އާޅެން
ބިސް ބޮނޑިބަތް
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
އެތާ ހުރި ގަހެއްވެސް މާރަގަޅުވާނެއެވެ.
ވާހަކަ އިވުނުމީހާ އޭނާގާތު އެވާހަކަ ބުނެފިއެވެ.
އެކުވެރިކަމުގެ ގަސް އެހިނދު މަރުވި ފަދައެވެ.
މޫނު ހަމަކޮށް އެދެމީހުން ވާހަކައެއް ނުދައްކައެވެ.
ޒަމާންވީ އެކުވެރިކަމުގެ ފާރުގައި ރެނދުލީއެވެ.
ދެފަރާތުން ހޫނުގަދަ ބަޙުޘެއް ކުރެވުނެވެ.
ރުޅިވެރިކަމުގެ އޮށްތަކެއް އިންދުނެވެ.
އެއިން ކުރިތަކެއް ފަޅާ މުޅިތަނަށް ވެޔޮތައް ފެތުރުނެވެ.
ދެބައޮޑުވުމީ ސުވަރުގެއަށް ދިއުމަށް ހުރަސް އަޅާ ކަމެކެވެ.
މީސްތަކުންގެ މެދުގައި ފަސާދައިގެ ބައްތި ދިއްލޭ ކަމެކެވެ.
އެކުވެރިކަމުގެ ގުޅުން މުލުންލުހެ އެއްލައިލާ ކަމެކެވެ.
ބޮޑެތި ފާފަތަކަށް އަރާގަންނަންވީ ކީއްވެހެއްޔެވެ؟
އަލިފާންގަޑު ނިއްވާ ނުލައި އިތުރަށް ދަރުއަޅަނީ ކީއްވެހެއްޔެވެ؟
ދޭތެރެ ޖެއްސުމުން ބިސްބޮޑިބަތް ކޮޅެއް ލިބިދާނެއެވެ.
ނަރަކައިގެ ވޭން މާގަދަ ވާނެކަން ކަށަވަރެވެ.
2 Comments!
Comments are closed.




Vvv furihama
shukran