Skip to content
އެސްފިޔަ

ހިތުގެ ގޮވުން

އާޅެން

ހިތުގެ ގޮވުން

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ކޮކާލަކަށް ވާނެނަމަ ކިހާރަގަޅު ހެއްޔެވެ؟

ޖެހޭހާ މަލަކުން ފޮނިބޯންވީއެވެ.

ރުހޭތޯ ނުރުހޭތޯ ބަލާކަށް ނުޖެހެއެވެ.

މީހުން ބަލަންތިބިތޯ މީހަކުއާދޭތޯ ބަލާކަށްނުޖެހެއެވެ.

ދެގޮތުން ބެލުނުނަމަ މިހެން ހިތަކަށް ނޭރީހެވެ.

ފެންނަ ކޮންމެ މަލަކުން ފޮނިބޯން ޖެހޭހެއްޔެވެ؟

ހުއްދަގޮތުގައި ރީތިމަލެއް ބިނދެލާންވީއެވެ.

މަލުގެ ބޭނުމަކީ ހަމަ އެކަނިވަސް ބެލުމެއްނޫނެވެ.

ހުއްދަ ގޮތުގައި ބިން މަލުގެ ބޭނުންކުރިއަސް މީހަކު ނުބަލާނެއެވެ.

ދާއިމީ އުފާވެރިކަން ކޮކާލަކަށް ނުލިބެއެވެ.

އެންމެ މަތިވެރި މަޚްލޫޤުންގެ ސަފުން ވަކިވާންވީ ހެއްޔެވެ؟

އެންގެވި ގޮތަށްއުޅުމުން ދާއިމީ އުފާލިބިދެއެވެ.

ފަނާވެ ވެއްޔަށްވެވި ދިޔަޔަސް އާޙަޔާތެއް ލިބެއެވެ.

ހިތަށްއެރި ކޮންމެ އެއްޗެއް ލިބޭނެ ވަޤުތެއް ވެއެވެ.

ފެންނަ ކޮންމެ އެއްޗަކަށް ހިތްނުކިޔާން ވީއެވެ.

ލެއްވި ރަޙުމަތާއިމެދު ޝުކުރުވެރިވާންވީއެވެ.

ޖަންނަތުން ޖާގަ ހޯދަން ގަދައަޅަން ވީއެވެ.

Comments (5)

  1. Sara

    Maasha allah varah salhi n varah ibraiitheri

    1. ismail ali kaleyfaanu
      Sara

      thank u.

    2. Ismail ali kandholhudhoooooooo
      Sara

      Thts right

  2. Sara

    And issey . Issey ge vaahaka eh evex silsilaa vaahaka eh beynun. U have that talent . And im gonna say issey to u. Is that ok . Im a fan of u.????

  3. Kitty

    V reethi… Plus vv Varahves iburaitheri.. Keep it up

Comments are closed.