އޭނަ ދެކެ ނަފްރަތު ކުރިޔަސް ހެވެވެ. އޭނަ ނަޒްޔަކްގެ އަންބަކަށް ވާނެއެވެ. އެލޯބި ހާސިލުކުރަން އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ.

ޒެލީންގެ ހިތް ފުރޭވަރުވިއިރު ކޮޓަރިއަށް އޮތީ ނަގޫރޯޅިއެއް އަރާފައެވެ. ޒެލީން އެނދަށް ވެއްޓިގަތެވެ. އޭނަގެ ރުއިމުގެ އަޑުން ކޮޓަރި ތެރޭގެ ހިމޭންކަން އޭރު ވަނީ ނިމުމަކަށް އައިސްފައެވެ.

****

ހުޅުމާލެއަށް ފެރީ ނައްޓާލިއިރު އަލްޔަސް އާއި އީނާގެ އިތުރުން ރޫޔާ އަދި ނަޒްޔަކް ތިބީ އަމިއްލަ ވާހަކަތަކަށް ގެއްލިފައެވެ. ގިނަ ފަހަރު ރޫޔާއަށް އީނާމެންގެ ވާހަކަތަކަށް ސަމާލުކަމެއް ނުދެވެއެވެ. އޭނައަށް ބަލަަހައްޓައިގެން އިނދެވެނީ ތަރިތަކުގެ ދަރުބާރުގައި ފަރިވެލައިގެން އިން ހަނދަށެވެ. މިރޭގެ ހަނދު އެހެނިހެން ރޭތަކަށް ވުރެ ފުރިހަމަކަމަށް ދައްކައެވެ. އޭގެ ވިދުންވެސް ގަދައެވެ.

”ނިކް ހާދަ މޫޑީވެފައި، ބިޓު ކެޓީތަ؟….” ސަމާސާއަކަށް އަލްޔަސް ބުނި ޖުމްލައިން ނަޒްޔަކް ދިޔައީ ސިއްސައިގެންނެވެ. އޭރު އެންމެންގެ ނަޒަރު އަމާޒުވެފައި ވަނީ އޭނަ އަށެވެ. ރޫޔާ ވެސް އޭރު ނަޒްޔަކްއަށް ބަލަން އިނެވެ. އޭނައާއި ނަޒްޔަކް ބައްދަލުވެފައިވަނީ ދެތިން ފަހަރަކުއެވެ.

”ބިޓެއް ހުރެގެނެއްނު ބިޓު ކަޓާނީ، އައިމް ސިންގަލް….” ނަޒްޔަކް ހީގަތެވެ. އޭނަ ޒެލީންގެ ހަނދާންތައް ކަފުންކޮށް ވަޅުލައިފިއެވެ. އެ ނަން ދެކެވެސް އޭނަ ރުޅި އާދެއެވެ.

”މުޅި އުމުރު ދުވަހު ސިންގަލްކޮށް ހުންނަންތަ ޕްލޭން ތިކުރަނީ؟…” މިފަހަރު ސުވާލު ކުރީ އީނާ އެވެ.

”ސޭމްމެން ހާ އަހަރެން ލަކީއެއް ނޫނޭ….” ނަޒްޔަކް ހިނިތުންވެލިއެވެ.

”އަބަދު ގޭތެރޭގަ ހުންނަންޏާ ލަކީ މީހަކު ނޭގޭނެއެއްނު….” އަލްޔަސް ބުންޏެވެ.

”އޯވާރ ކްރައުޑް ތަނެއްގަ ބޭރަށް ނިކުމެލީމަ ސިކުނޑި ފަޅައިގެނެއްނު ދާނީ، އަވަހަށް ފުރަން ވީ…” ނަޒްޔަކް ބުންޏެވެ. މާލެ މަތިން އޭނަގެ ހިތްކެނޑި އޭނަ ބޭނުންވަނީ އަވަހަށް ފުރަންށެވެ.

”މެރީކޮށްގެން ނޫނީ ދެން ނުފުރޭނެ، ހިޔެއް ނުވޭ ދެން މަންމަ ދޫ ދޭނެ ހެނެއް، ނޭގެ އެއްނު ކުއްޖަކު ނުހޯދާކަމެއް ވެސް….” އަލްޔަސް ބުނެލިއެވެ. ދެބޭން ހީހީފައި އުޅުނު އިރު އީނާ އިނީ ރޫޔާ އާއި އަނގަތަޅާލާށެވެ. އެންމެ މިނެޓަކަށް ވެސް ރޫޔާ ފޫހި ވިޔަކަ ނުދިނެވެ.

”ރޫ ޔޫ ހޭވް ޓު މޫވް އޮން….” އީނާ ރޫޔާގެ އަތަށް ފިތާލަމުން ބުންޏެވެ.

ރޫޔާ އިނީ ހިމޭން ވެފައެވެ. އޭނަވެސް މާޒީ ހަނދާން ނައްތާލާފައި ކުރިއަށް ދާން ބޭނުމެވެ. ނަމަވެސް އެއީ އެހާ ފަސޭހަކަމެއް ނޫނެވެ. ”އެ ޒަލަފް މަތިން ނުވިސްނިއްޔާ ރަގަޅީ… އެންމެންގެ ތެރޭގައި ރޫ ހިއުމިލިއޭޓް ކުރިއިރުވެސް އޭނަ ހުރީ ބަލަހައްޓައިގެން، އޭނަ މަތިން ވިސްނާލިޔަސް ރުޅިއާދޭ، ޔޫ ހޭވް ޓު މޫވް އޮން ، ޔޫ ޑިޒާރވް ސަމްވަން ބެޓާރ ދޭން ހިމް……..” އީނާ ފުން ނޭވާއެއް ލިޔެވެ.

އީނާ ތަފާތު އެކި ވާހަކަތައް ދެއްކިއެވެ. އީނާގެ ވާހަކަތަކުން ރޫޔާއަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އީނާ ބުނި ފަދައިން އެކަނިވެރިކަމާއި ހަނގުރާމަ ކުރެވޭނީ މީހުންގެ ތެރެއަށް ނިކުމެ އުޅެން ފެށީމައެވެ. އެހެންނޫންނަމަ އެކަނިވެރިކަމުގެ އަނދިރީގެ ތެރޭގައި އޭނަ ގައިދުވެދާނެއެވެ. އީނާއަށް އޭނަގެ ހިތުގެ ވޭން އިހުސާސް ކުރެވޭނެއެވެ. އީނާ ވެސް ވަނީ އެކަން ތަޖުރިބާކޮށްފައެވެ.

”ހީ އިޒް އެ ޗީޕް ޕާރސަން….” ރޫޔާ ފުން ނޭވާއެއް ލިއެވެ.

****

ހަތަރު މީހުން ބާރބެކިއު އޭރިޔާއާ ދިމާއަށް ދާން މިސްރާބު ޖެހިއިރު ފިނި ފިނި ރޯޅިތަކުގެ ނާނާގެ އަޑު މުޅި ހިސާބުގަނޑުގައި އަޅުވާލާފައި އޮތެވެ. ދެތިން ބޮއްކެއްގެ އަލިވަރު އެޅިފައި އޮތަސް ހެދިފައި ހުރި ބޮޑެތި ގަސްތައް ފޫއަޅުވާލާފައި އެއަލިތަތަކަށް ވެސް ދަތުރު ކުރެވޭވަރެއް ނޫނެވެ. ހަނދުވަރުގެ އަލިކަން ނެތްނަމަ މަގުތައް އޮންނަނީ ހިމޭންކަމާއި އަނދިރިކަމުގެ ބޯ ފަރުދާތައް އޮޅާލައިގެންކަން ޔަޤީނެވެ.

ބާރބެކިއު އޭރިޔާ އޮތީ ފުދޭވަރަކަށް މީހުންތަކުން ފުރާލާފައެވެ. ހޭ އަޑާއި ހަޅޭއްލަވާ އަޑުން ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ.

އަލްޔަސް ، އީނާ އަދި ރޫޔާ ، ކުކުޅާއި ސޮސެޖް ފިހުމުގެ މަސައްކަތުގައި އުޅުނުއިރު ނަޒްޔަކް އުޅުނީ ފޮޓޯ ނެގުމުގައެވެ. ގްރިލް މައްޗަށް ފަތުރާލި ކުކުޅާއި ސޮސެޖް ފިހެން ފެށި ވަސް ފަޒާގެ ތެރެއަށް ފެތުރެން ފެށުމުން ބަނޑުހައިކަން އިތުރުކުރުވިއެވެ. ކޮންމެ މީހެއްގެ މޫނުމަތިން އެވަގުތު ފެނުނީ ހަމަޖެހުމުގެ ކުލަވަރުތަކެވެ.

ބާރބެކިއު ނިންމާލެވުނީ ބާރަ ޖަހަން ކައިރިވެފައި ވަނިކޮށެވެ. އޭރު އަލްޔަސްމެން ފިޔައި ހުރިހާ މީހުން ހިނގައްޖެއެވެ. މުޅި މާހައުލުގައި ރަސްކަން ކުރަނީ ހިމޭންކަމެވެ.

”ހިނގާ އަވަހަށް ދާން، އެހެންނޫނީ ފެރީ ކަޓާފާނެ….” އަލްޔަސް ބުންޏެވެ.

”ކޮބާ ތަ ރޫ؟….” ދެފަރާތަށް ނަޒަރު ހިންގާލަމުން އީނާ ބުންޏެވެ. މާދުރުނޫން ހިސާބެއްގައި ހުއްޓިލައިގެން ހުރި ރޫޔާ ފެނުމުން އީނާގެ ހާސްކަން ފިލައިގެން ދިޔައެވެ.

”ނިކް ދޭބަލަ ރޫ ގޮވައިގެން އަންނަން….” އީނާ ބުންޏެވެ. ފޯނާ ކުޅެން ހުރި ނަޒްޔަކް ބޯޖަހާލަމުން ގޮނޑުދޮށް ކައިރީ ހުއްޓިލައިގެން ހުރީ ރޫޔާއާ ދިމާއަށް ހިނގައިގަތީ ލަސް ހިނގުމެއްގައެވެ. ބާނީތަކަކާއެކު އައިސް ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކަށް ބަލަން ހުއްޓާ ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ރޫޔާ ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..6

Next

އުޅެން އުމުރަށް ލޯބިން އެކީ…4

Next
August 16, 2014

އުޅެން އުމުރަށް ލޯބިން އެކީ…4

Previews
August 14, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..6

7 Comments!

  1. mish says:
    August 15, 2014 at 8:24 am

    Mutha mi prt ves vvvvvv salhi ingey………♥♥♥ nik nd roo dhw dhen gulhey ny…..nxt prt vvvv avahah up kohdhehchey mutha

  2. ifa says:
    August 15, 2014 at 10:56 am

    mi prt ves awesome ingey…..nik and roo avahah gulhu va bala dhn….avahah up koh dhehchey ingey….will wait 4 the story

  3. maee says:
    August 15, 2014 at 11:15 am

    nik n roo gulhuva, eyrun vahaka salhi vane

  4. naj says:
    August 15, 2014 at 1:05 pm

    oh… nick n roo gulhuva .. dhn zeleen aa zalaf .. dhw dhn … inoo n alyas … 3 couples 🙂 .. oh v nice ingey … keep it up muthA 🙂

  5. leen says:
    August 16, 2014 at 7:32 pm

    yeah dhw..roo nd nik guluvyma varah salhi vaane

  6. mary says:
    August 17, 2014 at 2:05 pm

    muthaa kobar tha vaahaka avaha up kohbala kiyaathun nw hurvenyki nun

  7. leen says:
    August 17, 2014 at 2:32 pm

    koba aneh prt?

Comments are closed.

Next Episodeއޯގާވީ ހިތަކުން…42←


All Right Reserved!