Skip to content
އެސްފިޔަ

2234

މި ވާހަކަ އަކީ ބިރުވެރި އަދި ހިތް ދަތި ވާހަކައެކެވެ . އުމުރުން އެންމެ 9 އަހަރު ހުރީ ފަންޑިތަ އެއް ހަދާފައެވެ . އޭގެ އަސަރު ވަނީ ފެނި އަދި ބިރުވެރި ހުވަފެންތައް ފެނި މީހުން ގެ ސިފާގައި ޖިންނި ފެނިގެން ދެއެވެ .މި އީ ހިޔާލީ ވާހަކައެކެވެ .

********************************

ރޭގަޑު ގެ ހަމަ ހިމޭން ވަގުތެއެވެ . ރަށް ވަނީ ފަޅުކަން ވެރިފައެވެ . މަގުމަތިން މީހެއްގެ ހިލަމެއް ވެސް ނެއް ކަހަލައެވެ . އަހަރެން އޮތީ ގޭ ކޮޓަރި ތެރޭގައެވެ . އެދުގެ ދެފަރާތަށް ފުރޮޅިލާ ފުރޮޅިލައެވެ . ނިދީގެ ކަންފުޅެއްވެސް ނެއް ކަހަލައެވެ . މުޅި މީހާ ވަނީ ދާހިއްލާފައެވެ . އަހަރެން ލޯ މަރާލުމާ އެކު އަހަރެންނަށް ފެނިގެން ދަނީ ގޮތް ނޭގޭ މީހަކު އަހަރެން ގައިގައި ކަށިތައް އަޅުވާލާ ތަނެއެވެ . މިއީ ކޮން ފަދަ ބިރުވެރި ހުވަފެނެއް ހެއްޔެވެ . މިހެން ވާނުވާގައި އޮއްވައި އެ އިވެގެން ދަނީ ފަތިސް ނަމާދަށް ބަންގި ގޮވާ އަޑެއެވެ . އަހަރެން އަވަސް ވެ ގަތީ ނަމާދު ކުރުމަށެވެ . އަހަރެން ފާޙާނާ ކޮގެން ދިޔައީ މިސްކިތަށެވެ . ނަމާދު ކޮށްލައިގެން އަހަރެން އައީ ގެޔަށެވެ . ގޭގައި އިދެގެން އަހަރެން ކުޑަކޮށް ޤުރުއާން ކިޔަވަށް ފެށީމެއެވެ .  ގާތް ގަޑަކަށް 6:00 ޖަހާ އެހާ އިރު އަހަރެން ޤުރުއާން ކިޔަވައި ނިންމާލުމަށް ފަހު އަހަރެން ގޭ ބަގީޗާ އަށް ވެދެލީމެވެ . އެ ބަގީޗާގައި ޒާތް ޒާތުގެ މާމެލާމެލި ހެދި މާ ހުރީ ފޮޅިފައެވެ . ފިނިފެން މަލާއި އިރު ދޭ މަލާއި ، ޗަންޕާޕޫލް މާ ހެދިފައި ހުއްޓެއެވެ . ނަމަވެސް އަހަރެންނަކަށް އެތަނަކުން ހިތް ހަމަ ޖެހުމަކަށް ނުގެނެއެވެ . މިހާރު ކުޑަކޮށް ނިދީގެ އަސަރު ކޮށްފައި ހުރުމުން އަހަރެން ވިސްނީ ކުޑަކޮށް ނިދާލުމަށެއެވެ . ނަމަވެސް އޮފީހަށް ދާ ގަޑި ކާރި ވާތީ އަހަރެން އުޅުނީ އެހެން ކަންތައްތަކުގައެވެ .

******************

Comments (4)

  1. Eny

    V Salhi feshun vx.. curiously waiting for next part?

  2. ?Shify?

    Nyc

  3. Kitty

    Varah reethi… Masha allah.. Curiously waiting for the next part of the story ??

  4. Hernu

    It’s nice… But sukun massala eba huri kuda koh. EG: NEII kiyaa iru innaanee thaa sukun not alif sukun. E improve kureema hama this would be one of the best

Comments are closed.