Skip to content
އެސްފިޔަ

ކުޑަކުދިންނަކީ މަޢުސޫމު ބަޔެކެވެ.

އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ
ކުޑަދަރިފުޅަށް އަޅައިލުމާއި ލޯބި ދިނުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިއްމާއަކާއި ވާޖިބެކެވެ. ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރި ނުވުމަކީ ބޮޑު ފާފައެކެވެ. އެ ކުދިންނަށް ލިބިގެންވާ ޙައްޤުތައް ނިގުޅައި ގަތުމުގެ ސަބަބުން މުސްތަޤްބަލް މުޅީން ބަނަވެގެން ދެއެވެ.

ކުޑަކުދިންނަށް ތަފާތު ވައްތަރުގެ އަނިޔާ ލިބެއެވެ. މި ކަމުގެ ޒިއްމާ އުފުލަން ޖެހޭނީ މައިންބަފައިންނާއި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭ ފަރާތްތަކުންނެވެ. ގިނަ ފަހަރަށް ކުޑަކުދިންނަށް އަނިޔާ ދެނީ އެ ކުދިން ޙިމާޔަތްކޮށް ބަލަހައްޓަން ޖެހޭ ފަރާތް ކަމުގައިވާ މައިންބަފައިންނެވެ. ނުވަތަ ތިމާގެ  މީހުންނާއި ރަޙުމަތްތެރިންނެވެ. ނުދަންނަ މީހުންގެ ފަރާތުން އަނިޔާ ލިބެނީ ވަރަށް މަދުންނެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބެއެވެ. އެކުދިން އެ ވޭނުގައި މުޅި އުމުރު ހޭދަކުރާންޖެހެއެވެ. ކުއްޖާ މުޅިރަށަށް ފަޟީޙަތް ވެއެވެ. މީހުން ދެކޭގޮތް ވަރަށް ތަފާތެވެ. މިކަމުގައި އެ ކުއްޖާފުޅުގެ ކުށަކީ ކޮބައިހެއްޔެވެ؟

ކުދިން މަޅީގައި ޖައްސަނީ ނުހަނު މޮޅަށް ރާވައިގެންނެވެ. އެހާ ގާތް ބަޔަކު ހިންގާ ގުޅުމަކަށް ވާތީ އެތަކެއް ދުވަހު މި ގުޅުން ހިންގާއިރު ވެސް މީހުންނަކަށް ނޭގެއެވެ. ވުމާއެކު ކުދިންގެ ކަންތައްތައް ވަރަށް ގާތުން ބަލަންވާނެއެވެ. އެ ކުދިންނަށް އެފަދަ ޢަމަލެއް މީހަކު ހިންގާ ނަމަ ފާހަގަކުރެވޭ ކަންތައްތަކެއްވެއެވެ. ކުއްޖާގެ އުޅުމުން ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި، އެކަހަރިވެ އުޅުމާއި، ދެރަވެފައިހުރުމާއި، ރުޅިގަދަވުމާއި، ހާސްވުމާއި ވަރުބަލިވުން ހިމެނެއެވެ. ގިނަގިނައިން ބަނޑުގައި ނުވަތަ ބޮލުގައި ރިއްސާތީ އުޅުމާއި، ތަންމައްޗަށް ކުޑަކަމުދެވުމާއި، ނިދުމުގައި އުނދަގޫވުމާއި، ބިރުވެރި ހުވަފެން ފެނުމަކީ ވެސް ކުދިންގެ ކިބައިން ފެންނަކަންކަމެވެ. ކިރިޔާވެސް ޝައްކުކުރެވޭ ޢަމަލެއް ފެނިއްޖެ ނަމަ އަމިއްލައަށް އެކަން ތަޙްޤީޤް ކުރަންވާނެއެވެ. ފިޔަވަޅު އަޅަންވާނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ދަށުދަރަޖައިގެ ހަޑި މުޑުދާރު ޢަމަލެކެވެ. ޚާއްސަކޮށް ތިމާގެ ދަރިޔާއެކު އެފަދަ ޢަމަލު ހިންގާ މީހުންގެ ވިޔާނުދާކަން އިންތިހާއެވެ. ކުކުޅުހާލަށް ވުރެ ވެސް އެ މީހުން ނިކަމެއްޗެވެ. އެހިނދު އެމީހާ އެ ވަނީ ޝައިޠާނީ ވަބާގައި ޖެހި ހަފުސް ވެފައެވެ.

ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ކުރެއެވެ. ހިތަށް ވެސް ނުގެނެވޭފަދަ ބޮޑެތި ޢަމަލުތައް ހިންގައެވެ. ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަނެއެވެ. ބުއްދި ފަސްކުރުވައެވެ. އަނގުނުތައް ބިންދައިލައެވެ. ހަންގަނޑު ފިއްސާލައެވެ. ތެޅުމާއި، ވިކުމާއި، ކޮށްޕާ ވައްޓައިލުމަކީ ޢާއްމުކޮށް ކުރާ ކަންތަކެވެ.

ކުދިންނަށް ހަޖޫ ކިޔުމާއި، މަލާމާތްކުރުމާއި، ޖެއްސުންކޮށް ނިކަމެތިކޮށްލުމަކީ ބޮޑެތި މީހުންކުރާ ނޭދެވޭ ޢަމަލެކެވެ. މިކަމުގެ ސަބަބުން އެ ކުދިންނަށް ވަރަށް ނޭދެވޭ އަސަރެއް ކުރެއެވެ. ދިރިއުޅުން މަތީން މުޅީން ފޫހިވެ ދަންޖެހޭ ހިސާބަށް ކަންތައްދެއެވެ.

ކުދިންނަށް އަޅައިލަން ވާ ވަރަށް އަޅައިނުލެވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނުހަނު ގިނައެވެ. ބޭސްފަރުވާ ނުކުރުމުގެ ސަބަބުން ބަލި އިތުރަށް ބޮޑުވެގެން ދެއެވެ. ރަނގަޅު ކާނާ ނުދިނުމުން ކުއްޖާ ހިކި އަނަރޫފަ ވެއެވެ. ހެދި ބޮޑުވުމުގައި މައްސަލަތަކާ ކުރިމަތި ވެއެވެ. ތަޢުލީމު އުނގެނުމުގެ ފުރުޞަތު ނުދޭތީ ހެޔޮ ނުބައި ވަކިކުރާކަށް ނޭނގެއެވެ.

ކުޑަކުދިން ބޮޑެތި ކުށްތަކުގައި ބައިވެރި ކުރުވައެވެ. އެކަމަށް ހިތްވަރުދީ ހަދައެވެ. ބުރަމަސައްކަތް ކުރުވައެވެ. ރިވެތި އުޅުމެއް ނުދައްކައެވެ. އެހެންކަމުން އެކުދިންގެ ދުނިޔެ އަނދިރިވެގެންދެއެވެ.

ކުޑަކުދިންގެ ކުރިމަގު އުޖާލާކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ވާޖިބު އަދާކުރުމަށް ތައްޔާރު ވީމައެވެ. ކުޑަކުދިންގެ މަޢުސޫމްކަން ވިސްނުނީމައެވެ.

————–
(ނިމުނީ)

 

Comments (40)

  1. Kitty

    Very beautifully written.. And liyefa thiby ves thedhu vaahaka thakeh.. Very inspiring ??

    1. ismail ali kaleyfaanu
      Kitty

      thanks, kitty.aslu ginain milyany kitty hivvaru dheythy.savaabu kolheh kitty ahves libeyne kamah ummmeeedhu kuran. onething i want say respect others feelings.think positive.

  2. Kitty

    Alhamdhulillah.. Kitty abadhuves insha Allah isse ah support ves kuraanan adhi hivvaru ves dheynan… Thank u.. N i always try to understand others feelings and respect them.. Insha Allah I will always be positive ❤️❤️

    1. Kitty
      Kitty

      But i respect ppl who respect others.. Bune ennu give respect get respect back..

    2. ismail ali kaleyfaanu
      Kitty

      keep it up. my idea is to give respect and show do not think others …

  3. Kitty

    Yes.. U also keep it up

    1. ismail ali kaleyfaanu
      Kitty

      ok

  4. Kitty

    ??

  5. Kitty

    Dnh Isse ge ehen vaahakaeh kiyaalan libeyny kon dhuvahakun. Kiyaala hithun hama ahaa levuny

  6. Kitty

    Isse ge ehen vaahakaeh nunerentha… Isse ge vaahakaeh kiyaala hithun ahaa levuny… Avahah up kohla dhehchey

  7. jin

    thinking about others is good thing ……. respect kurmaky enme bodu kanthah …. meehakah trust kurumaky enmen udhgoo kanthah..

    1. Kitty
      jin

      Very true jin…

  8. jin

    thanks kitty……. kitty ge aslu name aky kba

    1. Kitty
      jin

      Thaath and you

  9. jin

    layaal short koh lallu…….thaath can you help me to write a story …….

    1. Kitty
      jin

      Layaal.. Nice name.. Yep sort of.. I mean i can try..

  10. Kitty

    Isse alhe dhn nuliyantha ehn vaahakaeh.. Isse ge vaahakaeh kiyaala hithun ahaa levuny ingey

    1. Kitty
      Kitty

      Repeated!!! No way…

    2. ismail ali kaleyfaanu
      Kitty

      ebaliyan vaahakeh.

  11. lallu

    hehe thanks ….u thaath

    1. Kitty
      lallu

      Welcome.. Koba Koniraku fashany dhn

  12. Kitty

    Thank u, thank you so much isse.. Gud luck

  13. lallu

    thaath ge age aky kba …… amihla life ge mahchah binaa koh ibrai libey gothakah vaahaka eh liyan beynumy …….

  14. lallu

    reethi dhw mi idea

    1. Kitty
      lallu

      “thats a good idea” ??

  15. lallu

    age eh nubunaanan tha??????

  16. lallu

    ulhey dhw ehn v ma fah tan …….. alhugaduge age aky 13.

    1. Kitty
      lallu

      Awwnn… Ur little girl dhw.. Im 16 dear… Ehn v ma sis. Akah dhw v.. Hehe… Anyways, lets start writing dhw dear

  17. lallu

    aan dw……

  18. lallu

    story liyaa iru vaagoi kiyai dheyn jeheyne dhw …kihineh mithai kiyaany …

    1. Kitty
      lallu

      Yes. Thts one thing..

  19. lallu

    and one more thing sis…sis kon rasheh ???? ok dhw sis ah govi as…

    1. Kitty
      lallu

      Yes…but hingama dhw rah secret eh gothuga baahvamaa….

  20. lallu

    ok ……

  21. lallu

    dhn ehn gothakun vaahaka eh nudhehkeyne dhw sis?????????

    1. Kitty
      lallu

      Neynge sis akah nei vaahaka dhekeveyne ehn gotheh…. Layaal ge Gmail eh oveytha

  22. lallu

    midhuvas kolhu neh

  23. lallu

    phone beteri halaaku vefa

  24. lallu

    Instagram beynun kuran tha……sis

    1. Kitty
      lallu

      Sis ge athuga phone eh noavey.. Sis use nukuran phone eh… Plus i dont use instagram or Facebook.. Or anything else…Layaal ah gmail use kureven oih nama vees dhw.. Dhn there’s nothing i can do about this… Really do wanna help but???……… Kyhkuraany

Comments are closed.