Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލަހެއްނުވެއެވެ! 3 (ފަހުބައި)

ThaYa Level 1
August 6, 2014 3 Mins Read
8 Comments

” ކަލޭ ކިޔާ އެއްޗެއް މަށާ ދިމާއަށް ކިޔާ! އޭނަޔާ ނުބެހޭތި،” ސަކީނާގެ ނޭފަތާއި ނޭފަތް ޖެހޭ ހިސާބަށް ކައިރިވެފައި އަހަރެން ބުނީމެވެ.

މާޝާ އާއި މާމަ އައިސް އަހަރެން ދުރަށް ގެންދިޔައެވެ. ރުޅީގަދަވެގެން އަހަރެންގެ އަތްފައި ތުރު ތުރު އަޅައެވެ.

ހަތެއްޖެހި އިރު އަހަރެން ހުރީ މާޝާގެ ބައްޕަ އާއި ބައްދަލު ކުރުމަށް ދާން ތައްޔާރުވެގެން ގޭގެ ދޮރުމަތީގައި މާޝާގެ އިންތިޒާރުގައެވެ. އަހަރެން އެތާހުންނަތާ އިރުކޮޅެއްފަހުން މާޝާ ނުކުމެގެން އައެވެ.

“މިއޮއް ހަނދުވަރު ކުރަފި އަރަނީދޯ….” އަހަރެމެން ހިނގައިގަތް ތަނާ ސަކީނާގެ އަޑު އިވުނެވެ.

“މިރޭ ރަނގަޅަށްވެސް އަރާނެ އިންތިޒާރު ކުރޭ!” މާނަވީ ގޮތަކަށް ސަކީނާއަށް ބަލާލަމުން މާޝާ ބުނެލީ ލަތާ އަށް އިޝާރާތެއް ކޮށްލަމުންނެވެ.

ހ. ބްލެކްޕާރލް ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު އަހަންނަށް ހައިރާންވެގެން އަހަނހުޅުވުނެވެ. ފަސްބުރިޔަށް ނަގާފައިވާ ނޫކުލައިގެ އިމާރާތަށް ބަލައިލުމުންވެސް އެތަނުގެ ވެރިޔާގެ ފެންވަރު ވަޒަންކޮށްލެވެއެވެ. މާޝާގެ ބައްޕަގެ މިހާރީތި ބޮޑު ގެއެއްހުއްޓައި އާދައިގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފައިގެން އުޅެނީ ކީއެވެ ބާއޭ ހިތަށް އެރިއެވެ. މާޝާ އަހަރެންގެ އަތުގައި ހިފާލިއެވެ.

ސުބުހާނަﷲ، އަނެއްކާ މާޝާ މިއުޅެނީ ކީއްކުރަން ބާއެވެ؟ އޭނަ ހިތުން އެއުޅޭނީ އަހަންނާ ރައްޓެހިވެގެންބާވައެވެ؟ ހިތުގައި ސުވާލުތައް ފުނި ޖެހެން ފެށުމުން އަހަރެން މަޑުކޮށްލީމެވެ.

“އަހަރެން ވާހަކައެއް ބުނަން ބޭނުން!” ހިތަވަރު ކޮށްލާފައި އަހަރެން ބުނެލީ މިވަގުތު ހިތްވަރު ދެެރަކޮށްފިނަމަ ފަހުން ދެރަގޮތެއްވެދާނެ ކަމަށް ނިންމާފައެވެ. ނަމަވެސް އަހަރެންގެ ޖުމުލަ ނިމުނުގެ ކުރިން މާޝާ ގޮސް ލިފްޓް ތެރެއަށް ދެމިގަތެވެ.

އަހަރެން އެއްޗެއް ބުނަން އުޅޭއިރަށް މާޝާ ކޮންމެސްވާހަކައެއް ފައްޓައެވެ. ހާސްވެ ގޮތް ހުސްވެގެން މީހާ ދާވެސް ހިއްލަން ފަށައިފިއެވެ.

“ބައްޕާ!” މާޝާގެ ބާރު އަޑާއި އެކު ސިޓިންރޫމު ތެރެއަށް ފުރޮޅުލީ ގޮނޑިއެއްގައި މީހަކު ގެނައެވެ. އެމީހާ އިނީ ކަނުބަނދެފައެވެ. ގޮނޑިދުއްވަން އިން އަންހެންމީހާ އަހަންނަށް ބަލާލާފައި ސޯފާއަށް އިޝާރާތް ކޮށްލިއެވެ.

އަހަންނާ ދިމާ ކުރިމަތީގައި އެމީހާ ބެހެއްޓުމަށްފަހު މޫނުގައި އައްސާފައި އޮތް ފޮތިގަނޑު މޮހާލިއެވެ.

“މީކާއިލް!” އެމީހާ އަހަރެންގެ މޫނުގައާއި އެތަންމިތާ ބޮސްދޭންފެށިއެވެ. އެދެލޮލުން ހިފޭއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އެތަށް އިރަކު އެގޮތަށް ރުއިމަށްފަހު އޭނާ އަހަރެން ދުރުކޮށްލިއެވެ. އަދި ލައިގެން އިން ގަމީހުގެ ޖީބުން ނެގިއެއްޗެއް އަހަންނަށް ދިއްކޮށްލިއެވެ. ހައިރާންވެގެން އަހަރެން ބާވެ ހަސްނެތިފައި އޮތް ކަރުދާސްކޮޅުގައި ހިފައި ބަލާލީމެވެ. އަހަރެންގެ ހައިރާންކަން ދިޔައީ އިތުރުވެގެނެވެ. އެއީ އަހަރެން ކުޑައިރުގެ ފޮޓޯއެކެވެ. އެފޮޓޯ މާޝާގެ ބައްޕަ އަތުގައި ކުރަނީ ކީއްހެއްޔެވެ؟ އަނެއްކާ މާޝާ މާމަ އަތުން އަތުލި ފޮޓޯ އެއްބާއެވެ؟

“ބައްޕަ އަދިވެސް އަޅުގަނޑު މޮޅެކޭ ނުބުނުއްވަމެއްނޫންތޯ؟” އަހަރެން ބަލައިލީ މާޝާގެ އަޑަށެވެ.

“ބައްޕަ ދެކެން ބޭނުންވި ގޮތުގައި ދޮންބެ މިހިރީ ގެނަސްދީފައި ނޫންތޯ؟” އަހަރެންގެ އަތުގައި އެލިގަންނަމުން މާޝާ ބުނެލި އެއްޗަކުން އަހަރެންގެ ހަތަރެސްފައި ފިނިވިއެވެ.

“މާޝާ!”

“ޝޫޫ ޝޫ ދެން މާޝާ ކިިޔައިގެން ނުވާނެ. މަ އެއް އިރަކުވެސް ދޮންބެއަށް މީކާއިލް ކީންތަ؟” އުނަގަނޑުގައި ދެއަތް ވިދެލަމުން މާޝާ ބުނެލިއެވެ. އަހަރެން މާޝާގެ އަތުގައި ހިފާކުއްލިއެއް ޖެހުމާއި އެކު އައިސް ތަތްވީ މޭގައެވެ.

“ކީއްވެ ނުބުނީ؟ ކީއްވެ ނުބުނީ؟ އެއްފަހަރުވެސް މީ ކޮއްކޮއޭ ބުނެލި ނަމަ.” މާޝާގެ ކުޑަކުޑަ ހަށިގަނޑު މެޔާލާ ބޮނޑިކޮށްލަމުން އަހަރެން ޝަކުވާކުރީމެވެ. ގިސްލާ ރުއީމެވެ. އަހަރެން ހަމައަކަށް އެޅުމުން މާޝާ އާއި ދޮންމަންމަ އަހަންނަށް ހުރިހާވާހަކައެއްކިޔާދިނެވެ. މަންމަގެ ވިޔުާނުދާ އުޅުމުގެ ސަބަބުން މަންމަ ވަރިކުރީމައި މާމަ އަހަރެން އަތުލިވާހަކައެވެ. މާޝާ އުޅުނު ގެޔަކީ ދޮންމަންމަގެ ދައްތައެއްގެ ގެއެވެ. އެގެ އަށް ބަދަލުވީ އަހަންނާ ގުޅުން ބަދަހިކުރުމަށެވެ. އިއްތިފާގަކުންވިޔަސް އަހަރެންގެ ފައި ހަލާކުވި ހާދިޡާ ވެގެން ދިޔައީ އެމީހުނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އަހަރެންގެ ހަނދާނުގައި ބައްޕަ ކުރި ހިތާމައެވެ. އެތަން ދެކެން ކެތް ނުވެގެން އަހަރެން ހޯދައިދިނުމަށް އެދެމައިން ކުރި މަސައްކަތެވެ.

ދޮންމަންމަގެ އޯގާތެރި ކަމާއި ރަނގަޅުކަންފެނިފައި އެދެމައިންދެކެ ލޯބިން ހިތްބަންޑުންވާވަރުވެއެވެ. ދޮންމަންމަ އެދުނީ އެގެއަށް ބަދަލުވުމަށެވެ.ގޭގެ ހުރިހާ މުދަލާއި ކުންފުންޏަކީ އަހަރެމެން ދެބެއިންގެ އެއްޗިކަމާއި އެކަމުން މަހުރޫމްވެގެން މީހާރުވެސް މާގިނަ ދުވަހު އުޅެފިކަމަށް ބެންޏެވެ. މާމައަށް ހެޔޮ ވިސްނިފައިވާ ވާހަކަ އަހަރެން ކިޔައިދިނީމެވެ.

އެތަށް އިރަކު އާއިލާކައިރީ ހޭދަކުރުމަށްފަހު އަހަރެންނާއި މާޝާ ނުކުމެގެން އައީ އަދި އަހަރެމެންގެ އެހެން ޕްލޭނެއް ކުރިޔަށް އޮތީމައެވެ.

ކެމެރާ ބަލާލެވުނީ ބަރާބަރު ގަޑިއަށެވެ. އަހަރެން ވަގުތުން ފުލުހުންނަށް ރިޕޯޓްކުރީމެވެ. ފުލުހުންގެ ބަސް އައީ އަހަންނާއި މާޝާ ގޯޅިތެރޭ ތިއްބައެވެ.

ލަތާއަށް ޖިންސީ ހާނިއްކަ ކުރަމުންދިޔަމީހާ ހައްޔަރު ކޮށްގެން ގެންދިޔައިރު ސަކީނާވެސް ހައްޔަރުކުރިއެވެ. ލަތާ ލައްވާ ގަދަކަމުން ހަށިވިއްކުވި ކަމުގެ ތުހުމަތުގައެވެ. އެމީހުން ގެންދިޔުމާއި އެކު ލަތާދުވެފައި އައިސް މާޝާގެ ގައިގާ ބައްދާލިއެވެ.  އެވަގުތު އިބްރާހީމްބެ އައިސް އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އިބްރާހީމްބެ ކިޔައިދިން ގޮތުގައި ސަކީނާ ގޭގެ މަސައްކަތްކުރުވަން ގެންނަ ކޮންމެ ކުއްޖަކަށްވެސް ހަދަނީ އެހެނެވެ. އެންމެފަހުން އައި ކުއްޖާފިލީ އެމީހުންގެ އެހީގައެވެ. އެމީހުންނަށް ފުލުހުންނަށް އަންގަން ނުކެރެނީއެވެ. އިބްރާހީމްބެ އަހަންނާއި މާޝާގެ ހިތްވަރަށް ސާބަސް ދިނެވެ.

މިއަދު އަހަންނަކީ ޕާލް ޕްރައިވޭޓްލިމިޓެޑްގެ ޗެއާޕާރސަން އެވެ. ކުންފުނީގެ ފަންސާސް ޕަސެންޓު ހިއްސާދާރެކެވެ. މީހުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ މީހެކެވެ. އުފާވެރި އާއިލާއެއްގެ ޒިންމާދާރު ދަރިޔެކެވެ. މިއީ “މިކީ” އެއް ނޫނެވެ. “މީކާއިލް މުހައްމަދު މިރުޒާ” އެވެ. ކަންކަން މަތީގައި ގިނަވެފައި ތިބޭ ޒުވާނުންނަށް އަހަރެން ބުނެލަން އޮތީ އެމީހެއްގެ ދިރި އުޅުން އުޖާލާވާނީ އެމީހަކު އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ. އެހެންމީހުންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބަދަލުގައި އަމިއްލަ މުސްތަޣުބަލް އުޖާލާ ކުރަން އަމިއްލައަށް މަސައްކަތް ކުރާށެވެ. ދިރިހުރިހާ ހިނދަކު އަދި އިސްލާހްވާހަކަށް ލަހެއްނުވެއެވެ. ކޮންމެ ވަގުތެއްގައިވެސްހަމައިސްލާހް ވާންވީއެވެ. ކުރެވިއްޖެ ކުށަކަށް އަވަހަށް ތައުބާވާންވީއެވެ. (ނިމުނީ

Share Article

Follow Me Written By

ThaYa

Level 1

Other Articles

Previous

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..4

Next

އުޅެން އުމުރަށް ލޯބިން އެކީ…3

Next
August 6, 2014

އުޅެން އުމުރަށް ލޯބިން އެކީ…3

Previews
August 5, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..4

8 Comments!

  1. ThaYa says:
    August 6, 2014 at 11:39 am

    މިޕާޜޓްވެސް ހުރިހާކުދިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަން. ﷲ އިރާދަފުޅު ކުރެއްވިއްޔާ އެހެންވާހަކަ އެއް ވަރަށް އަވަހަށް ގެނަސް ދެން ފަށާނަން.

    1. lillygirl says:
      November 30, 2015 at 9:03 pm

      hmmmmmmmmmm ryti thaya u hv talent 🙂 😉

  2. athi says:
    August 6, 2014 at 12:03 pm

    vvvvvvv nice story eh.aslu ves vvvv gud advice eh miyadh ge zuvaaan jeelah dhyfi thanks thaya i lyk it sooo sooooo keep it up

  3. shaph says:
    August 6, 2014 at 5:31 pm

    w reethi mi story . thankxx 4 the lovely story 😀 keep it up

  4. shehey says:
    August 6, 2014 at 9:23 pm

    mihaa reethi, ibraiytheri vaahakaeh genesdhineethy ThaYa ah shukuruveriwaane gothehwes neynge.ThaYa ah Shukuriyya ey buneweyny. mikahala reethi ehen vaahakaeh v awahah genesdheyne kamah unmeedhu kuran 🙂

  5. Maain says:
    August 22, 2016 at 10:16 am

    Nice ??

  6. a says:
    October 1, 2016 at 8:31 pm

    hmmm so nice its getting a good moral from this story thnks……………..

  7. annonymous says:
    November 6, 2016 at 1:42 pm

    VARAH IBURAITHERI VAAHAKA EH.
    HOPE TO SEE NEW STORIES LIKE THIS.

Comments are closed.



All Right Reserved!