Skip to content
އެސްފިޔަ

ހަތުރުވެރިކަމުގެ އޮށް އިންދާކަށް ނުވާނެއެވެ.

އާޅެން

ހަތުރުވެރިކަމުގެ އޮށް އިންދާކަށް ނުވާނެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ފަރިފަރި ރީތި ނުފޮޅޭމާތަކެކެވެ.

ދުނިޔޭގެ ޖެހޭގަދަވައިން ޙިމާޔަތް ބޭނުން ވެފައިވެއެވެ.

ތުއްތުކުދިންވެސް ހަމަ މިފަދައެވެ.

ބޮޑެތިމީހުންގެ ރުޅިވެރިކަމުގެ ތެރެއަށް ނުވެއްދުން އެދިގޮވަނީއެވެ.

ކުޑަކުދިންގެ ހިތްތަކުގައި ހަތުރުވެރިކަމުގެ އޮށް އިންދާކަށް ނުވާނެއެވެ.

އަނގައިން ނުބުނުން ޝަރުތު ކުރެއެވެ.

ތިއްތާއޭ ގޮވާލުން މަނާކުރެއެވެ.

މިއަމުރުތައް ހަތުރުވެރިކަމުގެ ގަހުގެކަނާއަށް ނުވާނެބާވައެވެ.

އެގަހުން ފޮޅޭމަލުގައި މީރުވަހެއް ނުދުވާނެއެވެ.

ހިތިވަހުން މުޅިތަން އެއްވަސް ކުރުވާނެއެވެ.

އެވިހައިގެ އަސަރުން އެތައް ގުޅުމެއް ކެނޑޭނެއެވެ.

ތިމާގެކަމުގެ ގުޅުމެވެ.ޢާއިލީ ގުޅުމެވެ.

ރަޙުމަތްތެރިކަމުގެ ގުޅުމެވެ.

އަވަށްޓެރިކަމުގެ ގުޅުމެވެ.

މަލުގެވިހަ ފެތުރޭނީ ވަކިޚާއްޞަ ތަނަކަށް ނޫނެވެ.

ވަސްފޯރާ ހިސާބުގެ އެންމެނަށެވެ.

 

Comments (3)

  1. Hybtu

    WOw. Really deep.

  2. Anonymous

    Kurin zidhaan ge vaahakathah kamu nudhiya gothah mi Ismail ge liyunthah ves varah foohi… kamakah kameh kuraa usool

  3. ali

    ismail fotheh liye nerumuge vissnumeh nugengulhentha?

Comments are closed.