Skip to content
އެސްފިޔަ

ދަރިފުޅާއެވެ.

“ކޮންމެ ކަމަކަށްވެސް އެއްޗަކަށްވެސް ކަނޑައެޅިފަ އޮންނަ ވަކި ވަގުތެއް އޮވެއެވެ. އުފެދޭ ކޮންމެ އެއްޗަކީވެސް އެ އެއްޗަކަށް ހަމަޖެހިފައިވާ ވަގުތު ހަމަވުމުން ނެތިފަނާވެދާ އެއްޗެކެވެ. މިއީ ދެބަސްވެވެންނެތް އިލާހީ ޤާނޫނުގައި ވާގޮތެވެ. ދަރިފުޅާއެވެ. މަންމަ އުފަންވީ މީގެ ތިރީހަކަށް އަހަރުކުރިން ބައެއްގެ ވަރަށް ބުރަ މަސައްކަތުންނެވެ. މަންމަ ބަލާބޮދުކުރުމަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއް އެބައިމީހުން ވިއެވެ. މަންމަ އަކީ މުޖުތަމަޢު ބަލައިގަންނަފަދަ މީހަކަށް ހެދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދިންކަން މަންމަ އުފަލާއެކު ފާހަގަކުރަމެވެ. ކޮންމެ އަކަސް ގިނަބައެއްގެ ލޯތްބާއި ހަމދަރުދީއާއި އެކު މަންމަ މީހަކަށް ހަދައިދީފިއެވެ. މަންމަމަގެ ހަށިގަނޑުގައި ބާރުޖެހި  ފައިމައްޗަށް ކޮޅަށް ހުރެވޭވަރުވެއްޖެއެވެ. މަންމަ ހަމަ އެންމެ ބޮޑަށް އުފާވަނީ މަންމަދެކެ އެބައި މީހުން ވާ ލޯބީގެ އިހުސާސް ކުރެވޭތީއެވެ.”

މިއީ އަހަރުމެންގެ މައިންބަފައިން ކޮންމެ ދަރިޔަކަށް ވެސް ދޭނެ ނަސޭހަތަކެވެ . މިކަމަށް ވިސްނާނެ އެއްވެސް މީހަކު ނުވިސްނައެވެ . އުމުރުން ބޮޑު ވުމުން ނުވަތަ ޒުވާނަކަށް ވުމުން އެ މީހަކު ހިތުގައި އުފެދެނީ އަހަރެން މީ ޒުވާނެކެ . އަހަރެން އުޅޭނެ ގޮތަކަށް އުޅުމުގެ ފުރުސަތު އޮންނާނެއެވެ . މިއީ އަހަރުމެން ގެ ތެރެއިން ކޮންމެ ޒުވާނަކު ވެސް ހުންނާނެ ކަމެކެވެ . މިއީ ވަރަށް ވެސް ހިތާމަ ވެރި ކަމެކެވެ . މިއީ އަހަރުމެން ގެމުޖުތަމުން ވަރަށް ވެސް ހިތާމެވެރިކޮށް ފެންނަ މަންޒަރެކެވެ .

އަހަރުމެން ގެ މައިންބަފައިން ދަރިން ބަލާ ބޮޑު ކުރަނީ ވަރަށް ވެސް ހުވަފެން ތަކެއް ގެ މަތިންނެވެ . ނަމަވެސް އެ ހުވަފެން ތަކަށް އެއްކޮށް ކަހަލަ ގޮތަކަށް ފެނަށް ދުއްވާލަނީ އަހަރުމެން ގެ އަމިއްލަ އަތުންނެވެ . އަހަރުމެންގެ މައިންބަފައިން މުސްކުޅި ވާ ދުވަހު އަހަރުމެން އެ މީހުން ގެއިން އެއްލާލައެވެ. ނުވިތާކަށް ދިމާލަށް އެއްޗިހި ވެސް ކިޔައެވެ . އަދި އެއްވެސް އެއްޗެއް ނުވިސްނޭ ކިޔައެވެ . އަދި އެމީހުން ހުންނަނީ މުސްކުޅިން ގެ ވިސްނުން ކަމަށް ބުނެއެވެ . ދިރިއުޅުމަކީ އިމްތިހާނެކެވެ . އެ އިމްތިހާނުން ފާސް ވާން ޖެހެއެވެ .

މި މުޖުތަމައު ގެ ތެރޭގައި ވަރަށް ނުރަގަޅު ސިފަ ތަކެއް ހުރެއެވެ . އެ ސިފަ ތަކަކީ އަހަރުމެން ބަލާ ބޮޑުކޮށް 9 މަހާއި 9 ދުވަސް ވަންދެން އުފުލި މަންމަ އާދިމާލަށް އެއްޗިހި ގޮވައެވެ . މި އީ ވެސް ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ . ނަމަވެސް އަދު ގެ ޖީލުން ފެނިގެން ދަނީ މިކަހަލަ ކަންތައްތަކެވެ .

އެ މީހުން މުސްކުޅި ވާ ދުވަހު އަހަރުމެން ގެ އެހީތެރިކަން ވަނީ ބޭނުން ޖެހިފައެވެ . އަހަރުމެން ގެ ޒިއްމާ ވަނީ ޖެހިފައެވެ . އަހަރުމެންނަށް މިވަނީ އަހަރުމެން ގެ މައިންބަފައިން ކަމަކު ބުނެފިނަމަ …. އަހަރެން ވަރަށް ބިޒީ އޭ ބުނެއެވެ .. އެކަމަކު އަހަރުމެން ކުޑައިރު ވީ ދުވަހު މަންމާ ބަޑުހައި ، މަންމާ ނާނާ ކިޔާދޭން އެހެން ބުނުމުން މަންމަ އެ ދުވަހަކު ނުބުނާނެ އެއްވެސް އެއްޗެކޭ ވެސް ހަމަ ޝައުޤުވެރިކަމާ އެކު އަހަރުމެން ގެ ކަންކަމުގައި ވެއެވެ . ނަމަވެސް އަހަރުމެން ފައިމައްޗައް ތެދުވާ ދުވަހު އަހަރުމެންނަށް އެ މީޙުން ބުނާ އެއްވެސް ކަމެއް ނުކުރެވޭ ތަނެއް ނުފެނެއެވެ . އަބަދުވެސް އަހަރުމެން އަމިއްލަ މަސައްކަތުގައި ހޭދަ ކުރަމުން ދެއެވެ .

މާތް ﷲ އަހަރުމެންނަށް ރަގަޅު ގޮތް މެދުވެރި ކުރަށް ވާށި .. އަދި އަހަރުމެން ގެ މައިންބަފައިން ނަށް ހެޔޮކޮށް ހިތާ ބައެއް ކަމުގައި ލައްވާށި އާމީން

Comments (9)

  1. އިސްމާޢިލް

    V. FURIHAMA.

  2. venom

    thanks

  3. QUEEN❤

    V reethi adhi mihaaruge zuvaanunaai gulhey vaahaka eh.?

  4. yaa

    nice☺

  5. ލައުރީން

    ވަރަށް ރީތި

  6. venom

    welcome

  7. Shahu

    True story!☹️

  8. Zaham

    Obiness to the max

  9. me

    true story!

Comments are closed.