Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވުމުން ހިތެއްގެ މިލްކުގައި 11

gigi Level 110 Stories100 Comments
January 11, 2019 5 Mins Read
44 Comments

2 އަހަރު ފަސް..

ބީޗުގެ ވެލިގަނޑު މަތީގައި ދުވަމުން ދިޔައީ ދެ ޖިންސުގެ ދެ ޒުވާނުންނެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތު އަވިނިވިފައިވުމުގެ ސަބަބުން ޖެހެން ފެށި ބާރު ފިޅި ރޯޅިތަކާ އެ ދެމީހުންގެ ހުނުމުގެ އަޑު އެކުވެއެވެ. އަތިރިމަތީގެ ހޭޅިފަށުގައި ބާރު ދުވުމެއްގައި ދުވެފައި އައި އަލިޝްކާ ވެލިގަނޑުމައްޗަށް ކުއްލިއަކަށް ވެއްޓިގަތެވެ. އިތުރަށް ދުވާނެ ހިތްވަރެއް އޭނާގެ ހަށިގަނޑުގައި ނެތުމުންނެވެ. ފުން ނޭވާތަކާކާއެކު ނަމަވެސް އެ ބާރު ހުނުން މަތައެއް ނުވިއެވެ. އަލިޝްކާގެ ފަހަތުން އޭނާ ފަހައި ދުވެފައި އައި އަވްޔަން ވެއްޓިގަތީ އޭނާގެ ގައިމައްޗަށެވެ. އިށީނދެގެން އިން އަލިޝްކާގެ އުނގުގައި ބޯ އަޅާލައިގެން އޮށޯވެލިއިރު އެސޮރަށްވެސް މާނޭވާ ލެވެއެވެ. ދާހިތްލުމުގެ ސަބަބުން އޭނާގެ މާ ބުޅި ނޫން ހޭވިފައި އޮތް އިސްތަށިގަނޑު ކަނދުރާގަޔާއި ނިއްކުރީގައި ތަތްލަވާފައި ހުއްޓަސް ސިފައަކަށް ބަދަލެއް ނާދެއެވެ.

“ބަރަބޯ ފަލަވީމަ ހަމަ ނުދުވެވެނީޔޭ ދޯ..ސޯ ބޭޑް. ދެތިން ކިލޯ ލުއި ކޮށްލަން ރަނގަޅުހެން މަށަށް ފެންނަނީ.” އަވިއައިނު އަޅާލަމުން ދެލޯ މަރާލި އަވްޔަން ހިނިގަނޑެއް ޖަހާލިއެވެ. ކަޅި އަނބުރާލަމުން އަލިޝްކާގެ އޭނާގެ އަތް މުއްކަވާލަމުން އަވްޔަންގެ އިސްތަށިގަނޑު އެއްކޮށް ދެއަތް ތެރެއަށް ބޮނޑިކޮށްލިއެވެ. “މަށަށްވެސް ފެނޭ އަވްޔަން ޖިމަށް ގޮސްގެން ސަލްމާން ޙާންގެ ހަށިގަނޑު ނަކަލު ކުރަން.” އަތުގައި ހުރި ބާރެއްލާފައި އަވްޔަންގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. “އޭ އޭ އައްދިއްޔޯއި ކަލޭނޭ..ބަރަބޯ އޭ ދޫކުރޭ ހަަމަމިހާރު…” ރޯމަހެއްހެން މަރަށް ތެޅޭހެން އަވްޔަން ތެޅިގަތެވެ. އަލިޝްކާގެ އުނގުމަތިން ބޯ ހިއްލާލަމުން އޭނާގެ އިސްތަށިގަނޑުން އަލިޝްކާގެ އަތް ނައްޓަން އުޅެގަތެވެ. ނަމަވެސް އިނގިލިތަށް ގުޅިފައިވާ ނާރުތަށް ހަނގަނޑުތެރެއިން ފެންނާނެވަރަށް އަތަށް ބާރުކޮށްގެން ހިފާއްޓައިގެން އިން އަލިޝްކާ އަވްޔަންއަށް ވުރެ މާ ބަރުގަދައެވެ.

ދެތިން މިނެޓު ބޮލަށް ވާންކޮށްގެން ހުރުމަށްފަހު އަލިޝްކާ ދޫކޮށްލިއެވެ. އޭނާ ހީހީ ހަލާކުވަނީއެެވެ. ހިސާބަކަށް ހިތްހަމަ ނުޖެހިފައި ހުރި އަވްޔަން މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ އަލިޝްކާޔަށް ބަލަހައްޓައިގެން އޮތެވެ. ހިރުގަނޑާއި ބައްތިރީސް ދަތްޕިލަ ފެންނަވަރަށް ހެމުން ގެންދިޔަ އަލިޝްކާއަށް ކަޅި ޖަހާނުލާ ބަލަމުން ގެންދިޔައީ ދަތް އުނގުޅާފަ ހުރިތޯ ފާސްކުރަން އުޅޭ މީހެއްހެންނެވެ. ނަމަވެސް އޭނާ ހިިތުގައި ވާ އެއްޗެއް އެނގޭނީ ކާކަށް ހެއްޔެވެ. އެހެން އަންހެން ކުދިންނަށްވުރެ ފުދޭވަރަކަށް ބާރަށް ތަފާތު މޮޔަ ގޮތަކަށް ބިނދިބިނދިފައި އަލިޝްކާ ހެމުން ގެންދިޔަ ގޮތް އޭނާއަށް ހިތްގައިމުވީއެވެ. މަގުމަތީގައި އުޅޭ “ސެކްސީ ބޭބްސް.” އަށްވުރެ މާ ބޮޑުތަންވެސް އޭނާއަށް “ސެކްސީ.” އެވެ.

އަވްޔަންގެ ބަދަލުވުމެއް ނެތް ނަޒަރު އަލިޝްކާއަށް ފާހަގަވީކަންނޭނގެއެވެ. އޭނާގެ ހުނުން އެކީގައި މަތަކޮށްލަމުން އަވްޔަންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެއްބުމަ އަރުވާލީ ލޯ ކުޑަކޮށްގެން ހުރެއެވެ. “ކޯއްޗެއް ފެންނަނީ މަގޭ މޫނުން.” އާދައިގެން ގޮތަކަން އޭނާ އެއްސެވެ. “ކުދި ކުދި ބައިވަރު ބަރަބޯ.” ފޭކް ގޮތަކަށް މައުނަވީ ހިނިތުންވުމަކާއެކު އަވްޔަން ބުނެލިއެވެ. އޭނާ ބާރަށް އެސްފިޔަތަށް ތަޅުވާލާފައި ތުންފަތް ތެތްކޮށްލީ އަންހެން ކުއްޖެއްހެންނެވެ. “ހުވާތަ؟ އަޅޭ ވަރަށް ލޯބި ބަރަބޯ ތަކެއް ދޯ.” އަލިޝްކާވެސް ހަމަ އެފަދައިން ކަންކުރިއެވެ. ތުންފަތުގައި ދަތްއަޅާލަމުން ނޭފަތް ބޮޑުކޮށްލިއެވެ. ދެލޯ މަރާ ތަގުޅިކޮށްލާފައި އޭނާއަށްވެސް ޖެއްސޭނެ އެންމެ މޮޅު އެކްޓެއް ޖެއްސިއެެވެ.

އުނގުމަތިން ބޯ ހިއްލާލަމުން އަވްޔަން އޭނާގެ މޫނު އަލިޝްކާގެ މޫނާ ކައިރިކުރަން ފެށިއެވެ. މި ސޮރު ކުރަން މިއުޅެނީ ކީއްބާއޭ ހިތަށް އަރާފައި ގުޑިވެސް ނުލައި އަލިޝްކާ އިނީއެވެ. އަވްޔަންގެ ޑްރާމާގަނޑު ފެއްޓެން އުޅޭކަމުގެ އިންޒާރު އެހިތުގެ ކަނަކުންދިނެވެ. “އާން މި ސައިޒުގެ ކިއުޓު އެއްޗެހިތަކެއް.” އަލިޝްކާ ތުންފަތުގެ ސައިޒަށް އިޝާރާތްކުރަމުން އަވްޔަން ބުނެލިއެވެ. އޭނާގެ މޫނު އަލިޝްކާގެ މޫނުގައި ޖެހެން އުޅުމުގެ ތެރޭ އޭނާ ސިއްސައިގެން ދިޔައެވެ. ބިންމަތިން ވެލިމުށެއް ނަގައި އަވްޔަންގެ މޫނަށް ޖަހާލި އަލިޝްކާގެ ސަބަބުންނެވެ. “އައްޗީޑި.” ދެބުމަށް ގޮށްޖަހައިން ހުރެ އަނގަޔަށް ވެލިވަންނަން ފެށުމުން ވަރަށް ހާލުން އަވްޔަން ބުނެލިއެވެ. ހިނިގަނޑެއް ޖަހާލަމުން އަވްޔަންގެ ކަޅު ޓީޝާރޓަށް އަލިޝްކާ އިތުރު ވެލި މުށްމުށުގެ ހަމަލާތަށް ދޭންފެށިއެވެ.

** ** ** ** *** ***

ޙިޔާލުތަކުން ބޭރަށް އަވްޔަން ބޯ ދިއްކޮށްލިއެވެ. ސިކުނޑީގައި ވަކި ހިއްޕާލާފައިވާ އެ ޙިޔާލުތަށް ދުރުކުރަން ބޭނުންވިޔަސް އެކަން ކާމިޔާބެއް ނުވިއެވެ. ގިޓަލުގެ ނަރުތަކާ ކުޅެމުން ގެންދިޔަ އަވްޔަންގެ ލޮލުން ވެއްޓުނު ބޮޑުތިކި މުތީގެ ކަރުނަތިކި މޫނުމައްޗަށް އެޅިފައި އޮތް އިސްތަށިގަނޑުގައި ބީހިލުމަށްފަހު އޭނާ އޭނާގެ ބޮޑު ވާއިނގިލީގައި ޖަހާފައިވާ “ބަރަބޯ.” އެ ނަންމައްޗަށް ވެއްޓުނެވެ. މީގެ ދަހަރު ކުރީގެ ހަނދާންތަށް ސިކުންތު ކަށި ބީހުނު ކޮންމެ ސިކުންތުކޮޅަކުވެސް އަވްޔަންގެ ހިތް އާކުރެއެވެ. އަލުން އަނބުރާ ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ދުވަސްތަކަށް އެ ހިތް ފެންބޮވައިގަތެވެ. ނޭފަތް ދަމާލަމުން އަވްޔަން އިސްއުފުލާލިއެވެ. މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި މައިކް ފެނުމުން ހަވާލުވެވިފައިވާ މަސްއޫލިއްޔަތު ހަނދާނަށް އައެވެ. ހުރިހާ ހިތާމަޔެއް ފަސް އަޅާ ފޮރުވާލަމުން އެއްމިޔަކުން ހިނިތުންވެލީ އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ގެންދިޔަ ސަޕޯޓަރުން އުފާކޮށްދޭށެއެވެ. އަނދާއަޅިޔަށް ވަމުން ދިޔަ ހަޔާތަށް އަލިކަން ގެނެސްދޭ ހަމައެކަނި ބަޔަކީ މިހާރު އޭނާއަށް އެއީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކަރުކެހިލާފައި ނަރުތަކުގައި އިނގިލި ބީއްސާލަމުން ރާގާ އެއްވަރަށް އޭނާ ލަވަ ފަށައިގަތެވެ.

އެކުގާ އުޅެން ވީމެ ވައުދާ ހުވާ ، ހިތަށް އޭރު ލިބުން ފޮނި ބަސްތަށް ފުރާ

ގުނަމުން ދިޔައިމޭ ދުވަސްތަށް އުފާވެރި ، ހިތި ވޭން ހިތަށް ގެނުވިއޭ ކެތްނުވާ

ހިތް ދެވުނު މިތުރެއް ތި ނޫނީ ނުވާއިރު ، ކީއްހޭ ކުރާނީ މަ ފަސްދީފަ ދާއިރު

ހީވެސް ކުރިން އުމުރަށް ގާތުގަ މަ ވާނޭ ، އަބަދާއި އަބަދުވެސް ފިރުމާ ހަދާ

ތި ހަނދޭ ބަނަ ދުވަސް ދުވަސް މަގޭ އަލިކުރާ ، ރޯޝަނީ މަލޭ ހިތުގެ މޯޅީކަން ފިލާ

އުފާތަކޭ ލިބުން އެދި މިކުރާ ދުޢާ ތަކޭ ، ބުނެލަމޭ ވަަރަށް ފޮނި ބަސްތަކެއް

ދެން ނުދޭ މަލާ… އެކުއުޅޭ މަށާ… ، އެކު އުޅެން ކަލާ.. ކުރި ހުވާ އުވާލުމުން

ކުރި އިތުބާރު ގެއްލި ގޮއްސި މާ ދުރަށް…މާ ދުރާށް..

ކޮންމެ މީހެއްގެ އިހްސާސްތަކާވެސް ގުޅި އެންމެ ހިމަ ނާރާ ހިސާބަށްވެސް އަސަރު ކުރި ލަވަ އަވްޔަން ނިންމާލުމާއެކު މުޅި މާހައުލުގައި ގުގުމާލީ ހޫނު އަތްތިލަ ބަޑިތަކުގެ އަޑެވެ. ސަޕޯޓަރުން އަޑުން އަޑު ނަގައި ހަޅޭއްލަވަމުން ދިޔަ އަޑު އަހަން އަވްޔަންގެ ކަންފަތް ބީރުވެފައި ވާކަހަލައެވެ. އެ އަތްތަލި ބަޑިތަކުގެ ބަދަލުގައި އަލިޝްކާ ހުނުން ކެނޑިނޭޅި އޭނާއަށް އިވޭނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ

ގިޓަލާއެކު ބެކްސްޓޭޖަށް ގޮސް އަވްޔަން މަސަތްކަތް ފެށީ ގެޔަށް ދާން ތައްޔާރުވާށެވެ. ގިޓާ ޕައުޗް ކޮނޑުގައި އަޅުވާލަމުން ފައިކާއްތާ ކަންނެތް ތަތް ހިނގުމެއްގައި ބޭރަށް ނިކުތެވެ. ކާރު ބާރު ބޮޑު މަގުގެ ތެރެއަށް ހިނގައިގަތީ ދާނެ ވަކި މިސްރާބެއް ނެތިއެވެ. މާލޭ މިހާރު އެންމެ ދުއްވާ އެއްޗެހި ގިނަ މަގުކަމަށްވާ ރިންގް ރޯޑުގައި ޓްރެފިކް ޖެހިފައި ތިބި ދުއްވާ އެއްޗެހި ދޭތެރެއިން އޭނާ ހިނގާފައި ދިޔައީ ސްނިކާސް އިން ބިމުގައި އެޅެމުން ދިޔަ ފިޔަވަޅުތަށް ގުނަމުންހެން ބަލާލާ މީހަކަށް ހީވާނެއެވެ. ޕޭވްމަންޓަށް އަރާ ކަފިހި ހުރަސް ނެތް ދިމާއަކުން އަވްޔަން މަގުހުރަސްކުރަން އުޅެގަތެވެ. މަގުގެ މެދަކާ ހިސާބަށް ދެވުނު ތަނާހެން ބަޔަކު ގޮވާލި އަޑު އިވުނެވެ. އެއީ ވަރަށް ދަންނަ އަޑެކެވެ. “އޭ އަވޫވޫ..އަވްޔަން ލޮރީއެއް..” ސައިފްއާއި ނާއިލް ހަޅޭއްލަވައި ގަންނަމުން އަވްޔަންއާ ދިމާލަށް ދުއްވައިގަތެވެ. ނަމަވެސް އެދެމީހުންނަށް ދެވުމުގެ ކުރިން ބާރު ސްޕީޑުގައި އައި ލޮރީ އަވްޔަން މާ ދުރަށް ވިއްސާލިއެވެ.

ޝޯވް ބަލާ ނިންމާފައި ނިކުތް ސަޕޯޯޓަރުންގެ އިތުރަށް މަގުމަތީގައި ހޭލާމޭލާވެ އުޅުނު ގިނަބަޔަކު ހޭހުސްވެފައި އޮތް އަވްޔަން ކައިރިއަށް ޖަމާވިއެވެ. އެންމެބިއުލަންސަށް ގުޅާށޭ އެއްބަޔަކު ގޮވަމުން ގެންދިޔަރު ކާރު ހުއްޓުވަން އުޅޭ މީހުންވެސް މަދެއް ނޫނެވެ. އެ ބައިގަނޑު މެދުން ތޮރުފާލަމުން އެދެރެއަށް ވަދެގަތީ ސައިފްއާއި ނާއިލްއެވެ. ދުވުމުގެ ސަބަބުން ނޭވާ ހުސްވާން ކައިރިވެފައި ވިޔަސް އެކުވެރިޔާގެ ފުރާނަ ނޫން އިތުރު އެއްޗެއް މުހިންމެއް ނުވިއެވެ. “ސުއްބޫހު ބޯ ގޯސް ވިޔަސް ބޮޑުވަރެއްނު މި ސޮރު . ހިކި ކަށިގަނޑު އެކީ ނުބިނދުނިއްޔާ ރަނގަޅު.” އަވްޔަންގެ ނިއްކުރި މަތިން ކޯރެއްހެން ފޭބި ލޭތަށް މަނާކުރުމަށް ސައިޕް ޓީޝޫގަނޑެއް ޖެއްސީ އޭނާގެ ހޭވިފައި އޮތް އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުންނެވެ. އަތްދަނޑި މައްޗަށް އަވްޔަން އުފުލާލަމުން ނާއިލްއަތަށް ގިޓާ ދީފާއި ސައިފް އަވްޔަން އާއެކު ޓެކްސީއަކަށް އަރުމުން ބާރު ސްޕީޑުގައި އެ ޓެކްސީ ދުއްވާލިއެެވެ.

ލޯ މައްޗަށް ފެންތިކިތަކެއް ބުރާހެން ހީވުމުން އަވްޔަން އޭނާގެ އެސްފިޔަތަށް ތަޅުވާލިއެވެ. ލޯ ހުޅުވާލަން ބޭނުންވިޔަސް އެވަރު ހަރަކާތެއްވެސް ކުރާނެހާ ހަކަތައެއް އޭނާގެ ހަށިގަނޑަކު ނެތެވެ. އާފުރިލަމުން އަވްޔަން ފުން ނިއްޖެއްގެ ތެރެއަށް އޭނާ ގެނބުނެވެ.

** *** ** *** ** *** ** ***

ހުދު ރަޖަލުން ނިވާވެފައި ތިބި ދެ ޒުވާނުންގެ ތެރެއިން އެކަކު ރަޖާ ތެރެއިން ބޯ ހިއްލާލިއެވެ. ނައިޓް ސްޓޭންޑް މަތީގައި ހުރި ސޯނާގަޑީއަށް ބަލާލީ ކުޑަކޮށް ތެދުވެލާފައެވެ. ދޮންހަނގަޑަކާއި ފަން ދިގު އިސްތަށިގަނޑެއްޖެ ވެރި އެ އަންހެން ކުއްޖާ މޯޅިއަކަށް ދެމިލި ވަގުތު ގައި ނިވާކޮށްފައި ރަޖާގަނޑު ވެއްޓުނެވެ. އެކުއްޖާގެ އަނގައި މަޑު ތޫލި އަޑެއް ނިކުތެވެ. އެއްވެސް ނިވާކަމެއް އޭނާ ހަށިގަނޑަށާއި ޖެހި ފިތިގެން ގަދަ ގުގުރީގައި އޮތް ފިރިހެން ކުއްޖާއަށް ބަލާލަމުން ކަޅި އަނބުރާލިއެވެ. ކުރިން ކިތަންމެ ހިތާމެއް ކުރިނަމަވެސް މިވީ ދެއަހަރު ތެރޭގައި އަލިޝްކާ ވަނީ ރަނގާޅަށްވެސް ޒިޔަލްގެ ދަޅަތަކަށް ހޭނިފައެވެ. އޮމާން ހަނގަނޑު ވަކިތަކާ ލަކުނުތަކުން ފުރިފައިވުމަކީވެސް އެކަމުގެ ހެއްކެކެވެ. މި އަނިޔާތަކުން ސަލާމަތްވާނެ ގޮތެއް ވިސްނާވިސްނާވެސް އެ ސިކުނޑި ނަފްސާނީ ގޮތުން ބަލިކަށިވެއްޖެއެވެ. އޭނާއަށް ލިބޭ ހަމައެކަނި އުފަލަކީ މާޒީގައި ހޭދަކުރެވުނު ދުވަސްތަށް ކެނޑިނޭޅި ފުސްނާރާ އެހިތުގައި އާވެފައި ހުރުމެވެ.

އެ ނުލަފާ ޖައްބާރުގެ އަންބެއްގެ ގޮތުގައި ބޮޑު ގަނޑު ވަރެއް ފަދަ ގޭތެރޭ އުޅުނަމަވެސް އޭނާއަށް މިނިވަންކަމެއް ނެތެވެ. ހަތަރު ފާރު ވަށައިގެން ބޭރުގައްޔާ އެތެރޭގައި ތިރީހަށް ވުރެ ގިނަ ސެކިއުރިޓީ ގަޑުން ހަރާކާތްތެރިވެއެވެ. ރެއާ ދުވާލު އަލިޝްކާއަށް ފާރަވެރިވުމުގައެވެ. ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅަން ކުރި މަސަތްކަތް ދެ އަހަރު ތެރޭގައިވެސް ކޮންމެ ފަހަރަކު ފެނަށް ވަނީ އެމީހުންގެ ސަބަބުންނެވެ. ނުވަތަ އަވްޔަން ކިޔާ އުޅުނު ފަދައިން އަލިޝްކާ ސިކުނޑި މޮޅު ޕްލޭނަކަށް ވިސްނާވަރަށް ވުރެ މޮޔައީއެވެ.

ނިދާފައި އޮތް ޒިޔަލްގެ ކޮނޑުގައި އަލިޝްކާ އޭނާގެ ދިގު ތޫނު ނިޔަފަތި ތަކުން ވިކާލިއެވެ. ކިތަންމެ ކުޑަކޮށް ވިކާލި ނަމަވެސް ރަތް އަރައިގެން ދިޔައެވެ. މާ ބޮޑު ސިހޭވަރުގެ ހަރަކާތެއް ރައްދުގައި ޒިޔަލްގެ ފަރާތުން ނުފެނުނު ނަމަވެސް އޭނާ ތެޅިގަތެވެ. ނަމަވެސް ލޯ ހުޅުވާލާ ކަހަލަ ޙިޔާލެއް ނުކުރެއެވެ. އޭނާ އޮތީ ނިދާފައި ކަމާމެދު އެކަކުވެސް ޝައްކެއް ނުކުރާނެއެވެ. އެހާވެސް އެކްޓު މޮޅެވެ. ހިތާހިތުން ހެމުން ގެންދިޔަ ޒިޔަލް އަލިޝްކާ ކުރަން އުޅޭ ކަމެއް ބަލަން ކެތްމަދުވެފައި އޮތެވެ. “ދުނިޔެމަތީގައި ހުރި ބޮޑު ބަލާވެރިކަމެއް. ކަލޭގެ އަވައިގަ އެހެން އަންހެނަކު ނުޖައްސަވާށީ.” ދަތް ކުނޑި ވިކާލަފައި ވައި އަޑުން އަލިޝްކާ ބުނެލިއެވެ. ޒިޔަލްއަށް އަޑު އިވުނަސް އޭނާގެ ފަރުވާލެއް ނެތެވެ. ބަހުގެ ހަމާލަތަށް ހިތަށް އައި ގޮތަށް ޒިޔަލްގެ ކުރިމަތީގައި އުކުމަކީ އަލިޝްކާއަށް މާ ބޮޑު ކަމެއް ނޫނެވެ. “ތި ނޫން އަންހެނެއް ނުވެސް ޖެހޭނެ. ނުވެސް ޖައްސާނަން.” ހިތާހިތުން ޒިޔަލް ބުނެލިއެވެ.

ބިންމައްޗަށް އުކާލާފައި ހުރި އަންނައުނުތަށް ނަގައި ލަމުން އަލިޝްކާ ނިޔަފަތީގައި ދަތް އަޅާލިއެވެ. ޒިޔަލް ގަދަ ގުގުރީގައި އޮތުމުން މިއީ އޭނާއަށް ލިބުނު ރަނުގެ ފުރުސަތެކޭ ހިތަށް އެރިއެވެ. އިނގި ކުރި ޖައްސައިގެން ހިނގާފައި ގޮސް ޒިޔަލްގެ ބާލިސްދަށުގައި އޮތް ފޯނު ނެގިއެވެ. ޕާސްވޯޑު ޖަހަން ސްކްރީނަށް އެރުމުން އެރުމުން އޭނާ މާޔޫސްވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފުޅާ ހިނިތުންވުމެއް ތުންފަތް މައްޗަށް ގެންނަމުން ޒިޔަލްގެ ބޮޑުވާ އިނގިލިން ފޯނުގެ ފިއްތުގާ ޖައްސާލިއެވެ. އިނގިލީގެ ނިޝާން ޔަގީންވުމުން އަލިޝްކާޔަށް އުފަލުގެ ކޮޅެއް ނެތެވެ. ދަތް ދައްކާލާފައި ހީލަމުން ކޮޓަރިން ބޭރަށް ނިކުންނަން މިސްރާބުޖެހިއެވެ.

“އޯ ޝީޓް. އެއްކަލަ ސެކިއުރިޓީ ކުއްތާސް.” ދޮރު ހުޅުވާލި ވަގުތު އަލިޝްކާ މޫނުމައްޗަށް ޖެހުނީ ކަޅު ގަމީހަކުން ނިވާކޮށްފާވާ ބުރަކަށްޓަކެވެ. އޭނާ ތުންދަމާލިއެވެ. ގާރޑު ހުރަސްކޮށް ނުދެވޭނެކަން ޔަގީންވުމުން ނަންބަރަކަށް ޑައިލްކޮށްލާފައި މެސެޖެއް ލިޔަން ފެއްޓިއެވެ. “އަވްޔަން އައި މިސްޔޫ. ބިލިމަގު ކޮޅު ކަމް ސޭވްމީ. ބިލްބޯ ވޯންޓްބީ ކޮމްޕްލީޓެޑް ވިތައުޓް ޔޫ.” އަވްޔަންގެ ނަންބަރަށް މެސެޖް ފޮނުވާލުމަށްޓަކައި އަލިޝްކާ އިނގިލި އުފުލާލިއެވެ. ނަމަވެސް ހަމަ އެ ސިކުންތުކޮޅުގައި އޭނާގެ ފަހަތުގައި ހުއްޓުނު މީހާ ފޯނު ޖަހައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

gigi

Level 110 Stories100 Comments

Other Articles

Previous

މާފު ކުރެވޭނެހޭ

Next

ކޮކާލުގެ ނަސީބު

Next
January 11, 2019

ކޮކާލުގެ ނަސީބު

Previews
January 11, 2019

މާފު ކުރެވޭނެހޭ

44 Comments!

  1. Lover says:
    January 11, 2019 at 7:42 pm

    Yey. Me first dho. Vvvv nice. When next part loabi loabi gigi??? Love u

    1. gigi says:
      January 11, 2019 at 8:11 pm

      Yessshhh my lover congratulations ❤❤❤❤❤ Thank you so much sweet of uuu ???? next part maadhan insha allah nge luvx ???????????? luv u lots more ??

  2. ?sajy? says:
    January 11, 2019 at 7:52 pm

    Mi story ah haadha inthizaareh kureemey..
    This is for my birthday gift from gigi…
    Thanks so much gigi❤
    Ily❤

    1. gigi says:
      January 11, 2019 at 8:08 pm

      Omggg ❤❤❤❤ aslutha vrh vrh ufaavejje dear ???? srry to keep u waiting ? awwn rlly ur bday thr mee? Happy Birthday than have a osam day and be blessed luv ❤❤❤❤❤??????????? thank you so much for da lovely comment and Welcome I’m glad to make u happy ?????ily 2?

  3. gigi says:
    January 11, 2019 at 7:59 pm

    Hello all my luvs ❤❤❤❤❤❤❤❤ first of all I’m so so so so so much sorry that I can never expresss ??????? aslu I decided not to be a writer and stop my stry because of a lot of personal problems I was kindda forced by myself ?????????? ingey mi dhn haasarey kiyaanekan but im also a human and writing is not the only thing i do ❤❤❤❤❤❤❤❤❤Komme dhuvahaku kendineylhi libun loverly reads ge the loveliest ever comment that kiyaafa vrh dheravi so I decided to start again????????I never knew I meant dat much to u all a ????????????ik mihaa dhuvaskolhakun fesheema vrh hate comments vess libeynekan but to be honest I appriciat em ??? ???????????????????????????????? I can never leave u all cux u all mean so much to me gigi’s luvsss ?????????? and I can promise mi vaahaka nimendhen as long as I don’t die genesdheynan insha allah???????? ehves reader eh gigi dheke hate nuvaane kamah ummedhukuran and if u think dis is haasaru just keep thinking like dat I don’t care I can say ?????????? thank you so so much words cannot actually expressss I luv u all ll so so so much frm moon to back ??????????????????? u all hama da best of best insha allah next part tommorow imma try to bring ?????????????? I’m expecting negative and positive comments ? I missed u guys like hell iss gud to be back again hope yall like dis part and I’ll reply to all comments insha allah ????????❤❤❤??????????????????????????❤❤❤????????????

  4. Nattu says:
    January 11, 2019 at 8:05 pm

    v reethi mi part vx and HBD ?sajy?

    1. gigi says:
      January 11, 2019 at 8:21 pm

      Thanks alot dear ??❤❤?????

  5. Vov hamtii says:
    January 11, 2019 at 8:20 pm

    Yeyyyyyyy!!!Gigi iss baaaccckkkkk!!!!woaaahh..vrh vrh obi nge mi part as usual
    Thnkx alun story liyan fesheema..actually assu alun continue thi kuree i buneema dhw bro
    waiting fo next part.. missing ya..school hulhuven dhen keihnuvey…luv u??

    1. gigi says:
      January 11, 2019 at 8:28 pm

      Yeyyyyyyyyy my baby love kolhu hamttiii brontheyyyyyy ❤❤❤❤❤❤❤❤❤❤ missed ya so bad hingaabe dhimaakuran ????? awwwwn n so sweet u ya luv alhe thank you so much brwww ?????????????????? no k bungn ehnun but still u ge support ves himeney vrh bodah thnkx loads ??????????? scwl hulhuvendhen kehvey cux I don’t wanna go but still seeing u would be great?? luv u moreeee ummah ?????

    2. Vov hamtii says:
      January 11, 2019 at 11:33 pm

      Yeshh, higaabala dhimaavelan maadhan…shithoth ge tab in msg kohba i ah..ill reply u..see ur msg soon luv..gigitteyy mathi miss vey..soooo sadd

  6. Mal says:
    January 11, 2019 at 8:44 pm

    Yaaayyy finally,…????i waited for so long,…?????alhey gigi dhn ehaa bodah wait kuruvan nujahsahchey…???????☺and dear i missed u so so so so so so much….?????????dhn i also thought that u will not complete the story….ekam ves hama wait kurevenyyy,…???????and about thr story v v bodah Chang vejje dhw!!!!!i mean alishka is ziyal’s wife now…??????i hate that ziyal….alhey avoo voo plx come to save ur baraboa…..dhn but they both are married kan avyan ah ingijjeyyaa v dhera vaane dhw..,,???????☺????gigi love plx dnt separate them…..gigi dhn knme kameh viyas plx mi stoty kuriyah gendhahchey,,,…..love u to the moon and back….????
    #MISSED THE STORY
    #BILBOA
    #LUV YAHH GIGI❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. gigi says:
      January 11, 2019 at 9:07 pm

      Alheyyyyyy mallluuuuu ….❤❤❤❤❤❤❤❤❤❤ I’m so sorry nge dhn ehneh nuvaane insha allah nimendhen medhukendumehnethi genesdheynan ?????????????????????????? so sweet vvvvvvvvvvvvvv ufaavejje I missed u very very very much too luvv ????iss so loabi of u to write such long colourfull beautiful ????????????????????? readers ge heart touching comments fenifa hama nuhurevunii nuliye ????????ya stry dhw iss very changed and iss gonna be very changed but I’m rlly trying to make things right let’s hope for the best in da end dhw ????????????alhe I also don’t want avuvu kolhu dhera kuran ?????? they should never ever saperate dhwww ????alheyyyyyy ummmaaah I love to lots and lotss to the moon and back so baddddd ?????? #LOVEMALLU #ONEOFDABEST #SWEETESTEVER ?❤❤❤❤??????????❤❤❤❤❤❤

  7. INAA says:
    January 11, 2019 at 9:15 pm

    OMG.. finally the stry is here.. Varah Varah Varah Varah Varah Varah Varah Varah reethi..???? gigi u r my favourite stry writer ingey.. love u so much??????

    1. gigi says:
      January 12, 2019 at 2:19 pm

      Yesh yesh inaa dear ❤❤❤❤❤ vvvvvvvvvvvvvv bodah thank you ????? dat means alot to meh ingey vrh ufaavejje missed u one of my fav readers ????????????????love u so much more ?????????

  8. Hazu says:
    January 11, 2019 at 9:28 pm

    Yaaayyy ????inthizaaru nimumakah aisi ????vaahaka vvvvv reethi but story vvv bodah change …… noooooooon barabo marry kury tha ziyal aaa …. bilimagu avaha barabo aa marry kurey pls story vvvvvv reethi hama speechless❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????love u gigi hehe❤❤❤❤❤❤❤????????

    1. gigi says:
      January 12, 2019 at 2:24 pm

      Owwwwwh ????? gigi ves hazu ge comment akah vrh inthizaaru kureemey ???????????????? ayeee ehehe thank you so so much sweetheart ❤❤❤??? let’s see dhw dhen vaanegotheh should always hope for da best I’m also curious ??????????? luv u lots and lots more ❤❤❤❤❤❤❤???????

  9. zaara says:
    January 11, 2019 at 10:08 pm

    NOooo barabo ziyal aa marry kohgen ulhey thaa dhe aharu? Vaahaka up vyma v ufalun huryekam ehen vyma laadha sad ey??

    1. gigi says:
      January 12, 2019 at 2:26 pm

      ?????????? sorryyyy

  10. Mal says:
    January 11, 2019 at 10:50 pm

    Gigi thee school kujjeh tha???plx kithah aharu kan buneladhiiba….????

    1. gigi says:
      January 12, 2019 at 2:29 pm

      Yesh yesh gigi izzz ????

  11. Rifoo says:
    January 11, 2019 at 11:18 pm

    Alheyyyyyyy.. Gigi finalllyyy.. Mmmmwah.. Luv u sow much ?? varah loabi.. Alhey ehn nahadhaa.. Avahah Bilbo gulhuvaa.. Luv u so much.. Missed ya ❤❤❤❤

    1. gigi says:
      January 12, 2019 at 3:01 pm

      Awwwwwwn I was waiting for u rifoo dear ❤❤❤❤❤❤❤ Thank you very much ummmaaah ????? lots love and missed ya 2 ???????????? and stry dhw…insha allah let’s hope everything will be all fine in the endd???????????????

  12. Anonymous says:
    January 11, 2019 at 11:37 pm

    alhey gigi dhn nuves dhaathi ingey.. missed the story loads but BILBO complete nuvyma sad vjje varah bodah but hoping for the best…..
    insha allah everything will be fine,,
    missed u loads gigi
    ly loads

    1. unique says:
      January 11, 2019 at 11:38 pm

      sry unique nanvx nujahan dhw hihih happnx had much interest in writing my views

    2. gigi says:
      January 12, 2019 at 3:11 pm

      Yesh yesh dhn nuves dhaanan insha allah ?????????? and we are all hopin the best from BILBO hama everything will be fine insha allah ?❤???????????????????? miss and love lots more thank you so much????❤❤❤

  13. Anonymous says:
    January 12, 2019 at 12:14 am

    Gigi! Feshumuga eothy dhe aharu kuryge kameh khiyaalah aissa ehnu… But liyefa othy dhe aharu fas.

    1. gigi says:
      January 12, 2019 at 3:18 pm

      2 aharu fahun kureege handhaaneh aavaaa vaahaka eii aslu ??

  14. lai says:
    January 12, 2019 at 1:04 am

    You are an awesome writer… i m a huge fan of u gigi… i just want to meet u personally… luv u the most..????

    1. gigi says:
      January 12, 2019 at 6:15 pm

      Owwwh thank you so much laiii loabs ❤❤❤❤❤ alheyy u made me be outta words one of da best comments ???????????????? luv u to the moon and back ??????

  15. Cute Lips says:
    January 12, 2019 at 8:57 am

    gigi ……. u ar back ……. yeyyyyy… cute lipsvs tab mahsala eh jehigen miulheny esfiya ah nuvadhevigen… dhn lap eh libunyma mi vany vadhefa vs mi hoadhy gigi stry eh up kohffa in thw cute lips ah stry eh dhookohlevun thw… adhi nuvs kiyan hama lap settings tha hadhaafa furathama vs bilbo hoadhan miyaa.. miss u.. kiyaalaafa commnt kohlaanan

    1. Cute Lips says:
      January 12, 2019 at 1:57 pm

      how dare that son of a ***** touch barabo … barabo belongs to bilimagu not that ziyal.. ithuru ehche bunan ulhefihyaa maa basmagu ithurah hadivedhaane mihar vs i crossed the limit….. SORRY ….

      anyway stry is awsome… neige then bunaane ehche love the stry…

    2. gigi says:
      January 12, 2019 at 6:29 pm

      Cute lipss yeyy finallyyy ❤❤❤❤❤???? get well soon ur tabb ????? alheyyyyyy so sweet of u vvvvvvvvvvvvvv ufaavejje it means alot nge ????????????????????????? thank you so much it’s so adorable ?????????? Btw bout the stry dhw let’s kill dat son of a human dhw ?ehehe control anger nge everything will be fine hopefully insha allah??????? issok just try being calm ?? and gigi ahves cute lips sweet kamun bunaane ehcheh neyge hama thank you lots for da support luv ???????

  16. Beryl Stone says:
    January 12, 2019 at 9:41 am

    Masha allah ❤❤❤vrh vrh rythi mi prt vx?????vrh ufaa vejje ehaa gina dhuvas kohfa viyas mi prt up kohladhinyma ?????????vrh curious kohlrfa thi nimmaaly ngey gigittey??????????????much luvx from ma ngey..

  17. ?sajy? says:
    January 12, 2019 at 9:46 am

    Thanks nattu

  18. Sis says:
    January 12, 2019 at 10:06 am

    Oh gigi thank God you came back again.. ??? Aslu gigi aki sis ge emme furathama Mi gothah comments in talk kuri writer so the first inspiration on you was great making me think twice about the other writers… Hehe… ??? and about the story it’s the same words I have to praise it as usual… Hama varah reethi ??? I’m not so good thaureefu kuran.. So hope to see your next part tomorrow and much more vuvs from me.. ❤️❤️❤️???❤️❤️❤️

    1. gigi says:
      January 12, 2019 at 6:48 pm

      Yayayay sissy..?????????????? ehnthr alheyyyyyy whts so different bout me? Ahah ??? ayee eheheheheh it’s so sweet cute and adroble of u awwwwn thank you so so much u mean alot dear ❤❤❤❤❤❤????? dat thaureefu is more than enough it made me go outta words ????? see u vuv more loads ??❤

  19. Mazu says:
    January 12, 2019 at 12:05 pm

    Myyyyy gigi loabigandaaaa is back oaaa.. Yayayayay.. ?Ekm vrh shakuvaa eba oih ingeyyy.. Bcuz ehaa vrh gigi mathin miss kuruveethy ???❤️❤️ Aslu vess haadha miss viey.. Alheyyy mi story kiyaa hithun vess roe roe halaaku.. Huvaa????.. Adhi nukiyan ingey story.. Kiyaalaafa Adhi eh faharu comment eh kohlaanan.. I’m sooo excited to know that ur back again…???vrh surprise vess vi mi part up vefa in than finish.. ThanQ soo much ingeyy❤️gigi aky readers ge feelings understand vaa writer eh???love u muchh❣️❣️?

    1. Mazu says:
      January 12, 2019 at 12:08 pm

      Sorry ingey.. up vefa in than fenifa***typing mistake eh?

    2. gigi says:
      January 12, 2019 at 6:56 pm

      Awwwwwn ayeeeee ??????? my mazu love love kolhu being the same old perfection of sweetness overload ❤❤❤❤❤❤ alheyyyyyy I’m so so sryyy just understand nge ???? gigi ves vrh vrh miss vi mazu yaa hurihaa readers ves ehnmma aslu I’m back cux ik my lovely readers upset vaanekan ????????????????????? owwwh plx don’t cry no more ???? yh comment kohlachey nge..gigi ves very exited thank you so so much u mean so so much it means alot vvvv happy gigi ?????????????????? ur welcome but I’m much thankful alheyy mazu ves thee hama best luv u to the moon and back ?????????❤❤❤❤❤

  20. Nau says:
    January 12, 2019 at 12:19 pm

    gigi mi part vx hama varah reethi…..mi stry up vefa in than fenunyma first hykury fenun goith kamah ….ekm dhevana faharah beli iru vx inyma …ingijje me real kan….im soo happy that yuh decided to write this stry……alheyyy bilmagu ah ehn nuhadhaa n baraboa vx avahah bilmagu kairi ah genesdhy gigi sis …….BILBO avahah gulhuvaa……curiously waitiin nxt part ah…..kiyan beynun vefa indhan nimunyy…hehe…keep up the gud wrk sis…….much luvx frm Nau

    1. gigi says:
      January 12, 2019 at 7:09 pm

      Ehnthr? ? awwwwn thank you so much luvvv nau ????? so sweet vvvvvvvvvvvvvv ufaavejje nau ge loabs comment kiyaalaaha ????????????????????I’m outta words ingey hama overoll buneveyni thank you very much eyy it means so much aslu ???????????????? thnkx for ur time spending ur precious time I’m writing such a beautiful long comment ?????? u make me so happy ehehe and to the stry yes I’m trying my best BILBO gulhuvn oi gothakah gulhuveythoa ????? thnkx again lots lots luv frm gigi to nau ????❤❤❤❤❤❤❤????

  21. Zelll says:
    January 12, 2019 at 7:24 pm

    Gigi this story is awesome. I really love it!! mi part ves hama varah reeeeethiiiiii!!!!!!!! ekam faahagavi ehthannkolheh ebain, “guitar laaeku”, aslu rangalhu gothaky “guitar aaeku”. Ehennviyas hama varah reeeeeeethi mi vaahaka. Dhenn e lava Avyan keema hama aslah ves hithuge emme hima naaruthakah ves asaru kuri

  22. ? says:
    January 12, 2019 at 9:22 pm

    Alhey giggi mathin v miss v ingey?? v loabi mi part ves???????? … giggi story up nukohdheythee mi site ah nuvannan ehn ve neygunee mi story up kohdheyn feshikan… ehn ve comment las v …… vuv u sooooooooo much giggiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????

  23. Mazu says:
    January 12, 2019 at 10:59 pm

    Story kiyaa nimmaalaifin gigi… It was just osm.. Loved this part.. ??? but alishka ah dhera gotheh nahadhahchey ingey gigi… Vrh curious eba vey dhn vaane gothakaa medhu..gigi loabikolhu when is next part? ❤️

Comments are closed.

Next Episodeވުމުން ހިތެއްގެ މިލްކުގައި 12←


All Right Reserved!