ޖެހިފާ މަގޭ ހާލަތް
އަހަރެންނަކީ އުމުރުން 21 އަހަރު ގެ ޒުވާނެކެވެ . މި ވީ ހާ ދުވަހު އަހަރެން ގެ ދިރިއުޅުމުގެ އެއް ވެސް ކަމަކަށް ވިސްނާނެ ވަގުތެއް ނުވެއެވެ . އަހަރެން ޤަބޫލް ކުރާ ގޮތުގައި އަހަރެން ގެ ދިރިއުޅުމަށް ވިސްނަނީ އަހަރެން ގެ މައިންބަފައިންނެއެވެ . މި ވީ ކުޑަ ދުވަސް ކޮޅު އަހަރެން ގެ ދިރިއުޅުމަށް އެކި އެކި ކަހަލައިގެ ގޮންޖެހުންތައް އައެ. ނަމަވެސް އަހަރެން އެކަމަކަށް އެއްވެސް ކަހަލައިގެ އިހުސާސް ތަކެއް ނުވިއްއެއް ކަމަކު މިޔަދު މިވަނީ އަހަރެން ގެ ދިރިއުޅުމަށް ވިސްނަން ޖެހިފައެވެ . އެތަކެއް ހުރަސްތަކެއް އައެވެ . އަހަރެން އެންމެ ލޯބިވާ މީހާ ވެސް އަހަރެންނަށް ގެއްލި އަހަރެން އެއްކޮށް ބަދަލު ވެއްޖެއެވެ . އަދިރި ވަޅުގަޑަކަށް އަހަރެން ވެއްޓިޖެއެވެ . ނަގާނެ އެކަކު ވެސް ނެތެއެވެ . އަހަރެންނަކީ ނެތް މީހެއް ކަހަލައެވެ . ﷲ އަށް ވަކީލް ކުރުން ނޫން ގޮތެއް ނެތެއެވެ . މިއީ އަހަރެން ގެ ދިރިއުޅުމަށް އައި ބަދަލު ތަކެއެވެ .
މީގެ 21 އަހަރު ކުރިން . އަހަރެން އަހަރެން ގެ މަންމަ ބަނޑުގައި އޮތް ދުވަހު އަހަރެން ގޮވައިގެން އެތަކެއް ބުރައެއް އުފުލިއެވެ . އެތަކެއް ވޭނެއް އުފުލިއެވެ . 15 ޑިސެމްބަރ 1997 ވަނަ ދުވަހަކީ އަހަރެން އަލަށް ވެސް މި ދުނިޔެ އަށް ނޭވާލީ ފުރަތަމަ ދުވަހެއެވެ . އެ ދުވަހު އަހަރެން މި ދުނިޔެއަށް އައިމާ އެންމެން ކަހަލަ ގޮތަކަށް މަޖާ ކޮށް ހެދިއެވެ . ޕާޓީ ބާއްވައި ހެދިއެވެ . އަހަރެން އެކަކު އަތުން އަނެކަކު އަތުން ގެން ގުޅެން ފެށިއެވެ .
7 ދުވަސް ވުމުން އަހަންނަށް ނަން ކިޔާފިއެވެ . ބޮޑު ޕާޓީ އަކުންނެއެވެ . ރަށު އެންމެން ކަހަލަ ގޮތަކަށް އެ ޕާޓީގައި ބާވެރި ވެއްޖެއެވެ . އަހަރެން ހަދާނުން ގައި ހުންނަށް ފެށީއްސުރެން އަހަރެން އުޅުނީ ވަރަށް ވެސް މަޖަލުގައެވެ . ކުޅިވަރުގައެވެ . އެކުވެރިންނާ އެކު މަޖާ ކުރުމުގައެވެ . ސްކޫލް ދުވަސް ވަރު އަހަރެން އުޅެމުން ދިޔައީ ވަރަށް ވެސް މަޖަލުގަޔާއި ކުޅިވަރުގައެވެ . އަދި ކިޔެވުމުގައެވެ .
ނަމަވެސް އަހަރެން ސްކޫލް ނިމްމާލާފައި މުޖުތަމައު ގެ ތެރެއަށް ވަދެ ޒުވާނުންނާ އެކު މަޖަލުގައި އުޅެނިކޮށް މުޅި ހަޔާތް ބަނަ ވެގެން ހިގައްޖެއެވެ . އަހަރެން އޭރު ދެކުނު އެކުވެރިން ތައް ހިގައްޖެއެވެ . ސްކޫލް ދުވަސް ވަރު ވީ އެކުވެރިން ހިގައްޖެއެވެ . އަހަރެން މުޅިން އެކަނި ވެއްޖެއެވެ . އަހަރެން ދެން އުޅެމުން ދިޔައީ ސޯސަލް މީޑިޔާގައެވެ . އެތަނުން ވެސް އަހަރެންނަށް ދިމާ ވެގެން ދިޔައީ އެހެން ކަހަލަ އެކުވެރިންނެއެވެ . އެދުވަސް ވަރު އަހަރެން ދެކެމުން އައީ އެ އެކުވެރިންނަކީ އަހަރެން ގެ ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެއެވެ . އަހަރެން ބަލި ވެއްޖެ ނަމަ އަޅާލާނެ ބައެއް ގެ ގޮތުގައެވެ . ނަމަވެސް ކަން ވީ އެހެންނެއް ނޫނެއެވެ . އަހަރެން ހީވެސް ކުރި ގޮތަކަށް ނޫނެއެވެ . އެންމެން ވެސް ބޭނުން ވަނީ އަހަރެން ގެ ފަރާތުން ކޮންމެވެސް ފައިދާ އަކަށެއެވެ . އަހަރެން އެކަމެއް ނުކުރުމުން އަހަރެން ދުރުކޮށް އަހަރެން މީ ބޭ ކާރު މީހެއްގެ ގޮތުގައި ދެކެމުން އައެވެ .
ކޮންމެ ޔަކަސް ދެން ބަލާލަމާ ހެއްޔެ ؟ އަހަރެން ގެ އާއިލާ އަކީ ވަރަށް ރަގަޅު ބައެކެވެ . ނަމަވެސް އަހަރެން ވިސްނި ގެން އައީ އެއީ ވެސް އަހަރެން ގެ ކަންކަން ހުރަސް އަޅާބައެއްގެ ގޮތުގައެވެ . އަހަރެން ބޭނުން ވާ އެއްވެސް ކަމެއް ނުވެއެވެ . އަހަރެން އެކަމަކަށް ކުރިމަތި ލާއިރު އަހަރެން ގެ ހިތް ވަރު ދޫވާ ފަދަ އެއްޗިހި ބުނެއެވެ . ނަމަވެސް އަހަރެން ގެ އާއިލާ އަށް ހުރަސް ކަޑާ ކަށް ނެތީމެއެވެ ، ނަމަވެސް އަހަރެން ހިތް ހަމަ ނުޖޭހޭ ކަމެއް ކުރުވައެވެ . އަހަރެން އެއްވެސް ތަނަކަށް ނުފޮނުވައި މިހުންނަނީ ކޮންމެވެސް ކަމެއް ގައޭ ބުނެ އެމީހުން ބޭނުން ކަމެއް ކުރުވައެވެ . އެއްވެސް ވަޒީފާ އަކަށް ނުފޮނުވައެވެ . އަހަރެން މިހާރު އުމުރުން 21 އަހަރު ވެގެން ދިޔައިރު އަހަރެން ބޭނުން ވާ ވަޒީފާ އަކަށް ނުފޮނުވައި މިހުންނަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ އަދި އަހަރެން ކުރި ކުށަކީ ކޮބާ ހެއްޔެ ؟ މި ސުވާލު ގެ ޖަވާބު އަހަރެން ބޭނުމެއެވެ . ނަމަވެސް އަހަރެން ގެ ޒިމްމާ އަދާ ކުރެވޭ ތޯ ބަލާނަމެއެވެ .
ޓިކް ޓޮކް ހަޔާތް .
އާދެ އަހަރެން ދެން ފެށީ މިހާރު އެންމެ މަޝްހޫރު އެއް އެޕް ކަމަށް ވާ ޓިކް ޓޮކް ކުޅުމަށެއެވެ . ސަބަބަކަށް ވަނީ އަހަރެން ގެ ހިތް ހަމަ ޖެއްސުމަށެއެވެ . އެ އެޕް އިން އަހަރެން ބޭނުން ވާ ކަހަލައިގެ ކަމެއް އަދި ހިތް ގައިމް އެއްޗިހި ތަކެއް އަހަރެން ގެ ފަރާތުން ނިކުތެއެވެ . އާ އެކުވެރިން ތަކެއް ލިބިގެން ދިޔައެވެ . މުޅި ހަޔާތް ބަދަލު ކޮށްލި އެކަށްޗަކަށް ޓިކް ޓޮކް ވާނެއެވެ .
އަދި އެ މީހުންނަށް އަހަރެން ގެ ފަރާތުން އެކި ކަހަލަ ކޮމެންޓް ތަކެއް އެވެ . އަހަރެން ގަބޫލް ކުރާ ގޮތުގައި އަހަރެން ބަލައިގެންފި ކަމެއެވެ ،
އަހަރެން އެ ދިރިއުޅުމުން ނިކުމެ އާ ދިރިއުޅުމަކަށް މިޔަދު މިވަނީ ނިކުމެވިފައެވެ . އެކި މިޒާޖުގެ އެކުވެރިން ތަކެއް އަހަރެން ނަށް ލިބުނެއެވެ .
އަދިރީގެ ހަޔާތުން އަލި ކަމަކަށް އަހަރެން ނިކުމެވުނީ އަހަރެން ނަށް އެކި އެކި ކޮމެންޓް އިންނެއެވެ . އަހަރެން ބަލައިގަންނަނީ އެ މީހުންނަކީ އަހަރެންނަށް ސަޕޯޓް އަދި ރަގަޅު ބައެއް ކަމުގައެވެ .
އާއްމު ދިރިއުޅުން
އާދެ އާއްމު ދިރިއުޅުމުގައި އަހަރެން ކިތައްމެ ހިތްދަތިކޮށް އުޅުނު ކަމުގައި ވިޔަސް އަހަރެން ސޯސަލް މީޑިޔާގައި އަހަރެން އުޅެމުން ދަނީ ވަރަށް ވެސް އުފަލުގައެވެ . އަހަރެން ގެ ގާތް އެކުވެރިންނަކީ އަހަރެން ގެ އެއް ބައެކެވެ . އަހަރެންނާ ދޭތެރޭ ކޮއްމެ ގޮތެއް ހެދިޔަސް އަހަރެން ފޭން އަކީ އަހަރެން ގެ އެންމެ ހިތްހަމަޖެހޭ ބައެކެވެ .
އަހަރެން ކުރިން އަހަރެން މީ އެކަކަށް ނުވިއެވެ . ނަމަވެސް މިޔަދު އަހަރެންނަކީ މިޔަދު އެންމެން އިހްތިރާމް ކުރާ މީހަކަށް ވެއްޖެއެވެ .
ފޭސްބުކް
ފޭސްބުކް އަކީ އަހަރެން ހިތް ހަމަ ޖައްސާލުމަށް ޓަކައި ކުރާ ކަމެކެވެ . ސޯސަލް ވުމައް ޓަކައި އަހަރެން ފޭސްބުކް ބޭނުން ކުރަމެއެވެ . އެކަމަކު އަހަރެންނަށް ފޭސްބުކް އިން އަހަންނަށް ލިބެމުން ދަނީ ހިތް ދަތި ކަމެއެވެ . އެހެން ކަހަލަ އެކުވެރިން ތަކެއް ފޭސް ބުކް އިން އަހަންނަށް ލިބުނެއެވެ . ދުވަހަކުވެސް ހީ ނުކުރާ ބައެއް ލިބުނެއެވެ . އަހަރެން ހީ ކުރަމުންދަނީ އެއީ އަހަރެން ގެ ވަރަށް ގާތް އެކުވެރިން ތަކެއް ކަމަށެއެވެ . ދެ ހާސް އަށް ތުރެން ގިނަ އެކުވެރިން ތަކެއް އަހަރެން ހުއްޓަސް އަހަރެން އެ މީހުން ގެ ފަރާތުން އެއްވެސް ކަމެއް ނުވެއެވެ .
2012 އިން ފެށިގެން އަހަރެން ފޭސްބުކް ބޭނުން ކުރަން ފެށީމެއެވެ . ނަމަވެސް އަހަރެންނަށް ރަގަޅު އެކަކު ވެސް ފޭސް ބުކް އިން ނުލިބުނެއެވެ . ހަތްތަހާ ވެސް ލިބެމުން ދަނީ އެހެން ކަހަލަ ގޯސް އެކުވެރިން ތަކެވެ . ނަމަވެސް އަހަރެން ގެ ފަރާތުން އަހަރެން ބަލަނީ އަހަރެން ގެ ރަގަޅު ކަން ދައްކުވައި ދިނުމަށެއެވެ . ލޮއިއްބާ އަޅާލުމާ އެކު އަހަރެން ބަލަނީ އެމީހުން ގެ ކަންކަން ކޮށް ދިނުމަށެއެވެ . ނަމަވެސް އެމީހުންނަށް އެގިފައި އޮންނަ ގޮތުން އަހަރެން ނަކީ ވަރަށް ގޯސް އަދި ނުލާހިކު ވިޔާ ނުދާ މީހެއްގެ ގޮތުގައެވެ . ނަމަވެސް މިޔަދު އެހާ ގިނަ ރައްޓެހިން އަހަރެން ތިއްބަސް އަހަރެން ޕަބްލިކް ކުރަމުން އަންނަ ކަންކަމަކީ އަހަރެން ގެ ހަޔާތުގައި ދިމާ ވެފައި ހުރި ކަންކަމެއެވެ . ބައެއް މީހުން ބުނަމުން ގެންދަނީ އެއީ އަހަރެނަށް ސައުޤު ވެރިކަން ހޯދުމަށް ޓަކައި ކުރަމުން އަންނަ ކަމެއް ގޮތުގައެވެ
އަހަރެން އެކަން ކަމަށް އަޅައެއް ނުލަމެއެވެ . ކިޔާ އެއްޗެއް ކިޔާ ކިޔާ ތިބިދާނެ.
ފޭސްބުކް ނުވަތަ ޓިކް ޓޮކް މިތަނުން އެންމެ ރަގަޅީ
ޓިކް ޓޮކް އަކީ އެކުވެރި ކަމާ ލޮއިތްބާ އަޅާލުން ލިބެމުން އަންނަ ތަނެކެވެ . އަދި އެ މީހެއް ގައިގައި ހުންނަ ކަމެއް ދައްކާލުމުގެ ފުރުސަތު އޮންނަ ތަނެކެވެ . ރަގަޅު ކުރަން ޖެހޭ ކަމެއް ރަގަޅު ކުރުމަށް އޮތް ބޮޑު ރަނުގެ ފުރުސަތެކެވެ
ފޭސް ބުކް އަކީ އެހެން މީހުން ގަޅަ ހައްދައި އަދި އެކަކު އަނެކަކަށް ބަދުނާމު ކުރަމުން އަންނަ ތަނެކެވެ . ނުވި ތާކަށް އެމީހަކު ބަދުނާމު ވެ އެހެން މީހުން ވެސް ބަދު ނާމު ކުރަމުން އަންނަ ތަނެކެވެ . ނަމަވެސް ފޭސް ބުކް އިން އަހަރުމެން ގެ ކަންކަން ހިތްސާ ކުރަމުން ދެއެވެ . އަދި ގޮތް ނޭންގޭ މީހުންނަށް އެކަށް ހިއްސާކޮށް އަދި ލޯބީގެ މާތަށް ފޮޅުވައިދޭ ބަގީޗާ އެވެ .
ކޮންމެ ކަމެއް ފޭސްބުކް ގައި ހިއްސާ ކުރުމަކީ އަހަރުމެންނަށް ވަރަށް ބޮޑު ހެދޭ ގޯހެކެވެ . ސަބަބަކަށް ވަނީ ގޮތް ނޭގޭ މީހުން އެޔަށް ކޮމެންޓް ކޮށް އަދި އެހެންމީހުން ކާރި ދެއްކުމުގެ ފުރުސަތު އޮވެއެވެ . އަހަރެން ގަބޫލް ކުރާ ގޮތުގައި ފޭސްބުކް އަށް ތުރެން ޓިކް ޓޮކް މާ ރަގަޅު ވާ ކަމެއެވެ . ސަބަބަކަށް ވަނީ ހިތް ހެޔޮ އެކުވެރިން ތަކެއް ލިބި އަދި ނުވި ތާކަށް އަހަރުމެން ކުރާ ކަންތައް އެމީހުން ގެ ހިޔާލު ފާޅު ކުރުމުގެ ކަންކަން އޮވެއެވެ . ނަމަވެސް އަހަރުމެން ބަލަން ވީ އަގަ މަޑު ކޮއްގެން ތިބެ އަމަލު ގިނަ ކުރުމެއެވެ
ދިރިއުޅުމަކީ އެހެން ކަހަލަ އެއްޗެކެވެ . ބައެއް ފަހަރު ހިޔް ދަތި ކަމާއި ރުޔުން އޮންނަ ތަނެކެވެ . އެ އެތި އަހަރުމެން ކަންކަން ހިއްސާ ކުރުމުން ދެކޭ މީހުން ދެކެމުން ދާނީ އެއީ ހާދާ ވިޔާ ނުދާ ކުއްޖެއްގެ ގޮތުގައެވެ . އަދި ގޮތް ނޭގޭ މީހުން ނާ ވާހަކަ ދެއްކުމުގެ ސަބަބުން އެމީހުން ބޭނުން ވާ ކަންތައް ވަރަށް ފަސޭހައިން ހާސިލް ކުރުމުގެ ފުރުސަތު އޮންނާނެއެވެ . އަދި ބަދުނާމު ކުރުމުގެ ފުރުސަތް އޮންނާނެއެވެ .
ހަޔާތަކީ އިމްތިހާނެއް ނުވަތަ ނޫން ކަން
ހަޔާތަކީ އިމްތިހާނެކެވެ . ބައެއް ފަހަރު ހިތް ދަތި ކަމާއި ކުރިމަތި ލާން ޖެހި ދާނެއެވެ . އަނެއް ބައިފަހަރު އުފަލުގައި އުޅެން މެދުވެރި ކުރައްވަފާނެއެވެ . ބުނަން ވެސް އުދަގޫ ދުވަސް ތަކަކާ ކުރިމަތި ލާން ޖެހިދާނެއެވެ . އޭގައި ޖެހޭނީ ﷲ އަށް ޝުކުރުވެރި ވުމެއެވެ . އަދި އެ އިމްތިހާނަށް ކުރިމަތި ލާށެވެ . ގިނަ މީހުން ދެކެމުން ދަނީ މީ ކުޅިަރެއްގެ ގޮތުގައެވެ . ކޮންމެ އިންސާނަކީ މަރުވާނެ ބައެކެވެ . ނަމަވެސް އަހަރުމެން ގެ ތެރެއިން އެކަކު ވެސް ނުދަނެއެވެ .
*******************
މި އަހަރެން ގެ ދިރިއުޅުމުގައި ދިމާވި ކަމެއްގެ މައްޗަށް ބިނާ ކުރެވިފައި ވާ އުފެއްދުން ތެރި އަދި ހިޔާލީ އެއްޗެކެވެ . ސޯސަލް މީޑިޔާ ގަޔާއި އަދި އެ ނޫން ވެސް ތަންތާގައި އުޅެން ނުވާނެ ގޮތާއި އުޅެން ވީ ގޮތުގެ ވާހަކައެވެ .
One Comment
Comments are closed.


Sad, infirmative, and touching.
Simply lovd it.