ލަހެއްނުވެއެވެ.
“ހަމަ މިހާރު ދޫކޮށްލާ!” އިވުނު އަޑާއި އެކު ސިހިގެން ގޮސް އަތުގައި އޮތް ސިނގިރޭޓުބުރި ވެއެްޓުނެވެ. އަޑު އައި ދިމާ ބަލާލިއިރު އަލިފާނުގެ ނަޒަރަކުން ބަލަހައްޓައިގެން ފުރާވަރު އުމުރުގެ އަންހެންކުއްޖަކު ހުއްޓެވެ. އޭނާގެ ނަޒަރު ސީދާވެފައި ހުރި ދިމާ އަށް ބަލާލެވުނު އިރު ދާދި ދެންމެއަކު އެހެންލާފައި ދިޔަ ދެކުދިންގެ ތެރެއިން އެއްކުއްޖެއްގެ އަތުގައި ހިފައިގެން އިސްކޮޅުން ދިގު ސާދާ ފިރިހެނެއް ހުއްޓެވެ. އަހަންނާއެކު ބައިހަދާފައި ތާސް ކުޅޭން ތިބި އެންމެންނާ، އަންހެންކުޖާ ނިކުތް ފިހާރައިން ނިކުންނަމުން ދިޔަ މީހުންވެސް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. އަންހެން ކުއްޖާ ހިގައިގަތީ އެފިރިހެން ކުއްޖާ އާއި ދިމާއަށެވެ.
” ގެއަށް ދޭ!” ޖީބުން ނެގިތަޅުދަނޑި އާއި އަތުގައި އޮތް ފިޔާކޮތަޅު އެދެ އަންހެންކުދިން ގެތެރެއިން އެއްކުއްޖެއްގެ އަތަށް ދިއްކޮލަމުން ބުނެލިއިރުވެސް އެޒުވާނާގެ މޫނަކުން ނަޒަރު ވަކިކޮށެއްނުލައެވެ. ހީވަނީ އެނާގެ އެތޫނު ނަޒަރުން އެޒުވާނާ އަންދާ އަޅިއަށް ހަދާލަން އުޅޭހެންނެވެ.
“މާޝާ! މި މީމި އަހަރެން ހީކު !” އެޒުވާނާ ހުއްޓަ ހުއްޓަމުން ބުނަންފެށި ވާހަކަ ހުއްޓާލީ މާޝާ އަތް ހިއްލާލުމުންނެވެ.
އަހަރެންގެ ހައިރާންކަން އިތުރުވީ އެޒުވާނާގެ މެއާހަމައަށް ކިރިޔާ ބޯއަރާ، އެކުޑަ އަންހެންކުއްޖާ ދެކެ އެޒުވާނާ ޖެހިލުންވީވަރު ފެނިފައެވެ.
“ހޫޑޫ ޔޫ ތިންކް ޔޫއާރ!” އެޒުވާނާގެ މޭގައި ޝަހާދަތް އިނގިލި ޖައްސާލަމުން ހަރުކަށިރާގެއްގައި މާޝާ ވާހަކަ ދެއްކީ އެނެއް ދެކުދިން ގޮސް ގޯޅީގަނޑުގައި ހުރި ގެޔަކަށް ވެދެ ނިމުނު ފަހުންނެވެ.
“މަ ހީކު!” އެޒުވާނާގެ ޖުމުލަ ފުރިހަމަ ނުވަނިސް މާޝާ އޭނަގެ މޫނުގައި ބޮނޑިއެއް އެޅީއެވެ.
“ޔޫ ޓަަޗްޑް މައި ސިސްޓަރ” ލޯހަނި ކޮއްލަމުން މާޝާ އެޒުވާނާގެ މޭމަތީ އަތް އަޅާކޮށްޕަލިއެވެ. އެޔާ އެކު އޭނާގޮސް ފާރު ބުޑަށް ޖެހުނެވެ.
” ނާމީ ހަނދާންކުރާތި! މަގޭ ކޮއްކޮއަކާއިއެއް ނޫން އެހެން އަންހެންކުއްޖަކާވެސް ބެހުނުކަން މަށަށް އެނގޭދުވަހަކީ..” އެޒުވާނާގެ ދަތްދޮޅީގައި ހިފާއްޓާމުން މާޝާ ދައްކަންފެށި ވާހަކަ މެދު ކަނޑާލީ ކައިރިމިސްކިތުން ގޮވަންފެށި ބަންގީގެ އަޑަށެވެ. މަޑުމަޑުން އޭނާގެ ގައި ދޫކޮށްލުމަށްފަހު މާޝާ ހިނގައި ގަތީ ކުރިން ދިޔަ ދެކުދިން ދިޔަ ގެއާ ދިމާ އަށެވެ. އަހަރެންގެ ގުރޫޕު އާޝޯހުވެފައި އެއަޖައިބެއްފަދަ ކުއްޖާއަށް ބަލަން ހުރިއިރު އެއްބަޔަކު އެފިރިހެން ކުއްޖާގެ ފިނޑި ވާހަކަ ދެއްކިއެވެ. އަހަރެން ހައިރާން ވީ މާޝާ ފެނުމުން އަހަންނަށް ކުރާ ތަފާތު އިހްސާސަކުން ނެވެ. މަޝާ މިތަނުން ފެންނަން ފެށިތާ އަދި މިވީ ތިންދުވަހެވެ. ފުރަތަމަ އޭނާ ފެނުނު އިރުވެސް ކުރިން އޭނާއާ ދިމާވެފައިވާ ކަމުގެ އިހްސާސެއް އަހަންނަށް ކުރުވައެވެ.
ފަހުން އެނގުނު ގޮތުގައި މާޝާ މެން މެލޭޝިޔާގައި އުޅޭފައި ރާއްޖެ ބަދަލުވީ މީގެ ހަފްތާއެއް ހާދުވަސް ކުރިންނެވެ. އެދުވަހު ދިމާވި ނާމީ އަކީ މާޝާގެ ފުރަތަަ ލޯތްބެވެ. އެދެމީހުން ދުރުވީ ނާމީ އޭނާގެ އަމިއްލަ ކޮއްކޮއާ ބެހުނުތަން މާޝާ އަށް ފެނިގެނެވެ.
އެހުރިހާ އެއްޗެއް އެނގުނު އިރު އަހަންނަށް ނޭގުނީ އަހަރެން އޭނާގެ މައުލޫމާތު މި ހޯދަނީ ކީއްވެ ކަމެވެ. އޭނާ ފެނުމުން ތަފާތު އިހްސާސެއް ކުރެވެނީ ކީއްވެ ކަމެވެ.
“މިކީ މާމާ އެއޮއް ގޮވަނީ” އަހަރެން ބަލާލީ އަންމަޑޭގެ އަޑަށެވެ. އޭރު ގޯޅިގަނޑުގެ ކޮޅުގައި ހުރި ދޮރާށީ ހުޅުވައިގެން މުސްކުޅިމާމަ ބަލަން ހުއްޓެވެ. އަހަރެން ތެދުވެ މާމަ އާ ދިމާ އަށް ހިނގައިގަތީމެވެ. ކިތަންމެ ޕާޓޭ ހެދިގެން އުޅުނަސް އަހަރެން އަބަދުވެސް މާމައަށް ބަލަމެވެ. މާމަ ބުނާކަމެއް ކޮށްދެވެ. ނަމަވެސް މާމަގެ ނަސޭހަތުގެ އަޑު ކަންފަތް ފޫ އަޅުވާލާފައި ދަނީއެވެ. އަހަންނަށް ހުރިހާ ހަރަދެއް ކުރަނީ މާމައެވެ. ގޭގެ ކުއްޔަށްދީފައި ހުންނަ ބައިން ލިބޭލާރިން އަހަރެމެން ދެމީހުންނަށް އަރާމުގައި އުޅެވޭވަރުވެއެވެ. މަންމަ ވީ ޖަލުގައޭ ޖެހިގެން ހުރިގެ ސަކީނާ ބުނާތީ އަހަމެވެ. ބައްޕަ މަންމަދޫކޮށްލީ މަސްތުވާތަކެތި ބޭނުންކުރުމާއި ހަށިވިއްކުމުގެ ވިޔަފާރިއަށް ގޮސް ހުސްވުމުން އެކީގައި ނޫޅެވިގެންނޭވެސް ސަކީނާގޮަވައެވެ. އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނޭ ސަކީނާ އަހަންނާ ދިމާއަށް ބުނެއެވެ. ނަމަވެސް އަހަރެން ދުވަހަކުވެސް ސަކީނާ އާ ދިމާއަށް އެއްޗެކޭ ނުބުނަމެވެ. އެކަމަކު އޭނާގެ ގަސްތައް ހަލާކު ކުރަމެވެ. އެގޭ މޮޔަ އާދަނު ރުޅިއަރުވަމެވެ. އަަހަރެންގެ ކަމަކީ ގޯޅީ ކަންމަތީގައި އޮންނަ ގުރޫޕުގަނޑާއެކު ތާސް ކުޅޭން އިނުމެވެ. ދުވަހަކު މަސްތުވާއެއްޗެއް ބޭނުންނުކުރިޔަސް އަހަރެން ބަލާލާފައި ހީވާނީ ހަމަ ފަތްބޯ މީހެއް ހެންނެވެ. އަހަންނަށް އެސްޓައިލް ހަމަ ރީތީއެވެ. ސަޅީ އެވެ. ގަޓް ހުންނަ ސިފަ ޖަހަނީއެވެ.
މެންދުރުގެ ހޫނުގަދަ ވަގުތެވެ. އަހަރެން އިނީ އަބަދުވެސް އިންނަތަނުގައެވެ. އިތުރުމީހަކު ނެތުމާއިއެކު ތާސްކުޅޭން ހުންނަ ވައްމޭޒުގެ މައްޗަށް ދެފައި ނަގާ ރަނގަޅަށް ގޮޑިއަށް ބެޓި ގަތީ ޖެހިލާ ފިނިފިނި ވައިރޯޅިން ނިދިއަންނަގޮތްވާތީއެވެ.
ކުއްލިޔަކަށް އަހަރެން ސިހުނީ އަންހެންކުއްޖެއްގެ ހަޅޭކުގެ އަަޑަށެވެ. އަހަންނަށް މަތި ބަލާލެވުނެވެ. ކަމަކު ދާކަށް ނެތެވެ ބެލްކަނި ތިރިޔަށް އެލިފައި އޮތް ކުއްޖެއްގެ އަތުގައި ހިފާއްޓައިގެން ހުރެ މާޝާ އެހީއަކަށް އެދި ހަޅޭލަވަނީއެވެ. އަހަންނަށް ހެދުނު ނުހެދުނު ގޮތެއްވެސް ނޭނގެއެވެ. ގޯޅީ ގަނޑުގެ އެއްފަރާތުގައި ހުރި ސައިކަލުމަތީ އެއްފައި ޖަހާފަ އަހަރެން ފުންމައިގެން ޖެހިގަތީ އެބިލްޑިންގް ގައި ބޭރަށް ވާގޮތަށް ހަރުކޮށްފައި ހުރި އެސްލޯނު ހޮޅީގައެވެ. މާޝާ ހުރީ ސެކަންޑް ފްލޯގައެވެ. އެހެން ކަމުން އަދި އަހަރެންގެ އަތެއް ކުޑަކުއްޖާއާ ހަމައަކަށް ނުފޯރައެވެ. އަޑުގަދަވެގެން މީހުންތައް ގޭގޭގެ ދޮރުން ބޯދިއްކުރަން ފަށައިފިއެވެ. އަހަރެން ހިތްވަރު ކޮށްލާފައި މައްޗަށް އަރައި އެކުޑަކުއްޖާއާދިމާ އަށް އަތް ދިއްކޮށްލީމެވެ. ނަމަވެސް އަތް ކިރިޔާ ޖެހޭކަމެވެ. އޭރު މާޝާ ހަމަ ރަނގަޅަށްވެސް ރޯންފަށައިފިއެވެ. އަހަރެންވަރަށް ހާލުން އެކުއްޖާގެ އަތުގައި ބާރަކަށް ހިފޭއްޓުމަށްފަހު ދޫކޮށްލުމަށް މާޝާ އަށް ބުނީމެވެ. ނަމަވެސް އޭނާ އެއްބަހެއް ނުވިއެވެ.
” ޓްރަސްޓް މީ! އަހަރެން މި ބޭބީ ސަލާމަތް ކޮށްދޭނަން!” އަހަރެން ލޯތްބާއެކު ބުނެލީމެވެ. މާޝާ އަހަންނަށް ބަލާލީ އާދޭހުގެ ނަޒަރަކުންނެވެ. އަހަރެން ބޯ ޖަހާލީމެވެ.
“މަގޭ މީކާއިލް” އަހަރެން ސިހުނީ މާމަ ހަޅޭލަވައި ގަތް އަޑަށެވެ އެޔާ އެކު ހިފަހައްޓާއިގެން ހުރި ހޮޅިން އަހަރެންގެ އަތް ދޫވެ ހިފެހެއްޓުމެއްނެތި ތިރިޔަށް ސޮއްސާލައިފިއެވެ. ކުޅިބަލަން ތިބި މީހުނާއި މާޝާގެ ވޭނީ ހަޅޭކުގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިގަތް އިރު އަހަރެން އެކުޑަ ދަރިފުޅު މެޔާ ބޮޑި ކޮށްލައި ލޯމަރާލީމެވެ.
9 Comments!
Comments are closed.

thaya….vv salhi feshun…vv intrstingg…..hyvany v reethi vaanehen..
mi vaahaka…….anei prt avahah up kohdhechey
Vrh salhi feshun..:)
v salhi… avahah up kohdhechey
nice story.fesun vvvv rethi so umeedh kurahn reeti vaane kama aneh part.
mi part w reethi 😀 … plxxxxx awahah up kohdhehchey
Varah reethi dhen part thankolheh dhigu kohlahchey
ހުރިހާކުދިންނަށްވެސް ވަަރަށް ބޮޑަށް ޝުކުރިއްޔާ . ޕާރޓް 2 ، މާތްﷲ އިރާދަ ފުޅު ކުރެއްވިއްޔާ ހޯމަ ދުވަހު ގެނަސްދޭނަން. ރަނގަޅު ކޮށްލަން ޖެހެ ތަންކޮޅެއް އޮތިއްޔާ އެނގޭކުއްޖަކު ބުނެލަ ދީނިއްޔާ ވަރަށް އުފާވާނެ. ޝުކުރިއްޔާ
nice story… aneh part avahah up kohdhehchey
Awww…..vvv nice….can’t wait 4 nxt prt…….