Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ނިޢުމަތް

ismail ali kaleyfaanu Level 310 Stories100 Login100 Comments
January 1, 2019 2 Mins Read
4 Comments

 

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އެކަލާނގެ އަހަރެންނަށް ގިނަގުނަ ނިއުމަތް މިންވަރު ކުރެއްވިއެވެ.އަހަރެންނަކީ މައިންބަފައިން ބޭނުންވެގެން އުޅެނިކޮށް ލިބުނު ކުއްޖެކެވެ.އެދެމީހުންގެ އަޅާލުން ވަރަށް ބޮޑަށް ލިބުނެވެ.އަހަރެންނަށް ރީތިކަން ލިބުނެވެ.މީހުން އަހަރެންގެ ރީތިކަމުގެ ވާހަކަ ދައްކާ އުޅެއެވެ.ޚާއްޞަކޮށް އަހަރެންގެ ދެބުމައާއިތުންފަތުގެ ރީތިކަމުގެ ވާހަކަ ދައްކާ އުޅެއެވެ. ދެތުންފަތް މޭކަޕް ނުކުރިއަސް ފުދެއެވެ.ބޮލުގެ އިސްތަށިގަޑުފަންވެފައިދިގެވެ.ކަޅުވެފައި ދިހުންގަދައެވެ.ހަންގަޑުއޮމާންވެފައި ދޮނެވެ.ހަށިގަޑުގެ ވަނާތައް ހެޔޮވަރުވެފައި ފުރިހަމައެވެ.ސިއްޙަތު ސަލާމަތުން ލެހެއްޓެވިއެވެ.

އަހަރެންގެ މައިންބަފައިންނަކީ ތަނވަސް ބައެކެވެ.އަހަރެންނަށް ކިޔަވައިދިނެވެ. އުއްޑުން އޮތްނާށި ބަންޑުން ޖަހާލަންވެސް އަހަންނަކަށް ނުޖެހެއެވެ.އަހަރެންކިޔވާނިމިގެން ރަށު ޞިއްޙީމަރުކަޒުގައި ވަޒީފާ އަދާކުރަންފެށީމެވެ.ޙަޔާތުގެ ބައިވެރިއަކަށް ލިބުނީ ރީތިކަމުގެ ދެވަނައެއް ނުވާފަދަ ރީތި ރަގަޅު އިޚްލާޞްތެރި އަޅާލާ ރަގަޅުފިރިއެކެވެ.ތަނަވަސް މޭމައްޗެއް އަހަރެން ބޯއަޅާލަން ލިބުނެވެ.އަހަރެން ނުބުނާ ގޮތެއް ނުހަދާނެއެވެ. އަހަރެންގެ މާދައިތައަކީއަހަރެންދެކެ ވަރަށް ލޯބިވާ މީހެކެވެ.އެކަމަކު އަހަރެން އެގެއަށް ވަދެވެސް ނުލަމެވެ.މާދައިތަ ޖީބަށް ލައިގެން ދޮންއަނބުއެއްޗެހި ގެނެސްދޭނެއެވެ. ފިރިމިހާ އެވަރަށް އާދޭސް ކުރީމަވެސް އަހަރެން ބުރުގާ ނޭޅީ އަހަރެންގެ ދިގުއިސްތަށިގަޑު މީހުންނަށް ނުފެނިދާނެތީއެވެ.

ﷲ އަހަރެންނަށް ހަނދެއްފަދަ ރީތި އަންހެންދަރިއަކު ދެއްވިއެވެ.އެލޯބިލޯބި ފުއްގަޑުދެކެ އަހަންނަކަށް ލޯތްބެއް ނުވެވުނެވެ.ބަލިވެ އިންތަނުންހެން އަހަރެން ފަލަވާންފަށައިފިއެވެ.ރަށްޓހީންވެސް މިކަމާ މަލާމާތް ކުރަން ފަށައިފިއެވެ.އަދިވިހޭމަ އެއްކޮށް ތިޔަ ރީތިކަންގައްލިދާނެއޭ ބުނެ އަހަރެން ބިރުދައްކަން ފަށައިފިއެވެ.މިކަމުގެ ރުޅިގަޑުބޭލީ އެތުއްތު ތުއްތު މަޢުޞޫމު ދަރިފުޅަށެވެ.

އަހަރެންގެ އަންހެންކޮއްކޮއަކު ހުރެއެވެ. އެއީ މަންމަމެން ފިރިހެން ކުޖަކަށް އުއްމީދުކޮށްގެން ތިއްބާ ލިބުނު ކުއްޖެކެވެ.އެހާދޮނެއްވެސް ނޫނެވެ.ރީތިސިފައެއްވެސް ނެތެވެ.އަބަދުހެން އުޅެނީ ބަލިވެއެވެ.އެކަމަކުވެސް ފަސްވަޤުތުނަމާދު ކުރާނެއެވެ.ޤުރްއާން ކިޔަވާނެއެވެ.

އަހަރެންގެ ދަރިފުޅު ބެލުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހުނީ އަހަރެންގެ އަންހެންކޮއްކޮއަށާއި،މަންމައަށެވެ.އަންހެންކޮއްކޮ ދަރިފުޅަށް މަންމައެއްގެލޯބި ދޭންފެށިއެވެ.މިކަމާއި ގުޅިގެން އޭނާގެބަލިޙާލު ރަގަޅުވެ އުޖާލާ ވަމުންދިއައެވެ.

އަހަރެންގެ ވިސްނުން ބަދަލުކޮށްލި ޙާދިސާ ކުރިމަތިވީ އާއަހަރުފެށުމުގެ ގޮތުން އަހަރެމެންގެ ގޭގައި ކުޑަޙަފްލާއެއް ބާއްވަން ތައްޔާރު ވަމުންދަނިކޮށެވެ.އެކުވެރިކުއްޖަކުހުރީ ކުކުޅުފައި ތެލުލާން އުނދުންކައިރީގައެވެ.އަހަރެން އުޅުނީ އުނދުން ބަހައްޓާފައި ހުރި ކުޑަމޭޒުދަށުގައިހުރި ޑަބިޔާ އަކުން ޕާޕަރު ނަގާށެވެ.އެވަގުތު ތެޔޮތާސް އަރިއަޅާލައިގެންގޮސް ތެޔޮތައް އެޅުނީ އަހަރެންގެ މޫނަށެވެ.މޫނުން ބޮޑުބައެއްފިހި އަހަރެންގެ ސިފަވަކިކުރަންނޭގޭ ވަރުވިއެވެ.ބޮލުން ބައެއްވެސް ފިހުނެވެ.

ފާރުތައް ފަސޭހަވީ ވަރަށްގިނަދުވަހު ބޭސްކޮށްގެންނެވެ.ފާރުތައް ފަސޭހަ ވިއެއްކަމަކު ވަރަށް ބޮޑެތި ލަކުނުތައް އެބަހުއްޓެވެ.މިޙާދިސާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުއްޓެވެ.އެކަމަކު އަހަރެން އެއްވެސްމީހެއްގެ ބޮލުގައި ބަދުނާމުތަކެއް އަޅުވާކަށްނެތީމެވެ.

އަހަރެންބަލިވެ އެނދުގައި އޮންނަންޖެހުން އެއީ ބައއްޕައަށް ކެތްކުރެވޭ ވަރުގެ ކަމަކަށްނުވިއެވެ.ބައްޕަ ދުނިޔެ ދޫކުރެއްވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.މަންމަ ވަރަށް ހިތްވަރުގަދައެވެ. އަހަރެންގެގައިގާ ބޭސްއުނގުޅައިދީ ހުރިހާކަމެއް ކޮށްދިނީ މަންމައެވެ.ފިރިމިހާ އަހަރެންދޫކޮށްފާ ނުދާން ވަރަށް މަސއްކަތް ކުރިއެވެ.އެހެންނަމަވެސް އަހަރެން އެދޭން ފެށުމުން އަހަރެން ވަރިކުރީއެވެ.އޭރު ދަރިފުޅުގެ އުމުރުން ތިންއަހަރެވެ.

އަހަރެން މިހާރުމިވަނީ ބަދަލުވެފައެވެ. ހަށިގަޑުގެ ބޭރުފުށުގެ ރީތިކަމަކީ ޙަޤީޤަތުގައި އެއްވެސް އަގެއްހުރިއެއްޗެއްނޫނެވެ. ހަށިގަޑުގެ އެތެރެފުށް ސާފުކޮށް ބޭއްވުމަށް ވަރަށް މަސއްކަތް ކުރަންޖެހެއެވެ.ގިނަގިނއިން ތައުބާ ވާންޖެހެއެވެ.ﷲއަށް ބިރުވެތިވާން ޖެހެއެވެ.ބޮޑާކަމައި ކިބުރުވެރިކަމުން ދުރުވެ ޙަސަދައިގެ ނުރައްކާތެރިވަބާއިން ދުރުވާން ޖެހެއެވެ. އަލްހަމްދުލިﷲ އެވެ.އެކަލާނގެ އިންސާނުންނަށް ދެއްވާ ނިޢުމަތްތައް ގިނަގުނައެވެ.އެ ނިޢުމަތްތަކުގެ އަގުވަޒަން މިކުރެވެނީ ނިއުމަތްތައް ބީވެ ދިއުމުންނެވެ.

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 13

Next

ވަގުތު 4

Next
January 1, 2019

ވަގުތު 4

Previews
December 30, 2018

ވިންދޭ ލޯބި ތީ އެދޭ 13

4 Comments!

  1. mm says:
    January 1, 2019 at 11:39 am

    mihaaaru ragalhu ……..

    1. އިސްމާޢިލް says:
      January 1, 2019 at 2:31 pm

      thanx

  2. Leena says:
    January 2, 2019 at 8:37 pm

    V reethi ibrahtheri vaahakeh.. keep it up

    1. އިސްމާޢިލް says:
      January 3, 2019 at 9:32 am

      THANX

Comments are closed.



All Right Reserved!