Skip to content
އެސްފިޔަ

ހިތެއް ނުފުރޭނެއެވެ.

އާޅެން

ހިތެއް ނުފުރޭނެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ހިތަކީ ފޫނެތް ޖާޑީއެއްފަދަ އެއްޗެކެވެ.

ދުވަހަކު އެއެއްނުފުރޭނެއެވެ.

އެއްލާރި ދެލާރިއަށް ވުމީ އަބަދުގެ އުއްމީދެވެ.

ފަޤީރު ދިރިއުޅުމަށް ރުހެވުމީ ހިތުގެ ހަމަޖެހުމެވެ.

މުއްސަނދި ދިރިއުޅުން އެދޭނަމަ ހަމަޖެހުން ގެއްލިދާނެއެވެ.

މާއްދިއްޔަތުގެ ފަހަތުން ދުވަންފެށެއެވެ.

މީހުންނަށް ލިބިފައިވާ ނިޢުމަތްތަކަށް ޙަސަދަވެރިވެވެއެވެ.

އާދައިގެ ގޮތެއް ޚިޔާރުކުރުމީ އެންމެ މޮޅު ފަރުވާއެވެ.

ހިތްކިޔާހާ ކަމަކަށް ތަބާ ނުވުމީ އެންމެ ފައިދާބޮޑު ގޮތެވެ.

ދުނިޔެވީ ދަރުސް ލިބިގަތުމީ މުސީބާތުގެ ދޮރުބަންދުވާ ކަމެކެވެ.

ޝަކުވާ ނުކުރުމީ ޙަޤީޤަތް ފޮރުވައިދޭނެ ފަރުވާއެވެ.

ހިނިތުންވެ ހުރުމީ މަލަމަތި ރީތިކޮށްދޭނެ ކަމެކެވެ.

ނިކަމެތީންގެ ޙާލަށް ހަމްދަރުދީ ވާނަމަ ހިތަށް އުފާލިބޭނެއެވެ.

 

Comments (2)

  1. jin

    mee dhw aalhemaky ……………..

    1. ismail ali kaleyfaanu
      jin

      thanx

Comments are closed.