މަންމަގެ ހަނދާން
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
މަގޭ ލޯބިވާ މަންމާއެވެ!ތިޔައީ ނަމޫނާ މިސާލެކެވެ.މައެއްގެ ވާޖިބުތަކާއި،ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިވާ ޒިންމާދާރު މައެކެވެ.ދަރިންނަށްޓަކައި މަތިވެރި ޤުރުބާންތަކެއް ވެފައިވާ މައެކެވެ.
މަންމަގެ އޯގާތެރި ފިރުމުންތަކުގެ އަސަރު މިހިތުން ދުވަހަކުވެސް ފިލައިގެންނުދާނެއެވެ.މަންމަގެ މީރުވަސް މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. މަންމަގެ މީރުވަސް އަބަދުމެ އާލާވޭވޭ ހުރެއެވެ.މަންމަގެ ނެވާގެ މީރުކަމާއި ހޫނު އިޙްސާސް މިހިތުން ފިލާނީ ކިހިނަކުން ހެއްޔެވެ؟
ލޯބިވާ މަންމާއެވެ. މައިވަންތަކަމުގެ އިޙްސާސަކީމަތިވެރި އިޙްސާސެއްކަން މިއަދު އަޅުގަޑަށް ތަޖްރިބާ ކުރެވިއްޖެއެވެ. އެތަކެއް ރޭގެ ނިދި ނަގާލައިގެން އަޅުގަޑަށް ހޭހަން ކޮށްދިނީ އެއްވެސް އެއްޗެއްގެ ބޭނުމުގައި ނޫންކަން މިއަދު އަޅުގަޑަށް ވިސްނެއެވެ. ޙަޤީޤަތުގައި މަންމަ ބޭނުންވީ އެންމެ ކަމެކެވެ. އަޅުގަޑު ނަންވިދާލާފަދަ ކުއްޖަކަށް ހެދުމެވެ. އަޅުގަޑުގެ ޙަޔާތް އުޖާލާކޮށް ދިނުމެވެ.
މަންމަގެ އުނގަކީ ހާދަ ޙިމާޔަތް ބޮޑު ތަނެކެވެ. މަންމަގެ އުނގުގައި ބޯއަޅައިލުމުން ހާދަ އުފަލެއް އިޙްސާސްވިއެވެ. މަންމަގެ ފިރުމުން ތަކުން ހާދަ އަރާމެއް ލިބުނެވެ. މަންމަގެ އަގުހުރި ނަސޭޙަތްތަކުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ލިބިއްޖެއެވެ.
މަންމަގެ ޤުރްބާނީގެ އަގު އަދާ ނުކުރެނަސް ޤުރުބާނީގެ އަގުވަޒަން ކުރެވެއެވެ. އެކިއެކިމީސްމީހުން ގެއަށް ހަދިޔާގެ ގޮތުގައި ގެންނަ މީރު ކާއެއްޗެހި މަންމަ ނުކާކަން ފާހަގަ ކުރެވެއެވެ. އެގޮތަށް ލިބޭ ތަކެތި ވަރަށް އިންސާފުވެރިކމާއިއެކު ހުރިހާ ކުދިންނަށް ބަހައިދެއެވެ. އޭރު އަޅުގަޑު ހިތަށް އަރަނީ މަންމަ އެއްޗެހި ކާން ބޭނުން ނުވަނީކަމުގައެވެ. މިހާރު ބޮޑުވީމާ އަޅުގަޑުގެ ތަޖްރިބާއިން މިއެނގެނީ މީރު ކާނާ އަބަދުވެސް ދަރިންނަށް ދޭން ބޭނުންވާކަމެވެ. ދަރިންގެ ބަނޑު ފުރުނީމާ އެކުދިން ހިތްހަމަ ޖެހުނީމާ މައިންބަފައިންނަށް ހިތްހަމަ ޖެހުމެއް ލިބެއެވެ. އުފާވެރިކަމެއް އިހްސާސް ކުރެވެއެވެ.
މަންމާއެވެ. އަޅުގަޑު ޅައިރު މަންމައަށް ގިނަގުނަ އުނދަގޫ ތަކެއް ކުރެވިފައިވާނޭ މިއަދު ހިތަށް އަރައެވެ. ބަސްނާހައިގެން އުޅޭ ދަނޑިވަޅުތަކުގައި މަސަލަސް ކުރުމަށް މަންމަ ބޭނުންކޮށްފައިވާ މޮޅު އުކުޅުތަކުން ބައެއް މިއަދު އަޅުގަޑަށް ދަސްވެއްޖެއެވެ.
އަޅުގަޑުމެން ބަލާބޮޑުކޮށް ތަރުބިއްޔަތުކޮށް ތައުލީމުދިނުމުގައި މަންމަ ދަތި އުނދަގޫ މަރުހަލާތަކެއް ކަޑަތު ކޮށްފައިވާކަން އަޅުގަޑަށް އެނގެއެވެ.މަންމައަކީ ވަރަށް ކެތްތެރި އެހާމެ ނިޔަނެތި،ހުރިހާ މީހުނަނާވެސް ގުޅޭ މީހެކެވެ. މަންމަގެ ހެޔޮކަން ލިބިފައިވާ މީހުން މިއަދުވެސް އަޅުގަޑު ފެނުނީމާ ފާޅު ކުރާ ހެޔޮބަސްތަކުން އެކަން ވަރަށް ބޮޑަށް ތަސައްވަރު ކުރެވެއެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މަންމަގެ
ގާތްމީހުންނާއި، ރަހުމަތްތެރިންނެވެ.
މަންމާއެވެ. މަންމައަށްޓަކައި ވަރަށްގިނަ ކަންތައް ކޮށްދޭން ބޭނުންވެއެވެ. މަންމަގެ ގާތްތިމާގެ މީހުންނާއި،ރަހްމަތްތެރިންނަށް ކަމޭހިތައިއަޅާލާނަމެވެ.މަންމައަށް ރަހުމަތްލެއްވުންއެދި ދުޢާ ކުރާނަމެވެ. މަންމައަށްތަކައި ލިބޭމިންވަރަކުން ސަދަޤާތް ދީ ހަދާނަމެވެ.މަންމަގެ ނަންދިރުވާން މަސައްކަތް ކުރާނަމެވެ.
މަންމައާއިބައްޕައަށްޓަކައި ވަރަށް މުހިއްމު ކަމެއް ކޮށްދިނުމަށް އަޅުގަޑު ނިޔަތް ގަނެ މިހާރު އެމަސައްކަތް ފަށައިފީމެވެ. މިކަމަކީ އެހާ ފަސޭހަކަމެއްނޫނެވެ.އެހެންނަމަވެސް މިކަން ޙާސިލް ކުރެވިއްޖެނަމަ މަންމައާއި ބައްޕަގެ ފުރާނައަށް އަރާމު ލިބޭނޭކަން އަޅުގަޑަށް އެގެއެވެ. މަންމައާއިބައްޕަފާހަގަވާނޭ ނިޝާނެއް ލިބޭނެއެވެ.
މަންމައާއިބައްޕަގެ ފުރާނައަށް ދާއިމީ ނިޢުމަތްލިބިގެން ދިއުމަކީ އަޅުގަޑުގެ އަބަދުގެ ދުޢާ އެވެ.
11 Comments!
Comments are closed.




Reethi vrh…. ???????????????????????????????????????????
thax
Masha allah.. Varah reethi… Haadha dhuvaheh fahunney isse vaahakaeh thi up kohly.. How are you?
Hama rangalhah vs rovihjje..??? vr asaru gadha vaahaka eh… Nd vr vr vr vr vr rythi vaahaka…???????? Abadhuvs kiyan Ismail ge vaahaka thah.. ehkamu vr madhu faharaku comment kohly eki name ga… ??? Ismail ge Hama mi vahtharu ge vaahaka akah inthizaaru kuran.. ????? once again vr rythi vaahaka..??? maaii Allah thibaage faafa fuhsavaa thibaa ah heyo rahmaii lahvaashi.. adhi thibaa thikuraa masahkatugai barakaaii lahvaashi.. aameen.. ?????????????????gud nyt… ??❤️❤️❤️❤️
Naf shukran.
Masha allah vvvvv reethi mi vaahaka.. Its all true.. Haadha dhuvaheh fahunney isse vaahakaeh thi up kohly and how are you dear ?
Varah reethi.. Haadha dhuvaheh fahunney isse vaahakaeh thi up kohly.. Btw.. How are you dear?
Very beautifully written.. Masha allah keep up the good work dear ??❤️❤️
shukran kitty
Ur always Welcome isse
masha allah..varah reethi…rovihjeh