Skip to content
އެސްފިޔަ

މަގޭ ހިތް ދެން ނުތަޅުވާށޭ….

“އައްދޯތް މަންމާ” މަލަކާ ގައިގަ އަޅަމުންދާ ވޭނަށް ކެތް ނުކުރެވިގެން ބުނެވުނެވެ. އެއްވޭނުގެ މައްޗަށް އަނެއް ވޭން ތަހައްމަލް ކުރަމުން ދާން ޖެހުނަސް މާރިޔާގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އަމިއްލަ ބަނޑުއަޅާ ވިހޭ ދަރިއޭ ހިތާވެސް ހިތުގައި ރަހުމޭ މިކިޔާ އެއްޗެއްވެސް ނޯވެއެވެ.

” ބުނަންތަ ރަނގަޅު ވާހަކައެއް، އަހަރެންގެ އަތުން އިތުރު އަނިޔާއެއް ބޭނުން ނުވަންޏާ އެއްބަސްވޭ, އެމީހާ އެއީ ކިތަންމެ މުސްކުޅި މީހަކަސް ކަލެއަށް ޖެހޭނީ އެމީހާ ބުނާ ކަމެއް ކޮއްދޭން, އެމީހާ މުސްކުޅިޔަސް އެމީހާ ދޭ ރުފިޔާ މުސްކުޅިއެއް ނޫނޭ, ކަލޭގެ ދަގްދީރުގައި ކަލެއަށް ވާން ހުރި ގޮތަކީ އެއީ” މާރިޔާގެ ވިހަ ގަދަ ޖުމްލަތަކުން މަލަކާގެ ހިތް ހީވީ ކަފާ ކުދިކުދި ކޮއްފާނެހެންނެެވެ.

ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރިން މަލަކާގެ ގިސްލުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އެއީ ކޮންމެ ދުވަހަކާއި ރޭގަޑެއްގެ އާދައެވެ. މަލަކާއަށް ގޮތެއް ހަދާނުލާ މާރިޔާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. ދަންވަރަށް މީހުން ގެޔަށް ގެނެސް ގަދަކަމުން މަލަކާގެ ނަފްސު ކަތިލާ އިރު މާރިޔާގެ ކަމަކީ ރުފިޔާ ގުނަ ގުނަ އިނުމެވެ.

” މަންމާ, ކީއްވެތަ ތިގޮތަށް ކަންތައްކުރަނީ, މަންމަ ހިތުގަ މަލާއަށް އެއްވެސް ރަހްމެއް ނުހުންނަނީ ކީއްވެ, މަލްގެ ގައިގަ ވޭން ނާޅާ އެންމެ ތަންކޮޅެއްވެސް ނެތޭ, ކާކު މަލް މިކަމުން ސަލާމަތް ކޮއްދޭނީ, މަަންމަގެ ހިތަށް ހަމަ ކެތްވޭތަ ތިގޮތަށް ކަންތަށް ކުރަން, މަންމަ ކީއްވެ ރުފިޔާއަށް މަލް މީހުނަށް ދެނީ, މަންމަ ރުފިޔާ ބޭނުންނަމަ މަލް ރުފިޔާ ހޯދާފާނަމޭ, އެކަމަކު އަމިއްލަ ހަށިގަނޑު ވިއްކައިގެން ނޫން…………..

” ދަރިފުޅާ މީ ބައްޕަގެ އަންހެނުން” ރޭގަނޑު ކެއުމަށް އިންސާފު ކުރުމަށް ނުކުތް އަލަމްއާއި އޭނާގެ އަންހެނުން ޝިފާއަށް މަލަކާ ތައާރަފް ކޮއްދެމުން ހުސޭނު ބުނެލިއެެވެ. އެމީހުންގެ ބެލުމުން މަލަކާއަށް ނަފްރަތު ނޫން އެއްޗެއް ނުފެނެއެވެ. އަލަމްއަށް އަރުތެރެއިން އެެންމެ އެތިކޮޅެއްވެސް ނުދިރުނެވެ. އައި ރުޅީގައި އެތަނުން ތެދުވެގެން ދިޔައެވެ.

” ޔަގީނޭ, ބައްޕަ އެކުއްޖާގެ ދަލުގައި ޖެހުނީކަން, ބައްޕަގެ މުއްސަނދި ކަމުގެ ބޭނުމުގައި އެ ކުރި ކަމެއް, ލަދުން ބޯ ފަޅައިގެންދާ ވަރުވޭ, ބައްޕައަށް ހަމަ އެވަރު ނޭނގޭތަ, އަދި އެއީ އަލަމްއަށް ވުރެ ވެސް ކުޑަކުއްޖެއްހެން ހީވަނީ, އަށާރަ ކަންނޭގެ ވާނީވެސް” ޝިފާ އަލަމްގެ ފަހަތުން ކޮޓަރިއަށް އައިސް ހުއްޓާނުލާ ކިޔަމުންދެއެވެ. އަލަމްގެ ހިތް މަލަކާއަށް ނަފްރަތުން ފުރުނެެވެ.

ުުދުވަސްތަށް ފާއިތުވަމުން ގޮސް ވަގުތާ ހާލަތުވެސް ބަދަލުވެއްޖެއެވެ. އަލަމްގެ ހިތުގައި މަލަކާއަށް އޮތް ނަފްރަތު ފުހެވި، މަލަކާއަށް އާ ވިންދެއް ޖަހަންފެށި ކަމުގެ އިހްސާސް އަލަމްއަށް ކުރެވެންފެށިއެވެ.

ދުވަސްތަކެއްނުވެ މަލަކާ ގެއްލި މަލަކާ ހޯދުމުގެ މަސައްކަތް އަލަމް ފެށިއެވެ. މަލަކާ ދެވަނަ ފަހަރަށް މާރިޔާގެ މުށުގެ ތެރޭގައި ހައްޔަރުވީއެވެ. ސުވާލަކީ މަލަކާ އެކަމުން ސަލާމަތް ކޮއްދޭން އަލަމް އަންނާނެ ބާއެވެ؟އަލަމްއާއި ޝިފާގެ ދިރިއުޅުމަށްވާނީ ކިހިނެއްބާއެވެ؟ އަލަމް އާއި މަލަކާއަށް ގުޅެވޭނެ ބާއެވެ؟ މަލަކާގެ ކުރީގެ ދިރިއުޅުން އެނގުމުން އަލަމް މަލަކާ ގަބޫލް ކުރާނެބާއެވެ؟

އިންތިޒާރު ކޮއްލައްވާ……………..

“މަގޭ ހިތް ދެން ނުތަޅުވާށޭ” މިވާހަކަ އަކީ އަޅުގަނޑު މިހާރު ލިޔަމުން އަންނަ ” އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ” މިވާހަކަ ނިމުމުން ދެން ގެނެސްދޭ ވާހަކައެެވެ. މިވާހަކައިގައި ބޭނުން ކޮއްފައިވާ ނަންތަކާއި ހާދިސާއަކީ ވަކި މީހަކަށް ނިސްބަތްކޮށް ބޭނުން ކޮއްފައިވާ ނަންތަކާއި ހާދިސާއެއް ނޫނެވެ. އަދި މި ފުރުސަތުގައި ކިޔުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

Comments (7)

  1. Naju

    Wow sanaa ge new story eh anehkaa kiyaalan libeny dhw

  2. Naadhee

    Wow heevanee v reethi vaanehen

  3. Sooooo

    Vrh reethi

  4. zivaa

    not bad uhmeedhukuran v reethi vrne kamah mi vrhk…………………sanaa ge story akah ziv comment kurar mii first time….inshaa allah mi story v reethivrne

  5. Anonymous

    Malaka and alam mihaaru eii kaiveni haraam dhemeehun. Caux alam bappa aae malaka marry kurima. E dhemeehun dheytherey haraam gulhumeh ufedhumuge furusathu nudheyne kamah heekuran. All the best

  6. Sis

    Wowww… ?? varah reethi vaaneheh heevani… Mi story nimendhen genes dhehchey ingey pls… ?? #IN DESPERATE WAITING ❤️❤️❤️

  7. Niz nizu

    Woww…❤❤????vvv reethi vaane kamah ummedh kuran ….. nizu shana ge storys kiyan but alah mi comment kohlee??❤❤

Comments are closed.