Skip to content
އެސްފިޔަ

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ………………….! (9 ވަނަ ބައި)

****9 ގަޑިއިރު ފަސް****

ސިއްސައިގެންގޮސް އައިހަމްއަށް ހޭލެވުނީ ސައިޑްޓޭބަލް މަތީގައި ހުރި ގަޑި ސޯނާވާން ފެށި އަޑަށެވެ. ގަޑިން 07:30 ވެފައި ހުރުމުން އިތުރަށް ނިދަން ނުހަދާ އެލާމް ނިއްވާލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ރީތިވެލައިގެން ސިޓިންރޫމަށް ނުކުތެވެ. އޭރު  އިޝްރާވެސް އުޅެނީ ސިޓިންރޫމުގައި އިލްފް ގޮވައިގެން ސަކަރާތް ޖަހާށެވެ. އައިހަމް ފެނުމުން އިޝްރާ އައިހަމަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

“މިއުޅެނީ އައީ އަށް ގޮވަން ދާށޭ ދޯ އިލްކޮ! މިގޭގައި އެއްވެސް މީހަކަށް 7:30 ވުމަށްފަހު ނުނިދޭނެކަން އައީއަށްވެސް އެނގެއެއްނު ދޯ! އެކަމަކު ނިކުތްއިރު އެއޮށް 8 ޖަހަނީ އެހެންވެގެން ގޮވަން ދާން އުޅެނިކޮށް ވިއްޔާ ތި އައީ!” އިޝްރާ ބުނެލިއެވެ. އެއަށްފަހު އިލްފް އުރާލައިގެން އައިހަމްއާއިއެކު ކާގެއާއި ދިމާލަށް މިސްރާބު ޖެއްސެވެ.

ގޮނޑިއެއް ދަަމާލަމުން އިޝްރާ މޭޒުކައިރީ އިށީނދެ ހަމަޖެހިލީ އަވަހަށް ސައިބޮއެލައިގެން ލުބްނާމެން އަންނަންވާއިރަށް ތަން ތައްޔާރުކޮށްލާ ހަމަޖެހިލުމުގެ ބޭނުމުގައެވެ. ގަޑިން 8 ޖަހާފައިވުމުން އަވަސް ކޮށްލައި ސައިބޮއެ ނިންމައި ތަށިދޮވެލައިގެން ދަމުން އިޝްރާ އައިހަމް ކުރެން އެދުނީ ސައިބޮއެލައިގެން ތަން ތައްޔާރުކޮށްލުމަށް މައްޗަށް އައިސްދިނުމަށެވެ. އެއަށްފަހު ކާމޭޒު ކައިރީގައި ތިބި އެންމެނަށް ރީތި ހިނިތުންވުމެއް ހަދިޔަކޮށްލުމަށްފަހު ދުވެލާފައި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އެތަން ބަލަން ކާމޭޒު ކައިރީގައި ތިބި އެންމެން ހިނިތުންވެލައިގެން ިބީ އިޝްރާ އެ ކުރަމުންދާ ހިތްވަރަށް ހިތާހިތުން ފަޚުރުވެރިވާ ޙާލުގައެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި އައިހަމްވެސް ސައިބޮއެ ނިންމާލައިގެން މައްޗަށް އެރީ އަިޝްރާ އޭނަގެ ކިބައިން އެހީއަށް އެދިފައިވާތީއެވެ. އަދި އެހެންމީހުން ކުރެންވެސް މި ޕްރެކްޓިސްތައް ނިމުމުގެ ކުރިން މައްޗަށް ނޭރުމަށް ތަކުރާރުކޮށް އައިހަމްވެސް އެދުނީ މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަން ޚުދު އޭނަވެސް ބޭނުންވިލެއް ބޮޑުކަމުނެވެ. މައްޗަށް އެރިއިރު އެތަނަށް އައިސްފައިވާ ބަދަލު ފެނި އައިހަމްވެސް ހައިރާންވިއެވެ. އޭނާ އެންމެ ފަހުން ޗުއްޓީއަށް މީގެ 2 އަހަރުކުރިން އައި އިރުވެސް މިތަން ހުރީ މި ގޮތަކަށް ނޫނެވެ. ކަހާލެވޭ ގޮތަށް ބޮޑު ބިއްލޫރި ދޮރެއް ލާފައި ހުރި އެ ބޮޑު ސިޓިންރޫމް ވަރަށްވެސް ހިތްގައިމެވެ. މުޅި ސިޓުންރޫމް އޭސީކޮށްލާފައި ވާއިރު އެތަނުގެ އެކި ހިސާބުތަކުގައި ބަހައްޓައިލެވިފައިވާ މިއުޒިކު ކުޅޭ އާލާތްތަކާއި ބޮޑެތި ސްޕީކަރތައް ވެގެންދިޔައީ އައިހަމް އެތަނާއި އެންމެ ގަޔާވި ސަބަބު ކަމަށެވެ. އިޝްރާއެކޭ އެއްފަދައިން އޭނާއަކީވެސް މިއުޒިކާއި ލަވައަށް ނުހަނު ލޯބިކުރާ ކުއްޖަކަށްވުމުން ފެނިގެންދިޔަ މާޙައުލަށް ވަގުތުން ހިތްޖެހުނީއެވެ. މިހާ ފުރިހަމަގޮތަކަށް މި ޕްރެކްޓިސް ތެރޭގެ ކަންތައް އިންތިޒާމްވެފައި ވެދާނެކަމަށް ފަހަރުގައިވެސް އޭނާއަށް ހީކުރެވިފައެއް ނެތެވެ.

“އައީ! އައިސްވެސް މިތާ ޖެހި ބުދެއްހެންނު ތި ހުންނަނީ! މިހާރު އެއޮއްގެން 9 ޖަހަން 10 ކަށް ވީ! އަޅެ ދޭބަލަ ލުބޫމެން އައިމައި އެމީހުން ގޮވައިގެން އަންނަން. އިޝް މިދަނީ ލުބޫމެނަށް ހުރި ކޮޓަރީގެ ތަޅުދަނޑިތައް ބަލާ އިނގޭ!” އަތްމަތި އަވަސްކޮށްލާ ތަން ހަމައަކަށް އަޅުވައިލަމުން އިޝްރާ ބުނެލި ވާހަކައިން އައިހަމް ސިއްސައިގެން ދިޔައެވެ.

“ލުބޫމެނަށް ހުރި ކޮޓަރިއޭ! ވަޓް ޔޫ މީން؟” ހައިރާންކަމާއެކު އައިހަމްއަށް އަހައިލެވުނު ހަމައެކަނި ސުވާލަކީ އެއީއެވެ.އެވަގުތު ހިނިތުންވެލަމުން އިޝްރާ، އައިހަމްއަށް ކަންތައްތައް އޮޅުންފިލުވައިދިނެވެ.

“ބައެއް ފަހަރު މި މާސްޓަރ މައިންޑް އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރޭދޯ! ލުބޫމެނަށް ފަސޭހަވާނެތަ ކޮންމެ ފަހަރަކު ގެއަށް ގޮސް އައިސް ހަދަން؟ އެހެންވެގެން މިއަދު ލުބޫއާއި ބާން މިގޭގައި ހުންނަގޮތަށް ހަމަޖެއްސީ!ތިރީގައި ހުންނާނެއެއްނު އަދި ދެ ހުސްކޮޓަރި؟ އެ ދެ ކޮޓަރި އެއީ ލުބޫމެނަށް މިއަދު އިނގޭ!” އައިހަމް ގޮވައިގެން ސިޑިން ތިރިއަށް ފައިބަމުން އިޝްރާ ކިޔައިދިނެވެ. އެއަށްފަހު އެގޭ ހުރިހާ ކޮޓަރިއެއްގެ ޑަބަލް ތަޅުދަނޑި އޮންނަ ތަނުން ތަޅުދަނޑިފަތި ނަގައިގެން އައިސް އެ ދެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ، އެއަށްފަހު ގޮސް އެ ގޭގެ ބޮޑު ގޯތިތެރެއަށް ނުކުމެލީ ލުބްނާމެން އާދޭތޯ ބަލައިލަން ބޭރަށް ނުކުމެލާނީއޭ ހިތައެވެ.

ގޭގެ މައިދޮރޯށި ހުޅުވާލި ވަގުތު ކުރިމަތީގައި ތިބި ލުބްނާއާއި ލިބާން ފެނިފައި އިޝްރާއަށް ލިބުނު ކުއްލި ސިހުމަކުން ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ސޯފާގައި އިށީނދެލައިގެން އިން އައިހަމްއަށާއި ތަށިތައް ދޮވެލަން ހުރި އިޝްޔާއަށް ބޭރަށް ދުއްވައިގަނެވުނީ އެއްފަހަރާއެވެ. ގޭ ދޮރުމައްޗަށް އެރުނުތަނާ ކަންފަތުގައި ދެއަތް އަޅާ ދެލޯ މަރައި ތަގުޅިކޮށްގެން އިޝްރާ ހުރިގޮތުން އެދެމީހުން އަވަހަށް އިޝްރާގެ ގާތަށް ދިޔައެވެ. އޭރުވެސް ލިބާންއައި ލުބްނާ ވީގޮތް އޮޅުންފިލުވޭތޯ އިޝްރާ ކުރެން ތަފާތު ސުވާލުތައް ކުރަމުންދިޔައެވެ. އެވަގުތު އިޝްޔާގެ ލަފާގެ މަތިން އައިހަމްއާއި ލިބާން އިޝްރާ ގެނެސް ސޯފާގައި ބައިންދާލިއެވެ. އެވަގުތު އިޝްޔާ ނުހަނު ލޯބިން އިޝްރާގެ އަތުގައި ހިފަހައްޓާލުމަށްފަހު ވީގޮތް ކިޔައިދިނުމަށް އެދުނެވެ. ދޮންތަގެ ލޯބި އިހުސާސްވެ އިޝްރާ ހަމައަކަށް އެޅިލުމުން އެންމެ ފުރަތަމަވެސް ލުބްނާއާއި ލިބާންއާއި ދިމާލަށް ކުދިކިޔާލިއެވެ.

“ތިހިރީއޭ ތި މީހުން ކުރަ ކަންތައް! މަ ކިރިޔާއޭ ބިރުންގޮސް ހިތް ނުހުއްޓުނީ! ހުވާ މި ބުނީ މި މީހުންގެ ކަންތަކާއިހެދިވެސް މަ ބޯގޮވާނެ!” އެތާތިބި އެކަކަށްވެެސް ބަލައިލުމެއްނެތިި އިޝްރާ ބުނެލިގޮތުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހިނިގަނޑު މައިތިރިކޮށްލަމުން ލުބްނާ ވާހަކަދައްކަންފެށީ ކަންވީގޮތް އެނގި އިޝްރާއަށް ކުއްލިއަކަށް އެހެން ވީ ސަބަބު އެނގުމުންނެވެ.

“އަހަރުން ކުއްލިއަކަށް ފެނުނަސް އިޝްއަށް ތިހެން ވީމައި ހިނިނައިހެއް ނުހުރެވޭނެދޯ! އާނ އަހަރުން މީ ޖިންނީންނަމަ ތިހެން ވާން ރަނގަޅު!” ހިިނިއައިސްފައި ހުރެ ލުބްނާ އެހެން ބުނެ ނިންމާލިއިރުވެސް އައިހަމްއާއި ލިބާން ހަމަ ހެނީއެވެ. އޭރު އިޝްޔާވެސް ހިނިތުންވެލައިގެން ހުރީ ލުބްނާ ބުނި ވާހަކައަށް އެއްބަސްވަމޭ ބުނާ ފަދަ ގޮތަކަށެވެ.

“ދެން ހެވޭ ތިވަރަށް ނުހެވުނަސް! ދޭބަލަ އައީ އާއިއެކު މައްޗަށް! އިޝް އެބަދަން މި ދަބަސްތައް ކޮޓަރިއަށް ލާފައި!” ލުބްނާއާއި ލިބާންގެ ދަބަސް ނަގަމުން އިޝްރާ މިސްރާބުޖެހީ އެމީހުނަށް ހާއްސަކުރެވުނު ކޮޓަރިއާއި ދިމާލަށެވެ. އެވަގުތު އިޝްޔާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ތިން ޒުވާނުން މިސްރާބު ޖެހީ މައްޗަށް ދިއުމަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. jiji

    Thanks ishaa❤❤????????vrh ufaa vejje up kohladhinyma mi prt..kon irakun nxt???❤❤?????…masha allah..vrh vrh rythi mi prt vx??curiously waitinn fr the nxt prt..LYSM??????????????

  2. ZULLU

    Alhey haadha kureyy?but it is obiness to the maxx ?

  3. Mimmi

    Vvvv reethi mi vaahaka?…. kon irakun tha next part? Can’t wait to read the next part….. But mi part v kurukan faahaga kurevey………Dhen part eh dhigu koala dheh chey pls?…. N me first dhw?

  4. SCARLET

    OMG.. the stry is here… vvvvvvv reethi.. but haadha kurey.. nxt prt dhigu kollahchey ingey dear..??????? waiting for nxt prt

  5. Kitty

    Varah reethi mi part ves.. ❤️❤️??.. Missed u so much.. How are you dear?.. Nd i dnt mind mi kuruviyas.. U must be busy ehnu dhw.. So its all okkii..

  6. Kitty

    Heii scarlet.. Where have you been?? I missed you

  7. Someone

    Hey ishaaa????story v loabi…but i thankolheh kuru dhw…ekam don’t mind it is because u r bxy…right!!!???

  8. Ishaaa

    Salaam Dear Readers,
    Mi baives mihaaru mi othy up vefai. Ishaa mi dhuvaskolhu School gai busy kamun vaahaka up kuran lasvy. Aslu vaahaka liye nimmaafai upkuran fonuvaifin friday morning ga. Dhen esfiya team in up nukoddhinymai ehaa lasvy. Ehenve ekamah thi hurihaa lobuvethi kiyuntheringe faraathun nihaayathah maafah edhen. Adhi dhen oiy baiy miahvure dhigu vaane vaahakaves dhannavaalan. Insha allah, next part on friday.

    1. Ishaaa ishu
      Ishaaa

      LOVE YOU ISHAA AND WHAT IIS YOU R NAME IAM AMINATH ISHAA WHAT IS YOUU

  9. Haly?

    Wow ..mi part vs very nice …..keep it up girl???..waiting for next part..???

  10. Haley?

    Ishaa kon irakun next part….I. Waiting for next part.and onething….next part miahvureh dhigu kohdhehchey…if u don’t mind?☺️

  11. Cute Lips

    woooooooooooooooooow varah reethi ingey…. lap moya vegen miulhuny.. dhn ok v ma mi join kury ..ehnve msg vs nukurevigen miulheny… and i am here..
    MISS U GIRLS..

    1. Kitty
      Cute Lips

      I thought u forgot about us.. Bjt glad to knkw that u didn’t.. We missed u more girl

    2. Cute Lips
      Cute Lips

      how could i forget u little jokey… i realllyyy misss uuuuuuu?? .. and others also.
      u ar the ones who forget me??????

    3. Kitty
      Cute Lips

      Oooh no… Well i never forgot about u.. Nd u just called me jokey??… I miss u more

    4. Cute Lips
      Cute Lips

      alhe kobaatha kudhin kolhu… haadha connection gohssi eyy..

  12. SCARLET

    Miss u guys?? n luv u?????????

    1. Kitty
      SCARLET

      Miss u.. N luv u more ???

  13. Laalu

    Alhey v salhi ingey mi part vx….. Waiting 4 the nxt part…. Ishaa loabi kolhu vyhaavx avahakah part 10 upkurahchey… Luv ya ❤️ kyp up the nice work…… ???

  14. Kitty

    Cute lips aa ishaa ve habareh nuvany.. Others are always in touch with me…. Insha Allah… Cute lips konthaakutha thiulheny.. Ehves habareh nuvey.. And ishaa when next part dear waiting for the next part ingey

  15. SCARLET❤

    This stry nxt prt kobaathr dear… haadha dhuvaheh… r u ok dear… ishaa ge habareh nuvaathyve ahaaly ingey.. miss u guys?????

  16. Ishaaa

    Salaam dear readers,
    Midhuvaskolhu geygai connection libumuge massalaeh ulheythyve vaahaka upkurumugai is ishaaa ah miulheny kudavarehge dhathithakakaai kurimathilaan jehigen. Namaves this hurihaa kiyuntherinnah konmeves gothakun mi vaahaka foarukoddheveytho varah masakkaiykuraa vaahaka dhannavaalan. Mifadha dhathithakakaai vaguthuthakugaives thi dhevvamun gendhavaa eheetherikamaa ebbaarulevvumahves enmehaa kiyuntherinnah Shukur dhannavaalan. Mihaaruves minutes use Kuranyschool WiFi. Lying all. Keep in touch

    1. Ishaaa
      Ishaaa

      Sorry. Not lying all. Love you all. Thank you

Comments are closed.