Skip to content
އެސްފިޔަ

ވާޖިބުތައްވީ ބެހުނު އޮޑީގައެވެ.

އާޅެން

ވާޖިބުތައްވީ ބެހުނު އޮޑީގައެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ރީތި ހީލުން ފުންކަނޑު ފަދައެވެ.

ފަރިބަލާލުން މަސްތީ ޢާލަމް ފަދައެވެ.

ދަތްތަކުގެ ވިދުން ހުދު ބިއްލޫރި ފަދައެވެ.

ރީތި ކޮންމެ އެއްޗެއް އެހާ އަސަރު ގަދަވާނެހެއްޔެވެ.

ހިތްއޮތީ އެންމެ އުސް ޢިމާރާތުގެ މަތީގައެވެ.

ފިރިމީހާގެ ވާޖިބުތައްވީ ބެހުނު އޮޑީގައެވެ.

ރޭގަޑަށް ފެންނެތް ތާކުތެޅޭ މަހެއްފަދައެވެ.

ތައްޔާރީ ކާނާއަށް ބުރަވެވެނީ ވަގުތު ގެއްލޭތިއްޔޯއެވެ.

ޒީނަތްތެރި ވުމަށް ދަމެއްހާއިރުވެސް މަދެވެ.

އަގަށް ދޮވެ އިސްތިރިކުރުވަނީ ފަޤީރުންނަށް ހެޔޮ އެދިގެންނޯލައެވެ.

ދެބައިކުޅަ އެއްބައި ބޭނުންކޮށްފައިހުރި ތަކެތީގެ ފުނިވަރު އުކާލައެވެ.

ވަޒީފާގެ ހުރަހަކަށް ވެދާނެތީ ވިހަންބިރުގަނެއެވެ.

ދުނިޔެވީ ޤަނޫނުގެ މަތީން ކަންތައްވެ ނިމިއްޖެއެވެ.

ދިހުންގަދަ އަސްތަށިގަޑު އެކަށް ހުދުވެއްޖެއެވެ.

ކުނިވަށިގަނޑުގައި އޮތް ކަރުދާސް ގަޑަކަށްވުރެ މޫނުގެ ހާލު ބޮޑެވެ.

ބޮޑުނިޢުމަތުން މަޙްރޫމު ވެއްޖެ ކަމުގެ ޢަލާމާތް ފާޅުވެއްޖެއެވެ.

ބަސްނުވިކުނީތީ ފިރިމީހާ އޮޑި ދޫކޮށްލައިފިއެވެ.

Comments (5)

  1. H

    Dhookohllan maa lasvejje eve.. Hehe.. v iburaiytheri lhemeh mee..

    1. ismail ali kaleyfaanu
      H

      shukran

  2. Yooha

    Molhu hithuge udhaas n hageegai huss ?

    1. ismail ali kaleyfaanu
      Yooha

      shukran

  3. HAWWA

    VARA FURIHAMA.. ADI HAMA HUS HAGEEGEE VAHAKA

Comments are closed.