ފިކުރު
އާޅެން
ފިކުރު
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ.
ރަތްޔާޤޫތުފަދަ ދެތުންފަތުގައި ދުނބުޅީގެ ފަރުދާއެއްވަނީ ލެވިފައެވެ.
ސަންގު މަރުމަރުގެ ހުދު ހިލައަށްވުރެވެސް ހުދު ދަތްޕިލާގެ ކުލަވަނީ ގެއްލިފައެވެ.
އިތުރުވީ ދެރުލުގެ ސަބަބުން މޫނުގެ ރީތިކަންވަނީ ގެއްލިފައެވެ.
ދުމުގެ ސަބަބުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ.
ބުންވަރުކުރުވެ ގުބުހިލި ނޭވާލުންވަނީ އަވަސް ވެފައެވެ.
އިރުއިރުކޮޅާ ކެއްސާލުމާއިއެކު މޭގެ ތަދުވަނީ އިތުރުވެފައެވެ.
ރުޅިއިސްވެ ހިތްއަވަސްވެ ކާހިތްވަނީ ކުޑަވެފައެވެ.
މަޑުމަޑުން ނާރުތަކުގެ ބާރުދެރަވެ ބަލިތައް ޖެހެންވަނީ ފަށާފައެވެ.
ދުމުގެ ސަބަބުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ.
ވަސްމީރު ހުވަނދުލިޔަސް އެވަސްވަނީ ފަނޑުކޮށްފައެވެ.
ނިދާހޭލާއިރު ބާލީހާއި ކޯތާފަތްވަނީ ތެމިފައެވެ.
ދުމުގެ ސަބަބުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ.
އަސްތައަސްތާ ހޭއަރާއިރު އޮންނަނީ ކަށީގައި ހިފާފައެވެ.
ދެން ސަލާމަތްވުން މަދުމީހަކަށް މެނުވީ އޮންނަނީ ނުލިބިފައެވެ.
ދުމުގެ ސަބަބުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ.



