Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ބުނެދެންހޭ…

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
January 3, 2019 4 Mins Read
25 Comments

ގަޑީގެ ސިކުންތުކަށިގެ އޭގެ ވާޖިބުއަދާކުރުމުގައި ފަރުވާތެރިކަމާއެކުގައި ކުރިއަށްދެއެވެ. ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތްމީހަކުފަދައިން ސަލްވާއޮތީ ފުންހިޔާލެއްގެތެރޭގައެވެ. “އެއީ އަނެއްކާ އިންސާނެއްބާއެވެ. ގައިގެކުލައަލި، އޮމާންހަނގަޑެކެވެ. އިސްކޮޅުގައި ހަފޫޓްހުންނާނެކަންގައިމެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު ތުނބުޅިމަތިމަސްވެސް ތުނިކޮސްބަހައްޓާފައި ހުރުމުން އޭނާގެ ފިރިހެންވަންތަކަށް އިތުރަށް ހާމަވެގެންދެއެވެ. ލޮލުގެ އެސްފިޔަތަށްދިގުވެފައި ބުމައިގެ އިސްތަށިތަށް އެހާބޯކޮށްހުރުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަދި އެޖާދުވި ދެލޮލުގައިވާ މަޑުނޫކުލައިގެ ކަޅިރަވައިގެ ޖާދޫގައި ޖެހި ފިދާވާނެ އެތަކެް އަންހެންކުދިންނެއް ތިބޭނެކަން ގައިމެވެ. ” ހިތުގައި އެނބުރެމުން ދިޔަ ތަފާތު ހިޔާލުތަކާއި ޝުއޫރުތަކާއެކު ސަލްވާ އަށް ބޭއިހްތިޔާރުގައި “ހަމްޒާ..” އޭ ބުނެލެވުނި ފޮނި ފޮނި ހިނިތުންވުމަކާއެކުގައެވެ. މުޅިދުނިޔެއަށް ސިއްރުން ހަމްޒާއާއި ސަލްވާގެ ލޯބީގެ ގުޅުންވަނީ ފެށި ކުރިލާ ހެދެންފަށާފައެވެ.

ނަމަވެސް މިއަދާއި ހަމަޔަށްވެސް އެގުޅުން ހަމްޒާ ސިއްރުކުރާ ސަބަބެއް ވަނި ސަލްވާއަށް ނުހޯދިފައެވެ. އެތަށް ދަމެއްވަންދެން ހޭލާ ހަމްޒާގެ ހިޔާލުގައި އޮތް ސަލްވާއަސް ނިދުންއިރެއްވެސް ނޭންގެއެވެ. ހެލެވުނީ އާދައިގެމަތީން މަންމަގެ ވިހަގަދަ ބަސްތަށް ކަންފަތާއި ހަމައަށް ފޯރުމާއެކުގައެވެ. ހެލެވުމާއެކު ފުންމާފައި ތެދުވެސަލްވާއަށް ފޯނުން ގަޑިބަލާލެވުނެވެ. އަސްތާ މިއަދުމިވީ ކިހިނެއްހެއްޔެވެ. ގަޑިން ފަސްގަޑިބައިވަނީއެވެ. ފަތިސްނަމާދަށް ހޭނުލެވުނީމަ ދެރަދިނަމަވެސް އެކަން ނުދައްކާ އަވަހަށް ތެދުވެ މޫނުދޮވެލާ ހަދައިގެން ބަދިގެއަށްދިޔައީ ހެނދުނުގެ ނާސްތާތައްޔާތުކުރާށެވެ. ކޮންމެދުވަހަކުވެސް ސްކޫލަށް ދިއުމުގެ ކުރިން ސަލްވާ މިހުރިހާ ކަމެއްވެސް ކުރެއެވެ. ނަމަވެސް މިއަދު ކަންތަށް މިވިގޮތުން ގަދިނުޖެހިދެވުނިޔާވެސް ރަނގަޅޭ ސަލްވާގެ ހިތަށް އެތަށް ފަހަރަކު އަރަމުން ދިޔައެވެ. އެހެންރެރޭ ފަތިސްނަމާދަށް ގޮވާ ހަމްޒާ މިރޭ ހަބަރެއްނުވުމުން އެކަންވެސް ސަލްވާގެ ސިކުނޑިއަށްދިޔައީ އުނދަގޫކުރަމުންނެވެ.

ބަރާބަރު ހަގަޑިސާޅީސްވިއިރު ސަލްވާއަށް ކިރިޔާގޮސް އޮފީހަސް ވަދެވުނީއެވެ. ފެންވަރާލައިގެން ނިކުމެ ނަމާދުކޮށްނުލާ ދާން އޭނާގެ ޒަމީރު ދެކޮޅުހެދީމައެވެ. ހުރިހާ ސްޓާފުންހެން ސަލްވާއަސް ބަލަންތިބި އެހެންދުވަސް ދުވަހު ގަޑިއަށް  އަންނަމީހާ މިއަދު ކިރިޔާ ގަޑިނުޖެހި އާދެވުމުން ހައިރާންވެފައެވެ.

“ސަލް މިއަދު ބަލީތަ.. ހާދަލަސްވި..” ސޮއިކޮށްލުމާއެކު އެނބުރުނު ސަލްވާއާ ޕްރިންސިޕަލް ޒާރާ ސުވާލުކޮށްލިއެވެ. ހިތްހެއޮކަމާއެކު ހުރިހާ މުއައްޒަފުންގެ މެދުގައި ހަމަހަމަކޮށް ކަންތަސްކުރަމުން އަންނަ ޒާރާ ކޮންމެ މުއައްޒަފަކާއިވެސް ވާހަކަ ދައްކާ ހަދަނީ ހަމަ އެހާ ގާތްކޮށެވެ. ނަމަވެސް ސަލްވާ އާއި އެހެން ހުރިހާ މުއައްޒަފުން ނާއި ތަފާތުވެ ހާއްސަކަމެއް ޒާރާގެ އޮންނަކަން އެއީ ހުރިހާ އެންމެނަށް އެނގޭ ބޮޑުސިއްރެކެވެ.  އެހެން ނުވާންވި ސަބަބެއް ނެތެވެ. ސަލްވާ އަކި ހިތްތިރި، މަޑުމައިތިރި، އެންމެނާވެސް އެހާގުޅޭ އަޅާލާ މުއައްޒަފެކެވެ. ވުމާއެކު އެކަމުގައި އެއްވެސް މުއައްޒަފެއްގެ ޝަކުވާއެއް ނޯވެއެވެ.

“އަޅުގަނޑަށް ހޭނުލެވުނީ..” ކުއްވެރި އިހްސާސްކުރެވުމާއިއެކު ޒަޔާން އިސްޖަހާލަމުން ބުންޏެވެ. “އެކަމަކު ޒަޔާން މުޅި ހަފްތާ މިދަނީ އެއްކޮށް ގަޑިޖެހިގެން.. ތިހެންވަންޏާ މިސްޖެހޭނީ ބެލެނިވެރިޔާ ހާޒިރުކުރަން.. ދެންވެސް އަވަހަށް ދޭ ކްލާހަށް މިހާރު ފުރަތަމަ ގަޑިއަށް ޓީޗަރު ކުލާހަށް ދުރުވާނެ.. ” ދަރިވަރުންނަކީވެސް އަމިއްލަ ދަރިން ފަދައިން ދެކެމުން އަންނަ ޒާރާ މިއަދުވެސް ގަޑިޖެހިގެން އައި ދަރުވަރު ފޮނުވާލީ ފިލާވަޅެއް ގެއްލުނަ ނުދިނުމަށެވެ. ނަމަވެސް މިއަދު ޒަޔާންގެ ބެލެނިވެރިޔާއާއި އޭނާ ބައްދަލުކުރާނެއެވެ. ޒަޔާން އައިރު ކައިރީގައި ހުރި ސަލްވާވެސް ހުއްދަ ހޯދައިގެން ދިއުމާއެކު ޒާރާވެސް އޭނާގެ މައްސޫލިއްޔަތުތަކަށް އެނބުރުނެވެ.

މަސްދަތުރުގޮސްލާފައި އައި ހަމްޒާ ވެސް ހެވެރިކަންވީ 10 ޖަހާ ބޮޑުވީފަހުންނެވެ. އެއާއިލާއަކީ ރަށުގައި ކަމުވޮށިގެންވާ އާއިލާ އަކަސް ވުމުން ވަޒީފާއަކަށް ދާހިޔާލެއް އަދި ހަމްޒާގެ ނުހުރެއެވެ. ބޭނުންވީމަ ބޭނުންހާ އެއްޗެއްލިބެން ހުރުމާއެކު އެކަމުގެ ވިސްނުމެއްވެސް ނެތީއެވެ. ނަމަވެސް ޗުއްޓީ ހަމަވުމާއެކު އަނެއްކާވެސް އޭނާއެނބުރި ޔޫ.ކޭ އަށް ދާނެއެވެ. މީހެއްގެ ވަޒީފާއަކަށް ދާން ބޭނުން ނޫންނަމަވެސް އަމިއްލަ ވިޔަފާރިއެއް ފެށުން އެއީ ކޮންމެވެސް ވަރަކަށް ހަމްޒާގެ ހިތުގައި ވާ ކަމެކެވެ. އެއާއެކު ހިތުގެ މަލިކާ ހަޔާތަށް ގެންނަނާނީއެވެ. ވުމާއެކު އެދާއިރާއިން މަތިތައުލީމް ހާސިލުކުރަންފެށިތާ އަދިމިވީ އެއްއަހަރުދުވަހެވެ.

ސްކޫލުގައި އަވަދިނެތި އުޅެމުންދިޔަ ސަލްވާގެ މޫނުމަތީގައި އެހެންދުވަސް ދުވަހާއި ހިލާފަށް ކަންބޮޑުވުމުގެ އަސަރު ފިލާ ވަގުތެއްނުދެއެވެ. އިންޓަވަލް ގަޑިނިމި ކިޔަވާދޭ ދަންފަޅި ނިމިގެން ދިޔައިރުވެސް ސަލްވާ އަށް ހަމްޒާގެ ހަބަރެއްނުވީމައެވެ. ލެސަންޕްލޭންތަށް ނިންމާލުމާއެކު އެކުގައިއުޅޭ ދެޓީޗަރަކު ބުނުމުން ކައިރީގައި ހުރި ކެފޭއަށް ސަލްވާދިޔައީ ބޮހަމަޖައްސާލަން ބެނުންވެފައި ހުރުމުންނެވެ. ނަމަވެސް ފެނުނުމަންޒަރަކުން ސަލްވާގެ މޫޑް އިތުރަށްވި ގޯހެވެ. ކެފޭގެ އެތެރޭން ކަނަކަށް ވާގޮތަސް އިން މޭޒުގައި އެއިނީ ހަމްޒާނޫން ދެވަނަ ދެމީހެއްނޫނެވެ. ހަމަ އެމޭޒުގައި ސަލްވާމެންނާއި ފުގަސްދީގެން އެއިނީ ދެން ކޮން އަންހެނެއްބާއެވެ. ބަލާބެލުމަސް ކިތަންމެހާވެސް އެއަންހެންކުއްޖާ ފެޝަނަށް ލޮބިކުރާކަން ހާމަވެއެވެ. ލާފައިވާ ޓޮޕްކޮޅުގެ އެއްއަތް ނެތްއިރު އަނެއްއަތްވެސް އެހާމެކުރެވެ. އެއްފައިމައްޗަށް އަނެއްފައި ލައިގެން ހުރި ފައިގެ ބޮޑުބައެއް ހާމަޔަށް އޮތުމުން ލައިގެން ހުރީ އެހާމެކުރު ޖީންސްސޯޓް ކޮޅެއްކަން ހާމަވެއެވެ. ބޮލުގައި ޖައްސާލާފައިވާ މެރޫން ކުލައިން އެއީ އާދައިގެ އަންހެންކުއްޖެއް ނޫންކަން ހާމަކޮށްދޭން އުޅޭފަދައެވެ.

“އޭތް އެއިނީ އެއްކަލަ ހަމްޒާދޯ.. ހަމަ އޭނަގެ ޓައިޕް އަންހެން ކުއްޖަކު ގޮވައިގެން އެއިނީ..” “އެކަމަކު އޭނަގެ ދޮންބެ މިދުއާމް ގެ ވައްތަރެއްނޫން އެއީ.. އެއަށްވުރެ ހަރުދަނާވެފަ އުޅުން ހުންނާނެ..” ކައިރީގައި ތިބި އެކުވެރީންނަށް ވެސް އެމަންޒަރުފެނި ވާހަކަދައްކަން ފެށުމުން ސަލްވާގެ ހިތަށް ވެގެންދިޔަ އުނދަގުލާއެކު އެތަނުން ނިކުމެގެންދާންވެސް ހިތަސް އރިއެވެ. ނަމަވެސް އޭރުން އެމީހުންގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެކަން ހަނދާންވުމާއެކު ހިތްވަރު ކޮށްލާފައި ކައިރީގައި ހުރި މޭޒުގައި އެކުވެރީންނާއެކު މަސްނޫވި ހިނިތުން ވުމަކާއި އެކުގައި ހަމަޖެހިލިއވެ. ނަމަވެސް އޭރު ސަލްވާގެ ހިތް ބާރަށްދިޔައީ ރޮމުންނެވެ. އެތަކެއް ޝަކުވާއެއް ކުރަމުންނެވެ.

އޮއްސެމުންދިޔަ އިރާއެކު ގޮނޑުދޮށުގައިތިބިމީހުން އެމީހެއްގެ ކުދިދަރީން ގޮވައިގެން ގެއަށްދިއުމަސް އަވަސްވެއުޅެއެވެ. ނަމަވެސް ހިތްމަރުވެފައިވާ މީހެއްފަދައިން އޮއްސެމުންދިޔަ އިރާއި ދިމާއަސް ބަލަން އިން ސަލްވާގެ ސިކުނޑީގައިވަނި ހައިޖާނުގަނޑެއް އުފެދިފައެވެ. ތުންފަތުގައި ދަތްއަޅާލުމާއެކު ލޮލުން ފައިބާން ތައްޔާރުވެފައިވާ ކަރުނަތަށް ހިފާއްޓާލެވެނީ ކިރިޔާއެވެ.

“ކީއްވެތަ ހަމްޒާ އަހަންނަށް ތިހެން ތިހަދަނީ.. ހަމަރަނގަޅަށްވެސް އެއީތަ ހަމްޒާގެ ޓައިޕަކީ.. އެކަމަކު ހަމްޒާއެއްނު ބުނި ކަމުދަނީ އަހަރެންހެން ބޮޑެތި އަބަޔާލާފައި ހުންނަކުދިންނޭ.. ދެންކީއްވެތަ އެހާ ދެއްކުންތެރި ކުއްޖަކާއެކު ތިހުރީ…” މީގެ ކުރިންވެސް ދެފަހަރަކު ސަލްވާ އާއި ހަމްޒާއާއި ދެމެދުގައި ވަނީ ކުޑާ ހަމަނުޖެހުމެއްހިނގާފައެވެ. ނަމަވެސް ހަމްޒާ ކޮންމެފަހަރަކުވެސް މައާފަށް އެދެނީ އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް ބުނަމުންނެވެ. ހަމަ އެހެންމެ އެގޮތުގައި އޭނާ ހިފާއްޓާވެސް މެއެވެ. ނަމަވެސް މިފަހަރު މިވި މުޅިން ތަފާތު ކަމަކަށް ވުމުން ސަލްވާގެ ހިތަށް ބަޔާންކުރަން ދަތި އުނދަގުތަކެއް ވަނީއެވެ. ކައިރީގައި ހުންނަނއިރު ބަހާއި އަމަލުން ހަމޒާގެ ލޯބިވެތިކަން ހަނދާން ވުމުން ސަލްވާއަށް ކަރުނަތަށް ހިފާއްޓާނުލެވުނވެ. ނަމަވެސް ކަރުނަ ފޮހެލުމާއެކު ތެދުވެ ހެދުމުން ވެލި ފޮޅާލުމާއެކު ފުންނޭވައެއް ދޫކޮށްލާފައި ސަލްވާ ހަމްޒާ ހިތް ހަމަ ނުޖެހުނަސް އިސްވެ ހަމްޒާ އަށް ގުޅާލިއެވެ.

ހުދުވިލާގޭތެރޭގައި ހާދިމުން ހޭލަ މޭލަވެ އުޅެމުން ދިޔައީ އަވަދިނެތިއެއްކަމަކު އެމީހަކާއި ހަވާލުކުރެވިފައިވާ ކަމެއް އެންމެ ފުރިހަމަޔަށް ނިންމާލެވޭތޯ ދިޔައީ ބަލަމުންނެވެ. އެހެން ނޫންނަމަ އެމީހުންގެ ސާހިބު މާޒިޔާ އެކަމެއް އަލުން ކުރުވާނެއެވެ. ގޭތެރޭގައި ހަލަބޮލިކަން ވެރިވެފައި ވީނަމަވެސް ސިޓިންގް ރޫމް ސޯފައިގައި ނިދިޖެހިފައި އޮތް ހަމްޒާއަށް އެއިން ކަމެއް ރޭކާވެސް ނުލާ ފަދައެވެ. އޭނާ ވަނީ ފުންނިދީގެ ތެރެއަށް ޣަރަގުފެއޭވެސް ބުނެވިދާނެއެވެ. ނިދީގައި އޮތް ހަމްޒާ އުނދަގޫގޮތަކަށް ލޮހުޅުވާލުމާއެކު ކައިރީގެ އޮތް ފޯނަށް ބަލާލީ ނުރުހުމާއެކުގައެވެ. އޭނާގެ އަރާމު ނިދިކޮޅު ގެއްލުވާ ލުމުންނެވެ. ނަމަވެސް ދާދިއަވަހަށް ފޮނު ނެގުމާއެކު ވާހަކަ ދެއްކިއެވެ. ” އާން.. އާން މިހާރު މިދަނީ..” އޭ ބުނުމާއެކު  ތެދުވެ އަވަހަށް ކޮޓަރިއަސް ގޮސް ތައްޔާރުވެލައިގެން ނިކުތް އިރު ލޮލުގައި ނިދީގެ ކަންފުޅެއްވެސް މިހާރަކު ނެތެވެ.

ހަމްޒާއަށް ގުޅަންއުޅެ ނަންބަރު ބިޒީވުމުން ސަލްވާގެ ހިތް ބާރަށް ރޮއެގަތްފަދައެވެ. ނަމަވެސް އިރު އޮއްސި ބަންގިގޮވާއިރަށް ގެއަށްނުދެވިއްޖެނަމަ އެއަށްވުރެ މަންމަގެ ވިހަގަދަ ބަސްތަކުން ހިތްދަތިވާނެކަން ހަނދާންވުމުން އިސްއޮބާލާފައި ގެއާދިމާއަށް ހިނގައިގަތެވެ.

ސަލްވާއަށް ގެއަށްހަމަވެދެވުނިކިރިޔާއެވެ. ” ބަލަ މިހާރު އިރުއޮއްސޭއިރުވެސް ގެއަށް ނާދެވޭދޯ.. ކޮންފާޑަކަށްތަ ތިއުޅެނީ.. ތީކި އަންހެންކުދިން އުޅެންޖެހޭގޮތެއްނޫނެ.. ” ރާމިޒާ ފުސްމޫނުހަދާފައި އަނގަތަޅާގަތެވެ. އިސްއޮބާލުމާއެކު ދެން އެހެންނުވާނެ ކަމުގައި ބުނެފައި ސަލްވާ އަވަހަށް އެތަނުން ދިޔައީ އިތުރު އެއްޗެއްބުނުމަށް ފުރުސަތު ނުދިނުމަށެވެ.

ތައްޔާރުވެގެން ނިކުތް ހަމްޒާ ފަރިތަކަމާއެކު ސައިކަލުގައި މިސްރާބުޖެހީ ރަށުގެ އުތުރުގައިވާ އެއަރޕޯޓާއި ދިމާއަށެވެ. އެހުރިހާ އިރު ނިދިފައި އޮތް އިރު ގޮވާނުލާ މަންމަ އާއި ބައްޕަ ދިއުމުން ހިތުގައި ނުތަނަވަސްކަމެއް އުފެދުން ނަމަވެސް ހިތަށް ހަމަ ޖެހުމެއްލިބުނީ ދޮންބެ އައުމުން ކުރިޔަށް މިއޮތް ދުވަސއތަކުގައި މަޖާކޮށްލެވޭނެ ވަރު ތަސައްރަފް ކޮށްލެވުމުންނެވެ. ކުރިމަތިވަމުން އަންނަ ތޫފާނުގެ ހިލަމެއްނުވާފަދައިން ހަމަ ޖެހިލާފައި އައިސް ޕަރކިންގް ޒޯނުގައި ސައިކަލް ޕަރކްކޮއްލާފައި ދުވަމުން ކަހަލަ ގޮތަކަށް ހަމްޒާ އެރައިވަލް އޭރިއާ އާއި ދިމާއަށް ދިޔައެވެ.

މީހުން ތަކުގެ ތެރެއިން ފުރޭނިގެން ވަރަށްބަލައިގެން މީހެއްގައިގަ ނުޖެހިވޭތޯ ބަލަމުން މިދުއާމްއަށް އައިސް ހުއްޓިލެވުނީ ހަމްޒާއަށް އެހިސާބަށް އަރާހަމަވިވަގުތުގައިއެވެ. “ދޮންބޭ.. ” ކިޔާ ހަމްޒާ ލޯތްބާއެކު އޭނާގެ ދޮންބެގައިގައި ބައްދާލިއިރު މިދުއާމްވެސް ކޮއްކޮގައިގަ ބައްދާލީ ހަމަ އެފަދައިންނެވެ. ބަލާބެލުމަށް ދެމީހުންގެ ސޫރައެއްގޮތް ނަމަވެސް މިދުއާމްގެ ލޮލުގެ ކަޅީގައިވަނީ މަޑުނޫކުލައެކެވެ. ހަމަ އެހެންމެ ފަޅަންފަށާފައިވާ ތުނބުޅީގެ އިތުރުން ކުރުކޮށް ކޮށާލެވިފާ ބޮލުގެއިސްތަށިގަނޑުގެ ސަބަބުން މިދުއާމްގެ ރީތިކަން އިތުރަށް ހާމަވެގެންދެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ދަރިފުޅާއެވެ.

Next

ކުށް ކުރީ އަހަރެންނެވެ.

Next
January 3, 2019

ކުށް ކުރީ އަހަރެންނެވެ.

Previews
January 2, 2019

ދަރިފުޅާއެވެ.

25 Comments!

  1. Hawwi (Layaa) says:
    January 3, 2019 at 9:48 am

    Assalamualaikum.. bunidhuvahaha vure lassvi kamautakaa maafah edhen.. moosumuge gothun internetbeynun kuran nukerigen mihaalass vee. Unmeedhukuran mivaahakavess kakudhaanekamah.. rangalhu kohlan fennakan kan faahaga Koh bunela dheynekamah..

  2. unique says:
    January 3, 2019 at 10:24 am

    issok layaa
    but vaahakaige feshun varah furihama
    varah interesting just love it
    curious for next part
    so much loves
    :-)grt work

    1. Bulbul says:
      January 3, 2019 at 2:48 pm

      Vvvvvsalhi ?kondhuvas thakehga up vaanee????

    2. Hawwi (Layaa) says:
      January 3, 2019 at 7:06 pm

      Than you both of u dhedhuvahun ehdhuvahu In Sha Allah up vaane

  3. Beryl Stone says:
    January 3, 2019 at 10:25 am

    Yeyy me first dhw ?…bala bala indha e up vy..heheh ❤❤❤mi prt vx vrh reethi..It’s ok dear????????????LY

    1. Beryl Stone says:
      January 3, 2019 at 10:26 am

      Oops me second dhw..sorry ingey

  4. zaara says:
    January 3, 2019 at 10:46 am

    v rythi,❤❤❤ by the way hyvany salvaa aa vaahaka dhahkany midhuaam hen

    1. Anonymous says:
      January 3, 2019 at 10:50 am

      dhw asluvx

    2. Hawwi (Layaa) says:
      January 3, 2019 at 7:07 pm

      Hingaadhw balamaa?

  5. Aroo says:
    January 3, 2019 at 11:06 am

    Vaahaka v reethi but thankolheh kuru

    1. zaara says:
      January 3, 2019 at 11:59 am

      yeah

    2. Hawwi (Layaa) says:
      January 3, 2019 at 7:07 pm

      Ohh dheranuvey dhen mihaa kureh nuvaane ingey ?

  6. MunyMoon says:
    January 3, 2019 at 11:15 am

    V nice…next part varah avahah up kohdhehchey plx kehmadhuvefa mihury nw ☺☺☺☺☺☺

    1. Hawwi (Layaa) says:
      January 3, 2019 at 7:05 pm

      Muslimunge reethi aadhaehnu keitherivumakee dhw.. ? ehenveema keitheru velaa ingey In Sha Allah maadhamaarey up kohlaanan??

  7. Nau says:
    January 3, 2019 at 11:40 am

    Layaa kn irakun dhen aneh bai kiyaalan libeynyy????mi prt hama varah salhi ???layaa ge ehn stry thah vx varah reethi nau ahh ?masha Allah layaa aky one of the best writer ??❤❤❤❤❤❤keep up the gud wrk……..eagerly waitinn for the nxt prt????❤❤❤?

    1. Hawwi (Layaa) says:
      January 3, 2019 at 7:03 pm

      In Sha Allah maadhamaa reyga up kohlaanan .. thank you for ur luvly cmmnt dear Nau..???

  8. Neygunu says:
    January 3, 2019 at 4:08 pm

    Aslu vaanuvaa neygunu baeh faharu heevey salva akee boy hen hamxa akee girl hen aneh bai faharu heevee salva akee girl hen ves feshunu thanun salva thubulhi ge vaahaka ves oiy pls vaanuvaa kiyaadheeba

    1. Mishy says:
      January 3, 2019 at 5:45 pm

      Yaa.. vrh confuse.. layaa can yu explain? Btw stry nd idea vrh rythi..❤

    2. Hawwi (Layaa) says:
      January 3, 2019 at 7:02 pm

      Kiyaairu vaahakayah samaalukan dhevun Nama salvaa akee thunbulhi mathimass huri meeheh nunkan ingeyne.. salvaa akee hamzage gf.. neyngunubai engunukamah unmeedhukuran

    3. nikki says:
      January 5, 2019 at 1:51 pm

      varah olhun bolhun ekm writer hiyeh nuvey rangalhu kuran ulhey heneh

  9. Unknown girlll.. says:
    January 3, 2019 at 8:17 pm

    Adhi alah layaa ge vaahakaeh mikiyalany…hamagaimuves feshun v.reethi.???..ummeedhukurany kuriah oi part thah ves reethivaanekamah…furathama alhugandahves confuse vi vaahaka kiyan fashaafa..ekam alun kiyaalyma huri hàa confusion diyaeee..yeyyy??? ..and i hope anehkaaves chance libeynekamah ithuru writer eh favourit lostah ithuru kohlannn ,thats u…..soooo keep up the good work,n all the best.???…luv ya …..❤??wish u a Happy 2019..??.may allah fullfill all ur wishes??????

  10. Xuam says:
    January 4, 2019 at 10:45 am

    Wow varah reethi…. ❤️❤️❤️❤️❤️

  11. Saadhu says:
    January 4, 2019 at 9:04 pm

    Alhey vaanuvaa negunu .salvaa aky boy tha

  12. @Ikleel says:
    January 5, 2019 at 1:05 pm

    Story ge feshun vrh reethi ingey layaa ❤❤??…Looking forward for nex part…Keep it up….

  13. Me says:
    January 5, 2019 at 9:46 pm

    Mireyves up nuvaane tha?

Comments are closed.

Next Episodeބުނެދެންހޭ… 2←


All Right Reserved!