Skip to content
އެސްފިޔަ

އަހަރެން މި ދަނީ މަންމަގެ އުނގުތެރެއަށެވެ.

ދުނިޔެއަށް ނޭވާލެވުނު އިރު މިއީީ ކޮންކަހަލަ ތަނެއްކަން އަހަންނަށް އިނގުނު ނަމަ ކިހާ ރަނގަޅު ވީސްހެއްޔެވެ؟ ވޭނުން ފުރިގެންވާ މި ހިތްދަތިކަން ތަހައްމަލު ކުރަން ނުޖެހުނުނަމަ ހާދަހާ އުފާރިވީީީީީހެވެ. ނަމަވެސް, މިއަދު އަހަރެންގެ ހަޔާތުގެ ހުންގާނުގައި ހިފައި އައު މަންޒިލަކަށް ދަތުރު ބަދަލުކުރުމުގެ ހިއްވަރެއް މި އަތަކު ނެތެވެ. ދިގު ރާސްތާއެއް ކަޑައްތު ކުރުމަށް ބޭނުންވާނެހާ ބާރެއް އަހަރެންގެ ކުޑަކުޑަ ހަށިގަނޑަކު ނެތެވެ.

މިއަދު، މި ހާލުގައި، މިފަދަ ގޮތަކަށް ނިމިގެންދިޔުމަށް އަހަރެން މަޖުބޫރުވެެއްޖެއެވެ. އެހީއަކަށް އެދި ގޮވާލި އެކަކުވެސް އެހީތެރިނުވީމައެވެ. ލޮލުން ފޭބި ކަރުނަތައް އެ މީހުންނަށް ނުފެނުނީމައެވެ. އަހަރެންގެ ހަށިގަނޑުގައިވާ ޒަހަމްތައް ބެލުމަށް އެ މީހުން ނުކުޅެދޭތީއެވެ.

މަންމާއެވެ. މަންމަގެެ ލޯބިވެތި ފިރުމުންތައް އަހަރެން އެންމެ ބޭނުންވި ދުވަހު އެކަނިކޮށްފައި ދިޔައީ ކީއްވެހެއްޔެވެ؟އުފަލާއިއެކު އަހަރެންނާއިއެކު އުޅެވެން އޮތް ދިރިއުޅުން ދޫކޮށް އަބަދުގެ އަބަދަށް ލޯމަރާލީ ކީއްވެހެއްޔެވެ؟ އަހަންނަށް ލިބިދާނެ ގެއްލުމަކާއި ދޭތެރޭ ވިސްނަންވީ ދުވަހު ފަސްގަނޑު ދަށަށް ލެވި ފޮރުވުނީ ހުރިހާ މުސީބާތަކާއި ކުރިމަތިލާން އަހަރެން އެކަނި ކޮށްފައިނޫންހެއްޔެވެ؟މަންމަ ދިއުމުން ބައްޕަ އަށްވެސް އެ ހިތާމައަށް ކެތް ނުކުރެވުނީއެވެ.  މަންމާއެވެ. އަހަރެން ގާތުގައިި މަންމަ ނެތަސް މި ހުއްޓެމުންދާ ހިތުގެ އާދޭހާއި ޝަކުވާ އަހާނެކަން އަހަންނަށް އެނގެއެވެ. އެ ޔަގީންކަމާއިއެކު އަހަރެންގެ ހިތުގެ ވިންދުން މިއަދާ ހަމައަށް އަހަރެންްގެެ ކުޑަ ކުޑަ ކޮނޑުގައި އުފުލަމުން ދިޔަ ބުރަ އަޑުއިއްވަމެވެ.

މަންމައާއި ބައްޕަ އަހަންނާއި އަލްވަދާޢު ކީ ދުވަހު ބޮޑުބެ އަހަރެންގެ ޒިންމާނަގަން އެއްބަސްވީ އެހެންމީހަކު އަހަންނާ ހަވާލު ނުވުމުން މަޖުބޫރުވެގެންނެވެ. އަހަރެންގެ އުމުރުން ތިން އަހަރުވަންދެން ގަވާއިދުން ކާން ނުދިނެއްކަމަކު މަރުނުވާވަރުން ކާންދެމުން ބެލެހެއްޓިއެވެ. ބަނޑުހައިވެގެން ބަނޑުގަރިއްސާތީވެ އަހަރެން ރުއި ރުޔުން ހުއްޓުވުމަށް ދެނީ ބާރު އެތިފަހަރެކެވެ. ކިޔަވަން ސްކޫލަށް ނުފޮނުވިތާ ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަން ޖެއްސީ 12 އަހަރުގެ ކުޑަ ދެއަތަށާއި ނިކަމެތި ހަށިގަނޑަށެވެ. ލާނެެ ހެދުމެއް ނުދޭތީވެ އަހަރެން ލާންޖެހެނީ އައުރަ ނިވާ ނުވާ ވަރުގެ ކުރު ހެދުމެކެވެ.

މީހުންގެ ލޯތަކަށް ފޮރުވިގެން ގޭތެރޭގައި ގުލާނުކުރަމުން ދިޔަ ދުވަހެއްގައި އަހަރެން ނުވެސް ދަންްނަ މީހަކު އައިސް އަހަންނާ ދިމާލަށް ބަލަން ފެށިީީ ބުޅާ މަަސްްގަަަަަނޑަަށްް ދަހިވެތިކަމާއި އެކު ބަލާާ ޒާތަށެވެ. އެހެން އަހަރެންނާ ދިމާލަށް ބަލަން ހުރެފައި ގޭތެރެއަށް ވަދެ ބޮޑުބޭބެ އަތަށް ބޮޮޑުު ނޫޓު ބަރިއެއް ދިނުމަށް ފަހުު އައި ގޮތަށް އައިސް އަހަރެން ދަމާ ކޫއްތާފައި ގެންދިޔައިރު އަހަރެން ރުއި ރުޔުމާއި ކުރި އާދޭސް އަޑު އެހި އިންސާނެއްނެތެވެ. ދިޔަ ގޮތަށް ގެންގޮސް ހަތަރު ފަރާތުން ބައްދާފައި ހުރި ކޮޓަރިއެއްގެ ތެރެއަށް ގަންނަވާލި ބާރުމިނުގައި އަހަރެން ގޮސްް ޖެހުނީ ދެބައި އުުުުުމުުރަށްް އަޅާފައި ހުރި އަންހެނެއްގެ ގައިގައެވެ. ވާނުވާ ނޭންގި ބިރުންގޮސް ތުރުތުރުލާ ހާލުގައި އަހަރެން ވަނިކޮށް ކޮޓަރި ތަޅުލުމަށްފަހު އަހަންނާ ދިމާލަށް އެ އަންހެން މީހާ ކުރި އަމުރުން ލޮލުން އޮހި އޮހި ހުރި ކަރުނަތަށްވެސް ހުއްޓުނު ކަހަލައެވެ. ލައިގެެންް ހުރި އެއްޗެހި ބޭލުމަށް އޭނާ ކުރި އަމުރުގައި ވާ ހަރުކަށިކަމަށްވުރެ އެ އަމުރަށް ތަބާ ނުވުމުން އަހަންނަށް ދެން ދެއްކި ހަރުކަށިކަން މާތް ރަސްކަލާންގެ އެހެން އެއްވެސް އަޅަަަަަކަަށްް ނުދައްކަވާށިއެވެ. އަހަރެންގެ ނުރުހުމުގައިި އަހަރެންގެ އައުރަ ނިވާކުރުމަށް ލައިފައިވާ ހެދުން ވީދާލީ ރަހުމުގެ ކަންފުޅެެއްްވެެސްް ނެތް އަންހެނާއެވެ. އެއަށްފަހުު ރީތި އައު ހެދުމެއް ލައްވައި އަހަރެން ނަލަހައްދާފައި އެ އަންހެނާ އެތަނުން ނިިކުުމެެގެެންް ގޮއްސިއެވެ. މަންމާއެވެ. އަހަރެންގެ ސިކުނޑި ސުމަކަށް ދާވަރު ވިއެެވެ. ވާން މި އުޅެނީ ކޮން ގޮތެއްކަން، އަންނަން މި އުޅެނީ ކިހާވަރެއްގެ ތޫފާނެއްކަން ނޭންގި ތުރުތުރުލާ ހާލު ރޯންވެސް ނޭންގިފައި އަހަރެން އިންދާ ކޮޓަަރިި ދޮރު ހުޅުވާފައި ވަނީ ދުވަހަކުވެސް ދެކެެފަައިި ނުވާ މޫނެެއްގެ ވެރިއެކެވެ. ޖާނުން ވަރުގަދަވެފައި ހަތަރެސްފައިގައި އަޅާފައި ހުރި ގަހަނާތައް ގިނަކަމުން އެ އެއްޗެހިން އަޑު ގޮވާލަ ގޮވާލާ ހުއްޓެވެ. އެ މީހާ އެއްފަރާތުން އަނެއްފަރާތަށް އެެއްލެމުން ކަހަލަ ގޮތަކަށް އައިސް އަހަރެންގެ އިސްތަށިގަނޑުގަައިި ހިފާ މޫނާއި މޫނު ޖެހޭވަރަށް ގާތް ކުރުމުން އެ ދުވި ނުބައި ވަހުން އަަަަަހަަންްނަަށްް އޯކަށް ދެމެން ފެށުނެވެެ. އެނދުމައްޗަށް ކޮށްޕާލާފައި އަހަރެންގެ ގައިިމަަށްްޗަަށްް ވެއްޓިގަތް ވަގުތު އަހަންނަށް އަޑުން އަޑުނަގާ ރޮއެ ގަނެވުނެވެ. އަމިއްލަ ދިފާއުގައި ކުރެވެން އޮތްހާވެސް ކަމަކަށްވީ އެ ނުބައި ނުލަފާ ހައިވާނު އަހަންނަށް ދެމުން ދިޔަ ކޮންމެ ޒަޙަަަމަކަށް އަޑުން އަޑުނަގައި ރުޔުމެވެ. އެ ވޭނާއި ޒަޙަމްތަށް އަހަންނަށް މިިހާާރުުވެެސްް ދެމުންގެންދާތަން މަންމައަށް އެބަަ ފެނެއެއް ނޫންހެއްޔެވެ؟ އެކަމަކު މިހާރު އަހަރެން މި ދަތުރު ފެށީީ މަންމަގެ ގާތަށް ދިއުމަށެވެ. ލިބެމުންދާ ވޭނާއި ތަދަށް ހިނިތުންވުމަކާއި އެކު އަލްވަދާއު ކިޔާފައެވެ.

މަންމާއެވެ. އަހަރެން މަންމަ ގާތަށް ދިއުމުން އަހަންނަށް މި ދުނިޔޭގައި ނުދެވުނު ލޯބި ދޭނަންހެއްޔެވެ؟ ތިޔަ އަތުގެ އޯގާތެރިކަން އަހަންނަށް ލިބޭނެ ހެއްޔެވެ؟ބައްޕާއެވެ. ތިޔަ އަތުގެ ހިމާޔަތްތެރިކަން އަހަންނަށް ލިބޭނެ ހެއްޔެވެ؟

ދޫކޮއްލީއެވެ. އަހަރެންގެ އެންމެެ ފަހު ނޭވާ މި ދޫކޮށްލީއެވެ.މަންމައާއި ބައްޕައާ ބައްދަލުވާކަމުގެ އުފަލާއި އެކީގައެވެ.

[ނިމުނީ]

Comments (22)

  1. Maee

    Nice

    1. Aminathsamra
      Maee

      Thank you maee <3

  2. އިސްމާޢިލް

    kiyaidhinun v furihama

    1. Aminathsamra
      އިސްމާޢިލް

      Thank you.. I tried my best. Will try harder <3

  3. Sara

    Wow

    1. Aminathsamra
      Sara

      Hehe.. Thank you sara <3

  4. Shuhh

    Kiyaidheefa vaa goiy v furihama?

    1. Chompy
      Shuhh

      Thank you shuhh <3

  5. kala123

    First attempt! Truly impressive! Congrats!You are
    the best judge of what you can write best.The world is full of misery. If you must deal in misery, then at least let there be a positive outcome.
    These are my thoughts. You need not be bound
    by them. Feel free to write as you wish.
    Best wishes for success and fulfillment!

    1. Aminathsamra
      kala123

      That means a lot kala123. Thank you <3

  6. 223mol

    nice keep it up……. hihvaraa eku masahkai koh fihyaa kaamiyaab vaane …….. i also love to write story

    1. Aminathsamra
      223mol

      Thank you 223mol. Waahaka liyaa hiyy wanyaamu bunelan othy gina ginain Waahaka kiyaashey and “dhiguwaahaka liyumah kuru mageh” read this book. Alah Waahaka liyan fatta kudhinnah warah rangalhu fotheh eii kiyaalan.. <3

  7. Shaya

    Masha Allah

    1. Chompy
      Shaya

      Thank you <3

  8. me

    nice

    1. Sham
      me

      Thank you <3

  9. raniya

    varah obi …keep it up my loabi kudy

    1. Sham
      raniya

      Ahah.. Raniya
      Thank you. Hieh nukuramey kiyaafaane kamakah e dhuwahu buni iraku. <3

  10. adhoo

    vv salhi…… keep it up

    1. Sham
      adhoo

      Thank yuh adhoo ❤

  11. Ninja

    Ma Sha Allah v furihama ❤️

    1. Sham
      Ninja

      Thanks a lot ?

Comments are closed.