ފޯނު ކަނޑާލާފައި އަޖްވަދު ހިނގައިގަތީ ދާދި ދެންމެއަކު ތަޅު ނައްޓާލި ޒިޔަލްއާ ދިމާލަށެވެ. އެ ދެ ފިރިހެނުން އެކުއެކީހެން އަލިޝްކާގެ ކޮޓަރިއަށް ވަނެވެ. ހުރިހާ ބޮއްކެއް ނިވާލާފައި ވީނަމަވެސް ޓޯޗެއްގެ އެހީގައި ތަންދޮރު ހޯދައިގެން ގޮސް އަލިޝްކާ އެނދާ ހަމައަށް އެމީހުން ވާސިލްވިއެވެ. މާޒީގައި ހިނގައި ދިޔަ ކަންތަކުން އިބްރަތް ހާސިލް ކުރި އަޖްވަދު ޒިޔަލްގެ އަތުން ދެ ފޮތިކޮޅު އަތުލިއެވެ. ޙިޔާލެއް ފިކުރެއް ނެތި ނިދާފައި އޮތް އަލިޝްކާގެ އަނގަމަތީގައްޔާއި ލޯމަތީގައި އޭތި އައްސާލީ ރަހުމެއް ނެތިއެވެ. އަނެއް ފަރާތުގައި ހުރި ޒިޔަލް ޖީބުން ނެގި އިންޖެކްޝަން އަލިޝްކާގެ ކޮނޑު ހުޅަށް ހަރާލީ އޭނާ ދެން އަވަހަށް ނުހޭލާނެކަން ޔަގީން ކުރުމަށެވެ. އެ ދެމީހުންގެ ހަރަކާތްތަށް ހުރީ އެއްވެސް މީހަކު ނުހޭލާނެ ފަދަ ގޮތަކަށެވެ. ހިމޭންވިނަމަވެސް އަވަހެވެ. ތަނަކަށް ދާން ލަސްވެގެން އުޅޭހެން ބަލާލާ މީހަކަށް ހީވާނެއެވެ.
ނިންމަންޖެހޭ ތައްޔާރީތަށް ނިމުމުން ޒިޔަލް އޭނާގެ އަތްދަނޑި މައްޗަށް އަލިޝްކާ އުފުލާލިއެވެ. ކުރީގައި ހުރި އަޖްވަދު ކޮޓަރިން ނިކުންނަން މަގު ދައްކައިދިނީ ޓޯޗެއްގެ އެހީގައެވެ. ގޭގެ މައިދޮރު ހުުޅުވާއަޅާފައި ޒިޔަލްއާއި އަޖްވަދު އަލިޝްކާޔާއެކު ނިކުތީ ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރޭކާނުލައެވެ. އެމީހުންގެ ހިތުން ވަރަށް މޮޅުކަމެކެވެ. ނަމަވެސް އެ ކުޅެވުނީ ހަމައެކަނި އަލިޝްކާގެ ހަޔާތަކާ ނޫނެވެ. އަވްޔަންގެ ހަޔާތާވެސްމެއެވެ. އުފަން ދަރިފުޅުގެ އުފާތަށް ނިގުޅައިގަނެވުނު އިރު އެއްވެސް ކުލުނެއް އަޖްވަދުގެ ހިތުގައި ހަމަ ނެތީބާވައެވެ.
ގޭގެ ގޯޅިގަނޑުން ނިކުތުމާއެކު އެ ދެމީހުންގެ އިންތިޒާރުގައި އޮތް ކާރުގެ ދޮރު ހުޅުވުނެވެ. އަލިޝްކާޔާއެކު ޒިޔަލްއެރީ ފަހަތު ސީޓަށެވެ. “އޭ މައެ އަންހެނުންނަށް ފަޅާ އަރާފާނެ..ފަތިސް ނަމާދު ކުރަންށޭ ކިޔާފަ އިރާކޮޅު މަ އަންނާނަން އިނގޭ…ފްލައިޓް ހަމަޖައްސާ އަށެއް ޖަހާއިރަށް މާދަން ހުކުރު ވީމަ އެގަޑީ މީހުން މަދުވާނެ…” ފަހަތު ސީޓަށް ބޯ ދިއްކޮށްލަމުން އަޖްވަދު ޒިޔަލްގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެއަށްފަހު ބާރަށް ދޮރުޖަހާފައި ހަރު ހިނގުމެއްގައި ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ދަންވަރު ތިނެއް ޖަހާފައިވާއިރު މުޅި މަގުގައްޔާއި މާލޭގައި ރަނިކަންކުރަނީ ކަށްވަޅުގެ ހިމޭންކަމެވެ. ބާރު ސްޕީޑުގައި ޕްރައިވެޓް ކާރު ހުރި ސީދަލަށް ދުއްވާލިއިރު ހުރިހާ ދަތުރުވެރިންވެސް ތިބީ ނިކަން ހަމަޖެހިފައެވެ.
“މިދެން ކިހާ ބޮޑު ކަމެއް..ކަރު ހިއްކާވަރުން ނިދޭކަމަކަށްވެސް ނުވެޔޭ..” ނިދާފައި އޮތް އަވްޔަން ފުންމައިގެން ތެދުވިއެވެ. މޭގައި އަތްއުނގުޅާލިއެވެ. ދެކޮޅަށް ހެލެމުން އާފުރެމުން ކޮޓަރިން ނިކުތީ ފެންބޯންށެވެ. ނަމަވެސް އަލިޝްކާ ކޮޓަރި ދޮރުމަތިން ހުރަސްކުރުމުގެ ތެރޭގައި އޭނާޔަށް ހުއްޓެން މަޖްބޫރުވިއެވެ. އެ ކޮޓަރި ނިވާލާފައި ހުރިކަމުގައިވިޔަސް ދޮރު ހުރީ ހުޅުވާފައެވެ. “ދޮރު ތަޅުނުލާ ނުނިދާށޭ ބުނީމަވެސް..” ކޮޓަރި ތެރެއަށް އަވްޔަން ބޯ ދިއްކޮށްލިއެވެ. ލައިޓް ދިއްލާލީ އެއްވެސް މީހެއްގެ ހިލަން ނުވާހެން ހީވުމުންނެވެ. އޭނާއަށް ހީވީ ހަމަ ރަނގަަޅަށެވެ. ކޮޓަރީއާއި ފާހާނައިގެ ހުރިހާތަނެއް ދެތިން ހަތަރު ފަހަރު ހާވާ ބެލިއިރުވެސް އަލިޝްކާއެއް ނުފެނުނެވެ. އޭނާގެ ނިޝާނެއްގެ ގޮތުގައި ބާއްވާފާއި އޮތް ފޯނު އަވްޔަން ހުޅުވާލިއެވެ. ފޯނު ބައްވާފައި މިއޮއްފަދަ ދަންވަރު އެ އަންހެން ކުއްޖާ އެދިޔައީ ކޮންތާކަށް ހެއްޔެވެ.
ކޮންމެއަކަސް ކަމެއް ގޯސްވެއްޖެ ކަމުގެ އިންޒާރު އަވްޔަންގެ ހިތް ދިނެވެ. އެ ހިތުގެ ތަޅުން ސިކުންތަކަށް ވުރެ ސިކުންތެއް ބާރުވަމުން ދިޔައީ އިންތިހާއަށެވެ. އަމިއްލަ ކޮޓަރިއަށް ގޮސް އަވްޔަން އޭނާގެ ހޫޑީ ބޮލަށް މަހާލިއެވެ. ސޯޓާއެކީ ދުވަހަކުވެސް ގެއިން ބޭރަށް ނިކުމެ ނެހެދިނަމަވެސް ނޭނގޭ ބާރަކުން އެ ލޮލުގައިވާ ނިދިވެސް ފިލުވާލިއެވެ. އަލިޝްކާ ހޯދުން ނޫން އެހެން ހުރިހާ ކަމެއް އަވްޔަންގެ ހަނދާނުން ކައްސާލިފަދައެވެ. ދުންފެއްސެއް ބާރު މިނުގައި ތިންވަނަ ފްލޯރ އެއްކޮށް ހޭވިއެވެ.
ދެވަނަ ފްލޯ ގޮސް އަޝްފާއާއި އަމީން ކުރެންވެސް އެއްްސެވެ. އެއްވަނަ ފްލޯރގައި އުޅުނު އަމްނާގެ ފަރާތުންވެސް ލިބުނީ ހަމަ އެއްޖަވާބެކެވެ. އަލިޝްކާގެ ޙަބަރެއް ޕާރޓީގެ ފަހަކުން ނުވެއެވެ. މަންމަގެ ކޮޓަރިން ލިބުނު ޖަވާބު ތަފާތެވެ. މަންމަ ދޮރެއް ނުހުޅުވިއެވެ. އަވްޔަންއަށް އޭނާގެ ނިދިގަދަކަން ވާރަތަވީ މަންމަ ފަރާތުން ކަން ޔަގީނެވެ. “ގޯޑް..އަލިޝްކާ..” ސިޓިން ރޫމްގައި ހުރެފައި އަވްޔަން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ސޯފާއަށް ވެއްޓިގަތީ ދެން ހަދާނެއް ގޮތެއް ޙިޔާލަށް ނައުމުންނެވެ. އެހެން އެންމެންގެ ނިދި ނަގާލައިގެން ނަމަވެސް އަލިޝްކާ ހޯދުމުގެ މަސަތްކަތްކުރަން އަޒްމު ކަނޑެއެޅިއިރު ސިކުންތުކޮޅެއް ތެރޭގައި އަވްޔަންގެ ހިތް އަމިއްލަ އެދުމުން ފުރުނީއެވެ. ސޯފާގައި އޮތުމަށްފަހު ތެދުވި އަވްޔަންގެ ލޮލުގައި އަޅައިގަތީ ހުޅުވާފައި ހުރި ގޭގެ މައިދޮރެވެ.
“އެހެންމަ އޭނަ އެދިޔައީ ބޭރަށް ދޯ..އަނެއްކާ އަޖްވަދުގެ ކަމެއްބާ..” އަމިއްލަ ނަފްސާ ވާހަކަ ދެއްކި އަވްޔަންގެ ސިކުނޑިއަށް ވަތް ޙިޔާލުގެ ސަބަބުން ސަމީމާގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އިތުރު އެއްވެސް ކަމަކާ ނުވިސްނާ އެ ކޮޓަރި ދޮރުގައި އަތުގައި ހުރި ބާރަކުން ތަޅައިގަތެވެ. ދެލޯ އުނގުޅަމުން ބުރުގާނާޅާ ދޮރު ހުޅުވާލި ސަމީމާގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ. “ކީއްވީ..” އެއްޗެއް ހޯދާ ފަދައިން ކޮޓަރި ތެރެއަށް އަވްޔަން ބޯ ދިއްކޮށްލުމުން އޭނާގެ މޭގައި ސަމީމާ ކޮއްޓާލިއެވެ. “މީ…. ބައްޕަ އެބައުޅޭތަ؟.” އަސަރެއް ނެތް ގޮތަކަށް އަވްޔަން އެއްސެވެ.
“އާން އެ އޮތީ ނިދާފަ..” ރަޖާ އަޑިން ފެންނަމުން ދިޔަ އަޖްވަދުގެ ބޮލަށް އިޝާރާތް ކޮށްލަމުން ސަމީމާ ބުންޏެވެ. އަވްޔަން ތުންފިއްތާލިއެވެ. “ކީއްކުރަން މިގަޑީގަ ބައްޕަ ހޯދަނީ..ނުނިދާ ރެއަކީތަ..” ސަމީމާ އޭނާގެ ހިތުގައި އުފެދުނު ސުވާލުތަށް ބަންޑުން ކޮށްލިއެވެ. އަވްޔަންގެ ފަރާތުން ލިބުނީ ނާއުންމީދީ ޖަވާބެކެވެ. ބޯ ހޫރާލަމުން ބޯ ކަހަމުން އެ ސޮރު ސިޑިން ފައިބައިގެން ދިޔައީއެވެ. ދެ ކޮނޑު އަރުވާލަމުން ސަމީމާވެސް ކޮޓަރި ދޮރު ލައްޕާލިއެވެ.
ސިޑިން ފައިބައިގެން ގޮސް ސިޓިން ރޫމުގައި އަނެއްކާވެސް އަވްޔަން އިށީނެވެ. ފޯނު ހުޅުވާލަމުން ނާއިލްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. “ކައެ ދުށިންތަ މައެ ބަރަބޯ..” އަވްޔަން އެއްސެވެ. “މަ ކީއްކުރަން ކަލޭގެ ބަރަބޯ މިކަހަލަ ގަޑިއެއްގަ ވަގަށް ނަގަނީ..” އާފުރިލަމުން ނާއިލް ބުންޏެވެ. އޭނާގެ އަޑުން ނިދީގެ އަސަރު ފިލައިގެން ނުދެއެވެ. “އޭނަ ވަތް ތަނެއް ނޭނގިގެން..މިގޭތެރެއިން ހިލެއް ނުވި..ފޯނުވެސް ބާއްވާފަ ވިއްޔަ އެ ނައްޓާލީ” އަވްޔަން ހިއްސާކޮށްލިއެވެ. “ސައްޕެ ކައިރި އެހިންތަ؟ ހިނގާ މާލޭގަ ދުއްވާލަން. މިކަހަލަ ގަޑިއެއްގަ މީހުން މަދުވީމަވެސް ފެނިދާނެއެއްނު ” އަވްޔަން ނުބުނި ކަމުގައިވިޔަސް އަވްޔަންގެ އެދުން ނާއިލް ދެނެގަތެވެ. ކިތަންމެ ނިދިއައިސްފައި ހުއްޓަސް ފުރާނަ ފަދަ އެކުވެރިޔާއަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ކަހަލައެވެ.
“ސައްޕެއަކަށް ނާދެވޭނެއެއްނު އޭނާ އަންހެނުން ނުފޮނުވާނެ…ކައެ އާދޭ ސައިކުގަ މަ ބަލާ..މަގޭ ސައިކް ޕެޓްރޯލް ހުސްވެފަ..” އަވްޔަންގެ ވާހަކަޔާއެކު ނާއިލް ފޯނު ކަނޑާލިއެވެ. ސޯފާގައި ގުދަށް އޮވެ އަވްޔަން އޭނާގެ މޫނު އުނގުޅަން ފެށިއެވެ. އަލިޝްކާ ވަކި ވަންނާނީވެސް ކޮންތާކަށްބާވައެވެ. އޭނާގެ ކޮލެޖް ރައްޓެއްސަކަށްވެސް ގުޅޭނީ އެ ފޯނުގެ ޕާސްވޯޑް އެނގިގެން ނޫންހެއްޔެވެ. “އަޖްވަދު ނޫން ވެއްޖެއްޔާ ޒިޔަލް..” ދެލޯ ބޮޑުކޮށްލަމުން އަވްޔަން ތެދުވިއެވެ. ޒިޔަލްގެ ނަންބަަރަށް ޑައިލްކޮށްލަމުން ކެތްތެރިކަމެއް ނެތި ދެކޮޅަށް ހިނގަން ފެށީ ޖަވާބެއް ނުލިބޭތީއެވެ. “ހަލޯ..” ޒިޔަލްގެ ބަރު އަޑު ސްޕީކަރުން ގުގުމާލިއެވެ. “ކަލޭ ދޯ އަލިޝްކާ ނަގައިން ތި އުޅެނީ..” އަވްޔަންގެ އަޑުވެސް މަޑެއް ނޫނެވެ. “މަށޭ..މަ ކީކުރަން އެކަހަލަ މޮޔަ އަންހެނަކު ގެންގުޅެނީ..ސިކުނޑި ހަމަނުޖެހޭ ވިއްޔަ..” ޒިޔަލްގެ ވާހަކަތަށް ހުރި ގޮތުން އަވްޔަން ރުޅިއަންނަ ގޮތްވިއެވެ. ހަމަޖެހިގެން ވާހަކަ ދެއްކިއްޔާ ނޫނީ ފައިދާއެއް ނުވާނޭ ހިތާ އަވްޔަން ދަތް ޖައްސާ ބާރުކޮށްލަމުން ފުންނޭވާއެއް ލިޔެެވެ.
“އެކަމެއް ވާ ނޭނގޭ ކަލޭ ތިހެން ބުނެލާ އެއްޗެއްސަށް އިތުބާރެއް ނުކުރެވޭ…” އަވްޔަން ބުނެލީ ދޮގެއް ނޫނެވެ. ޒިޔަލް އަތުން އެއްފަހަރު އޭނާ ބޮނޑި ބޮއެފިއެވެ. ދެވަނަ ފަހަރަކަށް އޭނާ ހުރީ ރަނގަޅަށް ތައްޔާރުވެގެންނެވެ. “ހުއް..މަށެއް ނޫޅެން ކަލެޔާ ބެހޭ ހިތަކުން..ކަލެޔާ ގުޅުން ހުރި އެކައްޗަކާވެސް ދެން މި ޒިޔަލް އެއް ނުބެހޭނެ..މަ މިއުޅެނީ ރާއްޖޭން ބޭރަށް ބަދަލުވާން ވައުދުވަން ދެން މަގޭ އުނދަގުލެއް ކަލެއަކަށްވެސް ކަލެޔާ ގުޅުން ހުރި މީހަކަށްވެސް ނުޖެހޭނެ..” ޒިޔަލްގެ ހާސަރު ވަރަށް މޮޅެވެ. އެކްޓު ކުރުމަށް ހަމަ އެއްވަން ދޭ ވަރުވެއެވެ. ކުރިއެރުމެއް ނުލިބުމެއް ނުލިބުމުން އިތުރު އެއްޗެއް ނުބުނެ އަވްޔަން ފޯނު ކަނޑާލިއެވެ. ޒިޔަލް ބުނި ވާހަކަތަށް އަވްޔަން އެއްކޮށް ގަބޫލެއް ނުކުރެއެވެ. ނަަަމަވެސް ފަންސާސް ޕަސެންޓް ގަބޫލުކުރެވުނީ މާޒީ ވެފައިވާ ސަފްހާތަކުތެރޭ އަވްޔަންއަށް ބޮނޑި ދިނުމުން ޒިޔަލް ދަލަށް ދާންޖެހުނު ގޮތަށް މިފަހަރު ދާން ބޭނުންނުވާނެޔޭ ހިތާއެވެ.
“އޭ ކަލޯ ހިނގާދާން..ހަތަރެއް ޖަހާއިރު ފަތިސް ނަމާދަށް ބައެއްް މީހުން ނިކުންނަން ފަށާނެ މިހާރުވެސް އެހެރަ ތިންގަޑި ފަނަރަ ވަނީ..” އަވްޔަން ފަސްއެނބުރި ބަލާލީ ދޮރު ކައިރިން ނާއިލްގެ އިވުނު ހެން ހީވެގެންނެވެ. “ހޫނނ..އެއްކަލަ ޒިޔަލްއަށްވެސް ގުޅައިފިން އެގޮލާ އަދި މާ މޮޅު ވާހަކައެެއް ދެއްކީ..” ނާއިލްއާ އެކު ސައިކަލަށް އަރަމުން އަވްޔަން ބުންޏެވެ. ޒިޔަލް ދެއްކި ހުރިހާ ވާހަކައެއް ނާއިލްއަށް ތަފްސީލުކޮށްދިނެވެ. “ދެން ކައެ ގަބޫލުކުރިންތަ..” ސައިކަލު ދުއްވަމުން ހުރިހާ އެއްޗެއް އަޑުއެހި ނާއިލް އެއްސެވެ. “ޕިސް..އެއްކޮށް ގަބޫލެއް ނުކުރެވޭ..އެކަމު ތެދެއްހެންވެސް ހީވޭ..ދެވަނަ ފަހަރަށް އަހަރުންނަށް ބޮނޑި ދީގެން ޖަަލަށް ދާކަށް ނޭދޭނެ ދޯ..” އަވްޔަން ދޯ އެއްލިއެވެ. ގަބޫލުކުރުމުގެ ގޮތުން ނާއިލްވެސް ބޯ ޖަހާލިއެވެ. އޭނާވެސް އެއްބަސްވަމޭ ބުނާފަދައިންނެވެ.
ގަސްތަކުތެރެޔާ ވަދެވެން ހުރިއްޔާ ހުރިހާ ތަނަަކަށް ވަދެ ނާއިލްއާއި އަވްޔަން ހޭވިއެވެ. އުދަރެސް މަތިން އިރުއެރުމުގެ ކުލަވަރު ދައްކަން ފެށިއެވެ. ނަމާދު ގަޑިން ފެށިގެން މަދުންނަމަވެސް މަގުތަކުގައި މީހުން އުޅުނެވެ. ގިނައީ ގިރާވަރު އުމުރުގެ ބޭބެމެންނެެވެ. ނަމަވެސް ހެނދުނު ހައެއް ޖެހިއިރު ދުވަންށާއި ތަފާތު ކުޅިވަރު ތަކުގައި އުޅޭ މީހުންގެ އިތުރަށް ހުކުރު ދުވަހަށް ދަތުރު ދާ މީހުން ގޭގެއިން ނިކުންނަން ފެށިއެވެ.
ތިންގަޑިއިރު ވީއިރު މާލޭގައި ވަދެވެން ހުރިއްޔާ ހުރި ހުރިހާތަނަކަށް އަވްޔަންމެން ދެމީހުން ވަދެފިޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެލޯ މެރިގެން ވެއްޓޭ ހިސާބަށް ގޮސްފައި ތިއްބިިއިރު ހިއްވަރު އެލުވާލަން މަޖްބޫރުވިއެވެ. އާޓީފިޝަލް ބީޗުން ނިކުތް އަވްޔަން ސައިކަލުގައި އިށީނދެ ހުނގާނު މަތީގައި ބޯ ޖައްސާލިއެވެ. އާފުރެން ފެށިއެވެ. ނަމަވެސް އެހިތުގައި އުފެދިފައިވާ ބިރުވެރިކަން ކުޑައެއް ނޫނެވެ. އޭނާޔަށް ކުރެވުނީ އަލިޝްކާ އޭނާއާ ވަކިވާވަރު ކޮންކަމެއް ހެއްޔެވެ. ގައިމު ރޭގަ ނިންދެވީވެސް ނިކަން ހިތް ރުއްސަދީފަ ވިއްޔާއެވެ. އިތުރު ގާތްތިމާގެ މީހަކާވެސް ގުޅުން ނޯންނަން އަލިޝްކާގެ މާގިނަ އެކުވެރިންނެއްވެސް ނުތިބޭނެއެވެ. އޭނާދެން ވަނީ ކޮންތާކަށް ހެއްޔެވެ. އަވްޔަންއަށް ހަމަ ޝައްކުކުރެވެނީއެވެ. ޒިޔަލް ނޫނީ އަޖްވަދުގެ ކަމެކެވެ.
ނަމަވެސް އަވްޔަން ބަލި ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ހައްގަކަށް އަލިޝްކާ ވިތާ ސައްވީސް ގަޑިއިރުނުވަނީސް ވީއްލިގެން ނުވާނެއެވެ. އެއަށްވުރެ ރަނގަޅަށް އަލިޝްކާ ރައްކާތެރިކުރުމަށް ފުރުސަތެއް ލިބޭނީވެސް މިފަހަރު އަލިޝްކާ ފެނިގެން ނޫންހެއްޔެވެ.
“ދެން..ކިހިނެތް ހަދަންވީ..؟މި މާލޭގަ އަހަރުމެން ނުހާވާތަނެއް ނުހުންނާނެ..ހުޅުމާލެޔާ ވިލިނގިޔަކަށް ދެން ނުދާނެ ދޯ..”ސައިކަލުގެ ފަހަތުގައި ލެނގިގަންނަމުން އަވްޔަންގެ ކޮނޑުގައި ނާއިލް ޖަހާލިއެވެ. “ނޭނގެ މަށަކަށްވެސް..ދެން ކިހިނެތްތަށް ހަދަންވީ؟.” ނާއިލް ކުރި ސުވާލު އަވްޔަން ތަކުރާރުކޮށްލި ކަހަލައެވެ. “ޕޮލިހަށް ރިޕޯޓު ކުރަމާ..އޭރަށް އަވަސްވެދާނެ..” ނާއިލް ދިން ޙިޔާލުން އަވްޔަން މޫނަށް ވައްތަރު ޖައްސާލިއެވެ. “ޕޮލިހުންވެސް ބަލާނީ ހަމަ އަހަރުން ބެލި ތަންތަން ދޯ..” އޭނާ ބުންޏެވެ. ނާއިލް ހިނގަނޑެއް ޖަހާލިއެވެ. “އެކަމަކުވެސް ފުލުހުންގެ ޓީމަކާ އަހަރުމެން ދެމީހުންނާ އަޅާ ނުކިޔޭނެދޯ..އެމީހުން ސައްވީސްގަޑިއިރު މަސަތްކަތް ކުރާނޭ އެކި ގޮތްގޮތަށް..” ނާއިލް ކިޔައިދިނެވެ. “ދެން އަހަރުމެންވެސް ސައްވީސްގަޑިއިރު އެކި ގޮތްގޮތަށް މަސަތްކަތް ކުރީމަ ވީއެއްނު..” އަވްޔަން އަނގަ ޗޭކޮށްލިއެވެ. “އަނގައޭ ކިޔާ..މަށަށް ތިކަން ވެދާނެ..އެކަމަކު ސައްވީސް ގަޑިއިރުން ސޯޅަ ގަޑިއިރު ކަލޭ އޮންނާނީ އެނދަށް ޗަސްވެގެން ނިދާފަ..އެ ހަމަ ގެރެންޓީ..” ނާއިލް އަވްޔަންއަށް މަލާމާތްކޮށްލިއެވެ. އޭނާ އެ ބުނީވެސް ދޮގެއް ނޫނެވެ. އަވްޔަންއަކީ ނިދިގަދަަކަމަށްވެސް ދުނިޔޭގެ މަތީ އެވޯޑެއް ހައްގުވާ ފިރިހެނެކެވެ.
“ހޫން ދެން ހެވޭ ފުލުހަށް ގުޅާބަލަ..” ބަލި ގަބޫލުކުރަމުން އަވްޔަން ބުންޏެވެ. “މަގޭ ދޮންބެ ކައިރީ ބުނެފާނަމޭ ވަރަށް ޙާއްސަ ކަމެއްގެ ގޮތުގަ ބަލާދޭށޭ..އަނެއްކާ ކަލޭގެ ބަރަބޯ ފަލަވީމަވެސް އަވަހަށް ފެނިދާނެއެއްނު ފަލަ ވީމަ ފިލަން އުނދަގޫވާނެވިއްޔަ..” ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ނާއިލް ޖެއްސުންކޮށްލިއެވެ. އެއީ ހަމަ ބަދަލުނުވާ އާދައެކެވެ. “އޭ މަގޭ ބަރަބޮލާ ނުބެހޭ..” ނާއިލްގެ މޭގައި ބޮނޑިއެއް އަޅާލަމުން އަވްޔަން ދެބުމަ ގޮށްޖަހާލިއެވެ. “އޯހޯ..ސޮރީ ސޮރީ ކަލޭ ބެހުނީމަ އޯކޭ..މަ ބެހުނީމަ ކަޑަ..ތީ އަދި މާ މޮޅު އުސޫލެއް..” ނާއިލް އޭނާގެ ވާހަކަ މެދުކަނޑާލި ދެތިން ސިކުންތު ރިންގު ވުމަށްފަހުން ފުލުހުންގެ ކޮމިޝަނުން ފޯނު ނެގުމުންނެވެ. ނާއިލް ހުރިހާ މައުލޫމާތެއް ހިއްސާކުރިއިރު އަވްޔަން އިނީ ކަނުލާ އަޑުއަހާށެވެ. އޭނާވެސް ބައެއް މައުލޫމާތު ދެމުން ދިޔައީ އަލިޝްކާއާ ބެހޭ ގޮތުން މޮޅަށް ދަންނަ މީހަކަށްވުމުންނެވެ.
** *** ** *** ** *** ** ***
ގޭގެ މައިދޮރު ހުޅުވާއަޅާލަމުން އަވްޔަންއާއި ނާއިލް ސޯފާއަށް ވެއްޓިގަތެވެ. ގިނައިރު ސައިކަލު ދުއްވުމުގެ ސަބަބުން އެ ދެމީހުންވެސް ތިބީ ބޮލަށް އެނބުރުން އަރާފައެވެ. ކުއްލިއަކަށް އަވްޔަން ކެއްސައިގަތެވެ. އޭނާ މޭނުބައި ކުރުމުން އޯކަށްދެމިގަތެވެ. މެއަށް ފިއްތާލަމުން ދެވަނަ ސިކުންތުގައި ބަދިގެޔާ ދިމާލަށް ދުއްވައިގަތެވެ. “އެ ދުއްވާލީ ހޮޑު..” ސޯފާގައި އޮށޯވެލަމުން އަމިއްލަ ނަފްސަށް އިވޭވަރަށް ނާއިލް ބުންޏެވެ.
ދެތިން މިނެޓަށް ފަހު އަވްޔަން ބަދިގެއިން ނިކުތީ ކެއްސަމުން ލޮލާ ބޯ ކަހަމުންނެވެ. ނިކުމެވުނީ ސަމީމާ ކުރިމައްޗަށެވެ. ސަމީމާ އެއްބުމަ އަރުވާލިއެވެ. “ކޮން ކޮޅަކުން ބާ އިރުއެރީ ކޮންތާކު އުޅެފި ތިޔައީ ތި ދެމީހުން..” ނާއިލްއަށާއި އަވްޔަންއަށް އިޝާރާތްކޮށް ހައިރާންވެފައި ސަމީމާ އެއްސެވެ. ބޯ ކަހާލާފައި ސޯފާއަށް ވެޑުވެގަތުން ނޫންކަމެއް އަވްޔަން ނުކުރިއެވެ. ނާއިލްގެ ފަރާތުންވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. “އަލިޝްކާ ދުށިންތަ..އެކޮޓަރިވެސް ހުޅުވާފަ ހުރީ މިގެއަކުން ހިލަމެއް ނުވި..” ސަމީމާ ބުނި ވާހަކައިން އަވްޔަންއާއި ނާއިލް އެކަކު އަނެއްކަކަށް ބަލާލިއެވެ. ނިއްއަރުވާލިއެވެ. ހަށަށް ބަނދެލަމުން މި ދެ ފިރިހެނުންގެ ހަރަކާތްތަކަށް ގެއްލިފައި ސަމީމާ ހުއްޓެވެ. “މިއުޅެނީ އަލިޝްކާ ގެއްލިގެން…” އަވްޔަންގެ ދޫ ހަރަކާތްނުކުރުމުން ވާހަކަ ދައްކަން ޖެހުނީ ނާއިލްއެވެ. ވަގުތުން ސަމީމާގެ ސުވާލުތަށް ފަޓާސް ބަރިތަކެއް ފަދައިން އޮހެން ފެށިއެވެ. އަވްޔަންގެ ފަރާތުން ހަމަ އެއްވެސް ޖަވާބެއް ނުލިބުނެވެނެވެ. މެންދަމު ތިނެއް ޖެހީއްސުރެއް ހިނގި ހުރިހާ ކަމެއް ތަފްސީލުކޮށްދިނީ ނާއިލްއެވެ. ސަމީމާގެ ހާސްކަން ދެގުނަ އިތުރުކުރަމުންނެވެ.
ދެ ދުވަސް ފާއިތުވެއްޖެއެވެ. ފުލުހުންނާ ގުޅިގެން ކުރެވުނު ހުރިހާ މަސަތްކަތެއް އެންމެންވެސް ކުރަމުން ދިޔައެވެ. ފަލަ ސުރުޙީތާކުގައި މި ޙަބަރު ފޭވޭކަށްވެސް މާގިނަ ވަގުތެއް ނުނެގިއެވެ. އަލިޝްކާ ހޯދަން ކުރި މަސަތްކަތަށް މާ ބޮޑު ކުރިއެރުމެއްވެސް ހަމަ ނުލިބެއެވެ. ސަމީމާގެ އާއިލާ އެކީހެން މި ހިތާމައިގައި ބައިވެރިވިއިރު ގާތް ރައްޓެހިންނަށްވެސް މިކަމުގެ ސަބަބުން އަސަރު ކުރިއެވެ. އެ ހުރިހާ ކަމެއްގައި ބައިވެރިވި އަޖްވަދުވެސް ވަރަށް ހިތާމަކުރާކަމަށް ހެދިއެވެ. އެއްވެސް މީހަކު އޭނާއަށް ޝައްކުކުރާނެ ފުުރުސަތެއް ނުދެއެވެ.
އަލިޝްކާގެ ކޮޓަރި ދޮރު ހުޅުވާލާފައި ވަދެ އަލިޝްކާގެ އެނދުމަތީގައި އަވްޔަން އިށީނެވެ. އަލިޝްކާ ވަކިވުމަށްފަހު އެކޮޓަރިއަށް އެއްވެސް މީހަކު ވަނުމުގެ ފުރުސަތެއް ހަމަހިލާ އަވްޔަންއެއް ނުދިނެވެ. އެހެންކަމުން އެތަން ވަނީ ދެދުވަސްވީއިރުވެސް ސާފުނުކޮށް ތަންމަތި ނާޅައެވެ. އަވްޔަން އިށީނދެލާ ރަޖާ ދަށުގައި އޮތް އަލިޝްކާ ފޮޓޯގަނޑު ނެގިއެވެ. އޭގައި ފިރުމާލަމުން ތުންފަތް ޖައްސާލިއެވެ. “ކަމް ސޫން ބަރަބޯކޮޅާ..ވަވް ޔޫ..” އަވްޔަންގެ ދެލޮލުން ބޮޑު ތިކި މުތީގެ ކަރުނަތަށް އޮހެން ފެށިއެވެ. ކޮންމެ ކަރުނަތެއްވެސް އެހިތުގެ އުދާސްތަށް ބޭރުކޮށްދެއެވެ. އަޑުއަހާނެ މީހަކު ނެތަސް އަވްޔަން ހިތުން ފޮޓޯގަނޑަށް އަޑުއިވެއެވެ. ފޮޓޯގަނޑު މޭގައި ޖައްސާލަމުން އެނދުމައްޗަށް އަވްޔަން ވެއްޓިގަތެވެ.
އަލިޝްކާ ކުއްލި ވަކިވުމާ ގުޅިގެން އެންމެ އަސަރު ކުރީ އަވްޔަންއަށެވެ. އަވްޔަންއަށް އަލިޝްކާ ޙާއްސަ ވާހާ ބޮޑަކަށް އެހެން އެއްވެސް މީހަކަށް ނުވާނެކަން ޔަގީނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. ބަނަ ވިލާތަކުން ބައްދާލާފައިވާ އަވްޔަންގެ ހަޔާތް އަލިކޮށްދިން ހަމައެކަނި ނޫރަކީއެއީއެވެ. ޙަރީފް މޫސުން ބަހާރު މޫސުމަށް ބަދަލުކޮށްދިން ފިނިފެންމަލެކެވެ. ހަގީގީ އުފަލަކީ ކޮބައިކަން އެތަށް ޖެއްސުންތަކާއި ކޯޅުންތަކުން ދަސްކޮށްދިން އަންހެން ކުއްޖާއެެވެ.
** *** ** *** ** *** ** *** **
އަނދިރި ކޮޓަރި ގަނޑުން އިވުނީ އަންހެން ކުއްޖެއްގެ މަޑު ގިސްލުމުގެ އަޑެވެ. ކޮޓަރީގެ ކަނުގައި އެކުއްޖާ އިށީނދެގެން އިން އިރު އޭނާގެ މޫނުވަނީ ދިގު އިސްތަށިގަނޑުން ފޮރުވިފައެވެ. “އަވްޔަން..އައި މިސް ޔޫ..” ގިސްލުމުގެ ތެރެއިން އެ އަންހެން ކުއްޖާ ބުނެލިއެވެ. “އޭ ކަލޭ ދެން އެންމެ ފަހަރަކުވެސް އެ އަވްޔަންގެ ނަން ކިޔައިގެން ނުވާނެ..” ކޮޓަރި ތެރޭގައިި ދެން ގުގުމާލީ ބަރު ފިރިހެނެއްގެ އަޑެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
94 Comments!
Comments are closed.



Yay me first mi stry vvvvvvvv reeethi ? bilimagu n baraboa love it
Ahaha ❤❤❤❤ Thank you so much natttuuuuuuuu ????????????????????
Haadha reechey. Thihen nuha dhaa la barabolah.?Vvvv dheravey barabolaa bilmagu dhuruvanyaa. But vvvv nice. Sifakurun adhi maa bodhah
Awwwwn lover ❤❤❤ my lover dhw ??? alhey ikr baraboa and bilimagu ??? let’s pray they will be fine together someday dhw dear ????? thank you so much iss so sweet of u lover ??????????????????????????? lots luv
YEYY ITS NICE ….ALHEY AVOO AND ALEESH DHURU NUKURAHCHE EHAA KIYAA HITHUN INDHA THI NIMAALI…….I LOVE YOU GIGI..
Gigi this story is hama great engey.. Ekam vx avyan ah thihn hadhaakah nuvaane ehnu dhw.. I feel so seyydu for him ?☹
Keep going girl may God bless you ? vove you☺?
Nice…..woahhh…..my fav story ever…giggggis…vav u so soo soo much…love the story….???????????????????❤❤?❤?❤?❤?❤??❤?❤?❤?❤?❤?❤?❤?❤?❤?❤??❤?❤?❤?❤❤?❤?❤❤??❤?❤???????
Next part please ?
Heyyy gigi lav.. mi part ves hama obinesssss to the infinity.. desparatly waiting for the nxt part..??? alheyyy #bilbo ah ehn hadhaakah nuvaane??? dhn vaanee kihineh baa???
Alhe gigi keehve e fakeerah e haal thi jehsy……. Ajuvadhoooo kae ma athuga jehihjeyaa ma myy kihaa varehge anheneh kan angaalaanan… Haadha ladhu kuda vegen ulhy moalekey dw… Ziyal vs hma e ehn… Naseebeh thi meehunaky aslu baeh noon kan… Stry chracters kan… Ehn noon nama neige rulhi gandu matha kuraany kihineh kameh… Gigi heyo nuvaane …. Baraboa gaiga ahliyanudheythi e rahumukuda maaridhun…. I’ m so angryyyyyyy… Hama hua… …. Btw stry hma habeys……..( remember dnt let anyone touch bilimagu ge barabo.. Barabo aky bilimaguge milkeh… Ehn meehaku ahliyas heyaruvaalan cute lips nikunaanan…
Im trying to control my temper… After being that fire off i will again. Cmmnt
Gigi alhe kihineh thi hedhy barabolah… Eyru reply nukurevuny aiss huri rulhi mathy ehchkey bune vi dhaanethin… E gothh kidnap kuryma dhn rulhi annaane dw… Avahah bilimagah barabo dhee… Heyo nuvaane…
Masha Allah v salhi mi part ves when next part
Alheyyyyyyy.. No..?? Alhe Bilbo ah ehn nahadhaa.. ??Plz let them be together.. ❤❤Kon irakun next part?? Mirey vaane tha.. Plz Gigi.. ?Wuv u Gigi.. ??❤?
Waaah..v salhi..alheyyy…gigi plss bilimagu ah ehen nahadhaa..baraboa ves thee hivvaru gadha anheneh nu..sooooo sad..vov you gigi n lov ya story..ummaah
Alhey noon bilbo dhen kihineh baa vaani?????????????????????vvvvvvvvvvvvv curious vey eba mihaaru alhe avahah next part up kohdhehchey luvs much???❤️??❤️??❤️?
missed the story…….. varah reethi story but saddest was that avyan n alishka the BILBO couple has been seperated from each other
hate that AJYAL
insha allah they both will unite in a really special way
Nononooooo gigi alishka ah ehen nahadhaa.. Heyonuvaane plizz… Alheyyy.. ?Dhn kihinehbaa aleesh salaamai vaany..?. Dhn haadha dhera eyy.. Avyan ah vaany kihinehbaa… E fakeeru dhuniyein moya vedhaane kanneyge.. ??anyways, mi part vess hama really interesting as always.. ???Curiously waiting to know what happens in the 11th part.. Alhe avahah up kohladhehchey gigi loab..❣️ Vuv u loadss?❤️?❤️?❤️?❤️?
Hey gigi…….alhey dhn noon alishka and avyan ah ehn nahadha……. ? ? ? alishka was the medicine for avyan…… ? ? avyan haadha sad vefaey ehurii…… ? ? gigi how are you feeling now?????? ? ? hope you are feeling better….. ? ? v loabi mi part ves….curiously waiting for the next part….luv yahh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Wowwwwwww …..this stry sooo boooooootifoooollll…..v v v nyc n v thafaathu…luv this stry….keep it up…..may god bless u…????????????
Insha allah bilamagu ah adhi barabo fennane? this part is also obiness to the max? can’t wait to see what happen in the next episode? vov u gigi❤
Hehe?.. Avyan e haaluga ulhey iru vx naail ge kamaki jessun kurun dhw?.. Gigi dhn naail ge jessun thah gina kohlahchey ingey?.. Eyrun majaa vaane?… Ekam e ajvadh aai zial ah komme vx gotheh hoadhaa Bala?… Varah rulhi aadhey E meehun dheke?…Hithah araa e bai nukiyaa dhoo kohlaanamey ey ves.. ?? Mi part vx dhn reethi ingey.?. Ekam alishka nethyma khaasaru hingaane meeheh ves neh..? So komme hen vx alishka anburaa gennahchey.??. Btw sorry 4 the late comment ingey.? Sis ulhuni beyruga Mi dhe dhuvahu fishing ah gos.. ?? sis goas tha? ??Aslu varah majaa kameh e ee.. ? gigi vx try kohlahchey.. ? anyway goodbye till next time and good luck… vuv You bags n???.. #IN WAITING ❤️❤️
giravaru umuruge beybemen ???
I also blast out the laughfor that word…
Avyan e haaluga ulhey iru vx naail ge kamaki jessun kurun dhw? Hehe ? Naail huryma Mi part kudakoh majaa vejje mihaaru.. ? Ekam gigi dhn E ajvadh ah komme vx gotheh hadhaa Bala..? Eyna yaa zial ge undhagoo varah bodu vejje mihaaru..?. Hithah araa e meehun ge bai nukiyaa dhoo kohlaan V ey.. ? Mi part vx reethi ingey ?.. Ekam khaasaru thakuge aslu nethima sis ah ehaa majaleh nooon.?. Plus Mi part thankolheh kuru..? Sis goas tha mihen point kureema? ?? Baraboa aai bilimagu #BILBO ah hadhaa dhehchey gigi.. Eyrun majaa vaane…btw thankolheh late comment eh dhw Mi kohlevuni… Aslu Sis kudakoh busy v beyruga ?.. Ehn ve comment eh koh nulevuni.. ? so till next time goodbye gigi and good luck.. ? vuv you bags n.. ?? #IN WAITING.. ❤️❤️❤️
Gigi when is next part????
Caaaant waitttt
Sorry for the late comment gigi.. Ekam story hama evvanaiga ingey.. Habeys.. ?? #IN WAITING.. ❤️❤️❤️
Omg…. Aslu Sis comment kurima vx comment fonuvunu kamakah naaraa.. Ehn ve enekka comment kuri.. Ekam mihaaru hurihaa ehcheh fonuvijje dhw… Hehe ?? sorry for that gigi.. ??
gigitttteyyyyy..when isss next part..up kohbae avahah..U know im not patient..k thanmathin dhedhuvefa reply kohba comments ah..puleeezz
??Alhe when is next part??
Is gigii fine …. ehves comment akah reply nukuraathee ….. ?????????????
dhivehin hama mihen ulhaybaaey hithah arany.. party therey enmen ekkoh thibefa avyange unaganduga alishka dhefae alhuvaafa dhemyhun nayfaiy kaahthaafa sofa ah araa ekeh gaemathy anekeh thibe. kaeveni nukoh dhemyhun egothah ulhunyma evaany bodu faafa akah dhw.. n family n frndun kurimathy ehn ulhen kerayny ladheh hayaatheh nethyma. mi vaahaka v.reethi vaane kamah hykury. maja veema kiyanvx feshy.. ekam mihar hyany imun bayruvefa thibi baeh hn..
n school kujjeh liyaa vaahaka akaa balaafa buneayney schoolu kudhinna nugulhay kahala bas bas baynunkoffa ebahuttay varah ginaen..
vaahaka eh liyunas ehn kameh kuriyas islaamee hudhoodhuge therein ekan gendhiyaema enme furihamavaany..
Please next part awahah up kohbba, curiously waiting ??????
Koba next part?…alhey avahah up kohdheeeeba…but I think u maybe bxy…ehnve kanneyge up nukureveny…try ur best to upload soon…much luvxx..??????????????
Still waiting ?
Mee mi site ga vaahaka liyaa meehunge
Hama konme kameh ves dhimaavedhaane……. waiting for next part????
PlZ plz update the story I am daing to read the next part plz thihaavarah nuthalhuvaa
Mee mi site ga vaahka liyaa meehunge goiy.. vrh fwryga fashaane medhaa hisaabah nudhaaane huhtaalaane dhen dhemas fahun ehn vrhakeh up kuran
Mee bandhekey …. Family tripa vs hunnane dw alhe… Paka trip nudhiyas gigi gosfaane dw trip…. Bxy vs vedhaane dw noony…. Try to understand things.. Dont take evrything negative.. Be positive..
Mee bandhekey …. Family trips vs hunnane dw alhe… Paka trip nudhiyas gigi gosfaane dw trip…. Bxy vs vedhaane dw noony…. Try to understand things.. Dont take evrything negative.. Be positive..
Cute lips thiya buny rangalhu vaahakaeh. Ekam cute lips in ehn story ehge comment ga paka liyefa in kahala comment eh. Hithah arany e story liyaa kujja ves Hama bandhu v ma story up nukoh Gina dhuvas vedhaaney nun hey. Dhn kyve hey eyru e gothah nuvisny
Ma dhahtha buni mivaahaka vrh reehchw…
Ur dhahtha is right.. Dhaha…
Yah .. I hve the same question.. Ar u sick my dear sis gigi.. I’m really worried abt u.. My dear.. :(.. :(….Miss u and more vauvsss. Ummmmmmmaaaah.. 🙂
Cute lips thiya buny rangalhu vaahakaeh. Ekam cute lips in ehn story ehge comment ga paka liyefa in kahala comment eh. Hithah arany e story liyaa kujja ves Hama bandhu v ma story up nukoh Gina dhuvas vedhaaney nun hey. Dhn kyve hey eyru e gothah nuvisny
Gigi!!!! Where are u?? Im missing da story..plsss up sooooon..luv u
gigi sick vtha?
alhey shafakallah
gws gigi
miss u sooo much
n missing the story very much
ly
thy hama misite ge liyun theringe vahtharu ….. vaahaka medhaa hissabah gendhaani dhe vaanuvaa neyngeyne …..meehaa ah nuvaavaru kanthah nukuraaani
Zaara …..hurihaa emmen eggotheh nuvaane…..vedhaane dhw gigi sis ah vaahaka up kurevey goith nuvegn e ulheny bxy v ma kamah vx….schl studnt eh v ma hunnaane dhw kuran jehey kanthah vx……..gigi sis akee mi site ge ehn liyun therinnaa balaafa…..regular koh kameh dhimaa nuvanya up kuraa liyun theri eh…..ehn v ma zaara ah thi kamuge hageegaith neyngenyaa thihn bunaakah nuvaannun……hama bunely……
NAU THIHEN BUNAA IRU GIGI GE GOII NAU AH EGEY BAA THI AGE GA ABADHU VEX EMOTIONAL VAANE….ADHI NAU KUDA V MA NUVIS NENY VAAHAKA UP NUKURE VUNAS JEHEYNE DHW KIYUN THERIN NAH VAANUVAA ANGAN HA GIGI VEX NUKUREVEY VARU GE KAN THAH KURAN ULHUNY… VARAH VAAKA MEE…
Zaara oh plz….. If u dont understand dhn keep quiet… Ingey behn nujehey vaahakeh kan mi buny.. Buneveyne dw cmmnt hunna gothun.. Aharemen mee insaanun kuhvvs kureveyne.. Bali vs vaane. Eyge maana eh noon mahsala jahsaa.. Writer ah hate cmmnt fonuvan v ey… This is a holiday… We all have trips or plans nt only u zaara..SO BE KIND… Sorry if this cmmnt is bad respect… I cant keep it hold to see someone taking bad habit of my fav writer gigi… She is younger thn u .. I think. So she is new also.. Dnt u have a heart…
Cute lips akah ves nei thihen kiyeykah. Ma mihaaru varah rulhi Anna myheh thy. Ma mihaaru ladhuganey ma my Kulhudhuffushi myhekey bunan ves because of you. Gigi ah ekanyeh noon respect kuran jeheyny eh ehn writer’s ah ves jaheyne respect kuran
cute lips ah haadha nuvisne ey dhw heart eh hunaathy dhw miulheni…haters nethi ehivex kameh ga kuri erun libey tha???
and by the way i have feelings heheh nuaa varu ulhethy mahsala aky i think u have to stop defending that girl… varah vaahaka mavaa salaam
zaara balaga nuvaavarun kameh kuran ulhenikee noon dhw gigi ah vaa kamekey gigi ah kurevey kamekey ekuranii ekm aharun enmenves isnaan dhw mee..kaley ah dhuvaalaku dhe part up kureveythr
gigi sis… at u alright?? I’m missing the stry ?? plzz avahah up kohdhy… GWS GIGI ??
are u alright?*
Wowwww….. It was vary nice…. I like this story…abadhuves thigothuga hifahataa…. Insha allah you will be in nice writers….. Thigotha vaahaka livaa kudhingei dhiriulhun vara baajaveirivaanei masha allah… Eikudhina vara visneynei….. I love gigi..?????❤❤❤❤
Plssss kobaa next part
Hey readers..gigi vejje raaje in beyrah gossa..idk kon irakun kan gigi annanee..so gigi bunee readers kaari bunelaashey she couldn’t up the story..so plzz ehvess kujjeh gigi dheke rulhi naanashe..see yall soon ey
Gigi ge msg eh
Im gigi’s friend
Alheyyy..haadha dhera eyyy..gigi miss ya bodu koh
owhh alhey gigi will miss yuh loads n the story too
n we wont get angry with u
soo much loves
kon irakun next part nerenee??
Alhe gigi i miss u dear???????plz anehba up kohdheebaaaa…really miss ur stry and ur commnts.??????
vov hamtii dhn stry up kohdhinnama gigi kairi ahaafa.. ???? just making fun….??? plz come back soon gigi and up share the stry… lYSM GIGI…????? ummmmmaaaah?
mi vaahaka vvvvvvvvvvvvvvvvvvvv varah salhi… plx gigi avahah next part up kohla dhybala… plx plx plx plx plx
pls… veehaa vx avahah up kohlahchey next part…. gigi.. u r just awesome. Luv yaa lot ❤❤❤❤❤❤
Eagerlyy waitinn gigi sis…❤?
Eagerly Waiting For The Next part When Is It Gonna Be Out??
Huh plsss.dnt keep us waitingg
GUYS GIGI BEE TRIP AKAH GOSSA SO KEEP WAITING
I cant wait any more…. Plsss… Come fast and pls upload the story fast… Keeping us wait will make us feel less interest on the storyyy…
I love this stry..?? gigi u r the best…???comments nukuriyas knme dhuvahaku kiyan.. one of my favourite stry.. waiting for the next part…
Gigi…?plx nxt prt up kohdhyba sis..thy magey hama one of fav author eh ?..avahah up kohdhehchey kalo..CU buddy ?
KON IRAKUN THO MI VAAHAKA GE 11 VAN BAI NI KUNNA NEE??? VARA GINA DHU VAS VEJJE NOON THO ? PLS MI VAAHAK UP KODHEE B
KON IRAKUN THO MI VAAHAKA GE 11 VAN BAI NI KUNNA NEE??? VARA GINA DHU VAS VEJJE NOON THO ? PLS MI VAAHAK UP KODHEE B
GIGI………..PLS MI VAAHAKA UP KO DHEE BA 11 VAN BAI KEE VETHO MI HAARU NUI KUNN NA NEE kon irakun tho mi vaahak 11 vana bai ni kunn naa nee???????????
V inthizaaru eba kuran ?
I think its time to moveon with another story… Could actually have informed the readers when the next part is going to be uploading… Loved this story but i dont think the writters gonna write the next part… Who agree with me…
Gigi thiey school ga ulhey kujjeh nun so mihaaru school vx huluven ney maa gina dhuvas thakeh raaje in beyrah dhiyaiya school hulhuven gaai vyma annan jeheyne eyh nun. Ahen noonas mihaaru gina readers a thibey gigi thi kuri kamakun foohi vefa..anyways gigi ge frnd eyh eba hutte eyh nun vow hamtii ayna ah vx hama ige eyh nun gigi v raaje beyrah goskan dhn ahen viyya ayna ah ahi dhaane eyh nun gigi raaje aey thr vx…mihaaru gigi ge habareh vx nuvey gigi ge frnd vow hamtii ge habareh vx nuvey so i think mi vaahaka mi haa hisaabun ninmaaly hen and i agree with what kiaraa says lets move on another story
You r right..but moveon kurias i miss this storyy so dhuvas dhuvas kolhah aadhevenyy up kurithw balaalan…what do do… She should not do this…
gigi adhivx naahnanythr.. haadha dhuvahekey mivany dhw… plz hurry.. your fans are waiting for u… Alhe gigi comments thah vx nukiyanythr.. kiyaanama Mihaaru aneh bai up kuraane.. so sad????
Alhey.. Dhen aneh Bai kobayo???.. waiting Hana?
Hama*
Plz part 11beynun
❤❤❤❤❤❤❤❤❤
gig came back dhw
yessssssssssssssssssssssssss
gigi is back dhw
yessssss
Yesss ur gigi is back to uu ??? she’ll never leave again ???❤❤❤
Yesss ur gigi is back to uu ??? she’ll never leave again insha allah ???❤❤❤
Omg Omg Omg gigi is BACK!!! ????
Yesh yesh yesh gigi is back sissy ?❤❤❤??
OMG…. ?my gigi is back… ??loabi gandaa kn irakun nxt prt up kurany…. can’t wait.. ???luv u n miss u gigi…
Awwwn yesssss ❤❤❤ so so much happy to see u luvvvv kolhu??? soon dear soon ?????????? luv u so much more ?????
Dhen mivaahak kiyaalan nulibeynetha dhen kn irakun next part libeyny