ހަޔާތުގެ ކުލަތައް 1
އަހަރެން ނަކީ އުމުރުން 21 އަހަރު ފުރިފައިވާ ޒުވާނަކީމެވެ . އަހަރެން ގެ ދިރިއުޅުމަށް މިކަހަލަ އަޑިގުނޑަނަކަށް ވެއްޓިދާނެ ކަމަށް އަހަރެން އެއްވެސް ވަރަަކަށް ގަބޫލް އެއް ނުކުރަމެވެ . އެ ދުވަސް ވަރު އަހަރެން ނަށް ގާތް ކުރެވުނު އެކުވެރިން ގެ ސަބަބުން އަހަރެން ގެ ދިރިއުޅުން އެ މިފުށަށް ޖެހިގެން ދިޔައެވެ . ރައްޓެހިންނަށް މާ ބޮޑަށް އިތުބާރު ކުރުމުގެ ސަބަބުން އަހަރެންނަށް ޖެހިފައިވާ ހާލެއެވެ . ﷲ އަށް ވަކީލް ކުރުން ނޫން އެހެން ކަމެއް އަހަރެން ގަޔަކު ނެތެއެވެ . އަހަރެން އެންމެ ލޯބިވާ ކުއްޖާ ވެސް އަހަރެން ދޫ ކޮއްލާފައި ހިގައްޖެއެވެ . އަހަރެން ބަލަމުން އައީ އެއީ އަހަރެން ގެ ދިރިއުޅުން ކަމަށެވެ . އަދި އެއީ އަހަރެން ނާ އެކު މުޅި އުމުރު ހޭދަ ކުރާނެ މީހެެއް ކަމަށެވެ . ނަމަވެސް އެއީ އަހަރެން ތަޤުދީރު އޮތް ގޮތް ކަމަށް އަހަރެން ބެލީމެވެ .
އަދި އެކުވެރިން ނަކީ އަހަރެންގެ އެތް ބާ ކަމަށް އަހަރެން ޤަބޫލް ކުރީމެވެ . ނަމަވެސް އަހަރެންނަށް އެކި ގޮތް ގޮތަށް ދިޔައީ ޖެއްސުން ކުރަމުންނެވެ . އެ ދުވަސް ވަރު އަހަރެން ބަލަމުން އައީ އެއީ މަޖާ ކަމަށެވެ . ނަމަވެސް އެއީ މަޖާ ނޫން ކަން އަހަރެނަށް އެގިއްޖެއެވެ .
ސްކޫލް ދުވަސް ވަރުން ފެށިގެން އަންނަނީ އަހަރެންނަށް އުދަގުލާ ދުއްތުރާ ކުރަމުންނެވެ . އަހަރެން އެކަމަށް ކެއްތެރި ވީމެވެ . ކިލާހުގައި ވެސް އަހަންނަށް ޖެހުނީ ކެއްތެރި ވާށެވެ . އެތައް އާދޭސް ކުރުމުން ވެސް އެ މީހުން އަހަންނަށް ހަދަމުން ދަނީ ހަދާނެ އެއްޗެކެވެ . ﷲ އިރާދަ ކުރެވިއްޖިޔާ އަހަރެން 2015 ވަނަ އަހަރު ސްކޫލް ނިމްމާލީމެވެ .
*********************************
2 ވަނަ ބަޔަށް އިންތިޒާރު ކޮށްލަވާ
3 Comments!
Comments are closed.


Haadha kurey. Reethi vaane kamah ummeedhu kuran
Yey me second??Ebunaahen haadha kurey? I hope it will be nice.?V reethi mi part❤❤hope kuran nimey dhekah .????
Allah iraadha kurevviyaa ge badhalu gai allah ge iraadha fulhaa eku liyunee ma hwma jehey ne kamah mashah heevanee