އޯގާވީ ހިތަކުން…39
”ގަންނަން ބުނި ތަރުކާރީތައް ލިބުނުތަ؟” ނަޒްޔަކް ދިއުމާއެކު އެތެރެއަށް ވަންނަން ދިޔަ ޒެލީންއާ އުމެއިރާ ސުވާލުކޮށްލިއެވެ. ”ހޫމްމްމް…” ކޮތަޅުތައް ދިއްކޮށްލަމުން ޒެލީން ބުންޏެވެ. ދެން އޭނަ ހިނގައިގަތީ ސިޑިއާ ދިމާއަށެވެ.
”ދަރިފުޅާއެކު އައީ ކާކުތަ؟” މަންމަގެ ސުވާލުން ޒެލީންއަށް ސިހުން ލިބުނެވެ.
”އެކުވެރިއެއް…” ޒެލީން ބުންޏެވެ.
”ދުވަހަކު ނުދެކެން….” އުމެއިރާ ބޭނުންވީ ދެކުދިންގެ ގުޅުން އޮތް މިންވަރެއް އޮޅުން ފިލުވާށެވެ. އޭނަގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިގެން ނުދެއެވެ. ޒެލީން އުމެއިރާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ޒެލީންގެ ހަރަކާތްތައް ހުރި ގޮތުން އުމެއިރާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އަނގައިގެ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލަމުން އޭނަ ޒެލީންގެ ފަހަތުން ހިނަގއިގަތެވެ.
****
ޓިވީން ދެއްކި ޚަބަރާއެކު މައިމޫނާ ހުންނަނީ ނެގިމަޑުވެފައެވެ. ކޮޓަރީގައި އިނދެ އަމިއްލަ ނަފުސާ ވާހަކަ ދެއްކުނު އަދަދެއް ނޭގެއެވެ. ހުރިހާ ދިމާއަކުން ފިތިބާރުވެ ހަޤީޤަތް ބޭޒާރުވެދާނެ ކަމުގެ ބިރާއެކު އޭނަ ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. ކަންތަކާމެދު ވިސްނިވަރަކަށް އޭނަ ހާސްވެ ނޭވާ ކުރުވާން ފަށައެވެ. އެހީއަކަށް އެދޭނީ ފަހެ ކާކު ގާތުން ހެއްޔެވެ؟ އޭނަގެ ދުޝްމަނުންގެ ލިސްޓު އެހާމެ ދިގެވެ. މި މުސީބާތުން ސަލާމަތްވާނެ ގޮތެއް ނެތީ ހެއްޔެވެ؟
ޕާޓޭންތައް ދޫވުމާއެކު ފުރަތަމަވެސް އެމީހުންގެ އަމާޒަކަށް ވަނީ އޭނަގެ ފަރާތުން ބަދަލު ހިފުމެވެ. ބުނި އަދަދަށް ފައިސާ ނުދިންތާންގައި އެމީހުން ޖަލަށް ފޮނުވިކަމުގެ ބަދަލު ވެސް ހިފާނެކަން ގައިމެވެ.
ދެތިން ދުވަސް ފާއިތުވެގެން ދިޔަތަނާ މައިމޫނާއަށް އައި މެސެޖެއްގެ ސަބަބުން މުޅި މީހާ ހުއްޓުމަކަށް އައިހެން ހީވިއެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެވުނީ ބޮޑު ބިރެއް ފެނުނު ފަދަ ގޮތަކަށެވެ. ބޮޑުވެފައިވާ ދެލޮލުގައި ވަނީ ސިހުމެވެ. މިއިން ޒަމާނެއްގައި ވެސް އޭނަ މިހާ ބިރުގަތް ދުވަހެއް ނާދެއެވެ.
”އެމީހުންނަށް އަހަރެންގެ ނަންބަރު ލިބުނީ ކިހިނެއް؟…” މައިމޫނާ ފޯނު އެނދުމައްޗަށް އެއްލާލަމުން މޫނުގައި ދެއަތުން ފިރުމާލިއެވެ. އޭނައަށް ރަގަޅަށް ނޭވާލެވެނީކީ ނޫނެވެ. މިއީ ހުރިހާކަމެއްގެ ނިމުން ބާވައެވެ! ދާއިމަށް އެއްވެސް ކަމެއް ފޮރުވިފައި ނޯންނާނެކަން ޤަބޫލުކުރަން މައިމޫނާއަށް އެވަގުތު މަޖުބޫރުވިއެވެ. ނަމަވެސް އޭނަ ކުރި ”އަގު ހުރި” މަސައްކަތްތަކުގެ ނިމުން މިހާ އަވަހަށް އަންނަން އޭނަގެ ހިތެއް ނޭދެއެވެ. އޭނަގެ ހުވަފެންތަކުގައި އަދި ހަޤީޤީ ކުލަތަކެއް ނުޖެހެއެވެ.
”އުމެއިރާ!!!…” މައިމޫނާއަށް އެނަން ކިޔާލެވުނީވެސް ނަފްރަތުން ފުރިގެންވި ރާގަކަށެވެ. ”ޔަޤީން އޭނަ އަހަރެންގެ ނަންބަރު ދޭނީ، އެހެންވިއްޔާ އޭނައަށް ވެސް މިކަމުގެ އަސަރުކުރާނެ، އެކަމަކު އެއީ މަކަރުވެރި އަންހެނެއް، އޭނަ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ، އަހަރެން މިކަމުގައި ބައްދާލާފަ މިކަމުން ރެކިގަންނާނެ….” މައިމޫނާ އޭނަގެ ޒަމީރާ ވާހަކަ ދައްކާލިއެވެ. އެވަގުތު ފޯނު ރިންގްވާން ފެށުމާއެކު މައިމޫނާއަށް އަވަސް ނޭވަތަކެއް ބޭރުކޮށްލެވުނެވެ. މެސެޖުގައި އޮތް އިބާރާތްކޮޅު ހަނދާން ވުމާއެކު ފޯނު ނުނަގާ ހުންނާކަށް އޭނައަށް ނުކެރުނެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ފަރުވާތެރިކަމާއެކު ކުރިއަށް ދާން ޖެހޭނެއެވެ. ޔަޤީނެވެ. އުމެއިރާ ޕާޓޭންނާ ގުޅިގެން އޭނަ ބޭޒާރުކުރަން އުޅެނީއެވެ. އެމަކަރުވެރި އަންހެނާދެކެ ހިތުގައި އޮތް ނަފްރަތު ކުރިއަށް ވުރެ ބޮޑުވެގެން ދިޔައެވެ.
”ހީކުރީތަ އަހަރުމެން ޖަލަށް ފޮނުވާލާފަ ކަލެއަށް ހަމަޖެހިލައިގެން އުޅެވޭނެކަމަށް؟….” ހަރުކަށި އަޑެކެވެ. ”ކީކޭތަ ތިކިޔަނީ، ތީ ކާކު؟” މައިމޫނާ ފުން ނޭވާއަކާއެކު މަސައްކަތްކުރީ ދޮގު ހަދާށެވެ. ”އަހަރެންމީ ކާކުކަން ވިސްނާލީމަ އިނގޭނެ، ބުނަން ދޮގުހަދަން ނޫޅޭތި، ކަލޭ ހީކުރީތަ އަހަރުމެންނަށް ހަޤީޤަތް ފަޅާނާރާނެކަމަށް؟ އަހަރުމެން ބައްދަން ޕޮލިހަށް ގުޅީވެސް ކަލޭ….” އޭނަގެ އަޑުގައިވި ރުޅިވެރިކަމުން މައިމޫނާގެ މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. އިރުކޮޅެއް ވަންދެން ގަނޑުވެފައި ހުރެވުނެވެ.
”ކަލޭ ޑްރަގްސް އިން ކުރި ކަންތައް ވެސް އަހަރުމެންނަށް އިނގޭ…” މައިމޫނާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އުމެއިރާ ކިޔައިދީގެން ނޫނީ އެއިން އެއްވެސް ކަމެއް އެމީހުންނަކަށް ނޭގޭނެއެވެ.
”ވިޗް…” އެބަސް އޮތީ މައިމޫނާގެ ހިތުގައެވެ.
”ކިހިނެއްވީ ކުއްލިޔަކަށް ބަސްހުއްޓުނީ؟….” ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރެއިން އެއަޑު މައިމޫނާއަށް އިވުނީ ނާމާން ގޮތަކަށެވެ.
”ހަޤީޤަތް ސިއްރުކުރަން ބޭނުންނަމަ ކަލޭ ޖެހޭނީ އަހަރުމެން ބޭނުން ގޮތަށް ކަންތައް ކުރަން! އެހެންނޫނީ އޭގެ ނަތީޖާ ހިތި ވާނެ….”
”ކޯޗެއް ބޭނުމީ، ފައިސާތަ؟…” މައިމޫނާ ހިތްވަރުކޮށްލަމުން ވާހަކަ ދެއްކިއެވެ. އެމީހުން ބުނާ ގޮތަށް ކަންތައް ކޮށްގެން ނޫނީ އޭނައަށް ސަލާމަތެއް ނެތެވެ. ހަޤީޤަތް ފަޅާއަރާ ދުވަހަކުން އޭނައަށް ވާނެ ގޮތަކަމާމެދު ވިސްނާލަން ވެސް ދައްޗެވެ. އެދުވަހަކުން އެންމެންގެ ނަފްރަތުގެ ލޯތައް އަމާޒުވާނީ އޭނައަށެވެ، ނުވީތާކަށް ނޫރާލްއަށް ދިމާވި ހިތާމަވެރި ހާދިސާގެ ފަހަތުގައި ވަނީ އޭނަގެ އަތެއްކަން އެނގިއްޖެނަމަ ދާން ޖެހޭނީ ޖަލަށެވެ. ޖަލުގައި އެންމެ ދުވަހަކުވެސް އޭނައަކަށް ނޫޅެވޭނެއެވެ. އެއަށްވުރެ މަރުވުންވެސް މާ ރަގަޅު ވާނެއެވެ.
”ފައިސާއެއް ނޫން…”
”ދެން ކޯޗެއް؟…” މައިމޫނާއަށް ޚައިރާންކަން ލިބުނެވެ. އޭރުވެސް އޭނަގެ ހާސްކަމަށް ބަދަލެއް ނާދެއެވެ.
”ކަލޭގެ އަންހެން ދަރިފުޅު!…” މައިމޫނާގެ ކަންފަތް ބުޑުގައި ބާރުގަދަ ބޮމެއް ގޮވިހެން ހީވިއެވެ. އެލަފްޒުތައް ކަންފަތުގައި ގުގުމާލަމުން ދިޔައެވެ.
”ކީކޭ؟…” މައިމޫނާއަށް ބުނެވުނެވެ.
”މިހާރު ކަންފަތްވެސް ބީރުވީތަ؟…” އޭނަ ކުރިން ބުނި ޖުމްލަ ތަކުރާރުކޮށްލިއެވެ.
މައިމޫނާއަށް ލިބުނު ޝޮކު ފިލައިގެން ދާން އިރުކޮޅެއް ނެގިއެވެ. އޭނަ ދުނިޔޭގައި ހުރިހާ ހިނދަކު ރޫޔާއަށް ދެރަގޮތެއް ވިޔަކަ ނުދޭނެއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ނުލަފާ ބަޔެއްގެ އަތްދަށަށް ދޫކޮށްލާނެކަމަށް އެމީހުން ހިކުރާނަމަ އެއީ ކުށްހީއެކެވެ. މިކަމުގެ ނަތީޖާ ހިތިވާނެކަން އޭނައަށް އިނގެއެވެ. ނަމަވެސް އޭނަ ކުރި ކުށުގެ ސަޒާ ރޫޔާއަށް ލިބުނަކަ ނުދޭނެއެވެ.
”ނޫން…. ނޫން، ބޭނުންވަރަކަށް ފައިސާ ދީފާނަން….” މައިމޫނާއަށް ނުރޮވުނީ ކިރިޔާއެވެ.
މިއިމޫނާ އެތައް ހާސް ފަހަރު އާދޭސް ކުރިޔެވެ. ބޭނުން އަދަދަކަށް އޭނަ ފައިސާ ދޭނެކަމަށް ބުނިއިރު އޭނައަކީ ފައިސާ ނުލިބޭ ފަޤީރު މީހެއްކަމާމެދު ވެސް ވިސްނާނުލެވުނެވެ. އެވަގުތު މައިމޫނާއަށް މުހިންމުވީ އޭނަގެ ދަރިފުޅު އަބުރާ އިއްޒަތެވެ.
”ތިން ލައްކަ ރުފިޔާ…” އެޖުމްލައިން މައިމޫނާގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބުނެވެ. ފޯނު ކޯލު ނިންމާލިއިރު މައިމޫނާގެ ބިރުވެރިކަން މުޅިން އެހެން ސިފައަކަށް ބަދަލުވެއްޖެއެވެ. ނަފްރަތާއި ބަދަލު ހިފުމުގެ ރޫހެވެ. ފައިސާ ހޯދާނެ ގޮތެއްގެ މައްޗަށް ވެސް އަލިއަޅުވާލެވުނީ އިރުކޮޅެއް ފަހުންނެވެ.
”ދެޓް ބިޗް!!!” މައިމޫނާ ހުރީ އުމެއިރާ ދެކެ ރުޅިއައިސް ރަތްވެފައެވެ. މިހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އުމެއިރާއެވެ. އެ އަންހެންނާ އޭނަގެ ދިރިއުޅުން ނަރަކައަށް ހަދާލައިފިއެވެ. ނުވީތާކަށް އީނާއާއި އަލްޔަސް އުފާވެރި ހަޔާތެއް ފަށާފާނެ ކަމުގެ ބިރާއެކު އޭނަ ދުނިޔެއިން މޮޔަވާވަރު ވިއެވެ. ފައިސާ ހޯދަން ސަލާންޖަހަން ޖެހޭތީވެސް އޭނަ އައީ އަމަށަކު ރުޅިއެއް ނޫނެވެ.
”ބޯތް ޑެވިލްސް ޓްރައިން ޓު ސަކް މައި ބްލަޑް….” މައިމޫނާ ހިތާހިތުން ކިޔާލިއެވެ. ފެންދޮފެއް ބޯލަން ސައިޑް ޓޭބަލް މަތީ ހުރި ފެންޖަގަށް ބަލާލިއިރު އެއަކު ފެނެއް ނެތެވެ. ކުދިކިޔަމުން ގޮސް އޭނަ ދޮރު ހުޅުވާލިއިރު އީނާ އައިސް އެރީ އޭނަގެ ކުރިމައްޗަށެވެ. މޫނު ކުނިކޮށްލަމުން މައިމޫނާ ބާރަކަށް ހިނގާލާފައި ގޮސް ބަދިގެއަށް ވަނެވެ.
”މައިމޫނާ، ހާދަ ފާޑަކަށް ތިހުރީ…” އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން އެނބުރުނު މައިމޫނާއާއި ފަޒްލާ ސުވާލުކުރިއެވެ. ފަޒްލާ ހުރީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށެވެ.
”މީ… ރޫޔާގެ ކައިވެނީގެ ކަންތަކާ ހެދި….” މައިމޫނާ ދޮގެއް ހަދާލިއެވެ. އެވަގުތު އޭނަގެ ޚިޔާލަށް އައި މޮޅު ރޭވުމެއްގެ ސަބަބުން ބޮލުގެ ހިރުމަށް ކުޑަ ލުޔެއް ލިބިގެން ދިޔަހެން ހީވިއެވެ. ކައިވެނީގެ ބަހަނާ ދައްކާފައި ބޭނުންވަރަކަށް ފައިސާ ހޯދިދާނެއެވެ. ކައިވެނީގެ ރަން ކިޔުންވެސް އޮތީ ކުރިޔަށެވެ. މައިމޫނާ ހަމަޖެހިލަން އުޅުނުކަމުގައި ވިޔަސް އޭނަގެ ހިތުން ބިރާއި ރުޅިވެރިކަން މުޅިން ފިލައިގެން ދާ ގޮތެއް ނުވިއެވެ. އުމެއިރާ ހޭއަރުވާލާނެ ރޭވުމެއް ވެސް އޭނަ ބޭނުންވިއެވެ.
****
އީނާ އާއި ރޫޔާގެ ގުޅުން ރަގަޅު ނޫން ކަމުގައި ވިޔަސް ރޫޔާގެ ކައިވެނީގެ ކަންތައްތަކުގައި އުޅުމުގެ ސަބަބުން އެދޭތެރޭގައިވި ދުރުމިން މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. ރޫޔާ އަދިވެސް އީނާއަށް ވިސްނައިދޭން މަސައްކަތް ކުރެއެވެ. ކޮންމެ ފަހަރަކު ހުއްޓާލަން ޖެހެނީ އެކަށީގެންވާވަރުގެ ނަތީޖާއެއް ނުނެރެވޭތީއެވެ. އަނެއްކޮޅުން ދެމީހުންގެ ގުޅުން އިތުރަށް ގޯސްވެދާނެހެން ވެސް ހީވާވަރުންނެވެ.
ރޫޔާއަށް އީނާގެ ޚިޔާލުތައް ވަރަށް ބޮޑަށް ކަމުދިޔައެވެ. މިކަންތަކާ ހެދި ހަމައިން ނައްޓާ ހިސާބަށް މައިމޫނާގެ ރުޅިގަނޑު ދިޔައެވެ. އޭނަ އުންމީދު ކުރި ފަދައިން އެއްވެސް ކަމެއް ކުރިއަކަށް ނުދިޔައެވެ. ރޭވުންތަށް މުޅިންހެން އަތަށް ގޮވައިފިއެވެ. އޭނައަށް ދިމާވަމުންދާ ކަންތަކަކީ އީނާ މާލެ އައި ދުވަހުން ފެށިގެން ކުރިމަތިވަމުންދާ ކަންތަކެވެ. އީނާ އަކީ ބޮޑު ސުންޕާގަނޑެކެވެ!
ދޭތެރެ ދޭތެރެއިން އަންނަ ފޯނު ކޯލުތަކުން ކައިވެނީގެ އެއްވެސް ކަމަމަކަށް ދޭންވާވަރަށް މައިމޫނާއަށް ސަމާލުކަމެއް ނުދެވެއެވެ. ކުރިއަށް އޮތް ދިހަ ދުވަސް ތެރޭގައި ތިން ލައްކަ ރުފިޔާ ހޯދަން ޖެހިފައިވާއިރު އެކަށީގެންވާ ވަރުގެ ނަތީޖާއެއް ނުނެރެވުނެވެ. ރޮޒެއިނާއަކީ މައިމޫނާ ހީކުރިވަރަށް ވުރެ ބޯހަރު މީހެކެވެ. ނުވީތާކަށް ނޫރާލްގެ މަންމަ ވީނާގެ ނުފޫޒާއެކު މައިމޫނާ ހުންނަނީ ހަދާނެ ގޮތް ހުސްވެ ރުންކުރުވެފައެވެ. އެންމެފަހުން ދަވްލާހް ގާތަށް ދާން މައިމޫނާއަށް މަޖުބޫރުވާ ހިސާބަށް ކަންތައް ކިޔައެވެ.
”އައި ކޭން އެރޭންޖް ދަ މަނީ، ނުޖެހޭނެ އެ ދަވްލާހް ގާތަށް ދާކަށް…” މައިމޫނާ ބުންޏެވެ.
ދިހަ ދުވަސް ފަސް…..
ރުޔާއާއި ޒަލަފްގެ ކައިވެނި އޮތް ރެޔެވެ. ކައިވެނީގެ ހަފްލާ އޮތީ ދަރުބާރު ގޭގައެވެ. ހަފްލާއަށް ދަރުބާރުގެ ތައްޔާރުކޮށްފައި ވާއިރު ހިމަފޮދު ވާރޭގެ ތިކިތަކުން މާހައުލުގައި މަޑު މިޔުޒިކީ އަޑެއް ގުގުމާލަމުން ދިޔައެވެ. ދެއާއިލާގެ މެންބަރުންތައް ޖަމާވަމުން ދިޔައިރު މައިމޫނާ ހުރީ ޕްލާސްޓިކް ހިނިތުންވުމެއް ތުންފަތް މަތީގައި ކުރަހާލައިގެންނެވެ. ދޭތެރެއަކުން މޫނުގައި ވިދާލާ ދާތިކިތައް ޓިޝޫއަކުން ފޮހެލައެވެ. ބުނި އަދަދަށް ފައިސާ ނުލިބުނު ތާންގައި ޖަމާކުރެވުނީ އެންމެ ވިހިހާސް ރުފިޔާއެވެ. އެވެސް ކައިވެނީ ރަންކީ އަދަދެވެ. ފުރަތަމަ ދުވަހުވެސް ދަވްލާހް ގާތަށް ދެވުނުނަމައޭ މައިމޫނާގެ ހިތަށް އަރަމުން ދިޔައެވެ. އެހެނަސް އޭނަގެ އެހުންނަ ގޮތްދޫނުކުރާ މިޒާޖެއްގެ ސަބަބުން އެކަމަށް ވެސް ފުރަގަސް ދެވުނީއެވެ.
މައިމޫނާ ކޮންމެ ދެމިނުޓުން އެއްމިނުޓުން ރޫޔާގެ ފޯނަށް ގުޅައެވެ. ރޫޔާގެ ހާލު އޮޅުން ފިލުވުމަށެވެ. ރޫޔާއަށް ދެރަގޮތެއް ވާން އޭނަ ބޭނުމެއް ނޫނެވެ.
ކުއްލިޔަކަށް ފޯނު ރިންގްވާން ފެށުމުން މައިމޫނާ ދިޔައީ ސިއްސައިގެންނެވެ. މައިމޫނާގެ މި ހަރަކާތުން ފަޒްލާއަށް ލިބުނީ ޚައިރާންކަމެކެވެ. މައިމޫނާ އެހާ ބިރުން އެއުޅެނީ ކޮންކަމެއްގެ ސަބަބުން ހެއްޔެވެ؟ މުޅިދުވަސްހެން މައިމޫނާގެ މޫނުމަތިން އޭނައަށް ފެނުނީ ހާސްކަމެވެ. މައިމޫނާ ވަނީ މުޅިން ބަދަލުވެފައެވެ.
”އާރ ޔޫ އޯކޭ؟…” ފަޒްލާ އެހިއެވެ. ހޫމްމްމް ލައްވާލަމުން މައިމޫނާ ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ.
***
މަޑު ކްރީމް ކުލައިގެ ޓްރަމްޕެޓް ޑްރެސް ރޫޔާގެ ހިމަތޮޅި ހަށިގަނޑަށް ހިފާލާފައި ވާއިރު ރީތި ޑިޒައިނަކަށް ކަހާލާފައިވާ އިސްތަށިގަނޑުގައި ހަރުކުރެވިފައި ވަނީ ގުލޭނޫރުން މާތަކެކެވެ. އެތާޒާ މާތަކުގެ ޖާދުވީވަސް ވަނީ މުޅި ކޮޓަރި ތެރެ ފުރާލާފައެވެ. މޭކަޕްގެ ކަންތައް ނިމުމާއެކު ބިއުޓީޝަނުންތައް ދިޔައެވެ. ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލަން އިންދާ ޒަލަފް މަތިން ހަނދާންވުމާއެކު ރޫޔާގެ ތުންފަތަށް ވެރިވެގެން ދިޔައީ ލަދުރަކި ހިނިތުންވުމެކެވެ. ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް ރޫޔާ ދިޔައީ ސިއްސައިގެންނެވެ.
”ޔޫ ސްކެއާރޑް ދި ހެލް އައުޓް އޮފް މީ…” ފުން ނޭވާއެއް ލަމުން ކައިރިއަށް އައިސް ހުއްޓުނު އީނާގެ އަތުގައި ވިކައިގަންނަމުން ރޫޔާ ބުންޏެވެ.
”މިރޭ ޒަލަފް ފެއިންޓް ވެދާނެހެން މަށަށް ހީވަނީ، ޔޫ ލުކް ބިއުޓިފުލް….” އީނާ ދިމާކޮށްލިއެވެ. އެޖުމްލައިން ރޫޔާގެ ކޯތާފަތް ރަތްވިޔެވެ. ހަޤީޤަތުގައި އޭނަ އެހުރީ އެކޮޓަރިން ބޭރަށް ނިކުންނަން ވެސް ލަދުގެންފައެވެ. ޒަލަފް ފެނި އޭނަގެ ފައިން ވާގި ދޫވެގެން ވެއްޓިއްޖެނަމަ ބޮޑު ލަދެއްގައި ބެދޭނެއެވެ. ވިސްނިވަރަކަށް ރޫޔާގެ ހިތް އަވަސް ވާން ފަށައެވެ. އޭނަ ހާސްކަން ފޮރުވަން ފުޅާ ހިނިތުންވުމެއް ތުންފަތްމައްޗަށް ގެނައެވެ.
”މިހާރު ކާރު އަންނާނެ، ލެޓްސް މޫވް….” ރޫޔާގެ އަތުގައި ހިފާލަމުން އީނާ ބުންޏެވެ.
ދެކުދިން ބޭރަށް ނިކުތްއިރު ވާރޭ އޮތީ ހުއްޓާލާފައެވެ. ނަމަވެސް ބާރު ވައިރޯޅިތަކުގެ އަޑު ކެނޑިގެން ނުދެއެވެ. ހަލަބޮލިކަން ފެތުރިފައި އޮތް ފަޒާގެ ތެރޭން ގުގުރީގެ އަޑުވެސް ދޭތެރެއަކުން ގުގުމާލައެވެ. ފާއިތުވެގެންދާ ކޮންމެ މިނެޓަކާއެކު ތޫފާން ބާރުގަދަ ކުރަމުން ދިޔައެވެ. އީނާ އާއި ރޫޔާއަށް ކާރަށް އެރުނުއިރު ވާރޭގެ ބަރު ތިކިތައް އޮއްސައިގެންފިއެވެ.
ކާރު އޭގެ ދަތުރު ފެށިއިރު އީނާ އާއި ރޫޔާ ތިބީ އަމިއްލަ ވާހަކަތަކަށް ގެއްލިފައެވެ.
***
”އަހަރެން ބުނެފީމެއްނު މިރޭ ފައިސާ ލިބޭނެޔޭ…” ފުރަތަމަވެސް މައިމޫނާ ހެދީ ދޮގެވެ. އޭނަ ބެނުންވީ އޮޅުވާލާށެވެ.
”ދިހައެއްގެ ކުރިން ލިބެން ޖެހޭނެ!….” އިންޒާރެކެވެ.
”ހޫމްމްމް…” މައިމޫނާ ބުންޏެވެ.
ދަވްލާހް އަތުން ފައިސާ ހޯދުން ނޫން އިތުރުގޮތެއް މައިމޫނާއަށް ނެތުމުން އޭނަގެ މޫނު އިތުރަށް ބަނަވެގެން ދިޔައެވެ.
ދައްކާނެ ބަހަނާއެއް ރާވާލަމުން އެނބުރުނު ވަގުތު ކުރިމައްޗަށް ހުއްޓުނު އުމެއިރާ ފެނި މައިމޫނާގެ ބުމަ ގޮށްޖެހުނެވެ. އަތުގައި ހުރި ބާރަކާއެކު އުމެއިރާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލަން އޭނަ ބޭނުންވިއެވެ. ނަމަވެސް މިވަގުތު އޭނައަށް މުހިންމުވީ ދަވްލާހް އަތުން ފައިސާ ހޯދުމެވެ.
”ވެލް ވެލް، ލުކް އެޓް ޔޯރ ފޭސް….” އުމެއިރާ ހިނިގަނޑެއް ޖަހާލިއެވެ.
”އަހަރެން މޮޅު ދޯ؟ އަހަރެން އޭރުވެސް ބުނީމެއްނު މައިމޫނާއަށް އަހަންނާ ކުރިމަތިލައިގެން ކުރިއެރުމެއް ނުލިބޭނެޔޭ، މައިމޫނާއަށް ފިލާވަޅެއް ދޭން އަހަރެން މިކަންތައް ރޭވީވެސް، ކިހިނެއް ރިސްކް ނަގާނީ، ތިހާ ކަނިންގް މީހަކު އަހަރެންގެ ޕްލޭންތައްވެސް ހަރާބުކުރަން އުޅޭފާނެ ވިއްޔާ، އެހެންވެ ހުރިހާ ދިމާއަކުން މައިމޫނާ ބައްދާލީ، އައި ފީލް ސޭޑް ފޯރ ޔޫ….” އުމެއިރާގެ ޖުމްލައިން ހީވީ މައިމޫނާގެ ނަފްރަތުގެ ހުޅުގަނޑަށް އެތައް ލީޓަރެއްގެ ތެޔޮ އަޅާލެވުނު ހެންނެވެ.
”ފުރަތަމަވެސް ޝައްކުރިވި މީ ކަލޭގެ ރޭވުމެއްކަން. ކަލޭ ހީކުރީތަ ސަލާމަތްވާނެހެން، އަހަރެން ކަލެއަށް ރަގަޅު ލަނޑެއް ދޭނަން، އައި ވިލް ނޮޓް އެކްސެޕްޓް މައި ޑިފީޓް! އަހަރެން ކުރި ކޮންމެ ކަމެއްގައި ކަލޭގެ އަތެއްވެސް ވޭ، އަލްޔަސް އާއި އީނާ ދުރުކުރަން އަހަރެން ރޭވި ކޮންމެ ރޭވުމެއްގެ ފަހަތުގައި ކަލޭގެ އަތެއް ވޭ، އަހަރެން މިކަމުގައި ބެދިއްޖެނަމަ ކަލެއަށް ވެސް ދުލެއް ނުދޭނަން!” މައިމޫނާ ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ. އޭނަ ދެލޮލުން އަލިފާންކަނި ބޭރުވާހެން ހީވިއެވެ.
”ކޮބާ ހެކި، ކިހިނެއް ތިހުރިހާ ކަމެއް ސާބިތު ކުރާނީ؟ އަހަރެންގެ އަތުގައި ހެކި އެބަހުރި. ޕާޓޭން ގެ އިތުރުން އަލްޔަސްއަށް ޑްރިންކް ދިން މީހާވެސް މައިމޫނާއާ ދެކޮޅަށް ހެކިބަސް ދޭނެ…” އުމެއިރާ ގާތަށް އައި ނުލަފާ ހިންޏެކެވެ.
”ފައިސާ ދިނަސް މިކަމުން މައިމޫނާއަށް ސަލާމަތެއް ނުވެވޭނެ، އީނާއާއި އަލްޔަސްގެ އިތުރުން މައިމޫނާ ވަނީ ދެއާއިލާގެ ޒަމާންވީ ގުޅުމަށްވެސް ނިމުން ގެނެސްފަ… ޑޫ ޔޫ ތިންކް ދެއި ވިލް ލެޓް ޔޫ ގޯ އީސިލީ؟ ކޮންމެ މީހެއްގެ ނަފްރަތު އަމާޒުވާނީ މައިމޫނާއަށް، އަދި ކޮބާ އިނާގެ ދިރިއުޅުން ހަލާކުކުރަން މައިމޫނާ ރޭވި ކޮންމެ ރޭވުމެއްގެ ސަބަބުން ފަޒްލާއާއި ޝިޔާޢު ވަކިން ބޮޑަށް މައިމޫނާ ދެކެ ނަފްރަތު ކުރާނެ، އެންޑް އަލްޔަސް، ހީ ވިލް ނެވާރ ލެޓް ޔޫ ގޯ، އަދި ކޮބާ ނޫރާލްގެ މައްސަލަ…..” މައިމޫނާ ކަޅިއަޅާލިއެވެ.
އުމެއިރާގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. މައިމޫނާ ޖަލަށް ދާ ދުވަހަކުން އޭނަގެ ހިތަށް ފިނިކަމެއް ލިބޭނެއެވެ. އޭރުން ޒެލީން އާއި ނަޒްޔަކްގެ ކައިވެނި ފަސޭހަކަމާއެކު ކުރެވޭނެއެވެ. މައިމޫނާގެ އެއްވެސް އުނދަގުލެއް ނުފޯރާނެއެވެ.
”ބިޗް….” މައިމޫނާގެ ދެލޮލުން އަލިފާންކަނި ބުރައެވެ.
”އެންޖޯއި ވައިލް ޔޫ ކޭން….” އުމެއިރާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.
”ހީނުކުރާތީ ކަލޭ ސަލާމަތްވާނެކަމަށް، ކަލޭ ތިދެކޭ އެއްވެސް ހުވަފަނެއް ސީދާ ނުވާނެ! އަޑުއިވިއްޖެތަ؟…” ޝަހާދަތްއިނގިލި އުމެއިރާއާ ދިމާއަށް ދިއްކޮށްލަމުން މައިމޫނާ ބުންޏެވެ.
”މައިމޫނާ!!!”
ފުރަގަހުން އިވިގެން ދިޔަ އަޑާއެކު މައިމޫނާގެ އިތުރުން އުމެއިރާ ވެސް ދިޔައީ ސިއްސައިގެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


V salhi haadha dhuvahekey inthixaaru kuraathaaa. …waiting for next part upload sooon
V salhi haadha dhuvahekey inthixaaru kuraashaa. …waiting for next part upload sooon
muthaa…aftr such a long time. kiyaalan libuny………ohhh….finally going to spill da beans dho….vvvv intrsting…well waiting fr up coming prtzzzzzz
hope that v will get to read nxt prt soon
Mutha welcm back….haadha gina dhuvas kohfa ey dhw mi vaahaka kiyan milibuny……vvvvvvvv dhigu dhigu inthixaarakah nimun aee…..anyways mi part ves vvvvvv reethi….pls nxt prt vvvv avahah up kohdhehchey….nxt prt ah inthixaaru kuran
muthaa promise kuri hen roadha mahu hama nugenes dhin dw story
ooh .. mutha after a long time ur back … welcome back mutha … i knew u will bring the rest of the parts after ramadan … 🙂 …. ooh .. maimoona n umaira … hehehe .. BUSTED !!!!!! … hehehe .. kaakah baa mi hurihaa vaahaka eh adu ivunyy ?? … next part tonight ga gensdhehchey mutha … pls if u can ingey .. 🙂 ….varah nice mi part vess … gud luck n keep going mutha 🙂
welcome back muthaa…. kaakah baa bust vy… varah reethi ingey mi part ves….mutha pls vv avahah up kohdhehchey nxt prt………will wait 4 the nxt prt patiently
I think next part wil cum next year
Mutha story ehaa avahah nunimahchey, mihaaru vvvvv intrstng, finally bust vi, nd plsss nazyak nd e bitch zelyn nugulhuvahchey