Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މި ހިތް އަދި ނުލާކަން ޔަގީން…5

leyfa Level 110 Stories
August 8, 2014 3 Mins Read
11 Comments

ދުނިޔެ ހިނގަނީ ތޮށަލި ދުޅަ އަށެވެ. ނަޝާޔާގެ ދިރިއުޅުމަށް އަނެއްކާ ވެސް އިންގިލާބެއް ކުރިމަތި ވީއެވެ. ހުރި ހަމައެކަނި ދަރިފުޅު ވަރަށް ބަލިވެއްޖެއެވެ. ބައްޔަކީ ކޮބައިކަން ޑޮކްޓަރުންނަކަށް ހޯދައި ނުގަނެވުނެވެ. ބޭރަށް ހިނގުމުގެ ސަބަބުން ހަށިގަނޑުގެ ވަރުދެރަވެ ނިކަމެތި ވިއެވެ. ޑޮކްޓަރުން ދޭ ފަރުވާއަކުން ރާހަތެއް ނުކުރިއެވެ. ހަދާނެ ގޮތް ހުސްވެ މޮޔައަކު ފަދައިން ދަރިފުޅު އުރާލައިގެން މަގުގެ ދެކޮޅަށް ކުރުކާލި ކަނޑަ ކަނޑާ ހުރެވުނީ ކިލާ އިރަކު ކަމެއް ނޭގެއެވެ. ދަރިފުޅު ކެނޑި ނޭޅި ރުއިމުގެ ސަބަބުން އެފަކީރު ގެ އަޑު ވަނީ ކެނޑިފައެވެ. އޭރު އެދަރިފުޅުގެ ބައްޕަ އޮތީ ކޮޓަރީގައި އަރާމު ކުރާށެވެ. ތިމާގެ ދަރިއަކު މަރާ ހަނގުރާމަ ކުރަމުން ދާއިރު ވެސް ކަމެއް މޭރުން ނުވަނީ ހެއްޔެވެ؟ ނޫނީ ހިތެއް ވެސް ހަމަ ނެތީ ހެއްޔެވެ؟ ނަޝާޔާ އަށް ބެނެލެވުނެވެ.ދަރިފުޅާއެވެ.އެއީ  ހިލަހިތެއްގެ ވެރިއެކެވެ. ކިތަންމެ ވަރަކަށް ރުޔަކަސް ބައްޕަގެ ދެކަންފަތް ވަނީ ތި ކެކުޅުމުގެ އަޑު އަހަން ދެކޮޅު ހަދާފައެވެ.

ނަޝާޔާ ދެވަނަ ފަހަރަށް ޒާހިރު ގެ ކުރި މައްޗަށް އައިސް ހުއްޓުނެވެ. ދަރިފުޅު މަރުވަނީ އޭ ބުނެ ރޮއި ހޭރިގަތެވެ.

“ދެން ކީއްކުރާނީ ނަޝާ…. ބޭސް އެބަ ދެމެއްނު… ރަނގަޅުވާނެ ވަރަށް އަވަހަށް!” ޒާހިރު ގެ މޫނުމަތިން ހާސްކަމެއް ނެތެވެ.

” އަހަރެން ބޭނުން މާލެ ދާން… ކުޑަކުދިން ގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަން.. ހިނގާބަލަ ޕްލީޒް!” ނަޝާޔާ އާދޭހާ އެކު ބުންޏެވެ.

” ނަޝާ ދާން ބޭނުމިއްޔާ ދޭ! މަށަށް ދެވޭކަށް ނޯންނާނެ ވިޔަފާރި ދޫކޮށްލާފަ.. ” ޒާހިރު އެންމެ ފަހުބަސް އިއްވިއެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭގި އެތަށް އިރަކު އިނުމަށް ފަހު ޓިކެޓް ނެގުމަށް ފަހު މާލެ ފުރީ ދަރިފުޅުގެ ބައްޔަށް ޝިފާ ހޯދުމުގެ ފުރިހަމަ އަޒުމުގައެވެ.އެކަނިމާއެކަނި އަހަރު ނުވާ ކުޑަ ކުއްޖަކު ކިލިލީގަ ޖަހައިގެން މާލެ ފުރީ ފޮނި އުންމީދުގައެވެ.ޒާހިރު ގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެހެން ނުވާން ވީ ސަބަބެއް ނެތެވެ. އެންމެ ލޯ ލާރިއެއް ވެސް އޭނާގެ ޖީބުން ޚަރަދެއް ނުވެއެވެ. ނަޝާޔާ ގެ މުސާރައިން ރައްކާ ކުރެވުނު ފައިސާ އާއި ބައްޕަގެ ދީލަތި ކަމެވެ.

މާލެ ގޮސް ނަޝާޔާ ތަފާތު ޑޮކްޓަރުން ގެ މަޝްވަރާ ހޯދިއެވެ. އެތަކެއް ތަހުލީލުތަކަށް ފަހު ނަތީޖާއައީ އެ ނިކަމެތި މައިމީހާ ގެ ތުންފަތް މައްޗަށް ތަފާތު އެތަށް އަސަރުތަކެއް ވެރި ކުރުވަމުންނެވެ. ދަރިފުޅުގެ ހަޖަމު ކުރުމުގެ މައްސަލަ ހުރުމުގެ ސަބަބުން ކިރު ގެ އެއްވެސް ބާވަތެއް ހަޖަމު ނުވަނީއެވެ. ދަރިފުޅު ގެ ބަލި ދެނެގަނެ ވުމުން އެކަމަށް ހައްލު ހޯދުމަށް ނަޝާޔާ އަވަސް ވެގަތެވެ. ޑޮކަޓާރުން ގެ މިންނެތް މަސައްކަތާއެކެ ހަފްތާއެއް ފާއިތު ވިއިރު ދަރިފުޅު އެއްކޮށް ބަލިން ނަޖާ ވިއެވެ. އެނބުރު ރަށަށް އައީ ހިނިތުންވެހުރެއެވެ.

ނަޝާޔާ އަށް ކޮލެޖުން ކޯސް ނިންމުމުގެ ފުރުސަތު ލިބިއްޖެއެވެ. ކޮންޓްރެކްޓް ހަމަވުމާއި އެކު ކޯހުގައި ގިނަވަގުތު ކޮލެޖަށް ދާން ޖެހޭތީވެ ވަޒީފާ ދޫކޮށްލިއެވެ.ފަހު އަހަރު ކަމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ. ދަރިފުޅު މަންމަ އާއި ހަވާލު ކޮށްފައި ބޭރުގައި އުޅެން ޖެހޭތީ ނަޝާޔާ ކިތަންމެ ދެރަވި ނަމަވެސް އަމިއްލަ ފައި މައްޗަށް ތެދުވަން އޭނާ ބެނުން ވެއެވެ. އޭނާއަށް އެޅުނު ކަތިފިޔަވަޅުން ވަދެވުނު ކަށިކުނބުރު ޖަންގަލިން ސަލާމަތް ވެ، ދުނިޔޭގެ ހަމަ ވައި ލިބެން ބޭނުމެވެ. އެހެނަސް ޒާހިރަށް މިކަންތައް ވީ ކެތްވާވަރު ގެ ކަމަކަށް ނޫނެވެ.އޭނައަކީ ނަޝާޔާގެ ދުޝްމަނެއްފަދައެވެ.ހޭދަވަމުން ދިޔަ ކޮންމެ ދުވަހެއް ގެ ފެށުމާއި ނިމުން ގެރި ޒުވާބަކުން ފާހަގަ ކުރެވެމުން ދިޔައެވެ.

“ނަޝާޔާ! ތީ ކޮން ބޭނުމަކު ކުރާ ކަމެއް! މަށަކަށް ހިޔެއް ނުވޭ  ދެން މި ދިވެހި ރާއްޖެއިން ކަމަނައަށް ދޭނެ ވަޒީފާއެއް އޮންނާނެ ހެން.. ” ޒާހިރު ނަޝާޔާ އަށް މަލާމާތް ކޮއްލިއެވެ.

” ވަރިހަމަ މަ ބޭނުން ކިޔަވަން… މަވެސް ބޭނުން މޮޅު މީހަކަށް ވާން..” ނަޝާޔާ އާދޭހުގެ ރާގުގައި ބުންޏެވެ.

” ހަ ހަ ހާ….. އެހެން ވިއްޔާ މަގޭ އަނބި ގޮއްޔެ މުސްތަގުބަލުގަ ރާއްޖޭގެ ދެވަނަ ޕްރޮފެސަރަށް ވާނެ ތާ  ދޯ……. ޕްރޮފެސަރު ފާތިމަތު ނަޝާޔާ ލުތުފީ!” ޒާހިރު ހިނިގަނޑެއް ޖަހާލަމުން ނިކުމެގެން ދިޔައެވެ.

” މި ޒާހިރަށް ހާދަހާ ބޮޑު ކަމަށް ވެޔޭ މަ ކިޔަވާތީ ވެ! ” ނަޝާޔާ ހިތަށް އެރިއެވެ.

ޒާހިރުގެ އެތަކެއް މަލާމާތްތަކާއި ފުރައްސާރަ ބަރުދާސްތު ކުރަމުން ދިރިއުޅުމާއިގެން ހަނގުރާމަ ކުރަމުން ދިޔައެވެ. މައިންބަފައިން ގަނެދީފައި ހުރި ފޯނާއި ލެޕްޓޮޕް ވެސް ހަލާކު ވެފައި ވުމުގެ ސަބަބުން ކޮލެޖުގެ އެއްވެސް މަސައްކަތެއް ގޭގައި ނުކުރެވޭތީ ދުވާލު ހަތަރު ދަމު ކޮލެޖުގެ ލައިބްރަރީގައި ހޭދަ ކުރަން ޖެހުނެވެ.ދަރިފުޅުގެ ކަންތައް ހައިނުކޮށް ފުރިހަމަ ކޮށްދެމުން ދާތީ އޭނާ މައިންބަފައިންނަށް ޝުކުރުވެރިވެއެވެ. އެކުވެރިން ގެ ދީލަތި އެހީތައް އޭނާއަށް އިތުރު ހިއްވަރަކަށް ވިއެވެ. ކޮންމެ މަހަކުު ޚަރަދު ބަރަދު ހަމަޖައްސަން ދޭ ދެހާސް ރުފިޔާއިން ކިރިޔާ ދެކޮޅު ޖެހެނީއެވެ.ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް އެންމެ ލޯ ލާރިއެއްވެސް އިތުރަކަށް ނުލިބެއެވެ.

އާދައިގެ މަތިން ހާގޮވާލުމާއެކު ފަތިސް ނަމާދަށް ނަޝާޔާ ތެދުވިއެވެ. މޯޅިއަކަށް ދެމިލާފައި ދެދުވެ ހިންދަމާލިއެވެ.ދަރިފުޅު ނެޕީ ބަދަލު ކޮއްލާފައި އަވަހަށް ކިޔެވުމަށް ބޭނުން ވާ ސާމާނު ދަބަހަށް އެޅިއެވެ.ދަރިފުޅު ހެލުމުގެ ކުރީގައި ކޮލެޖްގެ ކަންތައް ތައްޔާރު ކޮއްލުމުގެ ނިޔަތުގައެވެ. ކޮލެޖަށް ދަނީ ޒާހިރާއިއެކުގައި ކަމަށް ވާތީ ފިރިމީހާއަށް ގޮވަމުން އެނދާއި ދިމާލަށް އެނބުރިލިއެވެ. ޒާހިރެއް ނެތެވެ. ފާޚާނާ ގަ ނެތުމުން ބޭރަށް ނިކުމެ ގޭތެރެ ވެސް ބަލާލިއެވެ. ޒާހިރު ގެޔަށް ނާންނަކަން ހަނދާން ވީ ދެނެވެ.

“ނަޝާޔާ!  ” ނަޝާޔާ ދިޔައީ ސިއްސައިގެންނެވެ.ކުޑަދޮރު ފޮތިގަނޑު ތެރެއިން ޖިންނިއެއް ހެން ފާޅުވެއްޖެއެވެ. ފައި ބިނަމުގައި ޖެހޭތޯ ބަލައިލެވުނީ ވެސް ގެންފައި ހުރި ބިރުންނެވެ.

ޒާހިރު…؟ ނަޝާޔާ ތުރުތުރު އަޅަން ފެށިއެވެ.

“އާނ… މީ މަށޭ! ބިރުގަނެއްޖެ ނު! ” ޒާހިރު ގާތަށް އައީ ނުލަފާ ހިންޏެކެވެ.

” ތީ ކޮންވަޑާމެއް؟ މިއަދު ހާދަ ހެނދުނާ އިރުއަރައިފިޔޭ….. ހުވަފެނެއް ފެނުނީބާ!” ނަޝާޔާ މަލާމާތުގެ ރާގަކަށް  ބުނެލިއެވެ.

” އާނ.. ނަޝާ ހަނދާން ވެގެން … ” ޒާހިރު ލުއްކެއް ޖަހާފައި ނަޝާ އަތުގެ ބާރުގެ ދަށަށް ގެނައެވެ. ޒާހިރުގެ ޚިދުމަތުގައި ޗުއްޓީކޮށްލުމަށް އިންޒާރު ދެމުންނެވެ.ނަޝާޔާ ކުޑަދޮރު ހުޅުވުނު އަޑަށް ޒާހިރުގެ އަތުތެރޭން ދެމިގަނެގެން ދުއްވައިގަތެވެ. ވެގެން އުޅޭގޮތް ސާފުވާކަށް މާ ގިނައިރެއް ނުނެގިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ހަގީގީ

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

އުޅެން އުމުރަށް ލޯބިން އެކީ…3

Next

އޯގާވީ ހިތަކުން…39

Next
August 10, 2014

އޯގާވީ ހިތަކުން…39

Previews
August 6, 2014

އުޅެން އުމުރަށް ލޯބިން އެކީ…3

11 Comments!

  1. mush says:
    August 8, 2014 at 12:10 am

    V reethi

  2. fahtha says:
    August 8, 2014 at 12:14 am

    mee haadha varugadha sorekey dho..meenaya adhi kulhi dhakkalachey nasha

  3. jjexly says:
    August 8, 2014 at 12:17 am

    ma hee hee halaaku..vara reethi..keep it up leyfa

  4. kamana says:
    August 8, 2014 at 12:18 am

    ..kamanaya nunidhey mi vaahaka up nuvegen..kuria dhaa goi va reethi

  5. dhethiki p says:
    August 8, 2014 at 12:21 am

    zaahir kahala meehun ulheytha mi xamaanuga..thyna fonuvaala javva. leyfa vaahaka v reethi.ithuru baya inthixaaru kuran

  6. ifa says:
    August 8, 2014 at 8:19 am

    Vvv reethi….. waiting 4 the next part

    1. mish says:
      August 8, 2014 at 1:59 pm

      Leyfa mi part ves vvvvv reethi…….naashaya ah marry kurevifa ehery varehge mihaakaa dhw….kn irakun tha next part?????? vvvvv avahah up koh dheychey

  7. shaph says:
    August 8, 2014 at 9:18 am

    w nice mi part wes . plxx up the next part ASAP

  8. youknowwho says:
    August 8, 2014 at 11:29 am

    This man shall rot nunee? :p

  9. haw says:
    August 8, 2014 at 10:57 pm

    Salhi

  10. aana says:
    August 8, 2014 at 11:34 pm

    Vara interestin thanakun thi nimmy…v v reethi vaahaka eh^^♡♡

Comments are closed.

Next Episodeކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..6←


All Right Reserved!