Skip to content
އެސްފިޔަ

ލޯތްބެއް ދެން ނުވާނަމޭ 1

ދަނބުކުލައާއި އޮރެންޖުކުލަ ގުޅިލާމެހިގެން ދިޔަ މަންޒަރު އުޑުމަތިން ފާޅުވިއެވެ. އިރުއޮއްސެން މާގިނަ ވަގުތެއް ނެތްކަން އުޑުމަތިން ސާބިތުކޮށްދިނެވެ. ދޫނި ސޫފާސޫފީގެ އަޑު ސިކުންތުކޮޅަކަށްވުރެ ސިކުންތުކޮޅެއް މަޑުވަމުން ގޮސް އެ އަޑުއެކީހެން ކެނޑުނެވެ. ބީހިލާ ފިނި ރޯޅިތަކުގެ ސަބަބުން ހަށިގަނޑަށް އަރާމުކަން ގެނެސްދިނެވެ. ހިތްގައިމު ކަމުގެ ދެވަނައެއް ނުވާ މިސާލެކެވެ. ރަތްވިއްލާ އޮއްސުނު މަންޒަރުގައި ކަޅު ކުލައިގެ ދޫނިބައިގަނޑުތަށް އުދިހިލައެވެ. ބާރަގަޑިިއިރުގެ ބުރަ މަސަތްކަތަށްފަހު އަރާމުކުރަން އެ އެއްޗެހިވެސް މިސްރާބުޖެހީއެވެ.

މީގެ އެތަށް އިރެއް ކުރިން މޫދުގެ ލޮނުގަނޑު އިރުގެ އަލިން ވިދަމުން ދިޔަނަމަވެސް ދެން ފެނުނީ ހައިރާންކުރުވާ މަންޒަރެކެވެ. ދުރުން ބަލާލާއިރު ހީވާނެ ފަދައިން އެ އިރު ކަނޑުގެ ފުރަގަހަށް ވަދެ ނިވާވަނީއެވެ. ގަދަ ކުލައަކަށްދާ މާ ސިނގާ ކަނޑުގެ އަނދިރިކަން އިތުރުކޮށްދިނެވެ. އުޑުމަތީގެ އަލިކަން އަނދިރިކަމަށް ބަދަލުވެލިއިރު ކައުނުގައި އެތަށް ހާސް ތަރިތަކެއް ބަބުޅަން ފެށިކަން ކިތަންމެ ދުރުން ބަލާލާ މީހަކަށްވެސް ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އެންމެން ހުދު ވިލާ ރޮއްޖެއްވެސް ނެތްކަމީ އެ ފިނިފިނި ހިތްފަސޭހަ އަނދިރިކަން ފުރިހަމަ ކޮށްދޭ ޖާދޫއެކެވެ.

ބެލްކަނީގައި ކޮފީތަށްޓަކާއެކު ހުއްޓިލައިގެން ހުރި ޝާމިންގެ ސިކުނޑި ވަނީ ވަށައިގެންވާ މާހައުލާ ކިތަންމެހާވެސް ދުރުގައެވެ. މިނެޓަކު އެއްފަހަރު އަތުގައި ހުރި ކޮފީތަށިން އެތޮފޮދެއް އޭނާ ދަމާލާ އަޑު ހިމޭން ބެލްކަނީގެ ހިމޭންކަން ފޫއަޅުވާލައެވެ. ހޮޓެލުގެ ބާރަ ބުރީގައި އޭނާ ހުރިއިރު ބޮޑެތި އިމާރާތްތަކުން ފުރިފައިވާ ނިއު ޔޯކުގެ އެ މާހައުލު ފެންނަލެއް ހިތްގައިމެވެ. ރޭގަނޑުގެ ތަރިތަކަށް ވުރެ ހަމަ ކުޑަތަންކޮޅެއް ބޮޑުކޮށް ވިދަމުން ދިޔައީ އިމާރާތްތަށް ދިއްލާފައިވާކަން އަނގުވައިދޭ ކުޑަދޮރުތަކުން ފެންނަ ނިޝާނެވެ. ކުރިއަށް އޮތް ބާރަ ވަރަކަށް ގަޑިއިރު ވަންދެން ފިލައިގެން ނުދާނެ އަލިކަމެވެ.

ތަށީގެ ފުލުގައި ހުރި އެތިކޮޅު ބޯލަމުން އޭނާޔާ ޖެހިގެން ހުރި މޭޒުގައި ޝާމިން ކޮފީތަށި ބަހައްޓާލިއެވެ. އޭނާ ލައިގެން ހުރި ނޫކުލައިގެ ޖިންސަށް އަތްޖަހާލަމުން ފަން އެހެންނަމަވެސް ބޯ ކަޅު އިސްތަށިގަނޑުގައި އަތް ހިނގާލިއެވެ. ގަޔަށް ދޫ އަތްދިގު ކަޅު ޓީޝާރޓުގައި އޭނާގެ ހިކި ދިގު ހަށިގަނޑު ފެންނަލެއް ވަރަށް ފުރިހަމައެވެ. “ވޭއާރ އާ ޔޫ. ކަމް ބެކް ޓު މީ” އުޑުމަތީގައި ހުރި ތަރިތަކާ ޝާމިން ސުވާލުކޮށްލިއެވެ. އޭނާގެ ޝަކުވާތަކާއި ސުވާލުތަށް އަހާނެ މީހަކު ނެތް ވިއްޔާއެވެ.

“ޝާމިން.” ފަހަތުން އޭނާގެ ކޮނޑުގައި މީހަކު ޖަހާލިހެން ހީވިއެވެ. ޝާމިން އޭނާގެ ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތަށް  ހާމަކުރަން ބޭނުންނުވުމުން ފަސް އެނބުރި ބަލާނުލާ އޭނާ ބޯ ޖަހާލިއެވެ. “ޗެއާރމަން ވިދާޅުވީ މާދަން އިރު އެރުމުގެ ކުރިން މާލެ އަންނަންޖެގޭނެޔޯ. ޗެއާރމަން އާޒިމް ހުންނެވީ ވަރަށް ރުޅިދުރުވެފަ.” ކޯޓާއެކު ލާފައިވާ ކަޅު ފަޓުލޫނުގެ ހުރިި އެންމެ ގާތް އެކުވެރިޔާ އަދި ސެކެޓްރީ ކިޔާން ޖީބަށް ދެއަތް ޖަހާލިއެވެ. އޭނާގެ މޫނުމަތިން ފެނުނީ ހިތި ހިނިތުންވުމެކެވެ. މުޅި މި ދުނިޔެއިންވެސް އޭނާއަށް ވުރެ ރަނގަޅަށް ޝާމިން ދަންނަ މީހަކު ނުހުންނާނެކަން ޔަގީނެވެ. “މިރޭ އެންމެ އަވަހަށް ފުރާ އެއްޗަކުން ދާ ގޮތަށް ހަަމަޖައްސާ” ބޯ ކަހާލަމުން ޝާމިންގެ ބުނެލިއެވެ. އޭނާގެ އަޑު ކުރެހިފައިވާ ސަބަބު ދެނެގަންނަން ކިޔާންއަކަށް އުނދަގުލެއް ނުވިއެވެ.

“ނައިސަން.؟” ސުވާލު ކުރާ ރާގުގައި ކިޔާންގެ ތުންފަތް ފޫއަޅުވާލިއެވެ. އެ ނަން ކިޔަން ކިތަންމެ ބޭނުންނުވިޔަސް ވެސް މެއެވެ. ޝާމިން އިސްޖަހާލިއެވެ. އޭނާގެ ފައިތިލައަށް ބަލަހައްޓައިގެން ދެތިން މިނެޓުގެ ސުކޫތެއް ހޭދަކޮށްލިއެވެ. ޝާމިންގެ ފަރާތުން ޖަވާބެއް ލިބޭނޭ އިރަކަށް ކެތްތެރިކަމެއް ނެތި މަޑުމައިތިރި ކަމާއެކު ކިޔާން މަޑުކޮށްލިއެވެ. “ނައިސަން. އެއް ނުފެނުނެއްނު އެހެންނޫނަސް ބައްޕަ ވިދާޅުވީމަ ދެން ދާން ދޯ ޖެހޭނީ. އިތުރު ގޮތެއް އޮތްނަމަ މަ ނައިސަން ހޯދާފަ ނޫނީ ނުދާނެކަން ކަލެއަށް މާ ރަނގަޅަށްވެސް އިނގޭނެ.” ޝާމިން އޭނާގެ ވާހަކަ ނިންމާލަމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ. ކިޔަމަންތެރިކަމެއް ނެތި ޖެހެމުން ދިޔަ ރޯޅިތަކުގެ ބާރުގައި އޭނާގެ އިސްތަށިގަނޑުންް ބައެއް ނިއްކުރިމައްޗަށް ވެއްޓުނެވެ. ނަމަވެސް ޝާމިންގެ ފަރުވާލެއް ނެތެވެ. އެ އިސްތަށިކޮޅުވެސް މަސަތްކަތް ކުރީ ރަތް އަރާފައި ހުރި ޝާމިންގެ ލޮލުގައިވާ އަސަރު ފޮރުވަދޭންކަން ޔަގީނެވެ.

“އެ މަންޖެ މިގައުމުގަ އުޅޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްދޯ. ތިހެން އޮފީސް މަސަތްކަތާ އެހެން ހުރިހާ ކަމެއް ދޫކޮށްލާފަ ފަހަރަކު ގައުމަކަށް ނައިސަން ހޯދަންށޭ ކިޔާފަ ދުއްވުމަކީ ބޭކާރުކަމެއް. މަށަށް ފެންނަނީ ތި މަސަތްކަތް ދެން ހުއްޓާލަން. އަންނަ ހުރި މީހަކު ވެއްޖެއްޔާ މިހާ ދުވަސް ވާއިރު އައިސް ދޯ ހުންނަން ޖެހޭނީ.” ކިޔާން އޭނާގެ ޙިޔާލު ފާޅުކޮށްލިއެވެ.

ތެދު ވާހަކަތަކެއް ނަމަވެސް ޝާމިން ހުރީ އެ ވާހަކަތަށް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނާގެ ބުރަ މަސަތްކަތަށް ހަތް އަހަރު ފުރި އުންމީދުގެ ހުޅުކޮޅު ނިވިފައިވިޔަސް ޝާމިން ހިތް އެކަމާ ފާޅުގައި ދެބަސްވެއެވެ. އެ ހިތުގެ ހަމަޖެހުން އަލުން އަނބުރާ ކޮންމެވެސް ދުވަހަކުން ލިބޭނެޔޭ އޭނާގެ ހިތް ބުނެއެވެ. “ނޫން. ނައިސަން އަދި އަންނާނެ.” ޝާމިންގެ އޭނާގެ ފަހު ބަސް އިއްވާލިއެވެ. ހަށިގަނޑު ސީދާކޮށްލަމުން ވަރަށް ޔަގީންކަމާ ސާބިތު ކަމާއެކުގައެވެ. ކިޔާންގެ އަނގައިން ބަސް ހުސްވިއެވެ. އޭނާއަށް ދެން ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ. ކިޔާންއަށް އަށް ފެނިފައިވާ މަންޒަރުތަކުން ދައްކާގޮތުގައި ޝާމިންއަކީ މަދަރުސީ ދައުރުން ފެށިގެންވެސް ގޮތް ދޫނުކުރުމާއި ބަލިގަބޫލު ނުކުުރުމުގެ ސިފަ ކަށީގައި ހަރުލާފައިވާ ޒުވާނެއްކެވެ. ނަމަވެސް ޝާމިންގެ ލާނެއް ބަސްމަދު އެހެންނަމަވެސް މީހުންގެ ހިތުގައި ޝައުގުވެރިކަން އުފެދޭ ސިއްރުވެރި މިޒާޖަކީ އެންމެންގެ ހިތްވެސް އޭނާގެ މައްޗަށް ލެނބޭ މައިގަނޑު ސަބަބެވެ.

“މިރޭ އަށެއް ޖަހާއިރު ބިލްސް ޓައުން ހައުސް އިން ޑިނާރ ނަގައިން މާލެ ދެވޭނެ ގޮތެއް ވޭތޯ މަ ބަލާނަން. ތައްޔާރު ވައްޗޭ.” އަންހެނުން ލަހުފާގެ މެސެޖެއް ލިބުމުން ކިޔާން ބެލްކަނިން ނިކުންނަ ހިނގައިގަތީ އޭނާ ކިޔަން ބޭނުންވާ ހުރިހާ އެއްޗެއް ކިޔާފައެވެ. ނަމަވެސް ޝާމިންގެ ޖަވާބަކަށް ބެލުމެއް ނެތިއެވެ.

ދެޖީބުން އަތް ނަގަމުން ރެއިލިންގްގައި ޝާމިން އަތްޖައްސާލިއެވެ. އޭނާގެ ދެލޮލުން އޮހުނީ ބޮޑު ތިކި މުތީގެ ކަރުނައިގެ ރޮނގެކެވެ. ނޭފަތް ދަމާލަމުން ރެއިލިންގުގައި ކިތަންމެ ބާރަށް ޝާމިން އަތްއަޅުވާލިކަމުގައިވިޔަސް އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ތުރުތުރެއް ނުހުއްޓުނެވެ. އޭނާގެ ވިންދާ މިއަދުވެސް ގުޅިފައިވާ މީގެ ހަތް އަހަރު ކުރީގެ ހަނދާންތަށް އެހިތަށް އުނދަގޫކުރަމުން ދިޔައެވެ. އެ މާޒީގައި އޭނާގެ ތުންފަތް މައްޗަށް ވެރިވި ކޮންމެ ހިނިތުންވުމެއް ޝާމިންގެ ހިތުގައި މިއަދު ކޫރުން އަޅުވަމުން ގެންދިޔައެވެ.

” އައި ޖަސް ޑޯންޓް ނޯރ ހައު ޓު ހޭޓް ދެޓް **.” ވެފައި ހުރި ދެރައިގެ މައްޗަށް ރުޅި އިސްކުރަމުން ޝާމިން އޭނާގެ އަތް މުއްކައްވާލިއެވެ. ދުލައި އައިހާ އެއްޗެއް ބޭރުކޮށްލަމުން ގޮށް މުއްކެވިފައިވާ އަތުން ރެއިލިންގައި ޖެއްސެވެ.

** *** ** *** ** *** ** *** ** **

ސިޓިންގް ރޫމުގެ ބޮޑު ސޯފާގައި އިށީނދެލައިގެން ތިބީ މެދު އުމުރުގެ ޖޯޑެކެވެ. ހީހީފައި އެކަކު އަނެކަކާ ދައްކަން ތިބީ ވަރަށް އޮލަ މުހިންމު ވާހަކައެއްކަން ފެންނަ ފެނުމުން ހީވެއެވެ. ގަދަޔަަށް ދުފާލައިގެން އަނގަ ރަތްކޮށްލައިގެން އިން ހަމީދު އޭނާ ރަތް ދަތްތަށް ނުފެންނާނެހެން ކުއްލިއަކަށް އަނގަލަ ލައްޕާލިއެވެ. ސިނގެރޭޓުގެ ސަބަބުން ކަޅުވެފައިވާ އެ ދެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނާ ދެން ގެނބުނީ ފުން ޙީޔާލަކަށެވެ. ހަމީދުގެ މި ކުއްލި އަމަލުގެ ސަބަބުން ހައިރާންވެފައި އިން އޭނާގެ އަނބިމީހާ ހަރީރާ ހަމީދުގެ ކޮނޑުގައި އެއް އިނގިލި ކޮއްޓާލިއެވެ. ސިހިފައި ހަމީދު އޭނާއަށް ބަލާލއިެވެ. ހަރީރާ އެއްބުމަ އަރުވާލަމުން ކީއްވީތޯ އެއްސެވެ.

“މަ މިހިތަށް އަރަނީ..ނައިސަންއަށް އަހަރުމެން މީ އޭނާގެ އަސްލު މައިންބަފައިން ނޫންކަން އިނގިއްޖެއްޔާ ކިހިނެތްބާއޭ ވާނީ.” މާޔޫސްވެފައި ހަމީދު އެއްސެވެ. “އަހަރުމެން ނުލާހިކު ލޯބިންނެއްނު އޭނާ މިގެނގުޅެނީ އެހެންވީމަ އިނގުނަސް ނޭނގުނަސް އޭނަ އަހަރުމެން ދުލެއް ނުކުރާނެ..” ހަމީދު ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ހަރީރާ ބުނެލިއެވެ. އެވަގުތު ސިޑިން ފައިބައިގެން އައި ނައިސަންގެ ކަންފަތާ ހަމައަށް މި އަޑު ފޯރިއެވެ. އެހެން މީހުންގެ ކަންތަތަކާ މާ ބޮޑަށް ނުބެހި ބޯ ނުކޮށްޕާ ދުރު ދުރުން އުޅޭ ނައިސަން މިކަމަށް ސަމާލުކަމެއް ނުދިނެވެ. ކޮނޑު އަރުވާލަމުން ގެއިން ނިކުންނަށް އޭނާ ހިނގައިގަތެވެ.

“މަށަށް ފެންނަނީ ބީވުމުގެ ކުރިން އެއްކަލަ މަގޭ ރައްޓެހި އާމިރުގެ ދަރި ޝާމިންއާ އެ މަންޖެގެ ކައިވެނި ހަމަޖައްސަން..އިހަށް ދުވަހުވެސް އާމިރު ކީ ޝާމިން އަނހެން ކުއްޖަކާ ވާހަކަވެސް ނުދައްކާތީ މީހަ ނުއިނދެ ހުރެފާނެތީ އޭނަ ބިރުގަނެޔޯ..” ހިނިގަނޑަކާއެކު ހަމީދު ބުނެލި ވާޙަކައިން މައިދޮރު ހުޅުވާފައި ނިކުންނަން ދިޔަ ނައިސަންގެ ދެބުަމަ ގޮށްޖެހުނެވެ. ނަމަވެސް ކަޅި އަނބުރާލަމުން ދޮރު ޖަހާފައި އޭނާ ނިކުތެވެ. އެއަޑަށް ސިހިފައި ހަމީދުއާއި ހަރީރާވެސް ދޮރާ ދިމާލަށް ބަލާލިއެވެ. “އަޑު އިވުނީބާ..” ހަމީދުގެ ތުންފަތް ފޫއަޅުވާލިއެވެ.

ރާޅު ބީއްސާލާ އަޑުން މާހައުލުގެ ހިމޭންކަން ނަގާލައެވެ. ދޫނި ސޫފާ ސޫފީގެ އަޑު އެ ހިތްގައިމުކަން އިތުރުކޮށްދޭއިރު ރާއްޖެގޭ  ނަން ރަންއަކުރުން ފަވާލެވިފައިވާ އެއް ސަބަބު ކަމަށްވާ ހުދު ދޮންވެލިގަނޑު މަތީގައި އެޅެމުން ދިޔައީ ދެ ފައިތިލައިގެ ފިޔަވަޅުތަކެވެ. އަތިރިމަތީގެ ހޭޅިފަށުގައި ހިނގަމުން ދިޔަ މައުސޫމް ސިފައެއްގެ ވެރި އަންހެން ކުއްޖާ މާހައުލުގެ ފިނިން ސަލާމަތް ވުމަށްޓަކައި އޭނާ ލައިގެން ހުރި ސްވެޓާގެ އަތުކުރިން އަތްތިލަ ނިވާކޮށްލިއެވެ. ދެއަތުން އަމިއްލަ ހަށިގަނޑުގައި ބައްދާލާފައި ވެލިގަނޑުމަތީގައި އޭނާ އިށީނދެލިއެވެ.

“ޝާމިން..ވަރަށް ދަންނަނަމެއްހެން ހީވޭ..” ވެލިގަނޑު މަތިން އެންމެ ފުރަތަމަވެސް އަތުޖެހުނު ގޮފި ކޮޅުން ވެލިގަނޑުގައި ހިތެއް އަޅާލަމުން ނައިސަން އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެެވެ. އެ ބޮޑު ދެލޯ ކުޑަވެފައި ވާއިރު ތުންފިއްތާލައިގެން އިންގޮތެއް ކަމެއް ހަނދާން ކުރަނީހެން ހީވެއެވެ. “ދެން ބޮޑު ބަލާއެއްނު..މަގޭ ކައިރި ނާހާ ކައިވެނި ހަމަޖައްސަން މަމީ އަޅެ އެ ފިރިހެނާގެ އަޅެއްތަ.” ވެލިތަށް ބުރުވަމުން އޭގައި ކުރުހަމުން ނައިސަން ކުދި ކިޔަން ފެށީ އަޑުއަހާނެ މީހެއް ނެތަސް ހެވޭ ބުނާ ކަހަލަ ގޮތަކަށެވެ.

ހަނދާނުން ފޮހެވިފައިވާ ބައިތަށް އަލުން ބަލުން ހަނދާން ކުރަން ކުރެވުނު މަސަތްކަތް ބޭކާރުވުމުން ގޮފިގަނޑު އެއްލާލާފައި އައިކޮޅަށް އެނބުރި ދާން ނައިސަން ހިނގައިގަތެވެ. އޭރު އޭނާގެ އަވަސްއަވަހަށް ގަދަވާ ރުޅިގަނޑު އޭގެ ބާރުމިނުގައި މައްޗަށް ދާން ފަށާފައިވާކަން މޫނުމަތީ ކުލަވަރުތަކުން ހާމަވެއެވެ.

(ނުނިމޭ)

 

Comments (40)

  1. yaa

    wow.. nice. love tha story. whn nxt part ???

    1. kikki
      yaa

      Awwn….. thnkx alot ❤❤ Next part on Monday insha allah ??

  2. kikki

    Hey everyone nice to meet u all first of all ?? mi vaahakaiga first part hurihaa readers ah ves kamudhaane kamah ummedhukuran..☺ nxt prt on Monday insha allah…mi part ge fashaa thankolhu ga liyevifa innane chairman azim eyy..but iss actually aamir ?? publish vi fahun kiyaaliriu e mistake fenunii I rlly apologies and hopefully with try not repeat such a mistake ❤❤❤

  3. alyaa

    hehe. ok vaane dear. bt the story was awsum. nimendhen up kuraane kamah unmeedhu kuran…

    1. kikki
      alyaa

      Awwn thnkx dear ❤❤ sweet of u insha allah nimendhen genes dheynan nge ??

  4. QUEEN❤

    V reethi . When nxt part??

    1. kikki
      QUEEN❤

      Thnk you queen ❤❤ next part on Monday insha allah ??

  5. Aana

    Mih vaahaka ehkoh upkoh nihmaahthih ingey varah reethi mih part vax❤❤❤❤

    1. kikki
      Aana

      Insha allah yes…I’ll try my best nge ?? ehehe awwn..thank you aana dear ❤❤?

  6. ?SAJY?

    Varah furihama❤ feshun varah reethi❤
    Ummeedhu kuran mi story nimendhen kiyaalan libeyne kamah❤
    Waiting for next part❤

    1. kikki
      ?SAJY?

      Thanks a lot..for da sweet comment ❤❤? aharun insha allah nge nimendhen genes dheveythoa I’ll try my best ?? next part Monday ga hopefully

    2. kikki
      ?SAJY?

      Ahah *? oops

  7. iima

    I kikki r u a boy i think…. ???… Btw sorry varah salhi hama…. Masha allah… Keep up the good work… ??? Luv ya…

    1. kikki
      iima

      ahah why do you think dat ? ?? might be dhw ? awwwn thanks alot iima ❤❤❤ will wait to see ur comment next part inves?? luv more ?

  8. Sis

    Wowww reethi ingey.. Curiously waiting for the next part ???

    1. kikki
      Sis

      ayee..??lots n much thnks sis ❤❤❤ happy to know dat next part monday ga insha allah ??

  9. Beryl Stone

    Woah????❤masha allah..first prt hama vrh rythi..????snap use kurangna can u giv id plx..??heheheh..necklace necklace in shurukuriyya ???LY buddy

    1. kikki
      Beryl Stone

      Awwwn thnkx alot buddy ?❤❤ vrh ufaavejje kommeakas sweet of u nge?? snap Id dhw.. this is a public place and I can’t say mine I’ll add u if u gimme urs?LY2 ?

  10. Bruh?

    Woooow???vrh salhi nge first part?❤❤❤ think i know u..am i right????If thii ahareh heekuri kujja nuuny sorry??ekam v heevey thii ekujja hen????tell me if thee jey vejjiyaa?haha

    1. kikki
      Bruh?

      Thnkx alot ma bruhh ❤❤❤❤ username inves kae kan gerey ? naseebu thi lavvali hama thiheekuri kujja mee ???? ahahah Jay over here bruro

  11. Bruh?

    Shithotheyyy engenna u’ll know me???? vrh salaan ma neyn guniyyamu

    1. kikki
      Bruh?

      Kon shithothey eh? ?? donno ma no idea vahtharu hunnaii kae ingey but shithothey kiyaa meeheh nudhaanan ??

  12. Bruh?

    Ok ehenveeru..shithotheyy neygunas ma engijjethaa..magey naseebu gadhaiyyey

    1. kikki
      Bruh?

      ☺?

  13. Mal

    Hello kikki…..????v nyc feshumeh….ummeedhu kuran nimendhen genesdheyne kamah….??????and curiously waiting for the next part…..

    1. kikki
      Mal

      Haaii mall ❤❤ thanks alot dear..yes I’ll try nimendhen genesdheveythoa ?? ly ?

  14. Mal

    Hey kikki….v nyc feshumeh…????????ummeedhu kuran nimendhen genesdheyne kamah…. ? ? ? ? ? curiously waiting for the next part…..????

    1. kikki
      Mal

      Heloa dear u be da same mal frm the above comment dhw ? thnkx though lots luv ❤❤

  15. Shaa

    Woww nice story??…love it?waiting for the next part??

    1. kikki
      Shaa

      Lots of shukuru ❤❤ ly ?? yeah it will be published soon insha allah ??

  16. Fathumath Bulbul

    Wow ♥️
    V salhi

  17. Fathumath Bulbul

    Wow ♥️
    V salhi

    1. kikki
      Fathumath Bulbul

      Thnkx alot bulbull ❤?

  18. jin

    vaahakaige nan v reethi

    1. kikki
      jin

      Thnkx ?❤

  19. Bruh?

    mihaaru up kohffin tha story???up kohdhey thii ASAP??hehe

  20. gud

    wow vv nice wn is the next part??

  21. Reader

    What the actual, I mean love ? ? ?. Memory lost dho

  22. kehnuvaaneyy

    kikki! keehve reply nukuranee..um sad..up kohdheebala next part..miss the story

  23. Cutieee_girl

    Wow great

Comments are closed.