Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 38

Sh@_n@ Level 410 Stories100 Comments100 Login
December 12, 2018 8 Mins Read
39 Comments

އަރައިގެން އައި އިރާއެކު ސާރާ ތައްޔާރުވަމުންދިޔައީ ފައުޒާން ހެނދުނު ހިނގާލަން ދާން ބުނެފަ އޮތީމައެވެ. ފައުޒާންގެ އަތުގެ ހިފައިގެން މަޑު ހިނގުމުގައި ރަސްފަންނާ ދިމާލަށް ދަމުން ދިޔައެެވެ.
” މަންމީ, ލުކް” ފައުޒާން ރަތް ދަޅަ އަޅަމުންދާ އިރަށް ބަލަމުން ބުނެލިއެވެ. ސާރާ އަރަމުންދާ އިރަށް ބަލާލީ ހިތަށް ލިބިފައިވާ މާޔޫސްކަން ކުޑަ ކުރާށެެވެ. ރޭގެ ހާދިސާއަށްފަހު އަރުޝްއާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކަން އަޒުމު ކަނޑައެޅިއެވެ.

ހެނދުނު ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވެގެން އަމިއްލަ އެޕާރޓްމަންޓުން ނުކުމެ އަރުޝް އަރީޝާމެންގެ ބަޔަށް ވަނެވެ. އެހެންނަމަވެސް އަރުޝްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސައިބޯން ތައްޔާރުވެގެން އިން އާމިރު ފެނިފައެވެ. އެހެންކަމުން ލަސް ފިޔަވަޅު ތަކެއްގަ އެދިމާލަށް ދެވުނީ ނުދާން އުޅެނިކޮށް ގަދަ ބާރުން މީހަކު ގެންދާ ފަދައިންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ފަސްދީ ގެއިން ނުކުންނަން ހިނގައިގަތެވެ. އަރުޝް ސިހުނީ އާތިފާގެ އަޑުންނެވެ.
” އަރޫ, ސައި ނުބޮއެތަ ދަނީ, ބައްޕަ ވެސް އޭނީ އަރޫ އަންނަން ދެން ސައިނުބޮއެ” އާތިފާގެ ޖުމްލައިން އަރުޝް އަށް ފަހަތް ބަލާލެވުނީ ގަބޫލް ނުކުރެވިގެންނެވެ.
” މީގެ ކުރިން ދުވަހަކުވެސް އާމިރު އަރުޝްއާ އެއްކޮށް ސައިބޯން މަޑު ކޮއްފަ ކީއްކުރަން, އަމިއްލަ ދަރިއަށް ވީތީ ވަގުތު ހޭދަ ކުރުމުގެ ގޮތުން ކުޑަ ކުޑަ ވަގުތު ކޮޅެއްވެސް ދީފައެއް ނެތެވެ. އާތިފާގެ ޖުމްލައިން އަރުޝްއަށް އެންމެ ފިޔަވަޅެއްވެސް ފަސްދީ ދާން އަޅާކަށް ނުކެރުނެވެ. އެމީހުން ކޮންމެ ގޮތަކަށް ކަންތަށް ކުރިއަސް އަރުޝް އަދިވެސްް އެމީހުންގެ އިންތިހާއަށް ލޯބިވެއެވެ. އެހެންނަމަވެސް އަރުޝްގެ ހިތުގައި އަބަދުވެސް އެ ޝަކުވާ އޮވެއެވެ. ލޯބި ބޭނުންވި ދުވަހު ވިޔަފާރި އިސްކުރީ ކީއްވެތޯއެވެ. މަންމައާއި ބައްޕަގެ ލޯބިވެތި ފިރުމުންތަކަށް ހިތް އެދެމުން ދިޔައިރު އެ ލޯބިން މަހްރޫމް ކުރި އިރު އެއްވެސް އެއްޗެއް ހިތަށް ނާރަނީތޯއެވެ. އަރުޝް ފެންކަޅި ވެފައިވާ ދެލޮލާއެކު އެނބުރި އައިސް މޭޒު ދޮށުގައި އިނެެވެ. އަރުޝް އިށީނުމާއެކު އާމިރު އަރުޝްއަށް ވަރަށް ފުންކޮއް ބަލާލިއެެވެ. އެ ދަރިފުޅުގެ މޫނުމަތީގައިވާ ހިތާމައިން އާމިރުގެ ހިތަށް ފުރަތަމަ ފަހަރަށް ތަދުވެގެން ދިޔައެވެ. އަރުޝް އިނީ މަޑުމަޑުން ޕާންފޮތީގައި ޖޭމް އުނގުޅާލަ އުނގުޅާލައެވެ.

ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އަރުޝްވެސް އާމިރުވެސް އެއްވެސް އެއްޗެކޭ ނުބުނެ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ކުއްލިއަކަށް އަރުޝް އަނގަޔަށް ލީ ޕާން ކޮޅާއެކު ކޮށި އަރައިގަތެވެ. އާމިރު އިންތަނުން ތެދުވެ އަރުޝް ކައިރިއަށް ގޮސް ބުރަކަށީގައި ފިރުމަންފެށިއެވެ. އަދި ފެންތަށި ނަގާ އަރުޝްގެ ތުންފަތުގައި ޖައްސަދިނެެވެ. އަރުޝް ހަމައަކަށް އެޅުމުން އާމިރު އަރުޝްއާ ދުރަށް ޖެހިލިއެެވެ. އަދި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

” މީގެ އެތަށް އަހަރެއް ކުރިން އަޅުގަނޑު ބޭނުންވި ފިރުމުން އަދި ކިރިޔާ މި އިހްސާސްވީ, ބައްޕައެއްގެ ފަރާތުން ދަރިއަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން އަދި ކިރިޔާ މި އިހްސާސްވީ, އެވެސް މިއަދު, އަޅުގަނޑާ އެކީ ފުރަތަމަ ފަހަރަށް ކައި މޭޒު ދޮށުގައި އިނީ ވެސް އަދި މިއަދު, ލޯބިވާކަން އަމަލުުން ދެއްކީވެސް މިއަދު, އެއީ ކީއްވެތޯ, އެދުވަހު އަޅުގަނޑުދެކެ ލޯބިނުވަނީތޯ؟ ބައްޕަމެންގެ ކާމިޔާބީއަށް ހުރަސް އެޅި ދާނެތީ ތޯ؟ އެ ދުވަހު އަޅުގަނޑު މިހުރިހާ ޝަކުވާ އެއް ނުކުރީ ބުނަން ނޭނގޭތީއެއްނޫން, ހިތުގައި ވޭން ނާޅާ ތީއެއްވެސް ނޫން, އެ ލޯބި ލިބޭނެކަމަށް ހިތް ބުނާތީ ކުރެވޭ އިންތިޒާރަކުން, އެކަމަކު އެތަށް އަހަރެއްވެ ބޮޑު ފިރިހެނަކަށް ވީ އިރުވެސް ނުވި” އަރުޝް އެހެން ބުނެ ދެ އަތް ކުޑަކޮއް ހިއްލާލިއެވެ. އޭރު އަރުޝްގެ ލޮލުން ކަރުނަ އަންނަން ފެށިއެެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އާމިރުމެން ވިޔަފާރީގެ ކަންތަކުގައި އުޅޭ އިރު ދަރިއަކު މަތިން ހަނދާން ނެތުމަކީ ވޭން ހުރި ކަމެކެވެ. ބައްޕަގެ ހިމާޔަތާއި މަަންމަގެ ފިރުމުންތަކަށް ހިތް އެދުން ވީ ބޭކާރު ކަމަކަށެެވެ.

“އަދި ވެސް ހަނދާން އެބަހުރި ޕޭރެެންޓު މީޓީންއަށް ދިއުމަށް ބުނުމުން ބައްޕައާއި މަަންމަ ބުނި ބަސް, އާތިފާ ދޭބަލަ މީޓިންގްއަށް ބުނޭ ދައްތަ ބަލިވެޔޭ” ބައްޕަވެސް އެތާ ހުރި, ބައްޕަ ބުނީ, އެއީ ތެދެއް, ވަރަށް މުހިންމު މީޓިންގްއެއް, ނުގޮއްސިއްޔާ ވަރަށް ގެއްލުން ދައްކާނެ, އެހެންނޫނަސް ވަގުތެއް ނެތް ދެނެއް” އަރުޝް މާޒީން ދުވަހެއް ހަނދާން ކުރަމުން ބުނެލިއެވެ.

” ވަރަށް ދެރަވި, ހިތުގަ ޖެހުން, އެހެން ކުދިންގެ މަންމަ ނޫނީ ބައްޕަ މީޓިންއަށް ދާ ތަން ފެންނާތީ, ކިތަންމެ ގިނަ ކުޅޭ އެއްޗެހިން ގެ ފުރިފަ ހުއްޓަސް އެ އުފަލެއް ނުލިބޭ ބައްޕާ, ބައްޕަ މެންނަށް ވިޔަފާރި މާ މުހިންމު, ދެން މިއަދު ކީއްވެތޯ މަޑުކުރެއްވީ, މަންމަ ޖެއްސި ކަހަލަ ޑްރާމާއެއް ޖައްސަނީތޯ, އަޅުގަނޑު ހީކުރީ އަޅުގަނޑުދެކެ ލޯބިވެގެން ވަގުތު ދީގެން މަންމަ އުޅުއްވީ މަންމައަށް ވިސްނިގެން ކަމަށް, އެކަމް….. އާހް” އަރުޝްއަށް ރޮވޭވަރުން ވާހަަކަ ނުދެއްކިގެން ވޭނީ އާހް އެއް ދޫކޮއްލިއެެވެ. އޭރުވެސް އާމިރު ފުރަގަސްދީގެން ދެ ޖީބަށް އަތް ޖަހައިގެން ހުރީއެވެ.

” އަޅުގަނޑުގެ އުފަލަށް ވުރެ މަންމައަށް މުހިންމުވީ މަންމަގެ އެކުވެރިޔާގެ އުފާ, އަޅުގަނޑުގެ ހިތުގައި ވަނީ ކޯއްޗެއްތޯ ބަލާވެސް ނުލި, މަންމަ އަހަރެންނާ އެހާ ލޯބިން ވާހަކަ ދެއްކީ އެ އެދުމަށް ކަން އެނގުނު ދުވަހު ހާދަ މިހިތަށް ތަދުވިޔޭ, އެކަމް އަޅުގަނޑު މަންމައާއި ދިމާލަށް އެއްވެސް އެއްޗެއް ނުބުނީ ވީ ދެރައިން، ވެދާނެ އަޅުގަނޑަށް އެއްވެސް އުފަލެއް ލިބުން ހައްގުނުވަނީކަމަށް, މިހިތުގަ އަޅާ ވޭނަކީ ބޭކާރު އެއްޗަކަށް ވާތީ ކަމަށް” އަރުޝް މިހެން ބުނެ އެތަނުން ނުކުމެގެން ދިޔައެވެ.

އަރުޝް އެތަނުން ދިއުމާއެކު އާމިރު އަރުޝް ދިޔަ ދިމާލަށް ބަލާލިއެެވެ. އާމިރުގެ މޫނުމަތި ފެނުނު ކޮންމެ މީހަކު އާމިރުއަށް ކޮއްފައިވާ އަސަރު އެނގޭހާ އާމިރުގެ ދެލޯ ވަނީ ރަތްވެފައެވެ. ކަރުނަ އަޅާ ނުރުޔެއް ކަމަކު އާމިރުގެ ހިތަށްވަނީ އަރުޝްގެ ކޮންމެ ޖުމްލައަކުން އަސަރު ކޮއްފައެވެ. ހުރި ހަމައެކަނި ދަރިފުޅަށް ލޯބި ނުދެވި ބާކީ ކޮއްލެވުނީތީ މިއަދު އެކަމާ އާމިރު ހިތާމަ ކުރިއެވެ.

އެހެންނަމަވެސް އުފާވާ އެއް ކަމެއް އާމިރުގެ އެބަ އޮތެވެ. އެއީ އެ ހުރިހާ ކަމެއް އަރުޝް ތަހައްމަލް ކުރި އިރު އަރުޝްގެ ގާތުގައި އާތިފާހުރެ އެ ދަރިފުޅު ރަނގަޅު ތަރުބިއްޔަތަކުން ތަރުބިއްޔަތު ކުރި ކުރުމެވެ. އެކަމަށް މުޅި އުމުރުވެސް އާތިފާއަށް ޝުކުރު ހައްގެވެ. އަދި ޝުކުރަކުން ނިންމާލެވޭ ވަރަށް ވުރެ ބޮޑު ޒިންމާއެއް އާތިފާ އަދާކޮއްދީފިކަން އާމިރު ދަނެވެ. ދެލޯ ފުހެލުމަށް އާމިރު ބޭރަށް ހިނގައިގަތީ އިތުރަށް އެންމެ އެއްޗެއްވެސް އަރު ތެރެއިން ނުދިރޭނެކަން އެނގޭތީއެވެ.

މަގުމަތީގައި ހިނގަމުން ދިޔަ އާމިރު އަށް ވިސްނެމުންދަނީ މިއަދު އަރުޝް ދެއްކި ވާހަކަތަކެވެ. ވަށައިގެންވާ އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ކަހަލައެވެ. މީގެ ކުރިން ދުވަހަކުވެސް އަރުޝް އެފަދަ ވާހަކައެއް ދައްކާފައި ނެތުމަކީ އަރުޝް ކުރި ހިތްވަރުކަން އާމިރުއަށް އެނގެއެވެ. އަރުޝްގެ ކޮންމެ ލަފްޒެއް އާމިރުގެ ސިކުނޑީގައި އެނބުރެމުން ދެއެވެ. އަދި އަރުޝްއާ ގުޅުން ހުރި ކޮންމެ ކަމެއް ސިކުނޑީގައި ގުގުމަމުން ދިޔައެވެ.

ކުއްލިއަކަށް އާމިރު ސިހުނީ މަގުގެ އެއްފަރާތަށް މީހަކު އާމިރު ކޮއްޕާލުމުންނެވެ. އާމިރު ވެއްޓުނީ ބަނޑުވަތަށް ކަމުން އަތް ދިޔައީ މަށައިގެންނެވެ. އަތުން ނެގި ދިލައާއެކު އާމިރުއަށް ނުތެދުވެވިފަ އޮތެެވެ. މަންޒަރުން މީހުން ދިމަ ދިމާލުގައި ތިއްބެއެެވެ. ކޮންމެ މީހަކު ވެސް ހައިރާންވެ ހުރެ ބަލަމުންދިޔައީ ފައި މަގުގައި ނުފެންނަ މާލެއަށް މަޝްހޫރު ވިޔަފާރި ވެރިޔާ މިއަދު މަގުމަތިން ފައިމަގުގައި ފެންނަން ހުރީތީއެވެ. ދުވަހަކުވެސް މަގުމަތިން ނުފެންނަ މީހަކު ފެނުމުން ފޮޓޯ ނަގަމުން ދިޔަ މީހުންވެސް މަދެއް ނޫނެވެ. އެކަކު އަނެކަކުގެ ކަންފަތް ދޮށުގައި ކޮންމެސް އެއްޗެކޭ ބުނެލައެވެ. އެހެން ނަމަވެސް އާމިރު އެކަމާ އަޅައެއް ނުލިއެވެ.

ތެދުވަން އުޅެފަ ވެސް އަތް ވިއްދާލާ ކޮންމެ ފަހަރަކު އަތަށް ތަދުވާތީ އާމިރު މަޑުމަޑުން ތެދުވަން މަސައްކަތް ކުރަމުންދިޔައެވެ. އާމިރަކީ ހަރުކަށި މީހަކަށް ވާތީ އެއްވެސް މީހަކަށް ގާތް ވާކަށް ނުކެރެއެެވެ. އެހެންކަމުން ވިއްދާލުމަށްފަހު ތެދުވަން އުޅެނިކޮށް ބެލެންސް ނުކުރެވި އާމިރު ވެއްޓެން ދިޔައެވެ. ކުއްލިއަކަށް އާމިރުގެ ކޮނޑުގަ ބޭބޭ އޭ ކިޔައި ހިފެހެއްޓީ ސާރާއެވެ. ސާރާއަށް ވެސް އަދި އާމިރުއަށްވެސް އެކަކު އަނެކަކު ފެނުމާއެކު ހައިރާންވެ ހުރެ އެއްފަހަރާ ދެމީހުންނަށް އެކަކު އަނެކަކަށް ގޮވާލެވުނެވެ. ސާރާއަށް އާމިރު ފެނުމާއެކު ދެލޯ ބޮޑުވެގެން ގޮވާލެވުނީ އަރުޝްގެ ސިފަ ކުރިމަތިން ފެނުމުންނެވެ.

އެހެންނަމަވެސް އަރުޝްދެކެ އައިސަ ހުރި ރުޅި އާމިރުއަށް ބޭލުމުގެ ބޭނުމެއްނެތޭ ހިތް ބުނަންފެށިއެވެ. އަދި ދެވަނަ ފަހަރަށް އާމިރުއާ މިކަހަލަ ގޮތަކަށް ބައްދަލު ވެދާނެ ކަމަކަށް ސާރާ އުއްމީދެއްވެސް ނުކުރެވެ.އާމިރުވެސް ސާރާއާ މިކަހަކަ ގޮތަކަށް ދިމާވާނެ ކަމަކަށް ހިޔެއް ނުކުރެވެ. އާމިރު ހިތުގައި ސާރާއަށް ހާއްސަ މަގާމެއް ދެވުނެވެ.

” ވަރަށް ބޮޑަށް މާފް ކުރައްވާ, އަޅުގަނޑަށް އިތުރު ގޮތެއްް ނުވިސްނުނީ, އެމީހާ ވަރަށް ބާރަށް އައީ, އެހެންވެ.. ” ސާރާ އެހެންބުނެ ވެއްޓިފަ އޮތް ދަބަސް ނަގާ ދިއްކޮއްލަމުން އިސްޖަހާލިއެވެ.
” އެހެންވެސް ވާނެ, ބޭސް އަޅާލީމަ ރަނގަޅުވެދާނެ” މިހެން ބުނެ ޓެކްސީ އެއް ހޯދަން އުޅެންފެށިއެވެ. ސާރާ އާމިރުއަށް އެހީވުމުގެ ގޮތުން އާމިރު އާއެކު ހޮސްޕިޓަލަށް ވެސް ދިޔައެވެ.
ޑޮކްޓަރަށް ދެއްކުމަށްފަހު އެއްވެސް ކަމެއް ނެތޭ ބުނުމުން އާމިރު ބޭސް އަޅަން ދިޔައީ ސާރާ ކިޔާވަރުންނެވެ. ސާރާގެ ގާތްކަމާއި އޯގާވެރިކަން ފެނިފައި އާމިރުގެ ހިތް ދިޔައީ ސާރާއަށް ލެބެމުންނެވެ.

ހިޔާލަކަށް ގެއްލިފަ އިން އާމިރު ސިހުނީ ބައްޕާ އޭ ކިޔައި އަރުޝް ގޮވާލުމުންނެވެ. ހިތަށް އުފާވެރިކަން ލިބުނީ މި އިން ދުވަހަކުވެސް އުފާނުވާހާ ބޮޑަށެވެ. އެތާ ކައިރީ އިން ސާރާވެސް އަރުޝްގެ އަޑު އިވިފައި ދިޔައީ ސިއްސައިގެންނެވެ. އަރުޝް ފެނުމާއެކު ސާރާ އަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އެވަގުތު އަރުޝްވެސް ސިހުނީ ކައިރީގައި ސާރާ ހުއްޓާ ފެނުމުންނެވެ. ބުނަން އުޅުނު ބަސް ހަނދާންނެތި ގަބުވެފައި ހުރެވުނެވެ. ސާރާއާ ދިމާލަށް ބަލަން ހުރި އަރުޝް ފެނިފައި އާމިރުއަށްވެސް ދެމީހުންނަށް ބަލަން އިނދެވުނެވެ.

” އަޅުގަނޑު މިވަގުތު ގޮސްލާނަން, ޑޮކްޓަރ ދެއްވި ބޭސް ކާންވާނެ” ސާރާ މިހެންބުނެ އަރުޝް ގޮވަ ގޮވަ އޮއްވާ ނުކުމެގެން ދިޔައީ އަރުޝްގެ ބެލުން ތަކުން މިންޖުވުމަށެވެ. ސާރާގެ އެ އަމަލުން އަރުޝްގެ ހިތަށް ވަރަށް ތަދުވިއެވެ. އަދި އިސާހިތަކު އަރުޝްގެ ދެލޯ ފެންކަޅިވެ ކަރުނަ އަންނަން ފެށިއެވެ. އަރުޝްގެ ފެންކަޅިވެފައިވާ ދެލޯ ފެނުމާއެކު އާމިރުގެ ހިތަށް ތަދުވެގެން ދިޔައެވެ.
” ދަރިފުޅާ” އަރުޝްއަށް އާމިރުގެ ދުލުން ދަރިފުޅާއޭ ކިޔައި ގޮވާލުމުން ހީބިހި ނަގައިގަތެވެ. ވަގުތުން ފެންކަޅިވެފައިވާ ދެލޮލުން ކަރުނަ އޮހެންފެށިއެވެ. އެހެންކަމުން އެއްވެސް އެއްޗެކޭ ނުބުނެ ކަރުނަތަށް ފުހެލަމުން އަރުޝް އެތަނުން ނުކުމެގެން ދިޔައެވެ. އަރުޝް ދިޔަ މަންޒަރު ބަލަން އާމިރު އިނީ ފެންކަޅިވެފައެވެ.

އަރުޝް ފެނުމުން ސާރާގެ މޫޑް އެއްކޮއް ހަރާބްވިއެވެ. އެހެންކަމުން ކުދި ކިޔަމުން ހޮސްޕިޓަލްއިން ނުކުމެގެން ދިޔައެވެ. ސާރާ އަރުޝްއާ ވާހަކަ ދައްކަން ބޭނުންނުވަނީ އަރުޝް ސާރާއަށް އިތުބާރު ނުކުރާތީއެެވެ. އަދި ދެވަނަ ޗާންސެއް ދޭން ބޭނުންނުވަނީ ދެވަނަ ފަހަރަށްވެސް އެފަދަ ކަމެއް ކޮއްފާނެތީއެވެ.

ބޭސް އަޅައިގެން ނިކުތް އާމިރު ސިހުނީ ހައިފާ ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން އަންހެނުންގެ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ކަލްޕަނާގެ ރޫމަށް ވަނުމުންނެވެ. އާމިރުގެ ސިކުނޑި ކޮންމެސް ކަމެއް އެބަ އުޅޭ ކަމަށް ބުނަމުންދިޔައެވެ. އެހެންކަމަށް ވުމާއެކު އެމީހުން ނުކުންނަން ދެން މަޑުކުރިއެވެ. ގާތް ގަޑަކަށް ފަނަރަ މިނެޓް ފަހުން އެމީހުން ނުކުތެވެ. އެމީހުން ނުކުތުމާއެކު އެމީހުންގެ ފަހަތުން އާމިރުވެސް ހިނގަމުންދިޔައެވެ.

ހައިފާ އެކުއްޖާޔާއެކު ނުކުމެ ގޮސް ހޮސްޕިޓަލްގެ ދޮރުމަތީ މަޑުކޮއްލިއެެވެ. އާމިރުވެސް އެމީހުންގެ ފަހަތުން ގޮސް ފުރަގަހުން މަޑުކޮއްލިއެވެ.

“ޒާހިރް, އަހަރެން ވަރަށް ބިރުގަނޭ, އަހަރެން ކައިވެނި ކުރާނީވެސް ކިހިނެއް, މަންމައަށް އެނގިއްޖިއްޔާ ވަރަށް ރުޅި އަންނާނެ, މަންމަ ބޭނުންވަނީ އަރުޝް އާ އަހަރެން މެރީ ކޮއްގެން އެގޭގެ ހުރިހާ މުދަލެއް އަހަރެންނަށް ލިބެން, އަދި އަވަހަށް ކުއްޖަކު ހޯދާށޭ ބުނީ އޭރުން އެކުއްޖާއަށް ވެސް ބައި އަޅާނެތީ” ހައިފާ ވަރަށް ސިއްރު ސިއްރު ސިއްރުން އެހެން ބުނެލީ އެހެން މީހަކަށް އަޑު އިވިދާނެތީ އެހާ މަޑުންނެވެ. އެހެންނަމަވެސް އެމީހުންނަށް ނޭނގުނު ކަމަކީ އާމިރުއަށް ރީތިކޮއް އަޑު އިވުންކަމެވެ. އާމިރުގެ މުޅި މީހާ ތުރުތުރު އަޅަމުން ދިޔައީ އަރީޝާގެ އެންމެ ގާތް އެކުވެރިޔާއަށް ވެ ހުރެ ހަނީފާ އެފަދަ ގޮތަކަށް ދެކި ކައިވެނި ކުރުވަން އަރީޝާގެ ބޮލަށް އެރުނީތީއެވެ.

” ހައި, ހާސްނުވޭ, އެކަކަށް އެކައްޗެއްވެސް ނޭނގޭނެ, އަހަރެންމިރޭ ބޭސް ގުޅައެއް ހޯދާނަމޭ, ކައިވެނި ކުރަން އުޅޭއިރު އެކަން ނުވިއްޔާ އަރުޝްގެ ބޮލަށް ދަރި ޖަހާނީ, އޭރުން ހުރިހާ ކަމެއް ނިމުނީ” އެމީހާގެ އަޑު އިވިފައި އާމިރުގެ ލޭ ކެކި ގަތެވެ. ރުޅި އައިސް މީހާ ތުރުތުރު އަޅަމުންދިޔައެވެ.

އެމީހުން އެތާ ތިބުމަށްފަހު ދިއުމުން އާމިރު އަރުޝްއަށް ގުޅާލުމަށް ފޯނު ނެގިއެވެ. އެހެންނަމަވެސް ސާރާ ގުޅަން ފެށުމުން ފޯނު ކަނޑާލުމަށްފަހު އޮފީހަަށް ވަރަށް އާރޖެންޓް ކަމަކު ކޮންފަރެންސް ރޫމަށް އައިސް ދިނުމަަށް އެދި މެސެޖްކޮއްލިއެެވެ. އާމިރުގެ މެސެޖް ކިޔުމަށްފަހު ސާރާގެ ހިތް ތެޅިގަތެވެ. ވަރަށް ބޮޑު ކަމެއް ވެއްޖޭ ބުނެ އެދިމާލަށް މިސްރާބުޖެހިއެވެ.

ސާރާ އެ އިމާރާތަށް ވަދެ ކޮންފަރެންސް ރޫމަށް ދިއުމަށް ލިފްޓަށް އެރިއެވެ. އަދި 8 ވަނަ ފަންގިފިލާއަށް ދެވުމާއެކު ތެޅި ތެޅި ހިތަކާއެކު ކޮންފަރެންސް ރޫމަށް ވަނެެވެ. މުޅި ތަން އަނދިރި ކަމުން ފޯނުން އަލިކުރަމުން ފާރުގައި އަތް ކާތަމުން ސްވިޗް ހޯދަމުން ދިޔައެވެ. ސާރާއަށް ސްވިޗް ދޮރު ފޮތި ކައިރިން ފެނުމާއެކު ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި ބަލަން ނުހުރެ ސްވިޗް ޖެއްސިއެވެ. އެއާއެކު މުޅި ތަނަށް އަލިވެގެން ދިޔައެވެ.

ސާރާ ހަމަޖެހިލަމުން އަނެއްފަރާތަށް އެނބުރުނެވެ. އެއާއެކު މީހެއްގެ ގައިގަ ޖެހިފަ އަރި އަޅާލިއެވެ. އަރުުޝް ސާރާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. ސާރާއަށް އަރުޝް ފެނުމާއެކު ދެލޯ ބޮޑުވީ އަރުޝްއާ ކުރިމަތި ލާނެ ހިތްވަރު ނެތިފައި އަނެއްކާވެސް އަރުޝްގެ ބަހުގެ ހަމަލާއެއް އަންނާނެ ކަން އެނގޭތީއެވެ. އަރުޝް ސާރާގެ ފުން ދެލޮލަށް ބަލަން ހުރެވުނެެވެ. އަދި ބޭ އިހްތިޔާރުގައި އަތް ހިއްލާލާ ސާރާގެ މޫނުގައި އިނގިލިން ފިރުމާލިއެވެ.

އަރުޝްގެ މިހަރަކާތުން ސާރާއަށް ދެލޯ މަރާލެވުނެވެ. ދެމީހުންގެ ދެމެދުގައިވާ ދުރުކަން ގާތްވި ފަދައެވެ. ހަމަ އެއާއެކު މާޒީގެ ސޮފްހާތަށް ހަނދާން ވަމުން ދިޔައެވެ. ކުއްލިއަކަށް ސިހިފައި ސާރާ ދެލޯ ހުޅުވާލުމަށްފަހު އަރުޝްގެ މޭގަ އަތް އަޅާ ކޮއްޕާލިއެވެ. އެހެންނަމަވެސް އަރުޝް އެއަށްވުރެ މާ ހުށިޔާރެވެ. ސާރާގެ އަތުގައި ހިފަހައްޓާފައި ވުމުން ސާރާ އަނެއްކާވެސް އައިސް ޖެހުނީ އަރުޝްގެެ މޭގައެވެ. ސާރާ އަނެއްފަރާތަށް އެނބުރި ހުރީ އަރުޝްއާ ހަތަރު ކަޅި ހަމަ ނުކުރަން ވެގެންނެވެ.
” އަރުޝް, ކިހިނެއް ވެގެން ތިއުޅެނީ, މޮޔަވީތަ, ތަނަކުން މީހަކު ފެންނަ އިރަށް ކީއްވެތަ ގަޔަށް ބޮލަށް އަރަނީ, ދޫކުރޭ” ސާރާ އަރުޝްގެ ކިބައިން ސަލާމަތް ވުމަށް މަސައްކަތް ކުރަމުންދިޔައެވެ.

” ސާރާ ހެޔޮނުވާނެ, އެންމެ ޗާންސެއް ދީ، އެންމެ ފަހަރަކު ވިޔަސް އަހަރެންގެ ލޮލޮލަށް ބަލާފަ ތިހެން ބުނެބަލަ، ސާރާ ހިތުން ބުނާ އެއްޗެއް ނޫން ތީ, އަހަރެންދެކެ ލޯބި ނުވޭތަ, އަހަރެން ވަރަށް ލޯބިވޭ, ޕްލީޒް އެންމެ ފަހަރެއް ކަމަށް މާފްކުރޭ, އަހަރެން ދުވަހަކުވެސް ދެނެއް ޝައްކެއް ނުކުރާނަން, މިފަރާތަށް އެނބުރި ބަލަ” އަރުޝް ކުރެހިފައިވާ އަޑުން ސާރާ އަށް ބުނަމުން ދިޔައެވެ. އޭރުވެސް އަރުޝް މަސައްކަތް ކުރަމުންދިޔައީ ސާރާގެ މޫނު އިސްނެގޭތޯއެވެ.
ސާރާ އަރުޝްގެ އަތް ފޮޅުވާލުމަށްފަހު ފަހަތަށް ފަހަތަށް ދަމުން ބުނެލިއެވެ.

“ހހެހެހެހ.. މާފޭ، ލޯބިވޭ, ތިކަހަލަ ލޯބި ރަނގަޅީ ނުވިއްޔާ, ތިޔަށް ކިޔަނީ ލޯތްބެއް ނޫން, އަމިއްލަ އެދުން, އަހަރެން އަރުޝްއަށް އެންމެ ބޭނުންވި ދުވަހު އަރުޝް ކޮބާ, އެންމެ ކުޑަ މިނުން އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑުވެސް އެހިންތަ, އެހެން ފިރިހެނުންގެ ތަންމަތި ފިލުވައިދޭ މީހަކަށް ހަދާފަ ދިޔައީ، މިހާރުވެސް މީ ހަމަ އެ ސާރާ, މިހާރު އެ ސާރާ ކަމުދިޔައީތަ, އަދިވެސް މިހިތަކުން އެ ދުވަހު އަރުޝް ކީ އެއްޗެހީގެ ވޭން ނުކެޑޭ, އެހެން ނޫނަސް އަހަރެން އަރުޝްދެކެ ލޯތްބެއް ނުވޭ” ސާރާ އަރުޝްއާ ދިމާލަށް މިހެން ބުނެ, ލޮލުން ފައިބަމުންދާ ކަރުނަތަށް އަތުގެ ނުފުށުން ފުހެމުން ދޮރު ހުޅުވުމަށް ދިޔައެވެ.

އެހެންނަމަވެސް އަރުޝް ސާރާގެ އަތުގައި ހިފާ ދަމައިގަތެވެ. ސާރާ އައިސް ޖެހުނީ އަރުޝްގެ މޭގައެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުންދިޔައެވެ. ސާރާ ދިޔައީ ސާރާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭތޯ ބަލަމުންނެވެ.

” އެހެންތަ, ލޯބި ނުވަނީއޭ, އަަހަރެން ސާރާއާ މިހާ ކައިރީ ވީމަ ސާރާގެ ނޭވާ އަވަސް ނުވޭތަ, އަހަރެން މިހެން ސާރާގެ ގައިގަ އަތްލީމަ ސާރާގެ ގައިން ހީބިހި ނުނަގާތަ, ސާރާގެ ހިތެއް ބާރަަކަށް ނުތެޅޭތަ އަހަރެންގެ އަޑު އިވުނީމަ” އަރުޝް ސާރާއާ ކައިރިވަމުން ކިޔަމުން ދިޔައެވެ. އޭރު ސާރާގެ ނޭވާ ވަނީ އަވަސްވެފައެވެ،. މުޅި މީހާގެ ގައިން ހީބިހި ނަގަމުންދިޔައެވެ. އަދި ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެެވެ. ސާރާގެ ކެތްތެރިކަން ކޮޅުންލަނީއެވެ.

” ސާރާ އަހަރެންދެކެ ލޯބި ނުވާނަމަ މިފަަށް ސާރާ އަތުގަ އޮންނަންވީ ކީއްވެ” އަރުޝް ސާރާގެ ލޯ ކުރިމަތީ އެ ފަށް ނިއުޅާލަމުން ބުނެލިއެވެ. އެއާއެކު ސާރާގެ ދެލޯ ބޮޑުވެ, ކަރުގައި އަތް ހާކާލެވުނެވެ.
” ކިތަންމެ ވަރަކަށް ހޯދިޔަސް ނުފެންނާނެ” އަރުޝް ސާރާގެ އުނަަގަނޑުގައި ހިފާ ކައިރިއަށް ދަމާލިއެވެ.

” ހުއްޓާލާ އަރުޝް” އެެންމެ ފަހުން އަރުޝް ކޮއްޕާލަމުން ބުނެލިއެވެ. އަދި އަރުޝްގެ ގަމީހުގެ ގިރުއާނުގައި ހިފާ ލަތްކެއް ޖަަހަމުން ބުނަމުން ދިޔައެވެ.
” އަހަރެން އަރުޝްދެކެ ވަރަށް ލޯބިވޭ, މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި މިހިތަކުން ތިޔަ ހަނދާނެއް ނުފިލާ, އެހެން ފިރިހެނަކަށް އެ ނިޔަތުގަ ބަލާވެސް ނުލަން, އެކަމް އަހަރެންވީ ތެދުވެރި ލޯބީގެ ބަދަލް ލިބުންތަ, ނުލިބެ, މިހިތަށް ލިބުނީ ހުސް ވޭނާ ހިތްދަތިކަން, އެވަރުގެ މީހަކަށް މާފެއް ނުކުރާނަން, ކޮންފަދަ ހާލެއްގަ އަހަރެން އުޅުނީ, އެންމެ ފަހަރަކުވެސް އަހަރެން ކޮބާތޯ ބަލާލިންތަ, އަހަރެން ހެޔޮހާލުގައި ތޯ ބަލާލިންތަ, ފަޒީލް ނެތްނަމަ ކޮންފަދަ ހާލެއްގަ އަހަރެން އުޅޭނީ, އެވަރުގެ މީހަކާ ދޭރެތޭ ނުބައި ކޮށް ވިސްނި މީހަކު އަހަރެންނާ ދޭތެރޭ ރަނގަޅަށް ވިސްނާނެތަ, ސޯ ޕްލީޒް އަހަރެން މިއުޅޭ ހާލަށް އަހަރެން ދޫކޮއްލާ” މިހެންބުނެ ސާރާ އެހުރި ތަނަށް ތިރިވީ ރޮމުންނެވެ. ގިސްލެވޭ ވަރުން ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ. ސާރާ ކުޑަކުއްޖެއް ފަދައިން ރޯ މަންޒަރު ފެނުމުން އަރުޝްއަކަށް ކެތެއް ނުކުރެވުނެވެ.

އަރުޝް ސާރާގެ ދެ ކޮނޑުގައި ހިފާ ކޮޅަށް ނެގިއެވެ.
” އަހަރެން ބޭނުމީ ސާރާގެ މާފް, ސާރާގެ ކުރިމަތީ މިހުރީ އެ އަނިޔާވެރިޔާ, ސާރާގެ ބޮލުގައި ދޮގު ތުހުމަތު އެޅުވި މީހާ, ސާރާ ބޭނުން ގޮތެއް ހަދާ, ހިތް ފުރޭވަރުގެ އަދަބެއްދީ, އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން, އަހަރެން ބޭނުމީ ސާރާގެ މާފް” މިހެން ބުނެ އަރުޝް ސާރާގެ ދެ އަތުގައި ހިފާ ސާރާގެ އަތުން އަރުޝްގެ ކޯތާފަތުގައި ޖަހަމުންދިޔައެވެ.
ސާރާ އަތް ދަމައިގަނެ ރޮމުން އެތަނުން ނުކުމެ ދުއްވައިގަތީ އަރުޝްގެ އެ އަމަލުންނެވެ. ސާރާ ދިޔަގޮތަށް ގޮސް ޖެހުނީ ދޮރުން ވަދެގެން އައި އާމިރުގެ ގައިގައެވެ. އެހެންނަމަވެސް މަޑުކޮއްނުލާ ނުކުމެގެން ދިޔައީއެވެ.

އަރުޝްއަށް ވަދެގެން އައި އާމިރު ފެނިފައި ދުވެފަ ގޮސް އާމިރުގެ ގައިގަ ބައްދައިގަތެވެ. އަރުޝްގެ މިހަރަކާތުން އާމިރުއަށް ލިބުނީ ބޮޑު ސިހުމެކެވެ. އެ ބައްދާލުމުން އާމިރުގެ ހިތް އުފަލުން ނަށާލިއެވެ. އެފަދަ ވަގުތެއް މިއިން ޒަމާނުގަ ވެސް ލިބިފައެއް ނެތެވެ. އެހެންނަމަވެސް ހިތް ރޮމުން ދިޔައީ އަރުޝްއަށް ވެފަ ހުރި ވަރުންނެވެ.

“ބައްޕާ، ސާރާ އެދިޔައީ, ކީއްވެތަ ނުހުއްޓުވީ, ސާރާ ބުނީ މާފެއް ނުކުރާނަމޭ, ބައްޕާ އަހަރެން ސާރާ ނޫން އެހެން މީހެއް ބޭނުމެއް ނޫން, އަހަރެންނަށް ކުރެވުނު އެންމެ ހީ އަކުން ސާރާ ގެއްލިއްޖެ, ބައްޕާ އަހަރެންނަށް ސާރާ ދީ, އިތުރު އެއްވެސް އެއްޗެއް ބޭނުމެއްނޫން” އަރުޝް އާމިރުގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރޮމުން ބުނަމުންދިޔައެވެ.
އާމިރުގެ ހިތް ހީވީ ވިރިގެން ފޭބި ހެންނެވެ. އޭނާގެ ލޯބިވާ ދަރިފުޅު އއެފަދަ ހާލެއްގަ ވާތަން ދެކޭކަށް ކުޅަދާނަ އެއްނުވިއެވެ. އެހެންކަމުން ކޮނޑުމަތިން އަރުޝް ނަގާ, އަރުޝްގެ މޫނުގެ ދެފަރާތުގައ ހިފާ އަރުޝްގެ މޫނަށް ބަލާލިއެވެ.

” ދަރިފުޅާ, މި ބައްޕައަށް މާފް ކުރޭ, ބައްޕަމެން ވަރަށް ބޮޑަށް ދަރިފުޅު އެކަހެރި ކޮއްފި, ދެން އެހެނެއް ނުވާނެ, ދަރިފުޅު ނުރޮއެ, ބައްޕަ ވަޢުދުވަން ބައްޕަގެ މި ދަރިފުޅަށް, ދަރިފުޅުގެ ލޯބި ހޯދާ ދޭނެ ކަމަށް, މީ މި ބައްޕަ ވާ ވައުދެއް” އާމިރު އެހެންބުނުމާއެކު އަރުޝް ބައްޕާއޭ ކިޔައި އަނެއްކާވެސް ބައްދައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ވުމުން ހިތެއްގެ މިލްކުގައި 9

Next

ލޯބިވެވުނީއެވެ. 21

Next
December 12, 2018

ލޯބިވެވުނީއެވެ. 21

Previews
December 12, 2018

ވުމުން ހިތެއްގެ މިލްކުގައި 9

39 Comments!

  1. Sh@_n@ says:
    December 12, 2018 at 5:19 pm

    Dear readers,hurihaa kudhin kihineh haalu. Uhmeedhu kuran ragalhu vaane kamah. here 38.hope kuran hurihaa kudhin nah kamudhaane
    kamah

  2. sharu says:
    December 12, 2018 at 5:42 pm

    When is next part, varah reethi story, Maasha Allah, avahah up kohbala next part, please

    1. Sh@_n@ says:
      December 12, 2018 at 6:22 pm

      Thank you so much sharu. ❤??

  3. RaI❤ says:
    December 12, 2018 at 6:08 pm

    Wow.hama roe roe hanaa vehjje..nxt part varah avahah up kohdhehchey..

    1. Sh@_n@ says:
      December 12, 2018 at 6:23 pm

      Yess

  4. Mal says:
    December 12, 2018 at 6:46 pm

    Thankolheh adhi dhigu kohladheebr plx.. v nice… hama arush ah hadhaalan beynun vi gothah thihadhaalee.. saara rohvi varah arush ves rohvaathi…next part avahah up kohladhechey.. 🙂

    1. Sh@_n@ says:
      December 12, 2018 at 9:02 pm

      Thanx dear

  5. Sis says:
    December 12, 2018 at 7:29 pm

    Vary nice Mi part ves.. Mi story ekkoh nimmala dhehchey. Varah curious.. #IN WAITING.. ❤️❤️❤️

    1. Sh@_n@ says:
      December 12, 2018 at 9:03 pm

      Yess, sis, insha Allah mi story ninmaanan??❤?

  6. Naju says:
    December 12, 2018 at 8:09 pm

    Wow …. v v v nice n touching mi partvx

  7. Ainthu says:
    December 12, 2018 at 8:59 pm

    Vv reethi mihaaru mi situga annana enmme reethi vaahaka akeemee .when next part.❤️❤️❤️

    1. Sh@_n@ says:
      December 12, 2018 at 9:05 pm

      Thank you so much ainth. Vvv ufaavehje?❤❤

  8. Sh@_n@ says:
    December 12, 2018 at 9:06 pm

    Dear all readers, happy news, 39th part mihaaru in naane fonuvaafa, inthizaaru kurahchey

  9. Ainthu says:
    December 12, 2018 at 9:17 pm

    Aslutha thihen vaan vaane readers thakuge ihusaas varra ragalha dhanna writers e thee.insaa allahu thiyafaraatha vaahaka liumuga adha vure fahimadhamaye minvaru kodhevaashi aiming❤️❤️❤️

    1. Sh@_n@ says:
      December 12, 2018 at 9:32 pm

      Thank you so much dear❤?????

  10. Cute Lips says:
    December 12, 2018 at 10:33 pm

    Wow ……… Hama rovihhjjje… V habeys.. Whn nxt part… 1 cmmnnt to this stry… Reethi kamun nuidhevuny comment nukoh… Hehe … Ly

    1. Sh@_n@ says:
      December 12, 2018 at 11:05 pm

      Thank you so much cute lips. Vvv happy vehje comment kohleema, adhi kohlan vaane, next part mihaaru in naane fonuvaafa ❤??

    2. Cute Lips says:
      December 13, 2018 at 8:20 am

      Yageeney nun…. Cmmnt kuraanan….. This stry really means something in my life…. Mi buny baeh kanthah ma gey life ga dhimaa vefa huri kanthakaa kuda koh gulheyey…. Arush rohvany keehkuran…cute lips nama nurohvaanan….. This story hama cute lips ah hadhaan kuran beynun nuvaa dhvs thakeh hadhaan koh dhey.. 🙂

  11. Maya says:
    December 12, 2018 at 10:36 pm

    Aaaaaah hama roe roe chas???????????ranglhu Arush rohvaalaafa dhemyhun gulhuvaany ingey????story is osm mashaallah ❤️❤️❤️❤️❤️❤️❤️❤️❤️Vv curiously waiting love beeeeg koh?????☺️??☺️??☺️?

  12. Sh@_n@ says:
    December 12, 2018 at 11:08 pm

    Thank you so much dear. Love u two❤??

  13. RaI❤ says:
    December 12, 2018 at 11:48 pm

    Tmrw morning ah dhw stry up vaany…cant waitt..enme bodah inthizaaru kurevey eh vaahaka mee…Nd ly ?❤

    1. Sh@_n@ says:
      December 13, 2018 at 12:46 am

      Thank you so much rai. Shana ah vess heevany maadhamaa hendhunu hen, luv u 2

  14. Xuam says:
    December 13, 2018 at 9:21 am

    Wow… Varah reethi…

    1. Sh@_n@ says:
      December 13, 2018 at 9:48 am

      Thank you xuam?❤??

  15. rosy says:
    December 13, 2018 at 10:03 am

    cant wait…

    1. Sh@_n@ says:
      December 13, 2018 at 10:47 am

      ?❤❤??

  16. Shaa shaa says:
    December 13, 2018 at 10:37 am

    V.reethi mi part vex .rovihjje when next paart up kurany next part vex mihaa reethivaanekamah heekuran mivaahaka nimmaafa mi adhi mikahala vaahaka eii up kurahchey waiting❤️❤️??

    1. Sh@_n@ says:
      December 13, 2018 at 10:52 am

      Thank you so much shaa shaa. Next part reyga in naane fonuvaafa. And also thihen bunyma bunelan, dhen shana liyaa story aa behey gothun Kuda Kuda ehcheh in naane liyefa fonuvaafa,

  17. aNnU says:
    December 13, 2018 at 11:09 am

    Shana konirakuntha alhey up vaan..mihaaru hama kiyaahithun vx nuhurevey..waiting waiting….mihaaru hama keih nukurevey varu vehjje…adhi vx varah gina irun vaane tha up vaan…

    1. Sh@_n@ says:
      December 13, 2018 at 11:27 am

      aNnU, I don’t know dear. Kihaa ireh vaaney bunaakah

  18. Sh@_n@ says:
    December 13, 2018 at 11:32 am

    aNnU, I don’t know dear. Kihaa ireh vaaney bunaakah

  19. foohi says:
    December 13, 2018 at 8:56 pm

    alhe vaahaka up kurymey kiyaafa dhogu hedhumuge beymeh buneba

    1. Cute Lips says:
      December 13, 2018 at 9:45 pm

      Exactly… Kobaa 39 prt

    2. Sh@_n@ says:
      December 13, 2018 at 9:57 pm

      Thihen nubuney, Shaana reyga fonuvaafa in naany, photo dhehkenyaa screen shot nagaafa dhahkan vess dhahkafaanan

  20. What is this says:
    December 13, 2018 at 9:45 pm

    Balaga submit kiriyaa esfiya team ey publish kuraany. Shana buny Shana liyefa submit kuri vaahaka. Vaanuvaa ingibala

  21. Sh@_n@ says:
    December 13, 2018 at 9:59 pm

    Shana adhi neen naane up kureemey kiyaafa dhogu hadhaafa eh, ehn nun up kohdheynamey kiyaafa nukohdhevi hun naane, ekm up kuran fonu veemey bunany hama fonuvaafa

    1. Raifa says:
      December 13, 2018 at 10:05 pm

      I understand shana. Cute lips ma hiyeh nukuran u ehn bune faane kamakah ves. Shana ehn kiyaane alhi nulaa. Alhugandu abadhuves Shana fahathuga hunnaanan. ILYSM

  22. ??? says:
    December 13, 2018 at 10:37 pm

    Alhey konn irakunn nereniii ?????mihaar konn ireh

  23. shakuvaa says:
    December 13, 2018 at 10:58 pm

    esfiya ge management keyvetha vaahaka up kurun las kuranee

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 39←


All Right Reserved!